Skip to content
އެސްފިޔަ

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(ވަނަ ބައި)

ޓެރަސް މައްޗަށް ނަވްޔާ ގެ ޕާޓީ ބާއްވަން ވެގެން އަލީކްގެ މަންމަ އާއި އެއްކޮށް އެރި ކުއްޖާ ފެނުމުން ނުކްޝާން އަށް އެކުއްޖަ އާއި ދިމާލަށް ހަމަ ބެލެނީ އެވެ.ކޮންމެވެސް ތާކުން އެއްކުއްޖާ ދުށް ހަނދާންވި އެއް ކަމަކު ނުކްޝާން އަށް ސީދާ ކޮންތާކުން ކަން ހަނދާން ކުރަން އުނދަގޫ ވިއެވެ.

*****************

“އޭއި ޒީކް ދެކުނިން ތަ އެކުއްޖަ މި ރަށުން އެއް ދުވަހަކު ވެސް”ނުކްޝާން އަލީކާ ދައްކާލަމުން އޭނާގެ ހިތުގައި އުނދަގޫ ކުރަމުން ދިޔަ ސުވާލު ކޮށްލިއެވެ.”އަމްމްމް ނުދެކެން”ޒީކާން އޭނާގެ އާންމު ރާގުގައި ބުނެލިއެވެ.ނުކްޝާން ވެސް އެހެން ދޯ އޭ ބުނެފައި ތަންކޮޅެއް ދުރުގައި ހުރި ސޯފާގައި އިށީންދެ ފޯނުނަގައި ވައިފައި ޖައްސާލިއެވެ.އެއާއި އެކު ފުލު ފުލުގައި މެސެޖު އަންނަން ފެށިއެވެ.

 

އެންމެ ފުރަތަމަވެސް ނުކްޝާން ހުޅުވާލީ އެމީހުން ގްރޫޕް އަށް ދެމީހަކު ވަދުނު ކަމަށް އައި މެސެޖެވެ.އެމީހުންގެ ވަކިން އިން ގްރޫޕް އަށް އިތުރު ދެމީހަކު ވަދުމުން ނުކްޝާން ހިތްހަމަަޖެހޭ ގޮތެއް ނުވިއެވެ.ނަމަވެސް ކާކު ތޯ ބަލައިލަން ގްރޫޕް އަަޅުވާލިއެވެ.”އަލީކާ އެންޑް އަލީކް ޖޮއިންޑް”އަރާފައި އިނުމުން އެއީ އެ އަންހެން ކުއްޖާ އާއި އަލީކް ކަން ނިކްޝާން އަށް އިނގުނެވެ.

 

“އަލީކާ”ނުކްޝާން އަށް އެނަން މަޑު މަޑުން ކިޔާލެވުނެވެ.އިރުކޮޅަކު އެހެން އިނދެފައި ޒީކާން ގާތައް ދިޔައީ އެއްޗެއް ހަނދާންވި ފަދަ އަކުންނެވެ.”އޭ ޒީކާން.މަށަަށް ހަނދާންވެއްޖެ ކޮންތާކުން ކަން އެކުއްޖަ ފެނުނީ.މީހެ ދެ އަހަރު ކުރިން މެލޭޝިޔާ އަށް ދިޔަ އިރު ކުރި މަތީގަ ހުރި ގޭގަ ރައިމެންނާ އެއްކޮށް އުޅުނު އަލީކާ އެއީ”ނުކްޝާން އެހެން ބުނުމުން ޒީކާން ހަނދާންވި ފަދަ އަކުން އޯހ އޭ ބުނެލީ އޭނާ ވެސް ހަނދާން ނެތުމުން ނެވެ.

 

ދަންވަރުގެ ހަމަހިމޭން ވަގުތެވެ.ގޭތެރެ އަށް ވެރިވެފައިވާ ހަމަ ހިމޭން ކަން ފޫ އަޅުވާލީ ވެހެމުން ދިޔަ ވާރޭ ގެ އަޑެވެ.ގިނަ ބައެއް ނިދީގެ ފޮނިމީރުކަން ހާސިލް ކުރަމުން ދިޔަ އިރު އެއްބައި މީހުންނަށް އެ މީރުކަމުގެ ޒައްރެއްގެ މިންވަރުވެސް ލިބެން ނެތީއެވެ.އޭގެ ތެރެއިން ލައިނީ ވަނީ ދެބައި ވެސް ހާސިލްކޮށްފައި އެވެ.

