Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
(ދެވަނަ ބައި ) ……..ނޫރަކީ ހިތުގެ ތީ މަގޭ
ހިތާމަލޯބި

ނޫރަކީ ހިތުގެ ތީ މަގޭ….. ( ތިންވަން ބައި)

insha
insha Level 1
March 23, 2024 4 Mins Read
0 Comments

” އޭ ކީއްވެފަތަ ތި އިންނަނީ މިއަދު” އަޒްލާން މާއިންގެ ބުރަކަށިމަތީގައި އަޅުވާލިއެވެ. ” އާން… އޯތް ކީކޭ… ކިހިނެތް ވީ ” މާއިން ސިއްސައިގެން ދިޔަވަރުން އަޒްލާން ވެސް ހައިރާން ވެގެން ދިޔައެވެ. ” އަންމާވޭ، ކޮންހިޔާލެއްގަ، ކިހިނެތް ވީ”. ” ކަމެއްނުވޭ، ކީކޭތަ ތިކިޔަނީ” މާއިން މޫނުމަތީގެ ކުލަވަރު ބަދަލުކޮށް ލަމުން އަހާލީ މައުލޫ ބަދަލު ކޮށް ލުމުގެ ބޭނުމުގައެވެ. ” ނޫނޭވާ ސާބަސް، މި ކިޔަނީ ޔައިލް ކޮބާއިތޯ ބަލަންދާ ވާހަކަ، މިއަދު ނާންނާތީ”. ” އާން ވާނެ ދޯ ދާން” މާއިން އަވަސް އަވަހަށް ޖަވާބު ދިނުމަށް ފަހު ގަޑި ޖެހިފައި ވާތީވެ، ދަބަސް އަޅުވާލުމަށްފަހު ކުލާހުން ބޭރަށް ހިނގައިގަތެވެ.” އޭ ވެއިޓް، މަޑުކުރޭ މަށާއެއްކޮން ދާން” އަޒްލާން މާއިން އާއި އެއްވަރުކޮށްލިއެވެ………..

