Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(އެގާރަ ވަނަ ބައި)

Anonymous Level 4100 Login10 Stories100 Comments
April 4, 2024 4 Mins Read
14 Comments

ޕާޕްލް ހައުސް ބެންޗުގައި ހުރި ލައިނީގެ ލޮލުގައި އީޝާ އާއި މިލާން އަޅައިގަތުމާއި އެކުހެން ދެލޯ ކުޑަ ކޮށްލެވުނީ އިހްތިޔާރުން ބޭރުގައި އެވެ.އެތަން ފާހަގަ ވީ އޭނާ އަށް އެކަނި ނޫން ކަން ލައިނީ އަށް އިނގުނީ ގާތުގައި ހުރި ކުއްޖަކު އެކަހަލަ އެއްޗެއް ބުނުމުން ނެވެ.”އޭ ޔަޒާ ބަލާބަ މިހާރު އީޝް އެންޑް މިލާން ގުޅުނީ ތަ؟ވަރަށް ލޯބި ކަޕްލް އެއް ދޯ”ފައިހާ ގާތުގައި ހުރި ޔަޒާ އަށް މިލާން އާއި އީޝާ ދައްކާލަމުން ބުނެލި ގޮތުން އެކަނި ވެސް އެދެކުދިން ގާތު އީޝާ އެކަހަލަ އެއްޗެއް ބުނެފައި އޮތް ހެން ލައިނީ އަށް ހީވިއެވެ.

********************

މެޗު ފެށުނީ ވެސް ލައިނީ އީޝާމެން ހަދަން ވިސްނައިގެން ހުރި ގޮތެއް ވިސްނަން ހުއްޓައެވެ.މިއަދު އީޝާގެ ހަރަކާތްތައް ހުރި ގޮތުން ލައިނީ އަށް އެކައްޗެއް ވިސްނިއްޖެއެވެ.އީޝާމެންގެ އަމާޒަކީ ލައިނީމެންނާއި ރަޔާންމެން ދުރުކުރުވުމެވެ.ނަމަވެސް ލައިނީ އަށް ނޭނގެނީ އެމީހުންގެ ޕްލޭން އެވެ.

 

މެޗު ފެށެންވާ އިރަށް ސަޕޯޓަރުން ގެ އަޑު ގަދަވެގެން ދިޔައެވެ.އެއް ހައުސް އަކަށް ވެސް އަނެއް ހައުސް ދޫކުރާ ގޮތެއް ނުވިއެވެ.ކުއްލި އަކަށް ޕާޕްލް ހައުސް ސަޕޯޓަރުން ގެ އަޑު ގަދަވީ އެހައުސްގެ ކެޕްޓަން ޔަޒާގެ އަތަށް ބޯޅަ އެރުމުންނެވެ.ޔަޒާގެ އަތަށް އެރި ބޯޅަ ސިކުންތު ކޮޅަކަށް ވެސް އަތުގައި ނުބާއްވާ ޔަޒާ ހުސްކޮށް ހުރި ފައިހާ އަށް ބޯޅަ އެއް ލިއެވެ.ފައިހާގެ އަތަށް އެރި ބޯޅަ ނަގަން ޖެހުނީ ގޯލުގެ ތިން ދަނޑީގެ ތެރެއިންނެވެ.

 

ސަޕޯޓަރުން ގެ ތެރޭގައި ފޯރި އަރާފައި ހުރި މިލާން ޕާޕްލް ހައުސް ލަނޑު ޖެހުމާއި އެކު ރުޅި އައިސްގެން ކައިރީގައި ހުރި އީޝާގެ ކޮނޑުގައި ޖަހާލެވުނެވެ.ނަމަވެސް ދެވަނަ ސިކުންތަކަށް މިލާން އިޝާގެ ކޮނޑުގައި ފިރުމާލަމުން ސޮރީ އޭ ބުނެލިއެވެ.އީޝާ ވެސް ހީލަމުން ތަދެއް ނުވެއޭ ބުނެލަމުން ދަނޑަށް ބަލާލި އިރު ދުރުގައި ހުރި ނަވްޔާ ގެ ނަޒަރު އެމީހުންނަށް އަމާޒުވެފައި ހުރުމުން ނުލަފާ ގޮތަކަށް ހީލިއެވެ.އޭނާގެ ޕްލޭން އާއި އެއްގޮތަށް ކަންތައްތައް ވަމުން ދިޔަ ކަމުގެ ސިގުނަލް ލިބެން ފެށުމުން އުފާ ނުވާނީ ކާކު ހެއްޔެވެ؟

