ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(ތިންވަނަ ބައި)
“އޭއި.އެކަކު އަނެކަކާ ދިމާލަށް ބަލަބަލަ ތިބެންވީކީ ނޫން ސައުވީސް ގަޑިއިރު ވަންދެން.ދާންވީ ދެން ވެސް “މިލާން ބުނެލީ ނަވްޔާ ގެ އިންތިޒާރުގައި ހުރެ ގަޑި ބަލައިލަމުން ނެވެ.”ވަރެއްގެ ބައެއްނު.ކިޔާން ދޭ ޒާރާ ގޮވައިގެން.އަލީކް އޭ ކައެ ދާންވީ އައިކާ ގޮވައިގެން “އަލީކް އަށް ގޮވައިލަމުން މިލާން އަލީކްގެ ލޯ ކުރިމަތީގައި އަތް ހޫރާލިއެވެ.
**************
އަލީކް މިލާން އޭނާގެ ލޯ ކުރިމަތީގައި އަތް ހޫރުވާލަމުން ހަމަ އެކަނި މިލާން ގެ އަތިގައި ހިފަހައްޓާ ތިރި ކޮށްލަމުން ހީލި ގޮތުން އަލީކް އަކީ މާ އަނގަ ގަދަ ކުއްޖެއް ނޫން ކަން އައިކާމެންނަށް އިނގުނެވެ.އައިކާ އާއި ޒާރާ އެކަކު އަނެކަކާއި ދިމާލަށް ބަލައިލަމުން ލޯ މައްޗަށް ހިނގާލަމުން ބޭރަށް ނިކުތީ ކިޔާން އާއި އަލީކްވެސް ބޭރަށް ނިކުތުމުންނެވެ.
ހަވީރުގެ ވަގުތުގެ ހިތްހަމަ ޖެހުން ހޯދަމުން ނަވްޔާ ގޭތެރެއަށް ވަދެގެން އައީ އިރު އޮއްސި އަނދިރވާން ފެށުމުން ނެވެ.ވަން ގޮތަށް ނަވްޔާ ޝޯލް ބާލަމުން ފެންވަރަން ވަދުނީ ތާޒާ ވެލުމަށްޓަކައި އެވެ.ފެންވަރައިގެން ނިކުމެ ނަވްޔާ މަޣުރިބު ނަމާދު ކޮށްލަމުން އިޝާ ނަމާދަށް ގޮވަން ދެން ކިޔަވަން އިނެވެ.
ޒާރާ އަށް ގޮވަމުން ދުވެފައި އައި ޒިވާ އަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ކޮޓަރިން ނިކުމެގެން އައި ޒާރާ ފެެނުމުންނެވެ.އޭރު ޒާރާ ހުރީ ޒީކާންމެން އަށެއްގެ ލޯންޗް އިން އަންނާތީ ޒީކާން ބަލާ ދާން ތައްޔާރު ވެގެންނެވެ.ރަށަށް ލޯންޗް ލަފާނީ އަށްގަޑި ސާޅީސް ފަހެއް ގައި އެވެ.ނަމަވެސް ނަވްޔާ ބަލާދާން ޖެހޭތީ އާއި ވެސް އެއްކޮށް ޒާރާ ހުރީ ތައްޔާރު ވެގެންނެވެ.”ކިހިނެތް ވީ ތަ މަންމާ”ޒާރާ ބުނެލީ ޒިވާ އޭނާ އަށް އެހާ ބާރަށް ގޮވި ސަބަބެއް ނޭނގޭތީ އެވެ.”މަންމަ ހީކުރީ ދަރިފުޅު ތައްޔާރު އަދިވެސް ނުވަނީ ކަމަށް”ޒިވާ އެހެން ބުނުމާއި އެކު ޒާރާ ދެފަރާތަށް ބޯހޫރާލިއެވެ.
އަށް ގަޑި ބައި ވި އިރަށް ޒާރާ އާއި ޒިވާ ގެއިން ނިކުމެގެން ބްލޫ ބެލް ގެ އަށް މިސްރާބު ޖެހިއެވެ.ޒާރާ ވަން ގޮތަށް ނަވްޔާ ހޯދަން ދިއުމާއި އެކު ޒިވާ ސޯފާ ގައި އިށީންދެގެން އިނީ ޒީވާގެ އިންތިޒާރުގައި އެވެ.
