Skip to content
އެސްފިޔަ

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(ހަތަރުވަނަ ބައި)

އެހެން އެންމެންނަށް އެކި މީހުންގެ ހައުސްތައް އިނގޭ އިރު ވެސް މިލާން އަށް އޭނާގެ ހައުސް ފިޔަވާ އެހެން މީހެއްގެ ހައުސް އެއް ނޭނގެ އެވެ.”މަ ރެޑް އަލީކް ރެޑް.ރަޔާން ބްލޫ.ދެން އަމިއްލަ މީހާގެ ހައުސް އިނގޭތަ؟ ނޭނގެ ދޯ.ކައެ ވެސް ބްލޫ.އިތުރު ސުވާލެއް”ކިޔާން ބުނެލީ އިސްތަށިގަނޑު ގައި އަތްފުނާ އަޅާ ލަމުންނެވެ

****************

“ނޫނޭ ދެން އެއްވެސް ސުވާލެއް ނެތް”މިލާން ބުނެލީ ކިޔާން އާއި ދިމާލަށް ލޯ އަޅާލަމުންނެވެ.އެދެމީހުންގެ ސަކަރާތް ބަލަން ދެން ތިބި އެންމެން ތިއްބެވެ.އަށް މީހުން ވަކި ވެގެން ދިޔައީ ހަވީރު ދިމާ ވާން ވާނެ ކަމަށް ބުނަމުންނެވެ.

 

ގޭތެރެ އަށް އަށް ވަދެގެން އައި މިލާން އަށް އެންމެ ފުރަތަމަވެސް އެރުނީ ގެއިން ނިކުން މިޝްޔާ ގެ ކުރިމައްޗަށް ށެވެ.އޭރު މިޝްޔާގެ އަތުގައި ސިޓީ އެއް އޮތުމުން މިލާން ސުވާލުގެ ނަޒަރަކުން މިޝްޔާ އާއި ދިމާލަށް ބަލައިލިއެވެ.”މީ ދޯ.މިއުޅެނީ ސްކޫލުން މެތްސް ޓީޗަރެއް ބޭނުން ވެގެން އުޅޭތީ ލިބޭތޯ ދެން ވަޒީފާ ގަނޑެއް ވެސް”މިޝްޔާ ބުނެލީ އޭނާ އަތުގައި އޮތް ސިޓީ ދައްކާލާމުންނެވެ.މިލާން ވެސް މިހެން ދޯ އޭ މިވަނީ ކިޔާފައި އެތެރެ އަށް ވަންނަން ހިނގައިގަތެވެ.

 

ޖެހިގެން އައީ ހުކުރު ދުވަހެއް ކަމުން ނަވްޔާ އުޅުނީ ހުކުރުން މީހުން އަންނަން ވާ އިރަށް ކައްކާ ނިންމާ ލެވޭތޯ އެވެ.ޒީވާ ވެސް އޭނަ އާއި އެއްކޮށް ބަދިގޭގައި ހަރަކާތް ތެރި ވަމުން ދިޔައެވެ.މިލާންގެ އައިލާ އާ އާއި ޒާރާގެ އާއިލާ ވެސް އެދުވަހުގެ މެންދުރު ކެއުން އެގެ އިން ކުރި އަށް ދިއުމަށް ޒީވާ މިލާން ގެ މަންމަ ގާތު ބުނެފައިވާތީ އާއި ވެސް އެއްކޮށް އެހެން ނޫނީ ހަދާ ވަރަށް ވުރެ ގިނައިން ކައްކާފައި ހުއްޓެވެ.

 

“ނާޔާ ދެން ދޭ ފެންވަރައިގެން އަންނަން.މިހާރު ދޮންބެމެން އަންނަން އުޅޭނެ”ހުކުރުން ފައިބައިގެން މީހުންތައް އަންނަ އަޑު އިވެން ފެށުމުން ސުފުރާ މައްޗަށް ކާ އެއްޗިހިތައް ނަގަން ހުރި ޒީވާ ބުނެލިއެވެ.ނަވްޔާ ވެސް އޭނާގެ ކޮޓަރި އަށް ދިޔައީ ނުކްޝާންމެން އަންނަން ވާ އިރަށް ފެންވެރޭތޯ އެވެ.