 

އޭގެ ހަފްތާއެއްހާ ދުވަސް ފަހެވެ.އިންޓާރ ހައުސް މުބާރާތް ނިމުމުން އަނެއްކާވެސް ނަވްޔާމެން ކިޔެވުމާއި ގެން އުޅެގަތެވެ.އެންމެ ފަހު އަހަރަށް ވުމުން ރަނގަޅު ނަތީޖާ އެއް ކޮންމެ މީހަކު ވެސް ބޭނުންވާނެ ތާ އެވެ.

 

މެންދުރުގެ ހޫނު ގަދަ ވަގުތެވެ.އިރު ގެ ދިލަ ހޫނުގެ ސަބަބުން ހީވަނީ ދެންމެ ދެންމެ ވެސް މީހާގެ ހަންގަނޑު ފިއްސާލަފާނެ ހެންނެވެ.ނަވްޔާ ވެސް އެވަގުތު ކުރާނެ މާ ބޮޑު ކަމެއް ނެތުމުގެ ސަބަބުން ގޭގެ އެއްކޮޅުން އަނެއް ކޮޅަށް ހިނގާލަ ހިނގާލާ ހުރީ ޒީވާ އާއި ނާއިޝް ގެ ހަބަރެއް ވެސް ނުވާތީ އެވެ.އަނެއްކޮޅުން ނުކްޝާން ވެސް ޒަޔާންގެ އޮފީހަށް ވަޒީފާ އަަށް ދާން ފެށުމުން މިވަގުތު ނުކްޝާން އެއްވެސް ގެ އަކު ނޫޅެއެވެ.

 

ސޯފާގައި ޖައްސާލައިގެން އޮތް ނަވްޔާގެ ސަމާލުކަން އަތުލީ ގޭތެރެއަށް ވަދެގެން އައި ޒީވާ އާއި ނާއިޝް ގެ އަތުގައި އޮތް ގަނޑެވެ.އެދެމީހުން އަތުގައި އޮތް ކޮތަޅު ފެނުމުން އެކަނި ވެސް ނަވްޔާ އަށް އެއައީ ޑޮކްޓަރަށް ދައްކަން ގޮސްފައި ކަން ނަގައިގަނެވުނެވެ.

“މަންމަ ކީއްވެ ޑޮކްޓަރަށް ދައްކަން ދިޔައީ.ބަލީތަ؟”ނަވްޔާ ގެ ސުވާލު ހުރީ މަންމަ އަކު ދަރިޔަކާ ސުވާލު ކުރާ ފަދަ ގޮތަކަށް ށެވެ.”ނޭނގެ މި ކޮޅުން ޑޮކްޓަރ އަށް ވެސް ވާ ގޮތެއް ބޭރަށް ދާން ޖެހޭނީ ދެން އޭރުން އިނގޭނީ”ނާއިޝްގެ އަޑުގައި ހުރި އަސަރުތަކުން އެކަނި ވެސް ނަވްޔާ އާއި ނުކްޝާން ބަހައްޓާފައި ދާން ނާއިޝް ބޭނުން ނުވާ ކަން ނަގައިގަންނާކަށް އުނދަގުލެއް ނުވާނެއެވެ.”ކޮން އިރަކުން ދަނީ؟”ނަވްޔާ އަހާލިއެވެ.”މާދަން ވެސް ދާންވީ.އެކަމު ދަރިފުޅު މެން ދެކުދިން އެކަނި ބަހައްޓާފައި ދާކަށް ބައްޕަ އަކަށް އެއްބަހެއް ނުވެވޭނެ”ނާއިޝް ބުނެލިއެވެ.”ދަރިފުޅު މެން ދެކުދިން ކޫ ކައިރި އަށް ދާން ވީނު ބައްޕަ އަންނަން ދެން”ނާއިޝް ބުނެލީ އޭނާ ބޭނުންވާ ގޮތެވެ.”ނޫނޭ ބައްޕާ އަޅުގަނޑާ ދޮންބެ އަށްށާ އުޅެވޭނެ އެކަނި”ނަވްޔާ ނާއިޝްގެ ބަހާއި ދެކޮޅު ހެދިއެވެ.

