Skip to content
އެސްފިޔަ

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(ނުވަވަނަ ބައި)

މިލާން އާއި ނަވްޔާ ދިޔަ ކަމެއް ނޭނގި ރަޔާން އައިސް ލައިނީ ގާތު ތަނަކަށް ދާން އެދުނެވެ.ނަމަވެސް މި އޮށްފަދަ ރޭގަނޑު ރަޔާން އާއި އެއްކޮށް ލައިޝާ ދާން އެއްބަސް ނުވާނެ ކަން ލައިނީ އަށް އެނގެއެވެ.އަނެއްކޮޅުން ނަވްޔާ އާއި މިލާން ރައްޓެހިވެގެން އުޅޭ ކަން ދެފަރާތު އާއިލާ އަށް އިނގުނަސް ލައިނީ އާއި ރަޔާން ރައްޓެހިވެގެން އުޅޭ ކަން އެމީހުން ގްރޫޕް މީހުންނަށް ނޫނީ ނޭނގޭނެ އެވެ.

*****************

ލައިނީ ދާން ނުދާން ހުރެފައި ވެސް ލައިޝާ ގާތު ހުއްދަ އަށް އެދުނީ އައިކާމެން ވެސް ދާން ކިޔާން އެދިފައި އޮތުމުންނެވެ.”މައްސަލަ އެއް ނެތް.އެކަމު ދަރިފުޅު ވާނެ ދިހަ އެއް ޖަހަން ވާ އިރަށް އަންނަން.މިހާރު ގަޑިން ނުވަ ގަޑި ބައިވީ”ލައިޝާ ބުނެލީ އަތުގައި އަޅާފައި އޮތް ގަޑި އަށް ބަލައިލަމުންނެވެ.ލައިނީ ވެސް އެކަމަށް އެއްބަސްވަމުން ދާން ހިނގައިގަތީ ރަޔާން ބޭރުގައި އިންތިޒާރުގައި ހުރި ވާހަކަ ބުނުމުންނެވެ.

 

ލައިނީ އާއި ޒާރާގެ އިތުރުން އައިކާ އައުމުން ހަ މީހުން އެއްކޮށް މިލާން ބުނި ސަރަހައްދަށް ދާން ހިނގައިގަތެވެ.ހަމީހުން މިލާން ބުނި ސަރަހައްދަށް އާދެވުމާއި އެކު މިލާން އާއި ނަވްޔާ ކުރީގައި ހުރެގެން ދާންވާ މަންޒިލާއި ދިމާލަށް ހިނގައިގަތެވެ. “ކޮންތާކަށް މި ދަނީ؟”ލައިނީގެ ސުވާލު އަމާޒުވީ އެމީހުންގެ މަންޒިލާއި ބެހޭގޮތުންނެވެ.”އެއީ އީޝާ ބުނި ނާޔާ އެންޑް ލައި އާ ބައްދަލު ކޮށްލަން ބޭނުންވާ ވާހަކަ އެހެންވެ.ދެން މިތިބި ދެމީހުން އެކަނި ވާނެތީ އެމީހުންގެ ޖީ އެފްގެ ނަމުގަ އަޅައިގެން ގެންނަ ބައެއް މީ”ރަޔާން ދެވަނަ ޖުމުލަ ބުނެލީ ލާނެތް ކަމާއި އެކު އެވެ.

 

ވަކި ހިސާބަކަށް ދެވުނު ތަނާހެން އެމީހުންނަށް ދުރުގައި ތިބި އީޝާމެން ފެނުނެވެ.އެންމެން އެދިމާލަށް ދާން ހިނގައިގަތީ އެއީ އެމީހުންގެ މަންޒިލަށް ވުމުންނެވެ.”މީ އީޝާ ނާޔާ އަށް އިނގެއެއްނު ދޯ.ދެން މީ ޝަހްނާ ޔަޝާ އެންޑް މައިރާ”މިލާން އެންމެން ތައާރަފް ކޮށްލަދިނެވެ.”ދެން މީ ނާޔާ.މީ ރަޔާން ގެ ޖީ އެފް ލައިނީ ލައި”މިލާން އެހެން ބުނުމާއި އެކު ލައިނީ އާއި ނަވްޔާ އީޝާ މެންނާއި ސަލާމް ކޮށްލިއެވެ.

