Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(ބާރަވަނަ ބައި)

Anonymous Level 4100 Login10 Stories100 Comments
April 7, 2024 4 Mins Read
12 Comments

ޒާރާ އަށް ނޭނގުނީ ޒާރާގެ ވާހަކައިން ކިޔާންގެ ހިތަށް ބަޔާން ކުރަން ދަތި އުނދަގޫތަކެއް ވި ކަމެވެ.ޒާރާ އެ ފިރިހެން ކުއްޖާގެ ނަން ކިޔާލި ގޮތުން އެކަނި ވެސް ކިޔާން އަށް އެ ކުއްޖާ އަކީ ޒާރާ އަށް ވަރަށް ހާއްސަ ކުއްޖެއްކަން އިނގިގެން ދިޔައެވެ.”ކޮންތާކަށް ދާން ތިހާ ރީތި ވެލައިގެން ތިހުރީ”ކިޔާން ބުނެލީ ގާތް ގޮތަކަށްށެވެ.މިއި އޭނާ ޒާރާ އާއި މި ގޮތަށް ވާހަކަ ދައްކާ ފުރަތަަމަ ދުވަސް ކަމުން ޒާރާގެ ހިތުގައި އެއްވެސް ވަރަކަށް ބީރައްޓެހިކަން ބާއްވާކަން ކިޔާން އެއް ބޭނުމެއް ނޫނެވެ.”ނާޔާމެން ގެ އަށް ދޮންބެ ބުނި ނުކް ބުންޏޭ އޯރވާ ނައިޓް އަކަށް ދާން”ޒާރާ ބުނެލުމާއި އެކު ކިޔާންގެ މޫނު މައްޗަށް ހިނިތުންވުމެއް ފެނިގެން ދިޔައީ އޭނާ ވެސް އެދަނީ އެގެއަށް ވުމުންނެވެ.”ރައިޑެއް ބޭނުން ތަ؟”ކިޔާން ބޭނުންވީ ވަގުތުގެ ބޭނުން ހިފާށެވެ.”ތެންކްސް.އެކަމު ދޮންބެ އެބަ އާދެ ބަލާ”ޒާރާ ބުނެލީ ޒީކާން ބަލާ އަންނަ ވާހަކަ ބުނެފައި އޮތުމުން ނެވެ.ޒާރާ އެހެން ބުނެލި ވަގުތު ވީ ޒީކާން ވެސް އައި ވަގުތަށް ވުމުން ކިޔާން ޒީކާން އާއި ޒާރާ އަށް ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން ސައިކަލު ދުއްވާލިއެވެ.

**********************

ބްލޫ ބެލް ގޭގެ ސިޓިންގް ރޫމްގައި ތިބި އެންމެން ކަހަލަ ގޮތަކަށް ރާވަމުން ދިޔައީ މިއަދު ހަދާ އޯވާރ ނައިޓް ގައި އެންމެން ތިބޭނެ ކޮޓަރި އެވެ.”ނާޔާގެ ކޮޓަރިގައި ތިބެވޭނެ އެއްނު ނާޔާ ލައި އައިކާ އެންޑް ޒާ.ގައިމު ވެސް ކޮޓަރި ކުޑަ އެއް ނުވާނެ”ނަވްޔާ ބުނެލީ އޭނާގެ ހިޔާލެވެ.”ތި ގޮތް ވެސް އޯކޭ.ދެން މަށާ ރިޔާންއާ ޒީކް އެންޑް ޓޮމް”ނުކްޝާން ޓޮމް އޭ ކިޔާފައި އިޝާރާތް ކުރީ އަޔާން އަށް ކަން އެންމެންނަށް ވެސް އިނގުމުން ހޭން ފެށީ އަޔާން އާއި ދިމާކޮށްލުމަށްށެވެ.”ދެން އަދި މަތީގަ އިންނާނެ ހުސް ކޮޓަރި އެއް.ތިރީގަ ވެސް އިންނާނެ މަންމަ މެން ގެ ކޮޓަރިއާ ނުލާ ދެ ހުސް ކޮޓަރި ތިމީހުން ބަހާނެ ގޮތަކަށް ބަހާ ދެން”ނުކްޝާން ބުނެލީ އޭނަ ބަހާ ގޮތަކަށް ބަހާ ނިމުމުން ތޯ އެއްޗެކެވެ.”އަންހެން ވެރިން ތިބޭ އެއް ކޮޓަރި އެއްގަ.މަށާ އަލީކް އާ ދެން އިން ކޮޓަރީގަ ރަޔާން އާ ކިޔާން އާ”މިލާން ބުނެލީ މިޝްޔާ އާއި ދިމާލަށް ފާޑަކަށް ބަލައިލަމުން ނެވެ.މިޝްޔާ އެގޮތަށް އެއްބަސްނުވާނެ ހެން އޭނާ އަށް ހީވާތީ ކަމަށް ވެސް ވެދާނެއެވެ.ނަމަވެސް މިލާން ހީކުރި ގޮތާ ހިލާފަށް މިޝްޔާ މިލާން ގެ ހިޔާލާއި އެއްބަސް ވެލިއެވެ.

