ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(ހަވަނަ ބައި)
“ސާބަސް.އަދި ކިޔައިދީ ނިމެން ދެން މަޑު ކޮށްބަލަ.ކިޔައިދީ ނިމުނީމަ ކިތަންމެ ވަރަކަށް އެއްޗިހި ކިޔަސް ހެޔޮލޭ “މިލާން ބުނެލީ ނުކްޝާން އޭނާގެ ވާހަކަ ނިމުމުގެ ކުރިން އޭނާ އާއި ދިމާލަށް ބަޑި އެއް ޖެހުމުންނެވެ.”ދެން ތީގަ ނެތެންނު އަޑު އަހާނެ ވާހަކަ އެއް”ނުކްޝާން ގަބޫލު ކުރީ މިލާން ނަވްޔާ އަށް ކެހި ދިނީ ކަމުގައިި އެވެ.”ނޫނޭ ކޮންމެ ކަމެއްގަ ވެސް ފޮރުވިފަ ވާ ސިއްރެއް އޮންނާނޭ.ލޮލަށް ފެންނަ މަންޒަރަކީ ހަގީގަތެއް ނޫން”މިލާން ބުނެލީ ވެސް ދޮގެއް ނޫނެވެ.”ހްމްމްމް ކިޔާ ބަލަ”ނުކްޝާން މިލާން ވާހަކަ ދެއްކުމުގެ އިޒުނަ ދިނެވެ.މިލާން ވީ ގޮތް ނުކްޝާން އަށް ކިޔައި ދިނެވެ.”ބްރޯ މަށަށް ހެލްޕް އެއް ވެދީބަލަ.އިންޓާރ ހައުސް ވެސް ފެށޭނެ އަންނަ މަހު.މަ ބޭނުން އޭރަށް ވާ އިރަށް މި މައްސަލަ ހައްލުކުރަން”މިލާން ބޭނުންވާ ގޮތް ނުކްޝާން އަށް ހާމަ ކުރިއެވެ.”ތި ދެމީހުން ޖެހޭނީ ހައްލު ކުރަން އެހެން ބައެއް ނޫން”
ނުކްޝާން އާއި މިލާން އެތައް އިރެއް ވަންދެން އެހެން ވާހަކައިގައި ތިއްބެވެ.
*******************
ކޮޓަރިތެރެ އަށް ވަދުމާއި އެކު ހެން ނަވްޔާގެ ލޮލުން މިއޮށް ހުރިހާ އިރަކު ހިފަހައްޓާލައިގެން ހުރި ކަރުނަތައް ދޫވެގެން ދިޔައެވެ.ނަވްޔާގެ ކޯތާފަތް ތެންމަމުން ކަރުނަތައް ދިޔަ އެއް ކަމަކު ކަރުނަތަށް ފޮހެލާނެ ހިތް ވަރު ވެސް ނަވްޔާ ގެ ހަށިގަނޑަކު ނެތެވެ.އޭނާ އާއި އެކު ދެ އަހަރު ވަންދެން އުޅުނު އޭނާގެ ލޯބިވެރިޔާ އޭނާ އަށް ކެހިދިނީ ކަމުގައި ގަބޫލު ކުރަން އަދިވެސް އޭނާގެ ހިތް ދެކޮޅު ހަދައެވެ.މިލާން އާއި އެކު އުޅުނު އުފާވެރި ދުވަސްތައް މަތިން ހަނދާންވުމާއި އެކު އިތުރަށް ނަވްޔާގެ ހިތުގައި ވޭން އެޅީ ދެން އެފަދަ ނަސީބެއް އޭނާގެ ހަޔާތުގައި ނެތް ކަމަށް ގަބޫލު ކުރެވުމުންނެވެ.