 

ކޮޓަރި އަށް ވަން ގޮތަށް ނަވްޔާ ކަޅު ކުލައިގެ ކަކުލާއި ހިސާބަށް އަރާ ހެދުމަކާއި އެކު ކަޅު ކުލައިގެ ޖިންސް އެއް ނަގަމުން ފާހަނަ އަށް ވަދުނެވެ.ފެންވަރައިގެން ނިކުމެ ނަވްޔާ ކަޅު ކުލައިގެ ކަން ބުރުގަލެއް އަޅާލިއެވެ.އެންމެ ފަހު ކަމަކަށް ގަޔަށް ސެންޓު ކޮޅެއް ބުރުވާލާމުން ނަވްޔާ ބޭރަށް ނިކުން އިރު ނުކްޝާންމެން އައި އަޑު އިވެއެވެ.

 

“މިހާރު މަ މިތާ އޮވެގެން ފޫހިވެގެން ހަލާކު ވެއްޖެ.މީނަ އަށް އަދި މި އާދެވުނީ ގަރުނެއް ފަހުންނެއްނު”ޒާރާ ބުނެލީ ސޯފާގައި ރަނގަޅަށް ހަމަޖެހިލަމުންނެވެ.”ދޮންތަ ވެސް އޭނީ އެއްނުން ތަ.ދެން ކީއްވެގެން ތަ ޒާ ފޫހި ވާން ވީ”ނަވްޔާ ބުނެލީ ލޮލުގެ އިޝާރާތުން މިޝްޔާ ދައްކާލަމުންނެވެ.”ޒާ އަށް ކެރޭތަ ފެންނަހާ މީހަކަށް ވާހަކަ ދައްކަން”ޒާރާ ބުނެލީ މިޝްޔާ އަށް އަޑު ނީވޭނެ ހެން މަޑު މަޑުން ނެވެ.

 

“ދޮންތާ މީ ޒާރާ އިނގޭ.ދެންމެ އެދިޔައީ އެއްނު ޒީކާން ޒީކާން ކޮއްކޮ”ނަވްޔާ ބުނެލީ މިޝްޔާގެ ސަމާލުކަން އަތުލަމުންނެވެ.”ޒާ މީ މިޝްޔާ މިލާން ގެ ދޮންތަ”ޒާރާ އާއި މިޝްޔާ އެކަކު އަނެކަކާއި ދިމާލަށް ބަލައިލަމުން ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ.މިޝްޔާ ސަލާމަށް އަތް ދިއްކޮށްލުމާއި އެކު ޒާރާ ދެވަނަ ވިސްނުމަކަށް ނުގޮސް ސަލާމް ކޮށްލިއެވެ.”ދެންމެ އެންނު ބުނީ ނުދަންނަ މީހުންނަކާ ވާހަކަ އެއް ނުދައްކާމޭ”ނަވްޔާ ބުނެލީ ޒާރާ އާއި ދިމާކުރާނެ ގޮތެއް ނޭނގިގެން ނެވެ.”ހުވާ މި ބުނީ މި އޮށް ބޮޑު އަނގަ ގަނޑެއް ދޯ”ޒާރާ ނަވްޔާ އާއި ދިމާލަށް ސޯފާ ގައި އޮތް ކުޝަން އެއްލިއެވެ.ނަމަވެސް ނަވްޔާ ތިރިވެލަމުން އެ ހަމަލާ އިން ރެކުނެވެ.ދެމީހުންގެ ކޯޅުން ގަނޑު ފެށުނީ އެ ހިސާބުންނެވެ.