 

“އެހެން ވީމަ މާދަން ނޫން އަނެއް ދުވަހު ބައްޕަމެން ފުރާނަން.ދޮންބެ ކައިރީގަ ދަރިފުޅު ބުނެލާފަ ބާއްވާތި އިނގޭ”ނާއިޝް ބުނެލީ އޭނާ ހަނދާން ނުހުންނާނެ ތީ އެވެ.ނަވްޔާ ވެސް ލައްބަ އޭ ބުނެލަމުން އޭނާގެ ކޮޓަރި އަށް ވަނެވެ.

 

ބަނދަރުމަތީގައި ތިބި ނަވްޔާ އާއި ނުކްޝާން ހުރީ ނާއިޝްމެން ފުރުވަން އައި ހެވެ.ޒީވާ ދެކުދިންނަށް ނަސޭހަތް ދިނުމަށް ފަހު ލޯންޗް ފުރާވަގުތު ޖެހުމުން ލޯންޗަށް އަރަން ދިޔައެވެ.ޒީވާމެންނަށް ފަހުގެ ސަލާމް ކުރުމަށްފަހު ނަވްޔާ އާއި ނުކްޝާން ވެސް ގެއާއި ދިމާލަށް މިސްރާބު ޖެހިއެވެ.

 

“ނާޔާ ވަޓްސް ރޯންގް ވިތް ޔޫ”ނަވްޔާ ގެއަށް އައިސްފައި ވެސް އަނގައިން ނުބުނެ އިންނާތީ ނުކްޝާން ސުވާލުކޮށްލިއެވެ.”ނޭނގެ ވާގޮތެއް ހީވަނީ ވަރަށް ބޮޑު ކަމެއް ވާން އުޅޭހެން”ނަވްޔާގެ ޖަވާބުން ނުކްޝާން ދެފަރާތަށް ބޯ ހޫރުވައިލެވުނީ ނަވްޔާ އަށް އެހެން އެވަނީ ޒީވާމެން ދިއުމުން ކަން އިނގޭތީ އެވެ.އެހެން ކަމުން ނުކްޝާން ބޭނުންވީ ނަވްޔާގެ އެ ނުތަނަވަސްކަން ކޮންމެވެސް ގޮތަކުން ފިލުވާލަ ދޭށެވެ.

 

ފިންކްރޯޒްވިލާ ދޮރު ކައިރީގައި ހުރި ޒާރާ ހުރީ ޒީކާން ގެ އިންތިޒާރުގައި އެވެ.މިއަދު ނުކްޝާން އެގެ އަށް އައުމަށް އެދިފައި އޮތުމުން ނެވެ.ޒީކާން ވެސް ވީ އިރުކޮޅެއް ކުރިން ނުކްޝާންމެން ގެ އަށް ގޮސްފައި ކަމުން އިރުކޮޅަކުން ބަލާދާނަމޭ ޒީކާން ބުނެފައި އޮތުމުން ޒާރާ އަތުގައި އޮތް ގަޑި އަށް ބަލަމުން ދިޔައީ ޒީކާން އިރުކޮޅަކުންނޭ ބުނިތާ މިހާރު ދިހަ މިނެޓް ވުމުންނެވެ.