 

ރޭގަނޑު ގެ ކެއުން ނިންމާފައި ތްރޫތް އޯ ޑެއާރ ކުޅެން އެންމެން ނިންމީ އެ ގަޑީގައި ކުރާނެ މާ ބޮޑު ކަމެއް ނެތުމުންނެވެ.އެންމެން އެ ގޮތަށް އެއްބަސް ވުމުން ނުކްޝާން އާއި ޒީކާން ބޭރަށް ނިކުމެލީ ވަރަށް ބޮޑު ވާހަކައެއް ދައްކަން ވެފަ އެބަ އޮތޭ ކިޔާފައި އެވެ.”ނުކް އަހަރުން ގެނެއްސަ އޭނަ ދޯ އެބެޗީ ވެސް”އަޔާން ބުނެލީ ފޫހިވެގެން ސޯފާގައި އޮށޯވެލަމުންނެވެ.

 

“ވަރަށް ބޮޑު ވާހަކައެއް ދައްކަން ވެފަ އެބަ އޮތޭ ކިޔާފަ އެއްނު އެ ދިޔައީ ހިނގާ އަހަރުން ވެސް ހިނގާލަން ދާން”ރިޔާން ބުނެލީ މި ވަގުތު ކުރާނެ މާ ބޮޑު ކަމެއް ވެސް ނެތުމުންނެވެ.އެންމެން ވެސް އެހިޔާލަަށް އެއްބަސްވަމުން ބޭރަށް ނިކުމެލި ވަގުތުވީ އެމަގުން އީޝާމެން ވެސް ދިޔަ ވަގުތެވެ.

 

އީޝާމެން އެ މަގުން އަޅާފައި ދިޔަ މަންޒަރު ބަލަން ހުރި ލައިނީ އަށް ހިތާ ހިތުން އީޝާމެންނަށް އެމީހުން ނުފެނޭ ތޯ ދުޢާ ކޮށްލެވުނެވެ.ނަމަވެސް ތަގުދީރުގައި ވާން އޮތް ކަމެއް ނުވެ ނުދާނެތާ އެވެ.މައިރާ އެއްލި ކަޅިން ލައިނީމެން ފެނުނެވެ.މައިރާ އީޝާމެންނަށް ލައިނީމެން ދައްކާލުމާއި އެކުހެން ލައިނީގެ ދަތްތަކަށް ބާރު ކޮށްލެވުނެވެ.

 

“އީޝްމެން ދޯ އަހަރުން މިދަނީ ހިނގާލަން ދާނަން ދޯ އަހަރުންނާއި އެކު”މިލާން އީޝާމެންނަށް އެމީހުން ގާތަށް އަންނަން އިޝާރާތް ކުރަމުން ބުނެލިއެވެ.މިލާންގެ އެޖުމުލައިން މިޝްޔާ ހިތްހަމަނުޖެހުނުކަން އެންމެންނަށް ވެސް އެނގިގެން ދިޔައީ މިޝްޔާ މިލާން ގެ ނަމުން ގޮވާލުމުންނެވެ.

