ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(ފަސްވަނަ ބައި)
އައިކާ އާއި ޒާރާ ގެ އިތުރުން ލައިނީ އާއި ނަވްޔާ ކުދިންތަކުގެ ތެރެއިން ފުރޭނެމުން ގޮސް އެންމެ ކުރީ ސަފުގައި ހުއްޓުނު ވަގުތު ފެނިގެން ދިޔަ ފޮޓޯގެ ސަބަބުން ނަވްޔާ އަށް އޭނާގެ ލޯ ވެސް އޭނާ އަށް ދޮގު ހަދަނީ ކަމަށް ގަބޫލު ކުރެވުނެވެ.
*************
އެ ފޮޓޮލަށް ރަނގަޅަށް ނަވްޔާ އަށް ބަލައިލެވުނީ އެއީ ހަމަ އަސްލެއް ތޯ އެވެ.ނަވްޔާ އަށް ފޮޓޯ ނޯޓިސް ބޯޑުން ނައްޓާލެވުނީ އިޚްތިޔާރުން ބޭރުންނެވެ.އޭނާ ގެ ލޯބިވާ މިލާން އަންހެން ކުއްޖެއް ގައިގައި ބައްދާލައިގެން ހުރުމުން އެ ހިތަށް ކެތް ނުކުރެވުނީ އެވެ.މިލާންމެން އެ މީހުން ނޯޓިސް ބޯޑު ބަލަން އައުމަށް ދެކޮޅު ހެދުމުން އެކަނި ވެސް ނަވްޔާ އަށް އެއީ އެޑިޓް ކޮށްފައިވާ ފޮޓޯ އެއް ނޫން ކަން ނަގައިގަނެވުނެވެ.
ކުދިންތައް މާ ފާޑަކަށް ބަލަން ފެށުމުން އައިކާ އާއި ޒާރާގެ އިތުރުން ލައިނީ ނަވްޔާ އަތުން ފޮޓޯ ނަގައި އެއްލާލަމުން ދާން ހިނގައިގަތެވެ.ނަވްޔާ އަށް ހޭވެރިކަމެއް ވީ ވެސް ދެނެވެ.”ލައި ޒާ.މިލާން ޗީޓް ކުރީ ދޯ އެ އަހަންނަށް”ދަމުން ދަމުން ނަވްޔާ ބުނެލި އިރު އެ އަޑުގައި ހިތާމައިގެ އަސަރު ހުއްޓެވެ.ނަވްޔާ އެހެން ބުނުމާއި އެކު ލައިނީ އާއި ޒާރާ މިލާން މެން ތިބި ދިމާލަށް ބަލައިލެވުނެވެ.މިލާން އަށް ވެސް ނަވްޔާ ބުނި ވާހަކަ އަޑު އިވުނީ ކަންނޭނގެއެވެ.މިލާން ވެސް ނަވްޔާ އާއި ދިމާލަށް ބަލައިލި އެވެ.މިލާންގެ މޫނު މަތީގައި ހުރި އަސަރުތައް ދެނެގަންނާކަށް ޒާރާ އާއި ލައިނީ ވެސް ނުކުޅެދުނެވެ.
ކުލާހަށް ދިއުމާއި އެކުހެން ނަވްޔާ ގޮނޑީގައި އިށީނދެލިއެވެ.ނަވްޔާ ގެ ލޮލުން އެންމެ ކަރުނަ އެއް ނުވެއްޓުނު ތާނގައި އެއިން ގޮތަށް ހުއްޓިގެން އިނުމުން ލައިނީ އާއި އައިކާގެ އިތުރުން ޒާރާ ވެސް ކަންބޮޑު ވިއެވެ.އޭރު ކުލާހުގައި ޕްރިފެކްޓް ކުރިން ފިޔަވައި ހުރިހާ ކުދިންހެން އައިސް ހަމަ ވެއްޖެއެވެ.
