Skip to content
އެސްފިޔަ

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(ދެވަނަ ބައި)

ސަލާމް ގޮވާލާމުން އައިކާމެން ގެއަށް ވަން ލައިނީ އަށް ޖޯލީގައި އޮތް އައިރާ އަޅައިގަތުމާއި އެކުހެން ހީލަމުން އައިކާ ކޮބާހޭ އަހާލިއެވެ.”އައިކާ އެބަ އުޅޭ ހިނގާލަން ދާންނޯ ކިޔާފަ ރީތި ވާން ވެގެން ކޮޓަރިގަ”އައިރާ ބުނެލީ އަތުގައި އޮތް ޗިޕްސް ދަޅުން ޗިޕްސް އެއް ކާލާމުންނެވެ.

**********

ހަލުވި ފިޔަވަޅުތަކެއްގައި އައިކާގެ ކޮޓަރި އާއި ދިމާލަށް ލައިނީ މިސްރާބު ޖެހީ މިހާރުވެސް ނަވްޔާ ހުންނާނީ ލަސްވެފައި ކަން އިނގުމުންނެވެ.ލައިނީ ކޮޓަރި އަށް ވަން އިރު ހުދު ކުލައިގެ ހެދުމެއްގެ މަތިން މުށި ކުލައަކަށް ދާ ކުލައެއްގެ ޝޯލެއް އަޅަން އައިކާ ހުއްޓެވެ.އުނަގަޑާ ހިސާބުން މުށި ކުލައިގެ ބެލްޓެއް އަޅާލާފައި ހުރުމުން އައިކާގެ ހަށިގަނޑު ގެ ބައްޓަން ކުޑަކޮށް ފާޅުވާން ހުއްޓެވެ.

 

“އައިކާ އަވަސް ކުރޭ މިހާރު ނޭނގެ ނާޔާ އިންނާނީ ތުން ދަމައިގެން ނޫން ކަމެއް”ލައިނީ ބުނެލީ އަތުގައި އޮތް ފޯނުން ގަޑި ބަލައިލަމުންނެވެ.އައިކާ ވެސް ލައިނީ ގެ ބަހަށް ކިޔަމަން ވަމުން އަތްމަތި އަވަސް ކޮށްލިއެވެ.އައިކާ އާއި ލައިނީ ބޭރަށް ނިކުމެ ނަވްޔާ މެން ގެއާއި ދިމާލަށް މިސްރާބު ޖެހިއެވެ.”ވަޓްސް ސަޕް އައިކާ”އައިކާ އާއި ލައިނީ އެއްފަހަރާ ހެން ފަހަތް ބަލާލީ މީހަކު އެހެން ބުނެލުމުންނެވެ.އައިކާ އަށް ވަގުތުން އެއީ ކިޔާން ނޫނީ މީހަކަށް ނުވާނެކަން އިނގުނެވެ.

 

އޭރު ފަހަތުގައި ކިޔާން އާއި މިލާން ގެ އިތުރުން ރަޔާން އާއި ސްކޫލް ދޮށުގައި މިލާންމެން ވާހަކަ ދައްކަން ހުރި ފިރިހެން ކުއްޖާ ވެސް ހުއްޓެވެ.ހަތަރު މީހުން އެއް ގޮތަކަށް ފުނާ އަޅާލާފައި ހުރި އިރު ލައިގެން ވެސް ހުރީ ހުދު ކުލައިގެ ޓީޝާޓަކާއި މަޑު ނޫކުލައިގެ ޖިންސްއެކެވެ.ފެންނަ ފެނުމަށް ހީވަނީ އެއްމާބަޑު ހަތަރު ބެއިން ހެންނެވެ.އެއްގޮތަކަށް ހުރިހާ ކަމެއް ވެސް ކޮށްފާ ހުރުމުން ވައްތަރު ގޮތެއް ހުއްޓެވެ.

 

“އޭ އައިކާ އަރާބަލަ ދޯ ދެން ވެސް މިހާރު ނޭނގެ ނާޔާ އިންނާނީ ކިހިނެތް ކަމެއް ވެސް”ކިޔާން ބުނެލީ ސައިކަލު ފަހަތަށް އަރަން އިޝާރާތް ކުރަމުންނެވެ.ލައިނީވެސް ރަޔާން ގެ ސައިކަލު ފަހަތަށް އެރުމާއި އެކު ހެން ހަތަރު މީހުންގެ ސައިކަލު އެއްފަހަރާ ދުއްވާލި އެވެ.ހީވީ ހަމަ ރޮބަޓުން ތެކެއް ތިބި ހެންނެވެ.