 

ހަގީގަތުގައި މިޝްޔާ އެމީހުން ގްރޫޕް އާއި އެކު އަންނާތީ ހިތްހަމަނުޖެހުނީ އެއް ނޫނެވެ.ނަމަވެެސް މީހަކާއި ރައްޓެހިވެގެން ހުރެ އެކުއްޖާ ގާތުގައި ހުރި އިރު ވެސް އަންހެން ކުއްޖަކަށް ގޮވުމުން މިޝްޔާ ހިތްހަމަނުޖެހުނީ އެވެ.އޭނާ އަކީ ވެސް އަންހެން ކުއްޖެކެވެ.އަންހެން ކުއްޖެއްގެ އިހުސާސްތައް އޭނާ އަށް ވެސް އިނގޭ ވިއްޔާއެވެ.

 

ޝަހްނާ އައިސް ކިޔާން ގާތު ހުއްޓުމާއި އެކުހެން ކިޔާން އަށް އުނދަގޫ ވިއެވެ.މީގެ ކުރިން ވެސް ޝަހްނާ އާންމުކޮށް ހުއްޓޭނީ ކިޔާންގެ ގާތުގަ އެވެ.ނަމަވެސް ކުރިން ނުހުއްޓޭހާ ގާތުގައި ޝަހްނާ ކިޔާންގެ ކައިރީގައި ހުއްޓުމުން ކިޔާން އަށް ވެސް އުނދަގޫވާނެ ތާ އެވެ.

 

އީޝާމެން ވެސް އެމީހުންނާއި އެއްކޮށް ހިނގާލަން ދިއުމުން ލައިނީ އަށް ހުރީ ފާޑަކަށް އުނދަގޫ ވެފައި އެވެ.ނަމަވެސް މޫނު މަތިން އެކަން ނުދައްކާ ވޭތޯ ލައިނީ ބެލިއެވެ.ރަޔާން އަށް ލައިނީގެ އިހުސާސްތައް އިނގުނީ ކަންނޭނގެ ރަޔާން އެންމެ ހިނދުކޮޅަކަށް ވެސް ލައިނީ އާއި ދުރަށް ނުދެއެވެ.މިކަމުގެ ސަބަބުން ޔަޝާ ހުރީ ތުން ދަމައިގެން ނެވެ.

 

“މިތަނަށް ވަންނަންވީނު ކާން މަ ލާރި ދައްކާނަން”އީޝާ ބުނެލީ އެހާ އަވަހަށް މިލާން އާއި އެކު ހޭދަކުރެވޭ ވަގުތު ކޮޅު ކުޑަކޮށްލަން ބޭނުން ނުވާތީ އެވެ.”މަ ލާރި ދައްކާނީ”މިލާން އާއި އީޝާ އެކަމާ ދެބަސް ވަމުން ރެސްޓޯރެންޓް ތެރެ އަށް ވަދުނެވެ.އެންމެންނަށް އިށީންދެވޭ ވަރުގެ ބޮޑު މޭޒެއް ނުވެސް ލިބުނެވެ.އެންމެ ފަހުން ހަތަރު މޭޒު އެއްކޮށްލީ އެންމެންނަށް ތިބެވޭ ވަރު ކުރު މަށްށެވެ.

 

“އޭނދީ ނުކީ”ދުރުގައި ހުރި މޭޒެއްގައި އިން ނުކްޝާން އާއި ޒީކާން ފެނުމުން ރިޔާން ބުނެލީ ލޯ ކުޑަ ކޮށްލަމުންނެވެ.”އެބަ އަންނަން އިނގޭ އެންމެން އޯޑަރު ނަގާ އަހަރުން އަންނަން ދެން މަޑު ނުކޮށް .އަހަރުން ދެ މީހުންނަށް ދެ ކޮފީ”ރިޔާން އާއި އަޔާން އެކީ ތެދުވެ ލަމުން ނުކްޝާންމެން ތިބި ދިމާލަށް ދާން ހިނގައިގަތެވެ.