 

ސައިކަލު ގައި ބާރު ސްޕީޑުގައި ދުއްވާފައި އައި ކިޔާން އަށް ޕިންކްރޯޒްވިލާ ގެ ދޮރުމަތީގައި ހުރި ޒާރާ ފެނުމުން ކިޔާން އެތާނގައި މަޑުކޮށްލީ ޒާރާ އާއި ވާހަކަދައްކާލުމަށް ހިތް އެދުނު ވަރުންނެވެ.ޒާރާ ގާތަށް މަޑު ކޮށްލި ވަގުތު ކިޔާންގެ ލޮލުގައި އަޅައިގަތީ ޒާރާ ހުޅުވާލި ފޯނުގައި ލޮކް ސްކްރީން އަށް ލާފައި އިން ފިރިހެން ކުއްޖާ އާއި ޒާރާގެ ފޮޓޯ އެވެ.

 

ޒާރާ އިސް އުފުލާ ބަލާލީ ކައިރީގައި މީހަކު ސައިކަލު ގައި މަޑު ކޮށްލި އިހުސާސްވުމުންނެވެ.ކުރި މައްޗަށް ބަލާލި އިރު ކިޔާން ގެ ނަޒަރު ޒާރާގެ އަތުގައި އޮތް ފޯނަށް ހުއްޓިފައި ހުރި ތަން ފެނުމުން ޒާރާ ބަލާލީ ފޯނުގައި މީހަކަށް ނުފެންނަ ފަދަ އެއްޗެއް އޮތީ ތޯ އެވެ.ޒާރާ ފޯނާއި ދިމާއަށް ބަލައިލަމުން ކިޔާން އާއި ދިމާލަށް ބަލައިލެވުނީ ބޭއިޙްތިޔާރުގައި އެވެ.”މި ފޮޓޯ އަށް ތަ ތި ބަލަނީ.މީ ޒާ އެންޑް ރާއި އާ ދެމީހުން ނަގާފަ އިން ފޮޓޯ އެއް އެއްދުވަހަކު މެލޭގެ ޕާކަކަށް ގޮއްސަ.ރީތި ދޯ”އަތުގައި އިން ފޯނުގައި އޮތް ފޮޓޯ ގަނޑު ދައްކާލަމުން ޒާރާ ބުނެލީ މައުނަވީ ގޮތަކަށް ހީލަމުންނެވެ.

 

ޒާރާ އަށް ނޭނގުނީ ޒާރާގެ ވާހަކައިން ކިޔާންގެ ހިތަށް ބަޔާން ކުރަން ދަތި އުނދަގޫތަކެއް ވި ކަމެވެ.ޒާރާ އެ ފިރިހެން ކުއްޖާގެ ނަން ކިޔާލި ގޮތުން އެކަނި ވެސް ކިޔާން އަށް އެ ކުއްޖާ އަކީ ޒާރާ އަށް ވަރަށް ހާއްސަ ކުއްޖެއްކަން އިނގިގެން ދިޔައެވެ.”ކޮންތާކަށް ދާން ތިހާ ރީތި ވެލައިގެން ތިހުރީ”ކިޔާން ބުނެލީ ގާތް ގޮތަކަށްށެވެ.މިއި އޭނާ ޒާރާ އާއި މި ގޮތަށް ވާހަކަ ދައްކާ ފުރަތަަމަ ދުވަސް ކަމުން ޒާރާގެ ހިތުގައި އެއްވެސް ވަރަކަށް ބީރައްޓެހިކަން ބާއްވާކަން ކިޔާން އެއް ބޭނުމެއް ނޫނެވެ.”ނާޔާމެން ގެ އަށް ދޮންބެ ބުނި ނުކް ބުންޏޭ އޯރވާ ނައިޓް އަކަށް ދާން”ޒާރާ ބުނެލުމާއި އެކު ކިޔާންގެ މޫނު މައްޗަށް ހިނިތުންވުމެއް ފެނިގެން ދިޔައީ އޭނާ ވެސް އެދަނީ އެގެއަށް ވުމުންނެވެ.”ރައިޑެއް ބޭނުން ތަ؟”ކިޔާން ބޭނުންވީ ވަގުތުގެ ބޭނުން ހިފާށެވެ.”ތެންކްސް.އެކަމު ދޮންބެ އެބަ އާދެ ބަލާ”ޒާރާ ބުނެލީ ޒީކާން ބަލާ އަންނަ ވާހަކަ ބުނެފައި އޮތުމުން ނެވެ.ޒާރާ އެހެން ބުނެލި ވަގުތު ވީ ޒީކާން ވެސް އައި ވަގުތަށް ވުމުން ކިޔާން ޒީކާން އާއި ޒާރާ އަށް ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން ސައިކަލު ދުއްވާލިއެވެ.