**********************

” އައްސަލާމު އަލައިކުމް. ރައުނައްތާ! ކޮބާ ޔައިލް؟” ޔައިލްމެން ގެއަށް އެޅި ފުރަތަމަ ފިޔަވަޅާ އެކު އެރުނީ ޔައިލްގެ މަންމަ ރައުނާގެ ކުރިމައްޗަށެވެ.” އެބައުޅޭ ކޮޓަރީގަ، މިއަދު މާ ވަރެއްގެ ކަމަކާ ޖެހިގެން ޔައިލްއަށް  ސުކޫލަށް ނުދެވުނީ” ރައުނާ ކޮޓަރިޔާ ދިމާލަށް އިޝާރާތް ކޮއްލިއެވެ. ” ހަމަ ރަނގަޅަށް ދޯ މި ހީވީ، ހިތައް އެރިޔޭ ބޮޑު ކަމެއް ވެގެން ނޫނީ ޔައިލް ސުކޫލަށް ނުދާނެކަން” އަޒްލާން، ޔައިލްގެ ކޮޓަރިޔާ ދިމާލަށް ހިނގައި ގަންނަމުން ރައުނާޔަށް ޖަވާބުދިނެވެ.” ޔައިލް! ކޮބާ ހާލުކޮޅު، ކިހިނެތް ވެގެންތަ ސުކޫލަށް ނުދިޔައީ” އަޒްލާން ޔައިލް އޮތް އެނދުމަށްޗަށް ޖެހިގަތެވެ. ފޯނާއި ކުޅެން އޮތް ޔައިލް، ފޯނު ބާއްވާލުމަށްފަހު މޫނު މަށްޗަށް ރުޅިވެރިކަން ގެނައެވެ. ” ކީއްވީހޭ! މި އުޅޭ ކައިރާގެ ކަންތަކެއްނު. މަ މިއަދު ސުކޫލަށް ދާންވެގެން ދިޔަ ގަޑީގައި އޭނައައިސް މަގޭ ގައިގައި ޖެހިގަތީ! އެދިޔަ ގޮތަށް ގޮސް މަ ވެއްޓުނީ ޗަކަގަނޑަށް” ރުޅި އައިސް ފުފިފައި ހުރި ޔައިލް ވާހަކަ ކިޔައިދީ ނިމުން އިރު، އަޒްލާންއާއި މާއިން އޮތީ ހީހީ ގޮސް ތަޅުންގަނޑު މަށްޗަށް ދެމިފައެވެ. ” އެކަމަކު ތި ވާހަކައިގައި ހަމަ ނުޖެހޭ ކަމެއް އެބައޮތޭ!، ޔައިލް ވެއްޓުނު އިރު ކައިރާ ކޮބާޔޯ، ޔައިލްއަށް ވުރެ ކައިރާ މާ ވަރުގަދައީތަ” ލޮލުން ފެން އަންނަ ހާލު އަޒްލާނައަށް ވާހަކަ ދެއްކުނީ ހާލަކުންނެވެ.” އާން ކޮބާ ކަައިރާ އޭރު” މާއިން ހުނުން ހުއްޓާލުމަށްފަހު ވަރަށް ޝައުގުވެރި ކަމާއެކު އަހާލިއެވެ. ” މަ ވެއްޓުން އިރު އޭނަ ހުންނާނެތަ ނުވެއްޓި! އޭނަ ގައިމަށްޗަށޭ މަ ވެއްޓުނީ، އެހެންވެ ދެން މަށަށް އެހާ އަނިޔާ ނުވީ” އެނދުގެ ފަޑީގައި ލެގިލަމުން ޔައިލް ހަމަޖެހިލިގޮތުން މާއިންއާއި އަޒްލާން ވެސް ހައިރާން ވިއެވެ. ” ކައިރާޔަށް އަނިާވިތަ؟ އެކުއްޖާ ފަކީރުއަށް ނޭވާ ވެސް ނުލެވޭނެ ދޯ އެގަޑީ. އެހެންޔާ ފަހެ މިއޮއް ބޮޑު ގެރި އެކުއްޖާ ގައިމަށްޗަ ށޭ ވިއްޔަަ ތިބުނީ ވެއްޓުނީ”. ” މަ ނުބަލަން އޭނަޔަށް ކަމެއް ވިތޯއެއް، މަ ދެން އަވަހަށް ތެދުވެގެން ގެއަށްށޭ އައީ މަގުމަތިން މީހަކަށް މަ އެގޮތަށް ހުއްޓަ ފެނިއްޖެއްޔާ މަލާމަތް ކުރާނެ” ފަރުވާ ކުޑަކަމާއެކު ޔައިލް ބުުނެލިގޮތުން މާއިންގެ ލޭ ކެކިގަތެވެ.” ޔައިލް ނުބަޔަކަސް މަ ދެން ހިޔެއްނުކުރަން ތިހާނުބައި ވާނެކަމަކަށް” ދަބަސް ކޮނޑުގައި އަޅުވާލާ، ކޮޓަރިން ނުކުމެގެން ދިޔަ ގޮތުންނާއި ބުނެލި ރާގުން މާއިން ހުރީ ހަމައަސްލުވެސް ރުޅި އައިސްފަކަން އިނގެއެވެ.” އޭ މާއިން ކަލޭ ހާދަ މަތީގަ! ” ޔައިލް ހައިރާންވެ، މާއިންއަށް އަޑު އިވޭވަރަށް ގޮވާލިއެވެ. ” މިއަދު މާއިން އިނީ ވަރަށް ފާޑަކަށްށޭ ކުލާހުގަވެސް މަ އެހީމަ ބުނި ކަމެއްނުވެޔޯ، އޭ ދަނީ އިނގޭ! ހަވީރު ކުޅެން ދާނަން ދޯ”. ” ހޫމް، އަދި ތި މާއިންއަށް ވެގެން އުޅޭ ގޮތެއްވެސް ބަލަން ޖެހެއެއްނު އެބަ” ޔައިލް އިނީ އަދިވެސް އެކަމާ ވިސްނާށެވެ.