 

“މަށަކަށް ހިޔެއް ނުވެ މަންމަ އެދިޔައީ ކުޑަ ބައްޔެއް ވެގެންނެކޭ.ބައްޕަ އެހެން ނޫނީ އެހާ އަވަހަކަށް ނުދާނެ”ނުކްޝާން އިނީ ރިޔާންމެންނަށް ފުރަގަސް ދީގެން ކަމުން ނުކްޝާން ގެ މޫނުމަތީގައި ހުރި ކުލަވަރުތަކެއް ރިޔާންމެންނަކަށް ނޭނގުނެވެ.ޒީކާން އާއި ނުކްޝާން އަށް ފެނުމުގެ ކުރިން އަޔާން އާއި ރިޔާން ފާރާ ނިވާވެލީ އިތުރަށް އެމީހުން ދައްކަމުން ދިޔަ ވާހަކަ އަޑު އެހުމުގެ ނިޔަތުގައި އެވެ.”މި ކޮޅުން ވީ ގޮތް އިނގުން އެކަމު މި ކޮޅުންނެއް ނޭނގުނޭ ކިޔާފަ އެ ދިޔައީ ނާޔާ އާ މަށާ ދެމީހުންނަށް ނޭނގޭނެ ކަމަށް.ނާޔާ އަށް ނުވިސްނުނަސް މަށަށް ވިސްނެޔޭ މި ކޮޅުގަ އަތޮޅު ހޮސްޕިޓަލް އޮތް އިރު މިތަނުން ވީ ގޮތް އިނގޭނެކަން”ނުކްޝާން ގެ އަޑުން އެކަނި ވެސް އޭނާ އެކަމާ ކަންބޮޑުވާ ވަރު އަޔާންމެންނަަށް އިނގުނެވެ.”ނުކް މަ ބުނަން ތަ ވާހަކައެއް އަސްލު ބުނާކަށް ވެސް ބޭނުމެއް ނޫން ދޮންތަމެން ސިއްރު ކުރާނީ ބުނަން ބޭނުން ވިޔަސް އެ ހިތްވަރު ނެތުމުންހެން ހީވަނީ”މޫނުމަތިން އެއްވެސް އަސަރެއް ނުދައްކާ ޒީކާން ގެ މޫނުމަތިން ކަންބޮޑުވުން ފެނުމުން އަޔާންމެންނަަށް ޒީކާން ބުނަން އެޅުނީ ކުޑަ ވާހަކަ އެއް ނޫން ކަން އިނގިގެން ދިޔައެވެ.

 

“އަސްލު ދޮންތަ އެ ދިޔައީ މި ކޮޅުން ވީ ގޮތް އިނގުނީމަ ވެސް އެ ބައްޔަށް އަދި ފަރުވާ ލިބޭނެ ކަމަށް ޑޮކްޓަރު ބުނުމުން.މަންމަ ކައިރީ ގަ ދޮންތަ އެހެން ބުނީ.ނުކް އަށް ކޮން ބައްޔެއްކަން އިނގޭތަ؟ކެންސާރ”ޒީކާން ބުނެލީ ބުނަން ނުބުނަން އިނދެފައި ކަހަލަ ގޮތަކަށް ށެވެ.ޒީކާން ގެ އެ ވާހަކައިން ނުކްޝާން އަށް ސިހުމެއް ލިބުނެވެ.”އޭނ ކެންސަރ އޭ”ނުކްޝާން އަށް ބުނެލެވުނީ ގަބޫލު ކުރަން ދަތިވެފައި އިނދެއެވެ.”އަދި ހުރީ ފުރަތަމަ ސްޓޭޖް ގަ އެހެންވެ ފަރުވާ ލިބޭނެ ކަމުގެ އުންމީދު ބޮޑޭ ޑޮކްޓަރ ބުނި ވާހަކަ ދޮންތަ ބުނީ.އޮޕަރޭޝަން އެއް ކުރަން ޖެހެނީ އެހެންވެ ދޮންތަބެ އެއްބަސް ނުވީމަ މިކޮޅުން ނަހަދާ އެކޮޅަށް ދިޔައީ އެ”ޒީކާން އޭނާ އަށް އިނގޭ ވަރު ކިޔާލަ ދިނެވެ.ޒީކާން ދައްކަމުން ދިޔަ ވާހަކަ އަޑު އަހަން ހުރި ނުކްޝާން ގެ މޫނުމަތިން އެކި ކަހަލަ އަސަރު ފާޅުވަމުން ދިޔަ އެވެ.