 

“ނާޔާ މި އޮތީ ދޮންބެ ގުޅާފަ”ލައިނީމެން ނައިސްގެން ލަސް ވެފައި އިން ނަވްޔާ ގާތު ޒީވާ ބުނެލީ ފޯނު ދިއްކޮށްލަމުން ނެވެ.އޭރު ޒާރާ ވެސް ޒީވާ ނަވްޔާގެ އަތަށް ދިން ފޯނަށް އެއް އަރިއަކަށް ބަލަހައްޓައިގެން އިނެވެ.”ހޭއި ނާޔާ މިލާން ކޮބާ؟”ނުކްޝާނަށް ފޯނުން ނަވްޔާ ގެ މޫނު ފެނުމާއި އެކުހެން ބުނެލީ ދިމާ ކުރާ ރާގަކަށް ށެވެ.”މިލާން އުޅޭނެ އެއްނު.ކީތްކުރަން ތަ މިލާން ހޯދަނީ”ނަވްޔާ ބުނެލީ ނުކްޝާން އަށް ދޫނުދޭން ވެގެން ނެވެ.”ކަލޭނޭ.ނާޔާ އަކަށް ނޭނގޭތަ ކޮންމެ މީހަކު ވެސް އެމީހެއްގެ ޅިޔަނު ހޯދާނެ ކަމެއް”ނުކްޝާން ކައިރިން މީހަކަށް އަނގައިން އެރޭނެ ހެއްޔެވެ؟”ހުވާ މި ބުނީ މި ފިރިހެނާ ނޫޅެއޭ އަދި އިންނާނެ މީހަކު ހޯދާކަށް.އޭރުން ދޯ ނާޔާ އަށް ފަހަރި އެއް ލިބޭނީ”ޒާރާ އަށް ވެސް މަޑަކުން ނީނދެވުނެވެ.”އޭއި މީނދީ ޒީކާން އޭނަ ކައިރީ ބުނެބަލަ ޒާ އަށް ފަހަރި އެއް ހޯދަ ދޭން.ކޮންމެހެން މައެ ކައިރީ ނުބުނެ”މިލާން ދައްކާލީ ޕިއްޒާ އެއް ހިފައިގެން އެ ކާން އިން ޒީކާން އެވެ.”އޭ ދޮންބޭ ރެސްޓޯރެންޓް އެއްގަ ދޯ ތި އިނީ. ޒާ އަށް ނުދީ ހަމަ ކަނިއްޔޭ ދޯ”ޒާރާ ޒީކާން ފެނުމާއި އެކުހެން ޝަކުވާ ކޮށްލިއެވެ.ޒީކާން އަށް ނުކްޝާން އޭނާ ދެއްކި ކަން ވެސް އިނގުނީ ޒާރާގެ އަޑު އިވުމުން ނެވެ.ވަގުތުން ޒީކާން އޭނާ ކައިރީގައި ހުރި ފެން ފުޅި ނަގާ ނުކްޝާން އާއި ދިމާލަށް ފެންތައް ބުރުވާލިއެވެ.

 

ހަތަރު ސައިކަލު އައިސް ބްލޫ ބެލް ގެ އަށް ވަދުމާއި އެކުހެން ހަ މީހުން ގޭތެރެ އަށް ވަންނަން ދިޔައެވެ.ގޭތެރެ އަށް ވަން ވަގުތުވީ ނަވްޔާ އަނގަ މަތީގައި އަތް އަޅައިގެން ހޭން އިން ވަގުތު ކަމުން ލައިނީ އާއި އައިކާ އައި ގޮތަށް އައިސް ނަވްޔާ އަތުގައި އޮތް ފޯނު އަތުލާ ބަލާލިއެވެ.އޭރު ފެންނަން ހުރީ ކަޅު ކުލައިގެ އަނދިރި ގަނޑެއް ކަމުން ނަވްޔާ މާ ވަރަކަށް ތި ހެނީ ކީއްވެ ތޯ އައިކާ އަހާލިއެވެ.”ކަލޭނޭ ދެންމެ ދޮންބެ އާ ނުކް އާ ދެމީހުން ރެސްޓޯރެންޓް ގަ ތިބެފަ ނުކް ފޯނުން އަހަރުންނަށް ދޮންބެ ދެއްކީމަ ދޮންބެ ރުޅި އައިސްގެން ނުކް މޫނަށް ފެން ޖެހީ.ދެން އިނގެ އެއްނު ނުކް އަަށް ބޮނޑި އެއް ލިބިއްޖެއްޔާ މީނަ ހޭނެ ކަން”ޒާރާ ލައިނީ މެންނަށް ވީ ގޮތް ކިޔާދިނެވެ.އެއާއި އެކު ލައިނީ އާއި އައިކާ އެކަކު އަނެކަކަށް ބަލައިލަމުން ދެފަރާތަށް ބޯހޫރާލިއެވެ.