“ދެން ކިހިނެތް ހަދާނީ؟ނާޔާ ގަބޫލެއް ނުކުރާނެ އެއީ ދޮގެއް ކަމަކަށް.އެ ފޮޓޯ ގަ ވެސް ހީވަނީ ހަމަ ދެ ލޯބިވެރިންހެނެއްނު”ކިޔާން ބުނެލީ ގޮތް ހުސްވެފައި ހުރެ އެވެ.”އިއްޔަގަ ވެސް ކޮންމެވެސް މީހަކު އޭނީ ފޮޓޯ ނަގާފަ.އެހެން ނޫނީ ކިހިނެތް ނޯޓިސް ބޯޑަށް ފޮޓޯ ދާނީ”މިލާން ބުނެލީ ދޮގެއް ވެސް ނޫނެވެ.މީހާކު ފޮޓޯ ނުނަގަންޏާ ނޯޓިސް ބޯޑަށް ފޮޓޯ ދާނީ ކިހިނެތް ހެއްޔެވެ؟
ހިޔާލަކަށް ގެއްލިފައި ހުރި މިލާން އަށް ސިހިމެއް ލިބުނީ އެމީހުން ކައިރިން އަޅާފައި ދަމުން ނަވްޔާ ބުނެލި ވާހަކަ އެވެ.މިލާން އޭނާ އަށް ކެހިދިނީ ކަމަަށް ނަވްޔާ ބުނުމުން މިލާންގެ ލޭ ހޫނުވެގެން ދިޔައީ ނުކުރާ ކަމެއް ގެ ކުށް ބޮލުގައި އަޅަން ޖެހުމުން ނެވެ.ހަރު ފިޔަވަޅު ތަކެއްގައި މިލާން ނޯޓިސް ބޯޑު ކައިރި އަށް ދިޔަ އިރު ކުދިންތައް ދާން ފަށައިފި އެވެ.މިލާން ދިޔަ ގޮތަށް ގޮސް ނަވްޔާ އެއްލާލާފައި އޮތް ފޮޓޯ ނަގާލިއެވެ.”މީ ކާކު ނަގާފަ އިން ފޮޓޯ އެއް”ކުލާސްތަކަށް އެނބުރި ދާން އުޅުނު ކުދިންތައް ބަލައިލީ މިލާން ގެ ރުޅި ވެރި އަޑު އިވުމުންނެވެ.އޭރު މިލާން އާއި އެއްކޮށް ފޮޓޯގައި އިން އަންހެން ކުއްޖާވެސް އިސްޖެހިފައި ތަންކޮޅެއް ދުރުގައި ހުއްޓެވެ.ބަލައިލާ މީހަކަށް އެކުއްޖާ ވެސް އެހުރީ ލަދުން ކަން ދޭހެވާ ވަރުވެއެވެ.
އެއްވެސް ކުއްޖެއްގެ ފަރާތުން ޖަވާބު ނައުމުން މިލާން ދެވަނަ ފަހަރަށް ވެސް ސުވާލު ތަކުރާރު ކޮށްލިއެވެ.”އެއްވެސް މީހަކު މި ފޮޓޯ ނުނަގަންޏާ ކީއްވެ މިތަނަށް މި ފޮޓޯ އަންނަންވީ.މި ފޮޓޯ ނެގި މީހެއް އިނގޭ ދުވަހަކުން އެމީހެއްގެ އަތް ބިންދާލާނަން.މިބުނި ޖުމުލަތައް ހަނދާން ކުރާތި”މިލާން އެންމެ ފަހުގެ އިންޒާރު ދިނުމަށްފަހު އޭނާ ގެ ކުލާހާއި ދިމާލަށް ދާން ފެށީ ކުލާސް ފެށެން އެންމެ މިނެޓެއް ވެސް މިހާރު ނެތުމުންނެވެ.