 

“މިލާން ވަރަށް ދައްކާނެ ނާޔާގެ ވާހަކަ.މިލާން ލިބޭނީ ވަރަށް ނަސީބު ގަދަ މީހަކަށް”އީޝާގެ އަޑުގައި ހުރި ހިތް ހެތޮކަމުގެ ސަބަބުން ނަވްޔާ ގެ ހިތަށް ހަމަ ޖެހުމެއް ލިބުނެއް ކަމަކު ލައިނީގެ ހިތަށް ކުޑަ ނަމަވެސް ހަމަޖެހުމެއް ނުލިބުނެވެ.ލައިނީގެ ހިތް ދިޔައީ ކޮންމެވެސް ކަމެއް ނުބައިވާން އުޅޭ ކަމުގެ ރަތް ސިގުނަލް ދެމުންނެވެ.

 

މާވާހަކަ ގިނަނުކޮށް މިލާންމެން ދާން ނިންމިކަން ލައިނީ އަށް ވީ ނަސީބަކަށް ށެވެ.އެއް ގޮތަކަށް ވެސް ލައިނީގެ ހިތެއް އީޝާމެންނަށް އިތުބާރު ކުރުމަކީ ރަނގަޅު ގޮތެއް ކަމަކަށް ނުބުނެ އެވެ.

 

“ދަނީ އިނގޭ ޔަޝާ”ދާން ހިނގައިގަންނަމުން ރަޔާން ބުނެލީ އޭނަ އާއި އެންމެ ގާތުގައި ހުރި ޔަޝާ ގާތު އެވެ.މި މަންޒަރު ބަލަންހުރި ލައިނީގެ ހިތަށް އުނދަގޫވިއެވެ.”ރަޔާން އަށް ޔަގީންތަ އީޝާމެންގެ ނިޔަތް ރަނގަޅު ވާނެ ކަން”ލައިނީ ދަމުން އޭނާގެ ހިތަށް އުނދަގޫ ކުރަމުން ދިޔަ ސުވާލު ކޮށްލިއެވެ.”ހްމްމް.ލައި ހާސްނުވޭ.އީޝާމެންނަކީ ރަނގަޅު ބައެއް.ސީ ނާޔާ ގެ އެނިވާސަރީ އަށް ވެސް ދެމީހުން ދުރުކުރަން ބޭނުން ނުވާތީ އެއްބަސް ވެސް ނުވާން އުޅުނެއްނު”ރަޔާން ބެލީ ލައިނީ ހިތްހަމަޖައްސާލަ ދެވޭ ތޯ އެވެ.ނަމަވެސް ލައިނީގެ ހިތުގެ ހަމަޖެހުން ވަނީ ގެއްލިފައި އެވެ.

 

ރަޔާންމެން ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރި ޔަޝާގެ ދެލޮލުން ވިދަމުން ދިޔައީ އަލިފާން ކަންޏެވެ.”އަހަރެން ރަޔާން ހާސިލް ކުރާނަން އެ ހެޔޮ ކަނޑު ފަޅު ފީނައިގެން ވިޔަސް”ޔަޝާ ގެ އަޑުގައި ވަނީ ޔަގީންކަމެވެ.ނަމަވެސް ޔަޝާ އަށް ނޭނގުނީ އޭނާ ކިތަންމެ ގަދަ ހެދިޔަސް ތަގުދީރުގައި ލިބެން ނެތް އެއްޗެއް ކިތަންމެ ހޯދަން އުޅުނަސް ނު ހޯދޭނެ ކަމެވެ.

