Skip to content
އެސްފިޔަ

ލޯބިވާނަމަ….

އައުޅެން

ލޯބިވާނަމަ….

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

 

ތިބާދެކެ ލޯބިވާނަމަ އަނިޔާއެއް ނުދޭނެއެވެ.

ހިތަށް ތަދުވާ ޒާތުގެ ގޯހެއް ނުހަދާނެއެވެ.

ތިބާ ނިކަމެތިކޮށްލާނަމަ އެއީ ލޯތްބެއް ނޫނެވެ.

ތިބާގެ ކުރިއެރުމާމެދު ހަސަދަވެރިއެއްނުވާނެއެވެ.

ތިބާގެ ރައްޓެހިންނާ ބީރައްޓެއްސެއް ނުވާނެއެވެ.

ތިމާގެ ކަމުގެ ގުޅުމުގެ އަގުވަޒަން ކުރާނެއެވެ.

ގަދަކަމުން ޖިންސީ ގުޅުމެއް ނުހިންގާނެއެވެ.

ކޮންމެ ޙަރަކާތެއްގައި އޯގާތެރިގޮތް ހުންނާނެއެވެ.

އިޚްތިޔާރުތަކަށް ފުރުސަތު ދޭނެއެވެ.

ގޮތް ނިންމުމުގައި ލަފާ ހޯދާނެއެވެ.

މެދުނުކެނޑި ދޮގު ހަދާނަމަ އެއީ ލޯތްބެއް ނޫނެވެ.

ލޯބިވާނަމަ ކުދިކުދި ކުށްތަކަށް ފާޑެއް ނުކިޔާނެއެވެ.

ލޯބިވާނަމަ ހިތްއުފާކޮށްދީ ފިރުމާލަދީ ހަދާނެއެވެ.

ލޯބިވާނަމަ ރަގަޅުގޮތް ބުނެދީ ހަދާނެއެވެ.

ލޯބިވާނަމަ ވާނުވާގައި ނުބަހައްޓާނެއެވެ.

ލޯބިވާނަމަ އެހީތެރިކަން އަބަދުމެ ދޭނެއެވެ.