 

ޒީކާން ގެ ވާހަކަ އެހާ ހިސާބަށް ދިއުމުން އަޔާން އާއި ރިޔާން ދެއްކި އެއްވެސް ވާހަކަ އެއް އަޑު ނީވޭހެން ހަދާލަމުން އެތަނުން ނިކުމެލީ ދެންމެ އައި ދެމީހުން ފަދައިންނެވެ.”ސާބަސް ދެމީހުންނަށް.ބޮޑު ވާހަކަ އެއް ދައްކަންނޭ ކިޔާފަ ބަލާބަލަ ދެ ކޭމާޓުން އައިސް ތިބި ތަން ކާން”އަޔާން ބުނެލީ ނުކްޝާން ގެ ސަމާލުކަން އެހެން ފަޅި އަކަށް އަނބުރާލަމުން ނެވެ.އަޔާން އަށް ވެސް ނުކްޝާން ގެ ސަމާލުކަން އަތުލެވޭނީ އޭނާ އާއި ދިމާކޮށްލައިގެން ކަން އިނގޭ ފަދަ އެވެ.

 

ނުނިމޭ

 

Share Article

Follow Me Written By

Anonymous

Level 4100 Login10 Stories100 Comments

Other Articles

Previous

ކުށަކީ ކޮބާ – 14

ވަޢުދޭ ވެވޭމީ
Next

ވަޢުދޭ ވެވޭމީ “ޢިއުލާން”

Next
ވަޢުދޭ ވެވޭމީ
April 7, 2024

ވަޢުދޭ ވެވޭމީ “ޢިއުލާން”

Previews
April 7, 2024

ކުށަކީ ކޮބާ – 14

12 Comments!

  1. GIRL VEMPIRE says:
    April 7, 2024 at 1:45 pm

    Hi bestie
    Maasha allah mi part vx varah varah reethi.
    Whaaat?? Navyaa and nukshaan ge mamma Mara nulahcheyy..😭😭
    E eesha man e ulheny kon moya eh vegen thr?
    Ma haadha foohi veyey e dheke.😬😬
    Next part kiyaalan libeyny konirakun thr?
    Varah varah loabi vey ingeyy 😍🥰😘

  2. RIFSHA says:
    April 7, 2024 at 2:16 pm

    Hi bestie
    Neynge faharehga maraa vx levi dhaane 😞
    E dhogei dhen vaa goi balamaa
    Vedhaane moya vegen kamah vx 🙄
    Aslu vx ma vx varah foohi vey emeehun dheke.
    Next part dho.next part In sha Allah miadhu submit kohlaanan
    Hmm varah loabi vey 💋❤️

