Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(ހަތްވަނަ ބައި)

Anonymous Level 4100 Login10 Stories100 Comments
March 23, 2024 4 Mins Read
9 Comments

ނުކްޝާން ގެ ވާހަކަ އިން ނަވްޔާ ހަނދާނަށް އައީ މިލާން އީޝާ ގާތު ދެއްކި ވާހަކަ އެވެ.ވަގުތުން ނަވްޔާ ގެ މޫނުމިލައިގެން ދިޔައެވެ.ނަމަވެސް ނުކްޝާން އަށް ފާހަގަ ވުމުގެ ކުރިން ނަވްޔާ އޭނާގެ މޫނު މަތީގެ ކުލަވަރު ބަދަލު ކޮށްލީ ކުޅަދާނަ ކަމާއި އެކު އެވެ.”ހެޕީ ބާރތްޑޭ ނާޔާ”ނުކްޝާން ނަވްޔާ ބަލަ ބަލާ ހުއްޓާ ދެން ހުރި ފުށްކޮޅު އެއްކޮށް ނަވްޔާ ގެ ބޮލަށް އޮއްސާލި އެވެ.ނަވްޔާ އަށް މިއަދަކީ އޭނާގެ އުފަންދުވަސް ކަން ވެސް ހަނދާން ވީ ދެނެވެ.

*********************

“ހުއް ވަރަށް ފޫހިވޭ މި ދޮންބެ ގަނޑު ދެކެ”ނަވްޔާ ބުނެލީ މުޅި ގަޔަށް އެޅިފައި ހުރި ފުށް ތަކަށް ބަލައިލަމުންނެވެ.”ކާކުތަ ބުނީ ލޯބި ވެއޭ”ނުކްޝާން ވެސް ދޫނުދޭން ބުނެލިއެވެ.ނަވްޔާ ނުކްޝާން އަށް އަމާން ދެމުން ގެއާއި ދިމާލަށް ދާން ހިނގައިގަތެވެ.އެ ވަގުތު ކޮޅުވެސް ނުކްޝާން ނަވްޔާ އާއި ދިމާ ނުކޮށް ހުރެވޭ ކަމަކަށް ނުވިއެވެ.

 

“އޭއި ނާޔާ މިރޭ އޮންނާނެ އަދި ސަޕްރައިޒް އެއް ހުންނާތި ރެޑީ ވެގެން”ގެއަށް ވަންނަން ނަވްޔާ ދާން ފެށުމުން ނުކްޝާން ބުނެލީ ގޭތެރެ އަށް ވަދުމުގެ ކުރިން ފައި ދޮންނަން ހުރެއެވެ.ނަވްޔާ ނުކްޝާން އާއި ދިމާލަށް ބަލައިލަމުން އާނއެކޭ ބުނެލީ ނުކްޝާން އަށް ރޭގަނޑު އޭނާ އަށް ލަނޑު ދޭން ނުކެރޭނެ ކަން އިނގޭތީ އެވެ.

 

ނަވްޔާ ލޮލުކޮޅަށް ގެއްލުމާއި އެކުހެން ނުކްޝާން ގެ މޫނުމަތީގެ ކުލަވަރު ބަދަލު ވިއެވެ.އަވަސް ގޮތަކަށް ގެއަށް ވަދުމުގެ ކުރިން ފޯނު ނަގައި ރަޔާން އަށް ގުޅާލިއެވެ.ރަޔާން އަށް ގުޅައިގެން ނުކްޝާން ދައްކަމުން ދިޔައީ ބޮޑު ވާހަކަ އެއް ކަން ބަލައިލާ ކޮންމެ މީހަކަށް އިނގޭނެކަން ކަށަވަރެވެ.

 

ޕީޗް ވިލާ ގޯތިތެރެ އަށް ވަދެގެން އައި އައިކާ ގެ ސަމާލުކަން ހުރީ އަތުގައި އޮތް ފޯނަށް ހުއްޓިފައި އެވެ.ވާނީ ވެސް އެހެން ނޫން ހެއްޔެވެ؟ނަވްޔާގެ އުފަން ދުވަހަށް ވުމުން އެންމެން ރާވައިގެން އެއުޅެނީ ނަވްޔާ އަށް ޕާޓީ އެއް ބާއްވަން ވިއްޔާ އެވެ.ނަަމަވެސް ނަވްޔާ އަށް މީގެން އެއްވެސް ކަމެއް ނޭނގޭތީ އާއި ވެސް އެއްކޮށް އެމީހުން ހެދި ޕްލޭނަށް ކަންތައްތައް ކުރަން އެބަޖެހެއެވެ.ގަޑިން ހަތް ގަޑި ސާޅީސް ފަހެއް ހިނގާފައި ހުރުމުން އައިކާ ބާރު ދުވެލީގައި ލައިނީމެން ގެއަށް އެއައީ ލައިނީ ބަލައެވެ.