ކުލާސް ފެށެން އެއް މިނެޓަށް ވީ އިރު ވެސް ޕްރިފެކްޓް ކުދިންގެ ހަބަރެއް ނުވެއެވެ.ނަވްޔާމެން ކުލާހަށް ބިޒްނަސް ޓީޗަރު އައީ އެންމެ ފުރަތަމަވެސް އިނީ ބިޒްނަސް ގަޑި އަށް ވުމުންނެވެ.މިލާން ނަވްޔާ އަށް ކެހިދިނުމުން ހިސާބަކަށް ހިތްހަމަނުޖެހިފައި ހުރި ލައިނީ އާއި ޒާރާގެ އިތުރުން އައިކާ އަށް ސިހުމެއް ލިބުނީ މިލާންއާއި އެއްކޮށް ފޮޓޮލުގައި އިން އަންހެން ކުއްޖާ ކުލާހަށް ވަދުމުން ނެވެ.އެކުއްޖާ ފެނުމާއި އެކު ނަވްޔާ ގެ ލޮލުން ކަރުނަތައް ފެން އާރެއް ހެން ފައިބަން ފެށުމުން ޒާރާމެން ނަވްޔާ އަށް ހިތްވަރު ދޭން ފެށިއެވެ.އެކުއްޖާ އަކީ ވެސް އެމީހުން ކުލާސް ކުއްޖެއްކަން ޒާރާމެންނަށް އިނގުނީ ވެސް އަދި ކިރިޔާ އެވެ.
“ނާޔާ އަށް އިނގޭތަ އެ ކުއްޖާ؟”ޒާރާ އަހާލީ ނަވްޔާ އަށް އެކުއްޖާ އިނގިފައި އޮވެދާނެތީ އެވެ.ޒާރާ މެލޭޝިޔާ ގައި އުޅުނެއް ކަމަކު ނަވްޔާމެން މާލޭގައި އުޅެފައި ވެސް ޗުއްޓީ އަށް އަންނަނީ ރަށަށްށެވެ.”ހްމްމްމް އެއީ އީޝާ.މިލާން އެކުއްޖާގެ ވާހަކަ ކިޔައިދިނޭ.އެކަމު ބުނީ އެއީ ފްރެންޑް އެކޯ.ހަމައެކަނި ވާހަކަ އޯ ދައްކަނީ.ދެން ޗީޓް ކުރާ މީހަކު ނުބުނާނެ ދޯ އެއީ ރަނގަޅަށް ކާކު ކަމެއް”މިލާން ދިން ލަނޑު މަތިން ހަނދާން ވުމާއި އެކު ނަވްޔާ ގެ ލޮލުން އަނެއްކާވެސް ކަރުނަ އަންނަން ފެށިއެވެ.
ސްކޫލް ނިންމާފައި ގެއަށް ދިޔަ މަގުމަތީގައި ވެސް މިލާން ނަވްޔާ އާއި ވާހަކަ ދެއްކޭތޯ އުޅުނެވެ.ނަމަވެސް މިލާން އަށް ނަވްޔާ އާއި ވާހަކަ ދައްކާކަށް ވަގުތެއް ނުލިބުނެވެ.ނުލިބުނީ އެއް ނޫނެވެ.ނަވްޔާ ނުދިނީ އެވެ.
ބްލޫ ބެލް ގެއަށް ވަދެގެން އައި ނަވްޔާ ގެ މޫނު މަތީގައި ހުރި އަސަރުތައް ދިރާސާ ކުރާ މީހެއް ފަދައިން ނުކްޝާން ޖޯލީގައި އޮތެވެ.ނަވްޔާގެ މޫނު މަތީގައި ވާ ހިތާމައިގެ ފަށަލަ ގެ ސިއްރަކީ ކޮބައިތޯ ނުކްޝާން ބަލަން ބޭނުންވި އެއް ކަމަކު ނަވްޔާ އެކައްޗެކޭ ބުނެވެސް ނުލާ ގޭތެރެއަށް ވަންނަން ހިނގައިގަތެވެ.ކޮންމެވެސް ނުބައި އެއް އުޅޭ ކަމުގެ ރަތް ސިގްނަލް ނުކްޝާން ގެ ހަވަނަ ހިއްސު ދިނުމާއި އެކު ނުކްޝާން ގުޅާލީ މިލާން އަށްށެވެ.ނަވްޔާގެ މޫނުމަތިން ފެންނަމުން ދިޔަ އަސަރު ނޭނގުމަށް ވުރެ އިނގުން މިލާން އަށް ގާތް ކަން އިނގޭތީ އެވެ.