އިންޓާރ ހައުސް ފެށޭތީ ކޮންމެ ދުވަހަކު ހެން ހޭންޑްބޯލް މުބާރާތަށް ފަރިތަކުރަން ދާން ޖެހޭތީ ނަވްޔާ ގެ ހިތަށް ވަނީ ލުއި ލިބިފައި އެވެ.ކިޔެވުމުގެ އިތުރަށް މިލާން ގެ ހިޔާލުތަކާއި ދުރަށް ދިއުމަށް ނަވްޔާ އަށް ލިބޭ ވަގުތަކީ ހޭންޑްބޯލް ފަރިތަކުރުންތަކަށް ގޮސް ލިބޭ ވަގުތު ކޮޅެވެ. އެ ވަގުތު ކޮޅުގެ ހިތްހަމަޖެހުމަކީ ވަގުތީ ހިތްހަމަޖެހުމެއް ކަމަށް ނަވްޔާ އަށް ގަބޫލު ކުރެވެއެވެ.ސަބަބަކީ އެލިބޭ ވަގުތާއި ކިޔެވުމަށް ހުސް ކުރާ ވަގުތު ގެ އިތުރަށް އޮންނަ ކޮންމެ ސިކުންތަކީ އޭނާ މިލާން ގެ ހަނދާނުގައި ކަރުނަ އަޅާ ސިކުންތުތަކެވެ.
އާދައިގެމަތިން ނަވްޔާ އާއި ލައިނީގެ އިތުރުން ޒާރާ އާއި އައިކާ ހޭންޑްބޯލް ފަރިތަކުރުމަށް ދިޔައެވެ.މިއަދަކީ ފަރިތަކުރުން ކުރުން ދާނެ އެންމެ ފަހު ދުވަހަށް ވުމުން ނަވްޔާމެން ދިޔައީ ފުރިހަމަ އަށް ތައްޔާރުވަމުން ނެވެ.ކުރިއަށް އޮތް މެޗު ތަކުގައި ރަނގަޅަށް ކުޅެވޭނީ ކައިގެން ކަން އިނގޭތީ އެދުވަހު އޭނާ ހޭންޑްބޯލް ފަރިތަކުރުމަށް ދިޔައީ މެންދުރުގެ ކެއުން ވެސް ކައިގެންނެވެ.
“މި ފަހަރު އެންމެ ގަދައީ ރެޑް ހައުސް ދޯ”ލައިނީ ބުނެލީ އޭނާ އަށް ފެންނަ ގޮތުގައި އެންމެ ރަނގަޅަށް ކުޅޭ އެއް ހައުސް އެވެ.”ތި އެއް އިނގޭނީ ކުޅެގެން މޮޅު ވީމަ އިނގޭ.އަދި ތިހެންނެއް ނުބުނެވޭނެ”ނަވްޔާ ބުނެލި ގޮތުން ވެސް ނަވްޔާ ގެ އަޒުމް މީހަކަށް އިނގޭހާ ވެއެވެ.ދެން ތިބި ތިން ކުދިން އެއް ކުއްޖަކު އަނެއް ކުއްޖަކާ ދިމާލަށް ބަލައިލެވުނީ މިދިޔަ މަހަށް ވުރެ ބޮޑަށް ނަވްޔާ މިލާން ގެ ހިޔާލުތަކާއި ދުރަށް ގޮސް އަނެއްކާ ވެސް ކުރީގެ ނަވްޔާ އެންމެންގެ ކުރިމަތިން ފާޅު ވުމުންނެވެ.”ކިހިނެތް ވީ ތި އެންމެން އެންމެންނަށް ފާޑަކަށް ބަލަނީ”ނަވްޔާ ބުނެލީ ސަބަބު އިނގި ހުރެއެވެ.ނަމަވެސް އައިކާމެންނަށް ނޭނގުނީ ނަވްޔާ ހެވިލާފައި އެމީހުންނާއި ވާހަކަ ދެއްކި އެއް ކަމަކު ނަވްޔާގެ ހިތުން ދިޔައީ ލޭ ކަރުނަ އަންނަމުން ކަމެވެ.ތިން ކުދިން އަވަހަށް ކަމެއް ނުވެޔޭ ބުނެލީ ނަވްޔާގެ މޫޑު ހަރާބު ކޮށްލަން ބޭނުން ނުވާތީ އެވެ.