 

ނުނިމޭ

Share Article

Follow Me Written By

Anonymous

Level 4100 Login10 Stories100 Comments

Other Articles

Previous

ގާތުގައިވި އަނދިރިކަން، 2

Next

ކުށަކީ ކޮބާ – 14

Next
April 7, 2024

ކުށަކީ ކޮބާ – 14

Previews
April 3, 2024

ގާތުގައިވި އަނދިރިކަން، 2

14 Comments!

  1. Seesaw Seesaw says:
    April 4, 2024 at 4:54 pm

    varah reethi mi episode ves !
    next episode ah inthi zaaru kuran !
    LY Rifoo ! ❤️

  2. GIRL VEMPIRE says:
    April 4, 2024 at 7:29 pm

    Hi BESTIE
    maasha Allah mi part vx varah varah reethi.
    wow. Dhn kiyaan and Zara gulhuvaba plzzzz.
    Next part kiyaalan libeyny kon irakun thr darrlll?
    VRAH MISS VEY INGEY
    LOVE YOU 😍🥰😍🥰

    1. RIFSHA says:
      April 4, 2024 at 9:26 pm

      Hi bestie 👋
      Thanks bestie
      Dhen hingaa vaa goi balaalan dho.eyrun thaa ingeyni vaa goi
      Next part in sha Allah Saturday ga
      Miss you 😘💞💞 mihaaru habarei vx nuvey viyya dhen miss vaane ehnu 🤭🤭
      Varah loabi vey ingey ❣️❣️💋💋
      Love you more darling 💞

  3. Nishva says:
    April 4, 2024 at 8:50 pm

    Hey rifoo Darla
    Mi part vx varah reethi Masha Allah 💗
    Kon irakun next part kiyaalan libeyni…
    Girl vempire buni hen kiyaan & zaa gulhuvaba dhen mi haaru.. anyway me second dhw…
    Once again story varah reethi Masha Allah 💗
    Love you so much rifoo darling ❤️

    1. RIFSHA says:
      April 4, 2024 at 9:28 pm

      Hi nish darling
      Thanks nishva
      In sha Allah next part Saturday ga
      Ahaha dhen vaa goi balaalan hingaa zaa and kiyan gulhey tho nooni noon tho
      Seesaw ge comment eba in first ga so you third
      Love you more nishva 💖💖💗💕

  4. RIFSHA says:
    April 4, 2024 at 9:22 pm

    @seesaw pending comment
    Thanks seesaw.
    Next part in sha Allah Saturday ga
    Love you more ❣️

  5. GIRL VEMPIRE says:
    April 4, 2024 at 10:01 pm

    Ey manjey ma habaru nuvaneekee noon. Ma on vaa gadee manje on eii noon dhn kihineii habareii vx vaaany.

    1. RIFSHA says:
      April 5, 2024 at 4:31 am

      Molhu dhen.huh dhahkaa vaahaka.
      Manje online vefa indhedhaane ma reygandu balaalaa iru hendhunu 6 jahaa iru.enme fahun on nuvumuge kanthah vx e jehy magey bolakahnu.dhahkaa vaahaka dhen 🙄🙄.meehaku alhe hairaanei nuvaane tha?ma hi jahaa iru vx meena ge habarei nuve.ekamu on nuvani masho.alhe fahe lai kairy ga vx ahaabala.ma on nuvan tho.
      Ey adhi varah molhu vaahaka eh bunan vefa eba oii ingey lai and nau kairy ga.school ah gossa bunaanan 🙄