“މަށަށް މި ކޮޓަރި އަށް އަނެއްކާ ވަދެވޭތަ؟”ނަވްޔާގެ ކޮޓަރި ތެރެ އަށް ބޯ ދިއްކޮށްލަމުން ޒާރާ ބުނެލީ ނަވްޔާ ކުރިން މާލޭގައި އުޅުން ކޮޓަރީގައި ނުކްޝާން ވަންނަވަރުން ޕާސްވޯޑް ލޮކެއް ހަރު ކުރުމުންނެވެ.”ހޫނ ހުރިހާ އެންމެންނަށް ވެސް ވަދެވޭނެ”ނަވްޔާ ބުނެލީ އޭނާގެ އަތުގައި އޮތް މެރޫން ކުލައިގެ ޝޯލް ބޮލުގައި ރީތި ގޮތަކަށް އޮޅާ ލަމުންނެވެ.ނަވްޔާ އެހެން ބުނުމާއި އެކު ޒާރާ ގޮސް އެނދަށް ދެފައި އަރުވައިގެން އިނެވެ.”ނާޔާ އަވަސް އަވަސް”ޒާރާ ގަޑި އަށް ބަލައިލަމުން ތަސްބީހައެއް ކިޔާހެން ކިޔާލިއެވެ.މިހާރު ސާޅީސް ހިނގައިފި ވިއްޔާ އެވެ.ޒާރާ އަށް ތަސްބީހަ ކިޔުންވަރު އަދި މަދީއެވެ.
ނަވްޔާ އާއި ޒާރާ ކޮޓަރިން ނިކުން އިރު ސާޅީސް ފަހެއް ހިނގަން އިނީ އެންމެ ދެ މިނެޓެވެ.އޭރު ޒިވާ އާއި ޒީވާ ވެސް ޒާރާމެންގެ އިންތިޒާރުގައި ސޯފާގައި ތިއްބެވެ.ޒާރާމެން ފެނުމާއި އެކުހެން ޒީވާމެން ވެސް މަޑު ނުކޮށް ދާން ހިނގައިގަތެވެ.
ބަނދަރަށް އާދެވުމާއި އެކުހެން ނަވްޔާ އާއި ޒާރާގެ ލޯ ދަތުރުކޮށްލީ ނުކްޝާން އާއި ޒީކާން އައި ލޯންޗް ލަފައިފި ތޯއެވެ.ލޯންޗް ލަފައިފައި ނެތުމުން ނަވްޔާ ފޯނު ނަގައި ކުޅެން ފެށީ ފޫހި ފިލުވާލުމުގެ ބޭނުމުގައި އެވެ.ފޯނު ކުޅެ ކުޅެ ފައި ނަވްޔާ ގަޑި ބަލައިލި އިރު ނުވަ އެއް ޖެހުމުން ނަވްޔާ އަށް ޗުސް ތަޅާލެވުނެވެ.އެއީ އޭނާ އަށް ވަރަށް ބޮޑު މައްސަލަ އެކެވެ.ލޯންޗް ބުނެފައިވާ ގަޑި އަށް ވުރެ ލަހުން ލެފޭ ނަމަ ބުނެލާފައި ބޭއްވި ނަމަ ވާނީ ކީތް ހެއްޔެވެ؟
ޒާރާ އެއްލި ކަޅި އަކުން ޒީކާން އާއި ނުކްޝާން ފެނުމާއި އެކުހެން ފޯނު ކުޅެން ހުރި ނަވްޔާ އަށް އެ ދެމީހުން ދައްކާލިއެވެ.”މަންމާ ކޫ އެ ތިބީ ދޮންބެމެން”ނަވްޔާ ވަގުތުން ޒިވާމެންނަށް ދައްކާލިއެވެ.ޒީވާ އާއި ޒިވާގެ އިތުރުން ޒާރާ ވެސް ނުކްޝާންމެންނާއި ދިމާލަށް އިނގައިގަތުމާއި އެކު ހެން ނަވްޔާ ދިވެލާފައި ދިޔައީ ނުކްޝާން ގައިގައި ބައްދާލުމައްށެވެ.ވާނީ ވެސް އެހެން ތާ އެވެ.ނުފެނި ހުރެފައި ނުކްޝާން އެ ފެނުނީ އެއް އަހަރު ފެހުން ވިއްޔާ އެވެ.