ދޮރު ލައްޕާލުމަށް ފަހު އަޒްލާން ދިޔުމުން ޔައިލް އެނދުގައި ހަަމަ ޖެހިލިއެވެ. ވިސްނަން ބޭނުން ނުވިޔަސް އޭނާޔަށް ވިސް ނެެނީ ކައިރާޔާ މެދުގައެވެ. އަޒްލާންމެން ގާތު އެހާ ހަމަ ޖެހިގެން އެވާހަކަ ދެއްކި ނަމަވެސް ހަގީގަތުގައި އޭނަ ހުރީ އޭނާޔަށް ކަންތައް ކުރެވުނު ގޮތުގެ ސަބަބުން ދެރަވެފައެވެ. ކިތެއްމެ ވަރެއް ވިޔަސް އެގޮތަށް ކަން ކުރާކަށް ނުވާނެކަން ޔައިލްއަށް ވިސްނުނެވެ. މާފަށް އެދެން ބޭނުންވި ނަމަވެސް އެކަން ހިތުން ފުހެލާ އޭނާގެ ގިޓާނަގާ އެނދުގައި ހަމަޖެހިލިއެވެ.

ހިތް ބޭނުމޭ އެކު އުޅެލަން ބޭނުމޭ………

ހިތް އެދެވުނޭ ލޯބި ވާވަރު ބުނޭ………

ހިތް ބޭނުމޭ އެކު އުޅެލަން ބޭނުމޭ………

ހިތް އެދެވުނޭ ލޯބި ވާވަރު ބުނޭ………

ތިބާވި ލޯބިން މަގޭ މިހިތް ފުރާލަ……..

ހިތާއި ޖިސްމާ އެކީ ކަލާ ނޮޅާލަ…….

ފުރާނަ އަތްމަތީގަ ބާއްވަ ކަލާޔަށް………..

ހުރީމެ ރޭދުވާ އެކުމިތާނގަ ތިބާޔާ……….

*************************

“ކައީ….” ކިޔާން ގޭތެރެޔަށް ވަންނަމުން ގޮވާލީ އޭނާގެ ކޮއްކޮ މިއަދު ލޮލަށް ނުފެންނާތީއެވެ. ” ލައްބަ ދޮންބޭ! ކޮންކަމެއް ޖެހުނީ ޔޯ މިހާރު ކައި އަށް ތި ގޮވަނީ” ބުރުގާ އަޅަމުން އަޅަމުން ނުކުތް ކައިރާ އަވަސް ފިޔަވަޅު ތަކެއްގައި ބަދިގެޔާ ދިމާލަށް ދިޔައެވެ. ކިޔާން ވާނީ ބަދީގޭގައި ކަން އިނގޭތީއެވެ. ” އަދި ނުވޭ ގެޔަށް އަންނާކަށް” ބަދިގޭގެ ކަބަޑުތައް ހާވަން ހުރި ކިޔާންއަށް، ކައިރާ މަލާމާތް ކޮއްލިއެވެ.” ކައީ ދެން ތިހެން ނުހެރެ ދޮންބެޔަށް ސައި ހަދާދީބަ، މިހާރު ބަނޑުހައި ވެގެން ގޮސް ހަލާކު ވަނީމި”. ސައި ތަށްޓަކާ ލޮޮނު ބިސްކޯދު ކޮޅެއް މޭޒު މަށްޗަށް ނަގައި ދިނުމަށް ފަހު ކޮޓަރިޔާ ދިމާލަށް މިސްރާބު ޖެހީ ސުކޫލު ފިލާވަޅުތަށް ނިންމުމަށްށެވެ. ކައިރާ، ސްޓަޑީ ޓޭބަލް ދޮށުުގައި އިށީންދެލުމާއެކު ސިކުނޑިޔަށް ވެރިވެގެން ދިޔައީ މިއަދު ހެނދުނުގެ ހާދިސާއެވެ.