 

ފޯނުން ނަޒަރު ވަކި ނުކޮށްލާ އައުމުގެ ސަބަބުން އައިކާ އަށް ގެއިން ނިކުމެގެން އަންނަމުން ދިޔަ އަލީކް އެއް ނުފެނުނެވެ.އަލީކްވެސް އައީ ކުރިމައްޗަށް މާ ބޮޑު ސަމާލުކަމެއް ނުދީ ކަމުން އަލީކް ގައިގައި ލައިގަނެފައި ދެމީހުން ވެސް އެއްފަހަރާ ވެއްޓެން ދިޔަ އެވެ.

 

އައިކާ އަލީކްގެ ގައިމަތީގައި އޮތް އިރު އަލީކްގެ ނަޒަރު ހުއްޓިފައި ހުރީ އައިކާ ގެ ދޮން ދޮން މޫނަށްށެވެ.ދެމީހުންގެ ނަޒަރު ސީދާ ވުމާއި އެކު ދެމީހުންނަށް ވެސް އަމިއްލަ ދުނިޔެ އަށް ދެވުން ފަދަ އެވެ.ދެ މީހުން ކުރެ އެކަކަށް ވެސް ދެން ވަމުން ދިޔަ އެއްވެސް ކަމެއް ރެއެކާ ނުލައެވެ.ދެމީހުންނަށް ވެސް ހޭވެރިކަމެއް ވީ ނުކްޝާން އާއި ރަޔާން ގެ އަޑު އިވުމުންނެވެ.

 

“އޭ ރަޔާނޫ.ކާކު ތަ ބުނީ މީހެއް ކައިރީގަ މިތާނގަ މާ ފޮޅުވާށޭ.އަނެެއްކާ ކައެ ބުނިން ތަ؟”ނުކްޝާން އެއްލި ގާގަނޑު ޖެހުނީ އަލީކް އާއި އައިކާ ގައިގައި ކަން ރަޔާން އަށް ވެސް އިނގުން ކަހަލަ އެވެ.”މަށޭ ހަމަ ހިލާ މި ބުނީ މަށެއް ނުބުނަން”ރަޔާން ވެސް ނޭނގޭ ކަމަށް ހަދާލަމުން ދެމީހުންނާއި ދިމާކޮށްލިއެވެ.”އަދިވެސް ތަންމަތި އަރާމު ވެގެން އައިކާ އަށް ނުތެދުވެވިފަ”އައިކާ އަލީކްގެ ގައިމަތިން ނުތެދުވެ އޮތުމުން ރަޔާން އަނެއްކާވެސް ދިމާކޮށްލިއެވެ.

 

ވަގުތުން އައިކާ ފުންމައިގެން ތެދުވުމާއި އެކު އަލީކް ވެސް ތެދުވެއްޖެއެވެ.އައިކާ ބާރު ބާރަށް ގޭތެރެ އަށް ވަންނަން ހިނގައިގަތުނީ ލަދުން ކަން އިނގުމުން ނުކްޝާން އާއި ރަޔާން އެކަކު އަނެކަކާއި ދިމާލަށް ބަލައިލަމުން ހީލީ ލާނެތް ފާޑަކަށް ށެވެ.”ސާބަސް ދެމީހުންނަށް”އަލީކް ނުކްޝާންމެން ގާތު މަޑު ކޮށްލަމުން ބުނެލީ ދެފަރާތަށް ބޯހޫރާލަމުން ނެވެ.”ސާބަސް ދިނީ ތީ ވެސް ޝުކުރު ކުރަން.އާނ އަހަރުން ދެމީހުން މިއައީ ކައެ ބަލާ ވިއްޔާ.އައި އިރު ނޭނގެ ކޮން ދުނިޔެ އެއްގަ ކަމެއް އޮތީކީ”ނުކްޝާން ބުނެލީ އޭނާގެ އާންމު ރާގުގައި އެވެ.ނުކްޝާން އެހެން ބުނުމާއި އެކު ރަކި ވެގެން ނޫން ކަމެއް ނޭނގެއެވެ.އަލީކް ބޭރަށް ނިކުތެވެ.ރަޔާން އާއި ނުކްޝާން ވެސް ގަޑި އަށް ބަލައިލަމުން އަލީކް ގެ ފަހަތުން އެމީހުންގެ މަންޒިލަށް ދާން ހިނގައިގަތެވެ.