ކުއްލިއަކަށް ނަވްޔާ އެއްލި ކަޅިން ފެނުނީ އީޝާ އާއި އެއްކޮށް އަންނަމުން ދިޔަ ގްރޫޕް ގެ އީޝާ އާއި އެންމެ ކައިރީގައި ހުރި މިލާން އެވެ.މިލާން ވެސް އެއައީ އީޝާ ލާފައި ފުޓްބޯޅަ ފަރިތަކުރުމަށް ދާން ކަން ނަވްޔާ އަށް އިނގުނީ ލައިގެން ހުރި އާޖެންޓީނާ ގެ އެންމެ ވިދާ ތަރި ކަމުގައިވާ މެސީގެ ޖޯޒީ ފެނިފައި އެވެ.ނަވްޔާ އަވަހަށް މިލާން ގެ ނަޒަރުން ސަލާމަތްވުމަށްޓަކައި އިސްޖަހާލިއެވެ.ނަމަވެސް ނަވްޔާ އަށް ނޭނގުނު ކަމަކީ މާ ދުރުން ވެސް ނަވްޔާ ފެނުމާއި އެކު މިލާން އަށް ނަވްޔާ ފާހަގަ ކުރަން އިނގުނު ކަމެވެ.
“އީޝް މެން މިފަހަރު މޮޅުވާނީ ދޯ ޝަހޫ”ނަވްޔާމެން ކައިރިން ލާފައި ދިޔަ އީޝާ ބުނެލި އަޑު ނަވްޔާ އަށް އިވުނެވެ.”މިލާން އަށް ވެސް އިނގެޔޭ އީޝް ބޭބް މެންކަން މޮޅު ވާނީ ދޯ ޝަހޫ”މިލާން ބުނެލި ގޮތުން އެކަނި ވެސް މިލާން ގެ ހިތް ވަނީ އިޝާގެ އަތްމަތީގައި ކަން ނަވްޔާ އަށް އިނގުނެވެ.
ނަވްޔާގެ ހިތަށް ހީވީ ތޫނު ހަންޖަރެއް ހަރާލި ހެންނެވެ.ހިތުގައި އަޅަމުން ދިޔަ ވޭނަށް ކެތް ނުކުރެވިގެން ނަވްޔާގެ އަނގައިން ވޭނީ އާހ އެއްގެ އަޑު ނިކުތީ އިޚްތިޔާރުން ބޭރުގައެވެ.ނަވްޔާގެ ލޮލުން ހިފަހައްޓާލައިގެން ހުރި ކަރުނަތައް ދޫވެގެން ދިޔަ އެވެ.
“ލައި.ހިނގާ މިހެން ދާން”ޒާރާ ބުނެލީ އޭނާގެ އެންމެ ގާތުގައި ހުރި ލައިނީ ގާތު އެވެ.ސްކޫލާއި ހަމަ އަށް ދިއުމުގެ ކުރިން ވީ ކަމެއް ވީ ކަން ވެސް ނަސީބެކޭ އައިކާގެ ހިތަށް ވެސް އެރީ އެހެން ނޫނީ ކުދިންނާއި ޓީޗަރުންގެ ސުވާލުތައް އަމާޒުވާނެ ކަން އިނގުމުން ނެވެ.އަވަސް ހިނގުމުގައި ހަތަރު ކުދިން ފާހަނަ ބަރި ތަކާއި ދިމާލަށް މިސްރާބު ޖެހިއެވެ.