 

ގެއަށް އައި ގޮތަށް ނިދާފައި ލައިނީ އަށް ހޭލެވުނީ އެކެއް ޖެހިފަހުން ނުބައި ހުވަފެން ފެނިގެންނެވެ.ނަމަވެސް އޭގެ ފަހުން ލައިނީ އަކަށް ނިދޭގޮތެއް ނުވި އެވެ.ދެފަރަތަށް ފުރޮޅި ފުރޮޅި ވެސް ލައިނީ އަށް ނިދޭ ގޮތެއް ނުވިއެވެ.އެންމެ ފަހުން ލައިނީ އަށް ނުނިދިގެން ސިޓިންރޫމް އަށް ނިކުމެ ޓީވީ ހުޅުވައިގެން އިނީ ފިލްމެއް ބަލާށެވެ.

 

ލައިނީ އެކޭ އެއްފަދައިން ރަށުގެ އުތުރު ފަރާތުގައި އޮންނަ ބޮޑު ވަލުގެ ބިއްދޮށުގައި ހުންނަ ގެއެއްގައި އީޝާ އާއި ޔަޝާގެ އިތުރުން މައިރާ އާއި ޝަހްނާ ތިބީ ބޮޑު ކަމެއް ރޭވުމުގެ ގޮތުންނެވެ.މިކަހަލަ ވަގުތެއްގައި މީހަކު ހެޔޮކަމެއް ރާވާނެ ކަމާއި މެދު ޝައްކެވެ.

 

“ޔަގީންތަ ޝަހޫ އަށް ތިކަން ވާނެ ކަން.ކޮންމެވެސް ހާއްސަ ދުވަހަކު ތި ކަހަލަ ކަމެއް ކުރަން ވާނީ.އެންޑް ޔޫ މައިރާ މިހާރުއްސުރެ ފަށަންވީ”ޔަޝާ ދިޔައީ ފަހަރަކު މީހަކަށް އިރުޝާދު ދެމުންނެވެ.”އަލީކް އެކަނި ފްރީ އީ.ރަޔާން މިލާން އިމްޕޮސިބަލް ވާނެ.ޔާން ވެސް ހޯދަން އުނދަގޫ ވާނެ އެކަމު ރަޔާންމެންނަށް ވުރެ ރަނގަޅު ވާނެ”ޝަހްނާ ސަމާލުވާން ޖެހޭ ކަންތައްތައް އެންމެންނަށް ކިޔާ ދެމުން ދިޔަ އެވެ.ލައިނީ ގެ ނިދި ހަރާބުވީ މިމީހުންގެ މި ރޭވުމުގެ ސަބަބުން ކަމެއް ވެސް ނޭނގެ އެވެ.

 

އަނެއް ދުވަހު އަރައިގެން އައި އިރާއި އެކު އެއަބައިމީހުންގެ ހިތްތަކުގައި ދިޔައީ އެކި ކަހަލަ ކުލަ ޖައްސަމުންނެވެ.މި ގޮތުން ލައިނީގެ ހިތް ނުތަނަވަސް ކޮށްލާފައިވާ އިރު މިލާން އާއި ދެމެދުގައި އޮތް ގުޅުން ރަނގަޅުވުމުން ނަވްޔާގެ ހިތްވަނީ އުފަލުން ފޮޅިފައި އެވެ.ސްކޫލަށް ދާން ތައްޔާރުވި އިރު ވެސް އޭނާގެ ހިތުގައި ވަނީ ބުނެދޭން ނޭނގޭ ފަދަ އަުފާވެރިކަމެކެވެ.