ކައިރާ ކޮޓާރިޔަށް ވަންކަން ޔަގީން ކޮއްލުމަށްފަހު ކިޔާން އެނާގެ ފޯނު ހުޅުވާލާ ޕާސް ޖަހާލިއެވެ. އެޔާއެކު ސްކްރީނަށް ވެރިވެގެން ދިޔައީ އޭނާގެ ހިތުގެ މަލިކާގެ ފޮޓޯއެވެ.” ކީއްވެ! ކީއްވެ! އަހަރެން ލިވްއަށް ކީއް ނުކޮއްދެނީ، އެކަމަކު ލިވް އަހަރެން ދޫކޮށްފަ ދިޔައީ އަހަންނަށް އަންގާވެސް ނުލާ، ލިވް ކައިވެނި ކުރި ވާހަކަ އެހެން މީހެއްގެ އަނގައިން އަހަންނަށް އަޑު އިވުމުން ވާނެ ދެރަޔާއި މެދު ލިވް ނުވިސްނާ، އަހަރެންގެ މިހިތް ކުދި ކުދި ވެގެން ދިޔަ، ފުނޑު ފުނޑު ވި” ކިޔާންގެ ލޮލުން ފައިބަމުން ދިޔައީ އޭނާގެ ހިތުގެ ލޭ ކަރުނައެވެ. ހިތް ވަނީ އެހާ ކުދި ކުދި ވެފައެ. މަރުވެފައެވެ. އެ ކަރުނަތަށް ކިޔާން މާޒީގެ ތެރެޔަށް އެއްލާލިއެވެ.

އެއީ ކިޔާން ކިޔަވަން މެލޭޝިޔާއަށް ފުރި ދުވަހެވެ. ކިޔާން ބޯއްޓުން ފޭބި ވަގުތު ފެނުނު ކުއްޖެކެވެ. ކިޔާންގެ ހިތް، ދުވަހަކު އަންހެން ކުއްޖަކު ފެނިގެން ތެޅިނުލާ ހިތް، އެ ވަގުތު ތެޅިލީ ވަކިހެނެއް ބަލާފައެއް ނޫނެވެ. މީހާގެ ގައިގަ ކަރަންޓް ޝޮކެއް ދުވެލި ކަހަލައެވެ. އެކުއްޖާ އައިސް ކިޔާން ކުރިމަށްޗަށް ހުއްޓި ތައާރަފުވެލި ގޮތް ވެސް ކިޔާންގެ ހިތާކުޅެލިއެވެ.” ހާއި! މައި ނޭމް އިޒް ލިވިޔާ. އައިމް ޔުއާރ ގައިޑާ، އެންޑް އައިއެމް އޯލްސޯ އެ ސްޓޫޑެންޓް، ސްޓަޑީންއިން ޓެއިލާސް ޔުނިވާސިޓީ. ވަޓްސް ޔުއާރ ނޭމް؟” ކިޔާން ލިވިޔާގެ މޫނަށް ބަލާލައި ތާރަފު ވެލިއެވެ.” އަމްމް! މައި ނޭމް އިޒް ކިޔާން، އެންޑް ޕްރޮފެސާ ސައިޑް ދެޓް މައި ގައިޑާރ ވިލް ބީ އެ މޯލްޑިވިޔަން” ލިވިޔާގެ އިނގިރޭސި ފަރިތަ ކަމުން ކިޔާން އަށް އަހާލެވުނެވެ. ” އައި ވެސް މީ މޯލްޑިވިޔަން ” ލިވިޔާ ކުޑަ ހުނުމާއެކު މިފަހަރު ވާހަކަ ދެއްކީ ދިވެއްސާއި އިނގިރޭސި މަށްސުނި ކޮއްގެނެވެ. ކާރުގައި ކެމްޕަހަށް ކުރި ދަތުރުގާވެސް ކިޔާން ގެ ހިތުގާގުގުމަމުން ދިޔައީ ލިވިޔާއެވެ.