 

ރޭގަނޑު ގެ ވަގުތެވެ.މިޝްޔާ އާއި ލައިކާގެ އިތުރުން އައިރާ ހިނގާލަން ދިޔައީ އެއީ އަބަދު ވެސް ފަހަކަށް އައިސް ތިން މީހުން ކުރާ ކަމަކަށް ވުމުންނެވެ.”އަސްލު ވެސް އިނގޭ ވަރަށް ރީއްޗޭ ޒީކާން.އަދި ތި ދެމީހުންނަށް ނުފެންނާތީ ތި އުޅެނީ ނުކް އަށް ދޫ ނުކުރާނެ “ވާހަކައިގެ ތެރެއިން މިޝްޔާ ބުނެލީ އޭނާ އަށް ހަމަ ހަގީގަތުގައި ވެސް ޒީކާން ރީތި ވުމުންނެވެ.”މިޝްގެ ހިތް އަތުލީ ދޯ އެހެން ވީމަ ތި ޒީކާން އެއް”އައިރާ ބުނެލީ ހިޔާލަކަށް ގެއްލި ހުރެއެވެ.”މިޝް އެއް ނޫޅެން އޭނަޔާ ހެދި މޮޔަ ވެގެންނެއް”މިޝްޔާ އައިރާ އާއި އެއްބަސް ވާން ބޭނުން ނުވާ ކަހަލަ އެވެ.”ހްމްމްމް ތިހެން ބުނާނީ އެކަމު އެންމެ ފަހުން އިންނާނީ ވެސް ތިދެމީހުން ކަންނޭނގެ”ލައިކާ ވެސް އެއްބައި ވެލީ އައިރާ އާއި އެވެ.”މީހަކު ބިރު ވެސް ގަންނާނެ އޭނަ ޔާ އިންނަން.އެހާ ވެސް ސީރިއަސް.ނާޔާ އާ ނުކީ އާ ދެމީހުން އެވަރަށް ސަކާރާތް ޖެހި އިރު ވެސް އޭނަ ހަމަ އިނީ އިން ގޮތަށް.ހާދަ ސީރިއަސް އޭ.މަ އަދި ނުދެކެން އެހާ ސީރިއަސް މީހެއް “މިޝްޔާ ބުނެލީ އޭނާ އަށް ފެނުނު މަންޒަރެއް ގެ ވާހަކަ ވިއްޔާ އެވެ.

 

ސްކޫލް ގޭޓުން ވަދެގެން އައި ނަވްޔާ އާއި ޒާރާގެ އިތުރުން ލައިނީ އާއި އައިކާގެ ސަމާލުކަން ހުއްޓުނީ ސްކޫލް ނޯޓިސް ބޯޑު ކައިރި އަށް ޖަމާވެފައި ތިބި ކުދިންތަކެވެ.ހަތަރު ކުދިން އެކަކު އަނެކަކާއި ދިމާލަށް ބަލައިލަމުން ނޯޓިސް ބޯޑުގައި ލިޔެފައި ހުރި އެއްޗެއް ބަލައިލަން ދާން އުޅުނު ވަގުތު އެތަނުން ނިކުމެގެން އައި މިލާން އާއި ކިޔާން ގެ އިތުރުން އަލީކް އާއި ރަޔާން ފެނުނެވެ.”ކޯޗެއް ތަ އެތަނުގަ ހަރު ކޮށްފަ ހުރީ.އެތަނަށް ކުދިން ޖަމާވެގެން އެއުޅެނީ”ނަވްޔާ ބުނެލީ މިލާން މެންނަށް އެތަނުގައި ހުރި އެއްޗެއް އެނގި ދާނެ ކަމަށް ށެވެ.އޭރު އެހަތަރު މީހުންގެ މޫނުމަތިން ފެންނަމުން ދިޔަ ހާސްކަން ނަވްޔާ މެންނަކަށް ފޮރުވިގެނެއް ނުދިޔައެވެ.”ހޭންޑް ބޯލް އެންޑް ފުޓްބޯލް މުބާރާތް އޮންނަ ވާހަކަ”ރަޔާން ބުނެލީ އޭނާގެ މޫނު މަތީގައި ހުރި ހާސްކަން ފޮރުވަމުން ނެވެ.ހަގީގަތުގައި ވެސް އޭނާ އެބުނީ ދޮގެއް ނޫނެވެ.ނަމަވެސް އެހެން ކަމެއް ފޮރުވާލަމުންނެވެ.