 

ނަވްޔާ އާއި ލައިނީގެ އިތުރުން ޒާރާ އާއި އައިކާ އެންމެ ފަހަތު ގޮނޑި ބަރީގައި ދަބަސް ބަހައްޓާލީ އެއީ އެންމެ ފެހު ގޮނޑި ބަރި އަކީ އަބަދު ވެސް އެމީހުން އިށީންނަ ތަނަށް ވުމުންނެވެ.ވާހަކަ އަޅުވާލައިގެން ތިބި ހަތަރު ކުދިންނަށް ވެސް ސިހުމެއް ލިބުނީ އެކުދިންގެ ކުރިމަތީގައި ޔަޝާމެން އައިސް ދަބަސްތައް ބެހެއްޓުމުންނެވެ.ޔަޝާމެން ހިތްހެޔޮ ހިނިތުންވުމެއް ހަދިޔާ ކޮށްލުމުން ބަދަލުގައި ނަވްޔާ މެން ވެސް ހިނިތުންވުމެއް ރައްދު ކޮށްލިއެވެ.

 

ނަމަވެސް ޔަޝާމެންގެ ހިނިތުންވުމުން ލައިނީ އަށް އިހުސާސް ކުރެވުނީ ބަޔާން ކުރަން ދަތި އުނދަގޫ ކަމެކެވެ.ގަދަ ކަމުން ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިކުރުން ވެސް ލައިނީ އަށް ވެގެން ދިޔައީ ބޮޑު ކަމަކަށް ށެވެ.

 

“ހާއި ލައި.ކިހިނެތް؟”ޔަޝާ ގާތް ގޮތަކަށް އަހާލި އެވެ.”ރަނގަޅު”ލައިނީ އަށް އަނގައިން އެބަސް ވެސް ބޭރު ކުރަންވީ އުނދަގޫ ކަމަކަށް ށެވެ.”ލައިނީ ކިހާ ވަރަކަށް ރަޔާން އަށް އިތުބާރު ކުރަން”ކުއްލި އަކަށް ޔަޝާ ދައްކަން ފެށި ވާހަކަ އަކުން ލައިނީގެ ހިތުގައި އުފެދިފައިވާ ނުތަނަވަސްކަން ދެގުނަ އަށް އިތުރުވި އެވެ.ޔަޝާ ފުރަތަމަވެސް ބެލީ ލައިނީގެ ހިތުގައި ރަޔާން އަށް ޝައްކު އުފައްދަންނެވެ.

 

ސްކޫލުން ނިކުމެގެން އައި އިޝާމެންގެ މޫނުމަތީގައި ވަނީ ނުފިލާ ފަދަ ހިނިތުންވުމެކެވެ.ދުވަހަކު ވެސް ހިތާމައެއް ވެސް ނުލިބޭ ފަދަ އެވެ.ވާނީ ވެސް އެހެން ތާ އެވެ.އެމީހުންގެ ފުރަތަމަ ޕްލޭން އެ ކާމިޔާބު ވީ އެވެ.ނަވްޔާމެންނާއި އެކުވެރިކަމުގެ ގުޅުން ބަދަހިވީ އެވެ.އެމީހުން ނިންމައިގެން ތިބީ ފަހަރަކު ކަމެއް ކުރުމަށް ށެވެ.އެއްފަހަރާ ކުރަން އުޅެނި ކޮށް ފަޅައި އަރާފައްޔާ މާ ރީއްޗެއް ނުވާނެ ވިއްޔާއެވެ.

 

ހަވީރުގެ ވަގުތު ވީ އިރަށް ލައިނީމެން ތިބީ ހޭންޑްބޯލް މުބާރާތަށް ދާން ތައްޔާރުވެލައިގެންނެވެ.މިއަދު ކުޅެންޖެހޭނީ ބްލޫ އާއި ޕާޕްލް އަށް ވުމުން އައިކާ ހުރީ އާދައިގެ ހެދުމުގައި ދެ ހައުސް އަށް ވެސް ސަޕޯޓް ކުރަން ތައްޔާރު ވެގެންނެވެ.