 

ގޭތެރެ އަށް ވަދެގެން އައި އައިކާގެ ހިޔާލުތައް ހުރީ ދެންމެ ދިމާވި ކަމާއި ގުޅިފައި އެވެ.ދުވަމުން ތެޅިފޮޅެމުން އައި ސަބަބު ވެސް އައިކާ ގެ ހަނދާނަށް އައީ ލައިނީގެ ކޮޓަރި އަށް ވަދެވުމުންނެވެ.”ސާބަސް މަންޖޭ ތިއައީ މޫނުގަ ޕިންކް ދަވާދު ލައިގެން ތަ؟”އައިކާ ގެ މޫނުކޮޅު ރަތް ވެފައި ހުރި ތަން ފެނުމުން ލައިނީ ބުނެލީ ނަވްޔާ ގެ ޝޯލް އަޅުވައި ދެމުންނެވެ.

 

ނަވްޔާ ވާނުވާގައި އިނީ ލައިނީ އާއި އައިކާ ވެސް މާ ހާއްސަ ތަނަކަށް ދާން ތައްޔާރުވެގެން ހުރިހެން ހީވުމުންނެވެ.އަދި އެވަރުން ނުވެގެން މިއަދު ނުކްޝާން އާއި އެއްކޮށް ބޭރަށް ދާން މޭކް އަޕް ވެސް ކޮށްް ދޭނީ ލައިނީ ކަމަށް ބުނުމުން އޭނާގެ ސިކުނޑީގައި އިނީ ސުވާލު މާކެއް ޖެހިފައި އެވެ.

 

“ދެން ތި ދެމީހުން ތި އުޅެނީ ކަމެއް ރާވައިގެން ނާޔާ ނުލާ ޔަގީން މި ބުނީ ދޮގެއް ނޫނެއްނު ދޯ”ނަވްޔާ ބުނެލީ ޔަގީން ކަމާއި އެކު ގައި އެވެ.”ސާބަސް ނާޔާ އަށް މަޑުން އިނދެ ބަލަ ލައި ކުރާ ކަމެއް ކޮށް ނިމެންދެން”އައިކާ ބުނެލީ ނަވްޔާ މާ ވަރަކަށް ސުވާލު ކުރަން ފެށުމުން ނެވެ.

 

“މައި ވޯކް ހިޔާރ އިޒް ޑަން”ލައިނީ ނަވްޔާ ގެ ޝޯލް އަޅުވައި ނިމުމުން ބުނެލިއެވެ.ނަވްޔާ ލޯގަނޑު ކުރި މަތީގައި ހުއްޓި ލަމުން އަމިއްލަ ނަފްސަށް ބަލައިލީ އާޝޯހު ވެފައި ހުރެއެވެ.

 

ހުދުކުލައިގެ ގަމީސް މަތިކޮޅަކާއި ކަޅު ކުލައިގެ އެއްކޮށް ދިގު ކޮށް ހުރި ސްކާޓެއް ލައިގެން ހުރުމުން ނަވްޔާގެ ހަށިގަނޑާއި ވަރަށް ގުޅެއެވެ.ލައިގެން ހުރި މަތިކޮޅު ހުރީ ސްކާޓްގެ ދަށަށް ލައްވާ ބެގީ ކޮށްފައި އެވެ.އެވެސް ލައިނީ ބުނެގެން ކޮށްފައި ހުރި ކަމެކެވެ.އަޅައިގެން ހުރި ކަޅު ކުލައިގެ ޝޯލްގެ ތެރެއިން ނަވްޔާ ގެ މޫނު ކޮޅު ފެންނަނީ ވަރަށް ވެސް ފުރިހަމަ ކޮށްށެވެ.

 

ނަވްޔާ ލޯގަނޑުން އަމިއްލަ ސޫރަ ބަލައިލުމުން ލައިނީ އާއި އައިކާ އެކަކު އަނެކަކާއި ދިމާލަށް ބަލައިލަމުން ހިނިތުންވެލީ ކުރިއަށް ކުރަން ރާވާފައިވާ ކަންތައްތައް ހަނދާން ވުމުންނެވެ.ނަމަވެސް ނަވްޔާ ބަލައިލުމާއި އެކުހެން ލައިނީ އާއި އައިކާ ވެސް މޫނުމަތީގައި ހުރި އަސަރުތައް ފޮރުވައިލަމުން ސީރިއަސް ވެލިއެވެ.