  6. Laura says:
    April 5, 2024 at 11:51 am

    Rifooooo
    Mi part vx varah reethi ingey masha Allah 💗.mi adhi kurin part thakah vure vx reethi.alhey kiyan and zaara gulhuvaba pls pls.eii zaa ge bf tha raai akee.alhey raai and zaa eh noon.kiyan and zaa maa loabi couple eh.pls pls rifoo kiyan and zaara ingey…
    Dhen vaane gothei ingeyni ehves noon.
    Curiously waiting for the next part Rifoo
    Love you so much darling<3<3

    1. RIFSHA says:
      April 5, 2024 at 2:23 pm

      Thanks Laura
      In sha Allah next part Saturday ga
      Dhen vaa goi balamaa dho
      Once again thank you so much Laura
      Love you more ❤️❤️

  7. Rauha says:
    April 5, 2024 at 10:00 pm

    Hi rifoo
    Miadhu thankolhei lahun vaahaka upload vefa in than fenun dhuvaheh
    Anyway mi epi vx varah reethi Masha Allah.hey rifoo kiyaan and zaara gulhuvaba.eii varah loabi couple akah vaane kan yageen.
    Zaa & yaan
    Aika & Aleek
    Naaya & Milaan
    Lai & Rayaan
    Mi mi vaahaka ga ulhey enme loabi couple akee.pls pls vaahaka ninmaalahche mi gothah.
    Ey rifoo adhi nuk men group ekaku vx meehakaa rattehi nuvey tha.emeehun ge bai varah interesting vaane kanneynge.ingey tha kury episode kiyaalafa rauha heekuri nuk fall vee kamah aleeka yaa.ekamu nuvi dho.dhen mi ulhey xeek varah sirru veri ,xeek ge bai varah interesting.xeek dho dhen.aneikaa no expression ehves ehchakah.neynge dhen mi nuk and xeek ge bai enme interest iy nuk men group ge.alhe e xeek kochei vegen tha ehaa madun hunnany.aneikaa xeek ulheny kujjakaa rattehi vegen tha.kurin part ga aleeka fenuny rai men gein ney buney ehen ve ahaali.rai akee xeek ge dho
    Varah suvaalu ehijje dho.
    Anyway mi story mihaaru vakin interesting vey eba.alhe haadha reehchey.hama nei bunaane ehchei vx.
    Rifoo your the bestest author ever.you wrote number one stories.ehen author ah vure maa thafaa thu.dhe dhuvahun ehdhuvahu vaahaka kiyaalan vx libey.
    Once again story varah reethi Masha Allah 💗 Allah bless you
    Lysm rifoo 💖

    1. RIFSHA says:
      April 6, 2024 at 4:39 am

      Thanks rauha
      Mi comment kiyaalaafa varah ufaa vejje.yes miadhu thankolhei lahun fenunu dhuvaheh dho.
      Ahaha hingaa dhen balamaa vaahaka nimey iru kihinei tho couples thah hunnaany.
      Adhi kuri ah huri part thah kiyaalyma ingeyne nuk men group ge gothei vx.
      Nuk and zeek ge bai dho ehen v ma rauha ah interest iy.yeah zeek varah sirru veri vaane.hama ehen liyefa einy vaahaka.
      Yeah varah suvaalu ehijje
      Once again thank you

  8. Laura says:
    April 7, 2024 at 11:03 am

    Rifooooo
    Kobaa tha next episode
    Hama kei nukurevigen mi ulheny
    Anei episode ge inthizaaru ga mihaaru miadhu vx MIHAARU 10 ah vure gina in belijje
    Adhi vx admin team in upload nukohdheny dho e.
    Curiously waiting for the next part part ingey
    Ly rifoo 💖

  9. RIFSHA says:
    April 7, 2024 at 11:15 am

    @Laura’s pending comment
    Yeeeesssss keekey Lauraaa
    yes miss Laura🤭vaahaka submit kohlaifin friday ge haveeru.
    Thi varah mi site balaathi kanneynge e upload nuvani 🤭
    Love you more miss laura ❤️

Comments are closed.



All Right Reserved!