  3. Rauha says:
    April 7, 2024 at 2:38 pm

    Ammm rifooooo
    Mi part varah thafaathu ingey ehen part thakaa.varah varah reethi Masha Allah 💗
    Alhey naaya ge mom maraa nulahche pls pls.i won’t forgive you if you kill nayaa’s mom 😞
    Rau heekuri zara and kiyan avahah gulheyne kamah.hehe ekam varah reethi ingey.i am speechless.raail and zaara dho dhen.
    E eesha men eh burun maraa lan v ey.adhi e Shahna balahche balahche, kiyaan and zaara ah ehkoh noolhevey varu kuraane 😤
    Once again story varah reethi.varah interesting ingey
    In sha Allah you will be the bestest author in the world.
    Love you Rifoo 💋💋

    1. RIFSHA says:
      April 8, 2024 at 4:38 am

      Hi rauha
      Thanks ingey varah bodah
      Dhen vaa goi balamaa dho
      Ahaha vaahaka eh viyya varah heenukuraa kan kan vaane dho.
      Eesha mn maraalyma rifoo ehburun dhaani jail akahnu
      Once again thank you rauha
      Love you more

  4. Seesaw Seesaw says:
    April 7, 2024 at 3:34 pm

    Mi episode ves varah reethi !
    Alhe Nukshaange hithah haada thadu vaaney mom hunani cancer ey bunumum. Eynage sis eyahthure bodah varuvaane ingih jehya !
    Im curious about what will happen next !
    Once again this episode ves varah reethi !
    Next episode ah inthi zaaru kuraanan!
    143 Rifoo ❤️

  5. Seesaw Seesaw says:
    April 7, 2024 at 3:35 pm

    Mi episode ves varah reethi !
    Alhe Nukshaange hithah haada thadu vaaney mom hunani cancer ey bunumum. Eynage sis eyahthure bodah varuvaane ingih jehya !
    Im curious about what will happen next !
    Once again this episode ves varah reethi !
    Next episode ah inthi zaaru kuraanan!
    LY Rifoo ❤️

  6. Nishva says:
    April 7, 2024 at 5:55 pm

    What’s up rifoo
    Miadhu mi libuny 3rd dhw.
    Story varah thafaathu vefa reethi ingey.
    Rifoo plz plz naayaa ge manma maraa nulahche.
    Raail and zaara ge bai photo ga araafa inyma eyru vx heevi ey mi part varah thafaathu vefa reethi vane ey
    Your doing great rifoo
    May Allah bless you
    Love you my fav author 💋

    1. RIFSHA says:
      April 8, 2024 at 6:05 am

      What’s up nish
      Oh thanks varah bodah
      Hingaa dhen balamaa dho vaane gothei vx
      Ehen v ma ehbai kudhin photo ah balaigen vx vaahaka reethi tho bala ey dho🤭
      Once again thank you my fan 😊
      Love you more 💖

  7. Aluu says:
    April 8, 2024 at 4:42 am

    Wooooowww.. Masha Allahh.. Vrh reeethi ingey <3
    Keeeppp it uppp
    (mi lily inge😂)

    1. RIFSHA says:
      April 8, 2024 at 6:06 am

      Thanks varah bodah aluu..(lily 😊)
      Jazakallah lily 😊☺️

    2. RIFSHA says:
      April 8, 2024 at 6:08 am

      @seesaw’s pending comment
      Thanks seesaw.
      Yh nuk ge sis thubuny Navya dho.navya ah ingunyma aslu vx varah dhera vaane.
      Next part submit kohlan mi ulheny.
      Iyye buxy kamun submit nukohlevuny
      Ekam mihen bunyyas kiyaalan libeyne dhuvaheh neynge ingey
      Love you more seesaw 💝

  8. Laura says:
    April 8, 2024 at 3:36 pm

    Hi rifoo
    Miadhu varah lahun fenunu dhuvaheh..hehe iyye comment kohfa hithah ery dhen balaani one day fahunney.ehen dho vaani admin in lahun upload kohdhenyya…
    Anyway vaahaka varah thafaathu vefa reethi Masha Allah 💗. plz plz nuk ge mom maraa nulahche.
    Mii hama enme best story
    Dhuvaheh dhuvahakah interesting vey.
    Love you Rifoo Darla 💋❤️

Comments are closed.



All Right Reserved!