 

ޔަޝާގެ ވާހަކަ އަށް އެއްބަސްވާން ކަންނޭނގެ އެވެ.އީޝާ އާއި ޝަހްނާގެ އިތުރުން މައިރާވެސް ބޯޖަހާލިއެވެ.އެ ހަތަރު ކުދިން ގެ ހިތުގައި މިލާންމެންނަށްޓަކައި ލޯބި އުފެދިފައި އޮތް ތާ ކިތަންމެ ޒަމާނެކެވެ.އެކުގައި އުޅެނީ ވެސް ފަސޭހައިން މަޅި ޖަހާލެވޭނީ އޭރުން ކަމަށް ވާތީ އެވެ.

 

“އަހަރެން ހާދަ އުންމީދެއް ކުރީމޭ މި ފަހަރު މިލާން އަށް އެ ނަވްޔާގަނޑު ނުލިބުނީމަ މިލާން އަހަރެން ކައިރިއަށް އަންނާނެ ދުވަހަކަށް.އެމީހުން ވީޑިއޯކުރި ކަން އެހެން ނޫނީ މިހާރު މިލާން ހުންނާނީ އަހަރެންގެ މުށުތެރޭގަ”އިޝާގެ އެތެރެ ފަރާތް ވެސް މި ފެނުނީތާ އެވެ.ބަލާލާފައި އެއީ ދެންމެ ނަވްޔާ އާއި ހީލާފައި ވާހަކަ ދެއްކި އީޝާ އޭ ހީވެސް ނުވާނެއެވެ.”ހެޔޮ އަދިވެސް އޮންނާނެ ބައިވަރު ޗާންސް މިލާން ހޯދަން.އަހަރެން ހުއްޓާލާނީ މިލާން އަހަރެން ގެ މިލްކަކަށް ހަދާފަ “އީޝާ އެކޭ ޔަޝާ އެކޭ ވަކި ތަފާތެއް އެބަ އޮތް ހެއްޔެވެ؟

 

ނަވްޔާމެން އެންމެން ދިއުމުން ލައިކާ އާއި މިޝްޔާ އާއި އައިރާ ވާހަކަ އެއް ދައްކާލަން ޓެރަސް މަތީގައި ހިޔާ ކޮށްފައި ހުރި ދިމާލަށް ޖެހިލިއެވެ.”އޭއި މިޝް ބުނިހެން ޒީކް ހާދަ ހޭންޑްސަމް އޭ ދޯ”ލައިކާ ޒީކާންގެ ރީތިކަމަށް ތައުރީފު ކޮށްލިއެވެ.”މިހާރު އެންމެ ފަހުން އަޔާން މަތިން ހަނދާން ނެތުނީ ތަ؟”އައިރާ ލައިކާ އާއި ދިމާކޮށްލިއެވެ.

 

ލައިކާ އާއި އަޔާން އާ ދެމީހުން އަޅުވާ ކިޔުމަކީ އެމީހުން ވަރަށް ފޯރި އަރުވާލާފައި ކުރާ ކަމެކެވެ.ނަމަވެސް ލައިކާ އަށް އަޔާން ކަމުދަނީކީ ވެސް ނޫނެވެ.އަދި އެހެންމެ އަޔާން އަށް ވެސް ލައިކާ ކަމުދަނީ އެއް ނޫނެވެ.ސަބަބަކީ އަޔާން އާއި ލައިކާ ދިމާވާ ފެހަރަކު ދެމީހުން ކުރެ ކޮންމެވެސް އެކަކަށް ލަނޑު ލިބޭތީ އެވެ.އެއީ އަބަދު ވެސް ވާ ގޮތެކެވެ.ނަމަވެސާ މަޖުބޫރު ވެއްޖެ ހާލަތެއްގައި މެނުވީ ދެމީހުން އެކަކު އަނެކަކާއި ވާހަކައެއް ވެސް ނުދައްކައެވެ.