 

“އޭއި މި ތަނުން ތަފާތު ކަމެއް ފާހަގަ ވޭތަ އެބަ”އައިކާ ބުނެލީ ލައިނީ އާއި ދިމާލަށް ށެވެ.އޭރު މިލާންމެން ތިބީ ސޯފާ މަތީގައި ކުޅި ގަނޑު ބަލާށެވެ.”އެން އޯ ޕީ އީ ނޮޕް”ލައިނީ ބުނެލީ މުޅި ސިޓިންރޫމް ސްކޭން ކޮށްލާހެން އެކި ދިމަ ދިމާލަން ލޯ ހިންގަމުން ނެވެ.”ރިއަލީ.ހަމަ ފާހަގަ އެއް ނުވޭ”އައިކާ ބުނެލީ ބުމަ އަރުވާލަމުން ނެވެ.” މަށަށް އިނގިއްޖެ އައިކާ ކިޔާ އެއްޗެއް”ކިޔާން ބުނެލީ ލައިނީ އަށް ލޮލުގެ އިޝާރާތުން ޒާރާ ދައްކާލާމުންނެވެ.”އޯހ ޒާ . ކޮން އިރަކު އައީ؟ހުވާ މި ބުނީ ނުބުނެ އައިމަ ކާން ދޭން ޖެހޭނެ”ލައިނީ އެކޭ ނަވްޔާ އެކޭ ތަފާތެއް ނެތެވެ.”އަަދި އެއްފަހަރު ދެންމެ ހެދިހެން ހަދާ ބަލަ”ޒާރާ ލައިނީ ތިރި ކޮށްލި އަތުގައި ހިފަމުން މައްޗަށް ނަގާލިއެވެ.”ބަލާ މީނދަ ޝަހާދަތް އިނގިއްޔާ ބޮޑުވާ އިނގިއްޔާ މީނީ ޒާ އާ ދިމާލަށް. ދެން އިން ތިން އިނގިލި މިއިނީ ލައި އާ ދިމާލަށް.ހައްހާ ލޮލް ލައި ޖެހޭނީ އެހެން ވީމަ ކާން ދޭން “ޒާރާ ހީލީ މޮޅު ކަމެއް ކޮށްލުމުން މީހަކު ހީލާނެ ފަދަ އަކުންނެވެ.

 

“އޭއި އެތެދެއް ލައި ޖެހޭނީ އެހެން ވީމަ ކާންދޭން”ރަޔާން ވެސް ޒާރާ އާ އެއްބައި ވުމުން ލައިނީ ތުން ހަދާލިއެވެ.”ހްމްމްމް އޯކޭ ކޭކޭ”ލައިނީ ބުނެލީ އިތުރު ގޮތެއް ނެތުމުންނެވެ.”އޯކޭ ސޯ އެވްރީވަން.މީޓް މައި ނިއު ބެސްޓް ފްރެންޑް އަލީކް”މިލާން އެންމެންގެ ސަމާލުކަން ހޯދާލަމުން އޭނާ އާއި ޖެހިގެން އިން ޒުވާނާ ދައްކާލިއެވެ.އެ އާއި އެކު އަލީކް އެންމެންނަށް ހިނިތުންވުމެއް ބައްދަލު ކޮށްލިއެވެ.