ނަވްޔާ ގެ ލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ފެނުމުން އައިކާމެން އެންމެން ކުށްވެރި ކުރީ މިލާން އެވެ.ނަވްޔާގެ ލޮލުގައި އަނދުން އަޅުވާލާފައި އީޝާ އާއި އެއްކޮށް ގުޅުން ބާއްވަމުން ދާތީ އެވެ.”ނާޔާ މަތިން ހަނދާން ނުކުރާ މީހެއް މަތިން ހަނދާން ނައްތާލާފަ ދިރިއުޅުމާއިގެން ކުރި އަށް ދޭ”އައިކާ ބުނެލީ ވެސް ދޮގު ވާހަކަ އެއް ނޫނެވެ.ނަމަވެސް އެއީ ނަވްޔާ އަށް ފަސޭހަކަމަކަށް ވާނެ ހެއްޔެވެ؟”އަހަރެން ޓްރައި ކުރަމޭ މިލާން މަތިން ހަނދާން ނައްތާލެވޭތޯ އެކަމު އޭގެ ބަދަލުގައި އިތުރަށް ހިތާމަ ލިބެނީ”ނަވްޔާ ބުނެލީ ހަތަރު ކުދިން ގެ މޫނަށް ވަކި ވަކިން ބަލައިލަމުންނެވެ.”ދެން ނުރޮއެ ދޭ މޫނު ދޮވެލައިގެން އަންނަން.މިހާރު ނޭނގެ ޕްރެކްޓިސް ނުފެށޭ ކަމެއް ވެސް”ޒާރާ ބެލީ މައުޟޫ ބަދަލު ކޮށްލެވެއެވެ.ނަވްޔާ ފާހަނަ އަށް ވަދުމާއި އެކު ތިން ކުދިންނަށް އެއްފަހަރާ ހެން ހިފަހައްޓަލައިގެން ހުރި ނޭވާ ދޫކޮށްލަމުން ހީލެވުނެވެ.
އީޝާމެން ލާފައި ރަށުގެ ދާނޑާއި ދިމާލަށް މިސްރާބު ޖެހި މިލާންގެ ލޯ ކުރިމަތީގައި ކުރުހާލެވިފައިވަނީ ނަވްޔާގެ ހިތްގައިމު ސޫރައެވެ.ނަވްޔާގެ ލޮލުން އައި ކަރުނަތައް ފެނުނެއް ކަމަކު ނުފެންނަ ކަމަށް ހަދާފައި އޭނާ އައި އިރު އެ ހިތަށް ވެސް ދިޔައީ ތެދުވަމުން ނެވެ.”އޭ ބްރޯ ކައެ އޯކޭ ތަ”މިލާން ގެ ކޮނޑަށް އަތް ވައްޓާލަމުން ރަޔާން ބުނެލީ ވީ ގޮތް ކުޑަކޮށް އިނގި ހުރެއެވެ.”އޯކޭ ހޭ އޯކޭ އެއް ނޫން އެއް ގޮތަކަށް ވެސް”މިލާން ބުނެލީ ހަގީގަތުގައި ވެސް އޭނާގެ ހާލެވެ.”ކައެ ކުޑަ ހިތްވަރެއް ކޮށްލައިގެން ތިކަން ވާނީ”ކިޔާން އިޝާރާތް ކުރީ ކޮންކަމަކަށް ކަން އިނގޭނީ ހަމައެކަނި އެ ހަތަރު ކުދިންނަށް ށެވެ.
ހޭންޑްބޯލް ފަރިތަކުރުން ނިންމާފައި އައި ނަވްޔާ އަށް ކުއްލި ސިހުމެއް ލިބުނީ އޭނާގެ ބޮލަށް ފުށް ޖެހުމުންނެވެ.ހަމަ ފުއްޖެހިކަމެއް ނޭނގި ފެން ވެސް ބޮލަށް އަޅައިފި އެވެ.”ވަޓް ދަ”މޫނު މައްޗަށް ވައްތަރެއް ޖައްސަމުން ނަވްޔާ ފަހަތް ބަލާލިއިރު ކަމަކު ދާކަށް ނެތެވެ.ފަހަރުގައި ނުކްޝާން ފުށް ޓައްޕެއް ހިފައިގެން ހުރި އިރު އަނެތް ކޮޅުގައި ރިޔާން ވެސް އޭނާ އާއި ބައިވެރިވެގެން ފެން ޖަހަން ޕްލާސްޓިކް ފެން ފުޅި އެއް ހިފައިގެން ހުއްޓެވެ.