 

“ނުކް ބަލާ އަންނާނަމޭ ބުނިދޯ “ލައިނީ ބުނެލީ އިނގި ހުރެއެއް ކަމަކު ނޭނގޭ ކަމަށް ހެދެމުންނެވެ.”ނުބުނެ އެއްވެސް އެއްޗެކޭ އެއް.އަންނާނަމެކޭ ވެސް ނާންނާނާމެކޭ ވެސް”ނަވްޔާ ބުނެލީ ކޮނޑު އަރުވާލަމުންނެވެ.ނަވްޔާގެ ޖަވާބުން ލައިނީ ރަޔާން އަށް މެސެޖު ކޮށްލީ ވާނުވާ އެންގުމަށްޓަކައި އެވެ.

 

ފޯނަށް ނޮޓިފިކޭޝަން އެއް އައި އަޑަށް ނަވްޔާ ފޯނު ބަލައިލި އިރު ނުކްޝާން ގެ މެސެޖަކަށް ވުމުން އަވަސް ގޮތަކަށް މެސެޖު ބަލާލިއެވެ.މެސެޖުގައި ޒާރާމެންގެ އަށް އައުމަށް އެދިފައި އޮތެވެ.އަދި ނުކްޝާން އެ ހުރީ އެތާ ކަމަށް ވެސް ބުނެފައި އޮތެވެ.”އޭއި ނާޔާ ދަނީ އިނގޭ ދޮންބެ މެސެޖު ކޮށްފި”ނަވްޔާ ބުނެލީ ދާން ތެދުވެ ލަމުންނެވެ.ނަވްޔާ ގެއިން ނިކުންނާނެ އިރަކަށް ބަލަބަލާ ތިބި ދެމީހުންހެން އައިކާ އާއި ލައިނީ ކޮޓަރިން ނިކުތެވެ.

 

ޒާރާމެންގެއަށް ދާން ހިނގައިގަތް ނަވްޔާގެ ހިތުގެ ތެޅުން ބާރުވެ އަތްފައި ފިނިވީ ކީތްވެ ކަމެއް ޚުދު ނަވްޔާ އަކަށް ވެސް ނޭނގުނެވެ.ހިނގާފައި ދާން ޖެހުމުން ނުކްޝާން އާއި ދިމާލަށް ކުދި ކިޔަމުން ނަވްޔާ އޭނާގެ ހިނގުން ބާރު ކޮށްލިއެވެ.

 

ނަވްޔާ ލައިނީމެންގެ އާއި ދުރަށް ދާނެ އިރު ކޮށްފައި ލައިނީ އާއި އައިކާ ބޭރަށް ދާން ހިނގައިގަތީ ރަޔާން އާއި ކިޔާން އެދެމީހުން ބަލައި އައިސް ތިބި ވާހަކަ ބުނުމުންނެވެ.އަނެއްކޮޅުން ނަވްޔާ އަށް ވުރެ ކުރިން ޒާރާމެން ގެއަށް ދާން ވެސް އެބަޖެހެއެވެ.ލައިނީ އާއި އައިކާ އައުމުން ކިޔާން އާއި ރަޔާން ވެސް ސައިކަލު ދުއްވާލިއެވެ.ހަތަރު މީހުން ޒާރާމެން ގެ އަށް ވަދެފައި ޓެރަސް މަތި ރަނގަޅު ތޯ ބަލައިލީ ދެންމެ ދެންމެ ވެސް ނަވްޔާ ގެ އަށް ވަދެދާނެތީ އެވެ.”އޯކޭތަ ހުރިހާ ކަމެއް ވެސް؟”ލައިނީ އަހާލީ ނުކްޝާން ގާތު އެވެ.”އޯކޭ ހުރިހާ ކަމެއް ވެސް.އެންމެން ފިލާ އޭ ޒީކް މަ ބުނީމަ ފިއުޒު ވައްޓާލާތި އިނގޭ”ނުކްޝާން ބުނެލީ ގަހެއްގެ ނިވަލުގައި ފިއުޒުތައް ކައިރީގައި ހުރި ޒީކާން އަށް އިޝާރާތުން އޯކޭ ހޭ އަހާލުމުން ނެވެ.