 

އަލީކް ގެ ހިނިތުންވުން ފެނިފައި އައިކާގެ ހިތަށް ބުނެދޭން ނޭނގޭ ގޮތްތަކެއް ވެގެން ދިޔަކަން އައިކާ އަމިއްލަ އަށް ވެސް އިނގުނެވެ.އައިކާ އާއި އަލީކްގެ ނަޒަރު ބައްދަލުވި ހިނދު އައިކާ އަށް ހީލެވުނީ ބޭއިޙްތިޔާރުގައި އެވެ.ނަމަވެސް ނުވާ ކަމަކަށް ހެދެމުން އައިކާ އިނީ އެއްވެސް މީހަކަށް އެކަން ފާހަގަ ވެދާނެތީ އެވެ.

 

“ސޯ މިއަދުގެ ހިނގާލަން ދިއުން މި ބަދަލުވީ މި ސައިކަލު ބުރަކަށް ދޯ “މިލާން ނަވްޔާމެންނާއި ދިމާލަށް ބަލައިލީ އެކަމުގައި އެމީހުުންގެ ހިޔާލެއް ވެސް ބޭނުންވެއޭ ބުނާފަދަ ގޮތަކަށް ށެވެ.ނަވްޔާ އާއި ލައިނީ އެކަކު އަނެކަކާއި ދިމާލަށް ބަލައިލަމުން ކޮނޑު އަރުވާލީ އެދެމީހުންނަކަށް ވެސް ނޭނގެއޭ ބުނެލާ ކަހަލަ ގޮތަކަށް ށެވެ.”ދެން މިހެން ތިބެންވީތަ ކަމެެއް ނުކޮށް”ރަޔާން ބުނެލީ ފޫހިވެގެން ދެފައި ސޯފާ ގެ މައްޗަށް ލަމުންނެވެ.”ނޫނޭ ސައިކަލު ބުރަކަށް ދަމާ”މިލާން އެހެން ބުނެލުމަށްފަހު ކޮއްޅަށް ތެދުވެ ޓީޝާޓު ރީތި ކޮށްލިއެވެ.މިލާން ނަވްޔާ ގާތު ދާން އެދުމުން ނަވްޔާ ވެސް ޒީވާ ގާތު ހުއްދަ އަށް އެދެން ޒީވާގެ ކޮޓަރި އަށް ދިޔައެވެ.ލައޮނީ އާއި ރަޔާން ދާން ބޭރަށް ނިކުތުމުން ކިޔާން އާއި ޒާރާ ގެ އިތުރުން އަލީކް އާއި އައިކާ އަށް އެކަކު އަނެކަކާއި ދިމާލަށް ބަލައިލެވުނީ ދެން ހަދާނީ ކިހިނެއްތޯ އަހާލާ ފަދައިންނެވެ.

 

“އޭއި.އެކަކު އަނެކަކާ ދިމާލަށް ބަލަބަލަ ތިބެންވީކީ ނޫން ސައުވީސް ގަޑިއިރު ވަންދެން.ދާންވީ ދެން ވެސް “މިލާން ބުނެލީ ނަވްޔާ ގެ އިންތިޒާރުގައި ހުރެ ގަޑި ބަލައިލަމުން ނެވެ.”ވަރެއްގެ ބައެއްނު.ކިޔާން ދޭ ޒާރާ ގޮވައިގެން.އަލީކް އޭ ކައެ ދާންވީ އައިކާ ގޮވައިގެން “އަލީކް އަށް ގޮވައިލަމުން މިލާން އަލީކްގެ ލޯ ކުރިމަތީގައި އަތް ހޫރާލިއެވެ.

ނުނިމޭ

Comments (3)

  1. NAUREEN

    Maasha allah mi part vx varah varah reethi. Next part kiyaalan libeyny Saturday dhw dhn. Inthizaaruga😉😉 hehe.

    KEEP IT UP BESTIE

  2. RIFSHA

    Thanks naureen.
    Ey naureenuu nooney Saturday ga eh noon.mi rey submit kohlaanan
    Iyye mi part vx submit kohleemey lahun kiyaalan libunas.faahrehga Saturday ga vx libidhaane kiyaalan or maybe Friday ga vx.dhen rifoo akah neynge

    Once again thank you naureen
    Jazakallah naureen

  3. Lily

    Mi part ves vrh rythi… Masha Allah.. Keep it up!
    BTW how old are you??😭

Comments are closed.