ދުވެފައި ދިޔަ ނަވްޔާ ނުކްޝާން އާއި ޖެހިގެން ހުރި ޒީކާންގެ ގައިގައި ބައްދާލުމާއި އެކު ހެން ނުކްޝާން ހޭން ފެށި އެވެ.ނަމަވެސް ނަވްޔާ އަށް އޭގެން އެއްވެސް ކަމެއް ރެއެކާ ވެސް ނުލައެވެ.ޒީކާން ވެސް ނަވްޔާ ދުރުކޮށްލަމުން ނިއް އަރުވާލިއެވެ.ނަވްޔާ އަށް ހަމަ ބިމަށް އާދެވުނީ ވެސް ދެނެވެ.ވަގުތުން ނުކްޝާން ގެ އިސްތަށިގަނޑު ހާވާލިއެވެ.”މީ އަދި ވަރެއްގެ އަންހެނެއް.އަޅެ ފަހެ ދުވެފަ އައިސް އަމިއްލަ އަށް ދޯ ޒީކް ގައިގަ ބައްދައިގަތީ.މީހަކު ބުނެގެން ތަ؟މްމްމްމް.އަދި އަމިއްލަ އަށް އެކަމެއް ކޮށްފަ އެހެން މީހުންނަށް އެބަ ލަނޑު ދެއެއްނު”ނުކްޝާން ބުނެލީ ނުރުހުމުގެ އަޑެއް ލައްވާލަމުންނެވެ.”ވަރަށް ބޮޑަށް ސޮރީ ޒީކް.ނާޔާ އަށް އޮޅުނީ”ނަވްޔާ ބުނެލީ ޒީކާން އަކީ އަންހެން ކުދިންނާއި މާ ގައިގޯޅި ވެގެން އުޅޭ ކުއްޖަކަށް ނުވުމުންނެވެ.އަންހެން ކުދިން އޭނާ އާއި މާ ގައިގޯޅިވެ އުޅުމަކީ ވެސް ޒީކާން އެހާ ހިތްހަމަޖެހޭ ކަމެއް ނޫނެވެ.
“ކިތައް ދުވަހު މަންމާ ބުނަނީ ޒީކް ނުކިޔާށޭ”ޒީވާ ބުނެލީ އަބަދުވެސް ނަވްޔާ އަށް އޭނާ ހަނދާން ކޮށްދޭ ކަމެއްގެ ވާހަކަ އެވެ.”ސޮރީ ޒީކް ތިއްތީ”މިފަހަރު ނަވްޔާ ބުނެލީ ހޭން ހުރި ނުކްޝާން އާއި ދިމާލަށް ލޯ އަޅާލަމުންނެވެ.”މަންމާ ކީއްވެތަ ނާޔާ އަށް އެހާ ބޮޑު ލޮލެއް ލިބުނީ.ދެންމެ ވެސް އަޅުގަނޑު ކިރިޔާ ހާޓް އެޓޭކެއް ނުޖެހުނީ ” ނުކްޝާން ބުނެލީ ނަވްޔާ އަށް ޖެއްސުމަށް ޝަކުވާގެ ރާގެއްގައި އެވެ.”އެހެންނު ވާނީ އެހާ ބޮޑު ލޮލެއް އޮވޭ ވިއްޔާ މީހުންނާ ދިމާލަށް ލޯ އަޅާ އިރު “ޒާރާ ނުކްޝާން ގެ ޖުމުލަ ފުރިހަމަ ކޮށްލިއެވެ.އެއީ އަބަދު ވެސް ނުކާޝާން ނަވްޔާގެ ލޮލުގެ ވާހަކަ ދައްކައިފިއްޔާ ބުނާ ވާހަކަ އެކެވެ.”ޔުއާރ ރައިޓް”ނުކްޝާން ބުނެލީ ނަވްޔާ އާއި ޒާރާ އެއްބައި ނުވީމަ އެވެ.
“ހުއް އަދި ފޮނި ބޮޑު ވެސް ފިރިހެނެކޭ”ނަވްޔާ ބުނެލީ ގެއަށް ދިއުމުގެ މަގުމަތީގައި އެވެ.”އެހެރީނު ބުނާނެ މަށޭ ފެށީ އެކަމު ދެންމެ ވެސް ތި ފެށީ ނާޔާ އެއްނު “ނުކްޝާން ވެސް ނަވްޔާ އަށް ދޫނުދޭން ބުނެލިއެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައީ ހީވެސް ނުކުރާހާ ބާރު މިނުގައި އެވެ.ނަވްޔާމެންގެ ކިޔެވުމުގެ ކަންކަން ވެސް ދިޔައީ އަމަން އަމާން ކަމާއި އެކުއެވެ.ހުރިހާ ކުދިންގެ ހަޔާތަށް ވެސް ބަހާރު މޫސުމް އައިސްގެން އުޅޭ ފަދަ އެވެ.