 

ނަވްޔާ ޕިންކްރޯޒް ވިލާ އަށް ވަންނަން ދިޔަ ވަގުތު ބައިވަރު ސައިކަލު ހުރުމުން ސުވާލު އުފެދުނެވެ.ނަމަވެސް މާ ބޮޑު ކަމަކަށް ނަހަދާ ގޭތެރެ އަށް ވަންނަން ދިޔަ ވަގުތު ކަރަންޓު ދިއުމުން ފަހަތަށް ބަލައިލެވުނީ ކަރަންޓު ގެ އަލިކަމެއް މުޅި ގޭތެރެ އަަށްވެސް ލިބިފައި ނެތުމުންނެވެ.

 

ނުނިމޭ

ހުރިހާ ކިޔުންތެރީންގެ ސަމާލުކަމަށް:އަށް ވަނަ ބައި ފަހަރެއްގައި އަޅުގަނޑު ގެ ކިޔެވުން ހުރި ގޮތުން ހޯމަ ދުވަހު ނުގެނެސް ދެވިދާނެ ވާހަކަ ވަރަށް ހިތާމަޔާއި އެކު ދަންނަވަން.ނަމަވެސާ ވަގުތު ވީވަރަކުން ވާހަކަ ލިޔެވިއްޖެ ނަމަ ހޯމަ ދުވަހު ސަބްމިޓް ކޮށްލާނަން އިން ޝާ ﷲ🤗

ކިޔުންތެރިންގެ ކިބައިން މާފަށް އެދެން

ރިފްޝާ ރިފޫ

Share Article

Follow Me Written By

Anonymous

Level 4100 Login10 Stories100 Comments

Other Articles

Previous

ރިވާ ލޭކް، 13

Next

ކުށަކީ ކޮބާ ؟

Next
March 23, 2024

ކުށަކީ ކޮބާ ؟

Previews
March 23, 2024

ރިވާ ލޭކް، 13

9 Comments!

  1. GIRL VEMPIRE says:
    March 23, 2024 at 4:09 pm

    Maasha allah mi part vx varah varah reethi. Its okay vaane bestie.

    1. RIFSHA says:
      March 23, 2024 at 6:46 pm

      Thanks naureen ❤️💕
      Faharehga Monday ga ekam part 8 submit kohlaanan in sha Allah

  2. Laura says:
    March 23, 2024 at 6:24 pm

    Masha Allah mi part vx varah reethi.
    Kihinei vaan e ulheni so interesting
    Kiyevumah faruvaa Kuda nukurahche ingey vaahaka liyunas.kithanme dhigu inthizaarakah fahu vx next part kiyaalan libeynyya ok
    Lysm rifoo 💕💕

    1. RIFSHA says:
      March 23, 2024 at 6:49 pm

      Thanks Laura 🙂
      Vaan ulhey gothei vx ingeyni next part kiyaalee ma ehnu dho.
      In sha Allah kiyevumakah faruvaa kuda eh nukuraanan.
      Once again thank you Laura thihaa understanding veema
      Love you more Laura 💓💓💓💓

  3. Maash Butterflyyyyy says:
    March 23, 2024 at 9:42 pm

    Hey rifoo
    Vrh reethi mi part vx maasha Allah😊
    It’s okey study well❤
    Curiously waiting for the next part❤
    lysm darling❤

    1. RIFSHA says:
      March 24, 2024 at 1:04 pm

      Thanks butterfly 🦋
      In sha Allah next part Monday ga kiyaalan nulibunas Wednesday ga kiyaalan libeyne.
      Once again thank you butterfly thihaa understanding veema
      Love you more darling ❤️❤️

  4. Aika says:
    March 24, 2024 at 3:45 am

    Mi story varah reethi Maasha Allah. Even this part too. So interesting. Enme curious vi thankolhun thi ninmaalee. Milan ves party ga join kuriyya salhi vaane. Will wait for next part
    Good luck for your studies rifoo ❤️

    1. RIFSHA says:
      March 24, 2024 at 12:04 pm

      Thanks aika
      Dhen vaane gothei ingey ni next part kiyaalyma dho.in sha Allah Rifoo mi balani maadhan next part submit kohlevey tho

  5. mrs minionn avlin says:
    March 28, 2024 at 12:19 pm

    Mi partt wess wrhh wrhh rythi..ekmm wadhunii eh nuun wanii nd gathunii eh vx nuun gathiii

Comments are closed.



All Right Reserved!