“ދޮންބޭ”ނަވްޔާ އަޑުގެ ނެތް ކޮޅަށް ހަޅޭއްލަވައި ލަމުން ނުކްޝާން ފަހަތުން ދުއްވައިގަތެވެ.ހިނދުކޮޅަކަށް ވެސް މިލާން ގެ މަތިން ހަނދާން ނެތުނީ ނަވްޔާ އެ ވަގުތު އެވެ. ހެމުން ހެމުން ނުކްޝާން ނަވްޔާ އޭނާ ގެ ފަހަތުން ދުވަން ފެށުމުން ފުށް ޖަހަމުން ޖަހަމުން ދުވަން ފެށިއެވެ.ދެމީހުންގެ ސަކަރާތް ބަލަން ހުރެފައި ރިޔާން ވެސް ބޯ ހޫރުވާލިއެވެ.
ވަކި ހިސާބަކަށް ދުވުމާއި އެކު ނަވްޔާ ވަރުބަލި ވިއެވެ.ނަވްޔާ ދުވުން ހުއްޓާލަމުން ނޭވާ ހަމައަކަށް އަޅުވާލަން އުޅުނެވެ.”ސާބަސް ނާޔާ އަށް ތި ހުރީ ވަރުބަލިވާލެއް އަވަސް ކަން.މިފަހަރު ތި އޮތީ ތަށްޓެއް ވެސް ނޫން ލިބިފައެއް.ރެޑް ހައުސް ހަމަ މޮޅު ވާނީ”ނުކްޝާން އަށް ވެސް ވަނީ ތުން ތުން މަތިން މީހުން ދައްކާ ވާހަކަތައް އަޑު އިވިފައިއެވެ.
ނުކްޝާން ގެ ވާހަކަ އިން ނަވްޔާ ހަނދާނަށް އައީ މިލާން އީޝާ ގާތު ދެއްކި ވާހަކަ އެވެ.ވަގުތުން ނަވްޔާ ގެ މޫނުމިލައިގެން ދިޔައެވެ.ނަމަވެސް ނުކްޝާން އަށް ފާހަގަ ވުމުގެ ކުރިން ނަވްޔާ އޭނާގެ މޫނު މަތީގެ ކުލަވަރު ބަދަލު ކޮށްލީ ކުޅަދާނަ ކަމާއި އެކު އެވެ.”ހެޕީ ބާރތްޑޭ ނާޔާ”ނުކްޝާން ނަވްޔާ ބަލަ ބަލާ ހުއްޓާ ދެން ހުރި ފުށްކޮޅު އެއްކޮށް ނަވްޔާ ގެ ބޮލަށް އޮއްސާލި އެވެ.ނަވްޔާ އަށް މިއަދަކީ އޭނާގެ އުފަންދުވަސް ކަން ވެސްހަނދާން ވީ ދެނެވެ.
ނުނިމޭ
6 Comments!
Comments are closed.




Maasha allaah mi part vx varah varah reethi
Mi part vx varah reethi Masha Allah
Ekam Milaan cheat eh nukure ehnu navya akaa eh.
Milaan aslu cheat kuree dho e.milaan and navya dhuru nukurahche ingey rifoo
Curiously waiting for the next part
Lysm rifoo 💖💕
Thanks rauha.hingaa dho balamaa milaan cheat kuree tho nooni noon tho
Once again thank you rauha
Love you more rauha
mi part vs vrh reethi maasha allah❤
curiously waiting for the next part
lysm rifoo❤
@butterflyyy pending comment
Thanks butterfly
Next part submit kohlan mihaaru mi ulheny
Love you more butterfly 🦋❣️
@NAUREEN pending comment
Thanks ingey naureenuu 🤭