 

“އެއުޅެނީ ކޮން ކުއްޖެއް ތަ؟”ދުރުގައި އަލީކްގެ މަންމަ އަލީނާ ގާތުގައި ހުރި އަންހެން ކުއްޖާ ދައްކާލަމުން މިޝްޔާ ބުނެލިއެވެ.ބަލާ ބެލުމަށް އެމީހުންނާއި އެއްވަރުވާނެ ހެން ވެސް ހީވެއެވެ.”ހިނގާބަލަ އެ ކުއްޖައާ ވާހަކަ ދައްކާލަން.ވާހަކަ ދެއްކީމަ އެއްނު އިނގޭނީ ކޮންކަހަލަ ކުއްޖެއް ކަން”މިޝްޔާ ބޭނުންވީ އެކުއްޖަކާ ވާހަކަ ދައްކާ ގުޅުން ބަދަހި ކުރާށެވެ.

 

“ހައި އައި އޭމް މިޝްޔާ.ދެން މީ މިޝްގެ ދެ ފްރިއެންޑުން އައިރާ އެންޑް ލައިކާ.ވަޓްސް ޔުއާރ ނޭމް”މިޝްޔާ އަމިއްލަ އަށް ތައާރަފް ވެލަމުން އައިރާ އާއި ލައިކާ ވެސް ތައާރަފް ކޮށްދިނެވެ.”އަލީކާ”ސަލާމަށް އަތް ދިއްކޮށް ލަމުން އަލީކާ ބުނެލީ ލަދު ރަކި ގޮތަކަށް ށެވެ.އަލީކާ ގައިގައި ވެސް ހުންނަނީ އަލީކްގެ ގައިގައި ވެސް ހުންނަ މަޑުމައިތިރި ކަމެވެ.ހަތަރު ކުދިން ވާހަކަ ދައްކަން ފެށުމުން އަލީކާ ވެސް ބީރައްޓެހިކަން ފިލާ އައިރާމެންނާއި ވާހަކަ ދައްކަން ފެށިއެވެ.

 

ނުކްޝާން ގެ ހަރަކާތްތަކަށް ބަލަން ހުރި ޒީކާން ގެ މޫނުމަތިން ފެންނަމުން ދިޔަ އަސަރުތައް ދެނެގަންނަން ކޮންމެ މީހަކު ވެސް ނުކުޅެދޭނެކަން ކަށަވަރެވެ.ޕާޓީ އަށް ޓެރަސް މައްޗަށް އެރީއްސުރެ ނުކްޝާން ހިޔާލަކަށް ގެއްލިފައި ހުންނަކަށް ޒީކާން އަށް ފާހަގަ ވިއެވެ.ނަމަވެސް ނޭނގެނީ ސަބަބެވެ.އެކަން ވެގެން ދިޔައީ ޓެރަސް މައްޗަށް އެރި ނުދަންނަ އަންހެންކުއްޖާ ގެ ސަބަބުން ކަން ޒީކާން އަށް ނަގައިގަންނާކަށް މާ ގިނަ އިރެއް ނުނެގުއެވެ.

 

ޓެރަސް މައްޗަށް ނަވްޔާ ގެ ޕާޓީ ބާއްވަން ވެގެން އަލީކްގެ މަންމަ އާއި އެއްކޮށް އެރި ކުއްޖާ ފެނުމުން ނުކްޝާން އަށް އެކުއްޖަ އާއި ދިމާލަށް ހަމަ ބެލެނީ އެވެ.ކޮންމެވެސް ތާކުން އެއްކުއްޖާ ދުށް ހަނދާންވި އެއް ކަމަކު ނުކްޝާން އަށް ސީދާ ކޮންތާކުން ކަން ހަނދާން ކުރަން އުނދަގޫ ވިއެވެ.

 

ނުނިމޭ

Comments (10)

  1. Laura

    Finally 😊
    Mi part vx varah reethi Masha Allah.
    Bunymehnu e eesha mn eii rangalhu baeh nooney.i told you..
    Dhen vaane gotheh ingeny eh vx noon.
    Nukshaan e kujja dheke loabi v tha aneikaa e hehe hama bunely ingey
    Curiously waiting for the next part
    Next part kiyaalan libeyni kon dhuvaku
    Lysm rifoo 💖💖💖

  2. RIFSHA

    Thanks Laura
    Next part in sha Allah Monday ga
    Love you more 😘😘

  3. GIRL VEMPIRE

    Maasha allah mi part vx varah varah reethi.
    Nukshaan ah loabi vevunh dhw e.
    Curiously waiting for the next part.