 

ހުދުކުލައިގެ ކަކުލާއި ހިސާބަށް ހަރާ ހެދުމަކާއި ކަޅު ކުލައިގެ ޝޯލްއެއްގެ އިތުރުން ކަޅު ކުލައިގެ ޖިންސެއް ލައިގެން އައިކާ ހުރީ އެއްވެސް ހައުސް އަކަށް ބަރޯސާ ނުވާން ވެގެންނެވެ.ނަމަވެސް އަތުގައި ދަނބުކުލަ އާއި ނޫކުލައިގެ ފުއްޕާ ހަން އޮތެވެ.

 

އައިކާ އާއި ހިލާފަށް މިލާން ހުރީ ނޫކުލައިގެ ފިނިފެންމާ ޖަހާފައި ހުރި ހުދުކުލައިގެ ގަމީހެއް ލައިގެންނެވެ.ތިރިން ނޫކުލައިގެ ޖިންސެއް ލާފައިހުރި އިރު ގަމީހުގެ އަތުކުރި ހުރީ އުޅަބޮއްޓާއި ހަމަ އަށް އޮޅާފައި އެވެ.އައިކާ އެކޭ އެއްފަދަ އިން މިލާން ހުރީ ނޫ ކުލައިގެ ފުއްޕާ ހަމެއް ހިފައިގެންނެވެ.

 

ރަޔާން ވެސް މިލާން އެކޭ އެއްފަދައިން ހުރި އިރު ކިޔާން އާއި އަލީކް ހުރީ ހުދުކުލައިގެ ޓީޝާޓަކާއި ކަޅު ކުލައިގެ ޖިންސް އެއް ލައިގެންނެވެ.އަލީކް އާއި ކިޔާން އެއައީ އެހެން ނޫނަސް މިލާންއާއި ރަޔާން އާދޭސް ކުރާ ވަރުންނެވެ.

 

“ކޮބާ ދާން ވީ އެއްނު”ނަވްޔާ އާއި ލައިނީވީ ކުރީބައިގައި ގޮސް ކަމުން ރަޔާން މެން ހިނގައިގަތީ މެޗު ފެށެން ކައިރި ވުމުން ނެވެ.މިލާންމެން ދިޔަ އިރު އީޝާމެން އެމީހުންގެ އިންތިޒާރުގައި ތިއްބެވެ.

 

އީޝާ ނޫކުލައިގެ މާ ހިމެނޭ ހުދު ކުލައިގެ ހެދުމެއްގައި ހުރުމުން އީޝާ އާއި މިލާން ކައިރީ ގައި ތިބޭ އިރު ބަލާލާ މީހަކަށް ސިފަ ވާނީ ރައްޓެހިވެގެން އުޅޭ ޖޯޑެއް ހެން ކަން ކަށަވަރެވެ.ނަމަވެސް މިލާން ހުރީ މީގެން އެއްވެސް ކަމެއް ވިސްނޭ ވަރަށް ވުރެ ހާލުކޮޅު ބޮޑުވެފައި އެވެ.

 

ޕާޕްލް ހައުސް ބެންޗުގައި ހުރި ލައިނީގެ ލޮލުގައި އީޝާ އާއި މިލާން އަޅައިގަތުމާއި އެކުހެން ދެލޯ ކުޑަ ކޮށްލެވުނީ އިހްތިޔާރުން ބޭރުގައި އެވެ.އެތަން ފާހަގަ ވީ އޭނާ އަށް އެކަނި ނޫން ކަން ލައިނީ އަށް އިނގުނީ ގާތުގައި ހުރި ކުއްޖަކު އެކަހަލަ އެއްޗެއް ބުނުމުން ނެވެ.”އޭ ޔަޒާ ބަލާބަ މިހާރު އީޝް އެންޑް މިލާން ގުޅުނީ ތަ؟ވަރަށް ލޯބި ކަޕްލް އެއް ދޯ”ފައިހާ ގާތުގައި ހުރި ޔަޒާ އަށް މިލާން އާއި އީޝާ ދައްކާލަމުން ބުނެލި ގޮތުން އެކަނި ވެސް އެދެކުދިން ގާތު އީޝާ އެކަހަލަ އެއްޗެއް ބުނެފައި އޮތްހެން ލައިނީ އަށް ހީވިއެވެ.