 

“ހިނގާބަލަ ބަލައިލަން ދާން ލައި.އެސެމްބްލީ އެއް ވެސް މިއަދު ނޯންނާނެ ޕްލީޒް”އައިކާ ލައިނީ ގާތު ބުނެލީ އެތަން ބަލައިލަން ދާން އެދުނީ އޭނާ ވެސް އެކަމަށް ޝައުގުވެރިވެފައި ހުރުމުންނެވެ.”ދެން ހިނގާ ކްލާހަށް.އިންޓާރވަލް އަށް ދާ ގަޑީގަ ވެސް ބެލި ދާނެ އެއްނު”ކިޔާން އައިކާ ގެ ކޮނޑު ގައި ހިފަހައްޓައިލަމުން ބުނެލީ އައިކާ ހުއްޓުވުމުގެ ގޮތުންނެވެ.”ދެން ނޯ.މިހާރު ކުދިންތައް ވެސް ކުޑަކޮށް މަދު ވެއްޖެ”އައިކާ އެހެން ބުންޏެއް ކަމަކު ކުދިންނެއް އެތަނަކުން މަދެއް ނުވެއެވެ.

 

އައިކާ އެންމެ ފަހުން ކިޔާންމެން ނަޔަސް ހެވޭ ކިޔާފައި ޒާރާ ގެ އަތުގައި އިފައިގެން އެތާ ކައިރި އަށް ދިޔައެވެ.މިލާންމެންނާއި ދިމާލަށް ބަލަައިލަމުން ފަހަތުން ނަވްޔާ އާއި ލައިނީ ވެސް ދާން ހިނގައިގަތެވެ.ނަވްޔާމެން ދާން ހިނގައިގަތުމާއި އެކުހެން ރަޔާން އާއި އަލީކްގެ އިތުރުން މިލާން އާއި ކިޔާން އަށް އެކަކު އަނެކަކުގެ މޫނާއި ދިމާލަށް ބަލައިލެވުނީ ގޮތް ހުސްވެފައި ތިބެއެވެ.

 

އައިކާ އާއި ޒާރާ ގެ އިތުރުން ލައިނީ އާއި ނަވްޔާ ކުދިންތަކުގެ ތެރެއިން ފުރޭނެމުން ގޮސް އެންމެ ކުރީ ސަފުގައި ހުއްޓުނު ވަގުތު ފެނިގެން ދިޔަ ފޮޓޯގެ ސަބަބުން ނަވްޔާ އަށް އޭނާގެ ލޯ ވެސް އޭނާ އަށް ދޮގު ހަދަނީ ކަމަށް ގަބޫލު ކުރެވުނެވެ.

 

ނުނިމޭ

Comments (6)

  1. NAUREEN

    Maasha allah mi part vx varah varah reethi. Kon photo eh tha eii?

    1. RIFSHA
      NAUREEN

      Thanks naureen.
      Thi buny kon photo eh ge vaahaka eh tha.get eh nuve Thu bunaa ehchei

  2. Laura

    Hey rifoo navya ah kochei tha e fenuny.varah curious ingey mihaaru.varah reethi mi part vx Masha Allah.kon dhuvahaku next part kiyaalan libeyni.
    Curiously waiting for the next part
    Once again story varah reethi
    Lysm rifoo

  3. RIFSHA

    Thanks Laura.next part ingeyne navya ah e fenuny kochei kan.let’s see dho dhen vaa gothei.in sha Allah next part kiyaalan libeyne Tuesday ga.once again thank you laura.
    Jazakallah Laura 🤗
    Love you more Laura 💖💕💕

  4. Yaan-kiyan

    Omg mi vee kihineh. Keeve tha kiyan men hassvefa thibee. Koncheh baa e fenunee? Btw story hama awesome 👏

    Kiyan

  5. RIFSHA

    Thanks kiyan
    Let’s see dho kihinei tho vee
    Varah bodu kamei vee kanneynge dho
    And once again varah bodah thank you 😊
    Jazakallah Kiyan

Comments are closed.