“އޭ ނާޔާ އެ ހުރީ ހާދަ ފާޑަކަށްށޭ މިއަދު އަނެއްކާ ކަމެއް ވީ ތަ؟”އެކޮޅުން މިލާން ފޯނު ނެގުމާއި އެކުހެން ނުކްޝާން ބުނެލިއެވެ.ކިތަންމެ ނަވްޔާ އާއި ޒުވާބު ކޮށްކޮށް ފައި އުޅުނަސް ނުކްޝާންގެ ހިތުގައި ނަވްޔާ އަށްޓަކައި ވަނީ އަމަށަކު ލޯތްބެއް ނޫނެވެ.މިލާން ނުކްޝާން އަަށް ވީ ގޮތް ކިޔައި ދިނުމުން ނިކްޝާން ރުޅި އައިސްގެން ކަތުރު ކަށިގަނޑު ތުރުތުރު އަޅަން ފެށިއެވެ.”އެހެން ވީމަ އެއީ މިލާން ކަލޭ ކަމެއްނު”ނުކްޝާން ބުނެލީ ރުޅިވެރި ރާގަކަށް ށެވެ.މިލާން ހީކުރަނީ ކީކޭ ހެއްޔެވެ؟އޭނާ ގެ ކޮއްކޮ އަށް ދެރަ އެއް ދީފައި ވަކި މިލާން އަށް އުފަލެއް ލިބިދާނެ ކަަމަށް ހެއްޔެވެ؟އެހެނެއް ނުވާނެ އެވެ.
“ސާބަސް.އަދި ކިޔައިދީ ނިމެން ދެން މަޑު ކޮށްބަލަ.ކިޔައިދީ ނިމުނީމަ ކިތަންމެ ވަރަކަށް އެއްޗިހި ކިޔަސް ހެޔޮލޭ “މިލާން ބުނެލީ ނުކްޝާން އޭނާގެ ވާހަކަ ނިމުމުގެ ކުރިން އޭނާ އާއި ދިމާލަށް ބަޑި އެއް ޖެހުމުންނެވެ.”ދެން ތީގަ ނެތެންނު އަޑު އަހާނެ ވާހަކަ އެއް”ނުކްޝާން ގަބޫލު ކުރީ މިލާން ނަވްޔާ އަށް ކެހި ދިނީ ކަމުގައިި އެވެ.”ނޫނޭ ކޮންމެ ކަމެއްގަ ވެސް ފޮރުވިފަ ވާ ސިއްރެއް އޮންނާނޭ.ލޮލަށް ފެންނަ މަންޒަރަކީ ހަގީގަތެއް ނޫން”މިލާން ބުނެލީ ވެސް ދޮގެއް ނޫނެވެ.”ހްމްމްމް ކިޔާ ބަލަ”ނުކްޝާން މިލާން ވާހަކަ ދެއްކުމުގެ އިޒުނަ ދިނެވެ.މިލާން ވީ ގޮތް ނުކްޝާން އަށް ކިޔައި ދިނެވެ.”ބްރޯ މަށަށް ހެލްޕް އެއް ވެދީބަލަ.އިންޓާރ ހައުސް ވެސް ފެށޭނެ އަންނަ މަހު.މަ ބޭނުން އޭރަށް ވާ އިރަށް މި މައްސަލަ ހައްލުކުރަން”މިލާން ބޭނުންވާ ގޮތް ނުކްޝާން އަށް ހާމަ ކުރިއެވެ.”ތި ދެމީހުން ޖެހޭނީ ހައްލު ކުރަން އެހެން ބައެއް ނޫން”
ނުކްޝާން އާއި މިލާން އެތައް އިރެއް ވަންދެން އެހެން ވާހަކައިގައި ތިއްބެވެ.
5 Comments!
Comments are closed.




Alhey navyaa ah haadha dhera gothekey evee. Maasha allah mi part vx varah varah reethi
Thanks naureen.
Vaahaka eh viyya mahsala eh onnaane thaa dho
Jazakallah naureen ❤️💕
Alhey haadha dhera gothekey evee. Maasha allah mi part vx varah varah reethi ❤️❤️❤️
Nimunitha nooni nunimeytha
Good story hipe to see the other episode😀😀😀
Thanks savage lover.
nunimey
Alhugandu handhaan nethifa einy nunimey jahaalan
Once again thank you savage lover ❤️