 

ނުނިމޭ

Comments (10)

  1. RIFSHA

    Kiyuntherin ge samaalu kamah..
    Vaahaka ge name ga 10 vana bai innaany.vana bai jehifa einy alhugandah olhumakum…
    Kiyuntherinah mi part reethi vaane kamah ummeedhu kuran…
    Love you all

  2. GIRL VEMPIRE

    HI BESTIE
    Maasha Allah mi part vx varah varah reethi.
    Alhey eesha men konkamehtha alhe e raavany.
    Navya aa Milan dhn dhuru nukurahcheyy plzz.
    LYSM DARLING

    1. RIFSHA
      GIRL VEMPIRE

      Hi nauuu
      Next part kiyaalyma ingidhaane e raavaa kamei..hingaa dhen balamaa vaa goii..
      Love you more darling<3💖❤️💗

  3. Nishva

    What’s up rifoo
    This part is so amazing.even I am speechless… vaahaka kuri ah dhaa varakah varah interesting vey.🤭🤗dhen vaane gothei ingeni eh vx noon dhw.curiously waiting for the next part…
    E eesha kochei hadhaanamey hithaa tha e ulheni.varah rulhi aadhey e eesha dheke.adhi plan eh vx hadhaifiyey maa foni vegen 😤
    Rifoo pls pls e meehun ge plan fail kohlahche…eyrun eesha mn thibeyni vaane ehchei vefa dhw..
    Once again story varah reethi.mi mihaathanah nish ah kiyunu enme reethi and interesting story.kiyun therin ge shaugu verikan varah avahah dhamai ganevey bas magu beynun kohfa hunna gothun..
    Story varah awesome… ummeedhu kuran mi story hama mihaa furihama koh dhaane kamah dhen huri part thah vx.
    This is the number one story Rifoo…
    Kon irakun next part kiyaalan libeyni…
    Curiously waiting for the next part Rifoo
    Love you so much my fav author 💋 ❤️

    1. RIFSHA
      Nishva

      Awwn thanks nishva..nice to hear that.. Eesha dheke rifoo vx varah foohi vey.dhen huri bai thah kiyaalyma dhen ingeyni vaane gothei dho.
      Ehen tha varah ufaa vejje mi nishva ah kiyunu enme reethi vaahaka kan inguny ma..
      In sha Allah hama mi gothah mi haa reethi koh dhen huri part vx liyevey tho masaikai kuraanan.
      Awwnn Thank you varah bodah..rifoo varah ufaa vejje rifoo mi nishva ge favourite author kan inguny ma.
      11 vana bai miadhu mendhuru submit kohlin ekam neynge kon dhuvaku kamei kiyuntherinah kiyaalan libeyni.eii mi haarakah aissa submit kohlaa thaa 2 days fahun kiyuntherinah kiyaalan libeyni

      Love you more nishva 💖💖💖<3

  4. Seesaw

    VARAH REETHI MI EPISODE VES !
    NEXT EPISODE EH INTHI ZAARU KURAN !
    LY RIFOO ❤️

  5. RIFSHA

    Thanks seesaw
    Next part kiyaalan libeyne dhuvaheh neynge ekam miadhu submit kohlin

  6. Laura

    Rifooooo
    Mi part vx varah reethi masha Allah..
    Plz plz eesha mn ge plan fail kohladhehche
    Curiously waiting for the next part…
    Adhi neynge dhw kon irakun kamei next kiyaalan libeyni…
    Love you so much Rifoo

    1. RIFSHA
      Laura

      Thanks laura
      Dhen vaa goi belyma ingeyni eesha mn ge plan ah vaane gothei vx.
      Yh adhi neynge kiyuntherinah kiyaalan libeyni kon dhuvaku kamei.
      Love you more Laura 💖💖😘

  7. Rauha

    Hey rifoo
    Mi part ves varah reethi ingey
    Rifooooo
    Eesha menge plan fail kohlahche pls pls
    Nishva buni hen mi hama no 1 ge vaahaka eh
    Love you so much rifoo 💖💕

Comments are closed.