ކިޔެވުމުގާ އެނާ ހޭދަކުރި ކޮންމެ ވަގުތަކީ ލިވިޔާޔާ އެކު ހޭދަކުރި ވަގުތުތަކެވެ. ތިން އަހަރަކީ ކުޑަ ދުވަސް ކޮޅެއް ނޫނެވެ. ހިތުގާ ރައްކާކޮށްގެން އެ އިހުސާސް ތައް ގެންގުޅުނީ ލިވިޔާ އާއި އެކަން ހިއްސާ ކުރުމުން ރުޅި އައިސް ގުޅުން ކަނޑާލަ ފާނެތީއެވެ. އެ ވާހަކަ ބުނަން ބުނަން ހުއްޓާ ކަންތަށްތަށް ބަދަލުވެގެން ދިޔައީ ހީނުކުރާހާ އަވަހަށްށެވެ. ލިވިޔާ ރާއްޖެ ދިޔައީއެވެ. ކިވެމުން މެދުކަނޑާލުމަށްފަހު ދިޔުމުން ކިޔާން ހީތް ކުރީ ކިޔެވުން ފުރިހަމަ ކުރުމައް ލިވިޔާ އަންނާނެ ކަމަށެވެ. ނަމަވެސް ސެމިސްޓާ ނިމުން އިރުވެސް ލިވިޔާއެއްނައެެވެ. ކިޔާންއާ އެއްވެސް ވަރަކަށް ވާހަކައެށް ނުދަށްކައެވެ. ދެން ކިޔާން އަށް ލިބުނީ ހިތް ކުދިކުދި ވި ވާހަކައެކެވެ. ލިވިޔާ މީހަކާ އިން ހަބަރެވެ. ދެރަވި ވަރުން އަވަހަށް އެންމެ ދުވަހެއްވެސް މަޑު ނުކޮށް ރާއްޖެއައީ އެހަނދާން ތަކާއި ދުރުވުމަށެވެ.

ހިޔާލުތަކުން ބޭރުވެވުމާއެކު ސައި ޖޯޑު މޭޒުމަތިގައި ހުރި ގޮތަށް ބައިންދާފަ ކޮޓަރިޔަށް ވަނީ  އިތުރަށް ކާނެ ހިތްވަރު ނެތީމައެވެ. ފޯނުން އެނާ އެންމެ ގިނައިން ޖަހާލަވެ ޖަހާލުމަށްފަހު އެނދުގައި ހަމަޖެހިލިއެވެ.

މި ހިތުގާ ވާނެ ސޫރަޔަކީ ތިއީޔޭ ލޯބިވާ ޔާރާ………

މި ހިތުގައި ނެތް ނަމެއް ތިޔަނޫން، ތިއީ ޖާނޭ މަގޭ ޔާރާ………

ފަލަކުގާ ވާ އެ ހަނދު ފަދައިން، ހަޔާތް އަލި ކޮށް ދެނީ ޔާރާ……….

މަލަކު ނެއްހާ އެ މީރުވަސް، ހަޔާތަށް ގެނުވަނީ ޔާރާ………

ތަރިހަނދާ ވެދުމަކަށް ފޮނުވަންހެ ވީ ޔާރާ……

ނުނިމޭ.

Share Article

insha
Follow Me Written By

insha

Level 1

ITS INSHA HERE......!!! I LOVE READING STORYS MORE THAN I LOVE ANYTHING AND I LOVE TO WRITE STORYS TOO, I WANT PEOPLE TO READ MY STORYS AND REMEMBER THEM LIKE A MOVIE.... ✎ (❁ᴗ͈ˬᴗ͈) ༉‧♡*.✧.....................︶꒦꒷♡꒷꒦︶

Other Articles

Previous

ބްލަޑް 1

Next

ކުށަކީ ކޮބާ – 10

Next
March 23, 2024

ކުށަކީ ކޮބާ – 10

Previews
March 23, 2024

ބްލަޑް 1



All Right Reserved!