    1. RIFSHA
      GIRL VEMPIRE

      Thanks naureen ❤️
      Next part kiyaalyma ingeyne ehnu dho
      Once again thank you naureen ❤️💕💕

  4. Rauha

    Hey rifoo
    Keehve mi part las v.rauha heekury rifoo dhokaa dhiny kamah.ehbai writer’s ehen ehbai faharu hadha eh.ehen ve
    Anyway mi part varah reethi Masha Allah 💗 laura buni gothah dho hama evy hehe
    Rifoo pls pls navya and Milaan dhen dhuru nukurahche.dhen kiyan and zaara gulhuvan ulhey ingey.lainy and rayaan vx dhuru nukurahche.
    Miadhu ten vana bai kiyaalan libeyne dho.vrh ufaa vejje eh dhuvahaa rifoo ge vaahaka ge two episode kiyaalan libey thi.i know that mi part iny Saturday ga kan upload vefa 😉😉
    Best of luck 🤞
    Love so much rifoo darling ❤️❤️💋

    1. RIFSHA
      Rauha

      Hey rauha.
      Really rifoo dhokaa eh nudheyne dho.adhi vakin haassa koh rauha ah 😉
      Mee ehen writer eh noonehnu dho dhen dhokaa dheykan.
      Thanks rauha 💖💖💗
      Miadhu vx mihaaru submit kuri thaa vx varah iru vejje hendhunu submit kohlaifin.ekamu adhi vx kiyaalan nulibey dho..
      Love you more rauha 💖💖

  5. Nishva

    Hey rifoo mi nishva ge enme furathama comment dhw.varah reethi ingey mi vaahaka.miadhu mi kiyaali vaahaka.vaahaka hama awesome 👍. bunaane ehchei vx nei.nish mi iny speechless vefa.ehaa vx vaahaka reethi.aslu heenuve mi furathama long story hen vx.
    Anyway thee nishva mn rashu rifsha tha??
    Ehen heevaathi ahaali ingey.ehchekey hee nukurahche.kurin part eh ga grade 9 ey bunelaafa inyma..nish mn rashu rifsha vx eii grade 9.
    Lysm rifoo

    1. RIFSHA
      Nishva

      Thanks nishva
      Varah ufaa vejje nishva ah mi vaahaka kamu dhiya kan inguny ma.
      No rifoo men rashuga eii noolhe nishva eh.nishva thii kon grade eh.
      Once again thank you nishva
      Love you more nishva 💖❤️❤️

  6. Yaan-kiyan

    Hi rifoo koba next part? Mi part haadha thafaathey dho. I wish eesha menge plan work out nuvaane kamah. Next part in navya menge group aa milaan menge group ehkoh fennane kamah unmeedhu kuran. And you are doing grt job rifoo.

    1. RIFSHA
      Yaan-kiyan

      Hi kiyan
      And thank you kiyan.eesha men ge plan dho.e plan work nuveytho nooni veytho balamaa hingaa dho.mi part ga VX group ehkoshey e thibenii.dhen kiyan ge dialogue eh laan v dho next part ah.kiyan ge bai feshen e ulhenii.eyrun dhen kiyan ge bai libeyne kiyaalan.i mean mi part ga kiyan ge dialogue eh nethennu dho.ekam kiyan ge bai feshunyma kiyan ge dialogue thah kiyaalan libeyne.
      next part Monday ga upload kohlin kiyaalan nulibunas.admin team in upload kohleema kiyaalan libeyni.rifoo submit kohlan hama story kurin vx submit kohli hen.ekam admin team in upload nukuran yaa kiyaalaakah nulibeyne.

      mi buneli vaahaka understand vi kamah ummeedhu kuran…..

Comments are closed.