ސްކޫލް ނިންމާފައި ގެއަށް އަންނަމުން ނަވްޔާމެން ގްރޫޕް އެންމެން ދައްކަން ފެށީ ހައުސް ތަކަށް ކުދިން ބަހައިގެން އުޅޭ ވާހަކަ އެވެ.”އޭ ނާޔާ ކޮން ހައުސް އެއް”މިލާން ބުނެލީ ނަވްޔާގެ ހައުސް އޭނާ އަށް ވެސް ނޭނގޭތީ އެވެ.”ނާޔާ ބްލޫ.އައިކާ ރެޑް.ލައި އެންޑް ޒާ ޕާޕްލް”ނަވްޔާ ކިޔާލަ ދިނެވެ.”އަހަރުން ވެސް ތިކަހަލަ ފާޑެއް ދޯޯ”ކިޔާން ބުނެލީ ކުޑަ ކޮށް ވިސްނާލަމުން ނެވެ.”ކިޔާން ކައެ ކޮން ހައުސް އެއް”މިލާން ބަލައިގެން އުޅެނީ މިލާން ގެ ހައުސް އެކަނި ކަހަލަ އެވެ.އެހެން އެންމެންނަށް އެކި މީހުންގެ ހައުސްތައް އިނގޭ އިރު ވެސް މިލާން އަށް އޭނާގެ ހައުސް ފިޔަވާ އެހެން މީހެއްގެ ހައުސް އެއް ނޭނގެ އެވެ.”މަ ރެޑް އަލީކް ރެޑް.ރަޔާން ބްލޫ.ދެން އަމިއްލަ މީހާގެ ހައުސް އިނގޭތަ؟ ނޭނގެ ދޯ.ކައެ ވެސް ބްލޫ.އިތުރު ސުވާލެއް”ކިޔާން ބުނެލީ އިސްތަށިގަނޑު ގައި އަތްފުނާއަޅާ ލަމުންނެވެ.
ނުނިމޭ
13 Comments!
Comments are closed.




Mi part ves vrh rythi… Masha Allah… Keep it up!
BTW how old are you??
Thanks lily ☺️
Kureege episode ga vx thi suvaalu kohlin dho.comment closed vefa inyma ans eh nudhiny ingey.i am in grade 9.unmeedhu kuran mi hen bunelyma age ingey ne kamah.
Yeaaahhhh ahaalan vaanen🤣
Yesssshhhhh ingihje Lily vess hama 9 ey😭😭
Ehen v ma lily and rifoo same age dho. That’s great 👍
Maasha allah mi part vx varah varah reethi.
LYSM BESTIE
Mashaa allah mi part vx varah varah reethi.
LYSM BESTIE
Thanks naureen ❤️
Love you more naureenuu 🤭🤭😉😉❣️💖
Mi part ves varah reethi. Mmm mi story ge main character akee Navya tha? The story looks so interesting. Appreciate your work.
Kiyan
Nooney navya ekani eh noon.navya aika zaara and Lainy.
And thank you kiyaan
Mi story varah reethi ingey rifoo.
Miadhu mi fenuny vx uploade vefa in than.
Nukshaan and navya ge bai varah salhi 🤣
I have a sibling ekamu nukshaan gothah ehaa sakaraathei nujahan 😅
Once again story varah reethi
Lysm rifoo
Thanks rauha
Ehen tha miadhu fenunas eii mahsala eh noonehnu dho.
I have a siblings too.navya and nukshaan gothah varah e gothah ulheni.sakaraai jahan fashaifiyya huttaa vx nulan gina faharu 🤭
Once again thank you rauha
Jazakallah
Love you more rauha
Hey rifoo
mi vaahaka varah reethi
Hee ves nuve furathama long story hen vx
Ehaa vx reethi
Dhen kon dhuvahaku next part kiyaalan libeyni
Curiously waiting for the next part ingey
Lysm rifoo 💕💕
Thanks Laura 🤗
Ekam mi alhugandu ge furathama long story.Next part mi rey nooni maadham morning ga upload kuraanan in sha Allah.
Love you more Laura ❤️❤️