Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންމަޖާލޯބި

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(އެއްވަނަ ބައި)

Anonymous Level 4100 Login10 Stories100 Comments
March 11, 2024 4 Mins Read
4 Comments

“އައްސަލާމް ޢަލައިކުމް”ލައިގެން ހުރި ޔުނީފޯމް ރީތި ކޮށްލަމުން އައިކާ ސަލާމް ގޮވާލީ ގޭގެ ގޯތި ތެރެ އަަށް ވަންނަމުންނެވެ.”އައިކާ ޑާރލިންގް”ސަލާމް ބަލައިގަންނަމުން ގޭތެރެ އިން ނިކުން ކިޔާން ބޫޓަށް އަރާލަމުން ބުނެލި އެވެ.އޭޭރު ގޭ ގޯތި ތެރެ ކުނި ކަހަން ކައިރާ އޮތެވެ.”ކިޔާނޫ އެހެން ނުކިޔާށޭ”އައިކާ ބުނެލީ ތުން ހަދާލަމުންނެވެ.”ޑާރލިންގް އަށް އެހާ ލޯބިން ގޮވާލީމަ ވެސް އެ ކޮށްލީ ޝަކުވާ ވިއްޔާ”ކިޔާން ދެން ވެސް ހުއްޓާލާކަށް ނޫޅެއެވެ.”ހުވާ މި ބުނީ ދޮންތާ ބަލާބަ މި ކިޔާންގަނޑު “އައިކާ ބުނެލީ ކިއާރާ އާއި ދިމާލަށް ޝަކުވާގެ ރާގެއްގައި އެވެ.އެވަގުތުވީ ގޭތެރެއިން އަޔާން ނިކުން ވަގުތު ކަމުން އައިކާ އަޔާން އާއި ދިމާލަށް ބަލައިލަމުން ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ.”އެއްކަލަ ދެމީހުން ދޯ މީ”އަޔާން ވެސް އައި ގޮތަށް އައިސް ފުރަތަމަވެސް ކޮށްލީ ދިމަލެވެ.

 

“އޭ އައިކާ ހިނގާ ދާން ގަޑި ޖެހެނީ”ކިޔާން ބުނެލީ އަތުގައި އަޅާލައިފައި އޮތް ގަޑި އަށް ބަލައިލަމުންނެވެ.އައިކާ އާއި ކިޔާން ގެއިން ނިކުތީ ސްކޫލް ގަޑި ޖެހެން ދިހަ މިނެޓަށް ވެފައި ވުމުންނެވެ.ދެމީހުން ހިނގާފައި ދިޔަ އިރު ކިޔާން ދޭތެރޭ ދޭތެރެއިން އައިކާ އާއި ދިމާ ކޮށްލައެވެ.

 

އައިކާ މަންމަ އާއި ކިޔާންގެ މަންމަ އަކީ ދެބެން ކަމަށް ވިޔަސް ދެމީހުން ދިރި އުޅެނީ ދެ ރަށެއްގައި އެވެ.އައިކާ ކިޔާން މެން ގެ ރަށަށް ބަދަލުވީ މީގެ ހަފުތާއެއްހާ ދުވަސް ކުރިން ނެވެ.އެހެން ކަމުން އައިކާ އަށް ރަނގަޅަކަށް މަގު ތަކެއް ނޭނގެއެވެ.އެކަމުގެ ސަބަބުން ކިޔާން ދިޔައީ އައިކާ އާއި ހުއްޓާ ނުލާ ދިމާކުރަމުންނެވެ.

 

“އޭއި އިނގޭތަ ނުކީ އަންނާކަށްނު އެއުޅެނީ”ކިޔާން ބުނެލީ އޭނާ އަށް ލިބިފައިވާ ހަބަރެއްގެ ވާހަކަ އެވެ.”އަސްލު ތަ؟ނާޔާ ވެސް ނުބުނެ ތިހެންނެއް އެންމެން ބަދަލުވި އިރު ވެސް ނުކީ ބަދަލު ވެދާނެ ހެން ހާދަ ހީނުވެއޭ ދޯ “އައިކާ ވެސް ބުނެލީ ހައިރާން ކަމާއި އެކު އެވެ.”އޭނަ ނާންނާތީ އޭ ގްރޫޕް ހަމަ ނުވަނީ.އޭނަ އައުމުގެ ކުރިން ކުއްޖެއް ހޯދައިފިއްޔާ ގްރޫޕް ބައިބައި ވާނެ”ކިޔާން ބުނެލީ އެންމެން ވެސް އަބަދު ވެސް ދައްކާ ވާހަކަ އެވެ.”ވަރަށް ސަޅި ވާހަކަ އެއް ބުނަންތަ؟މިހާރު ލައި އެންޑް ރަޔާން އެއްނު.ދެން މިލާން އާ ނާޔާ އާ އެހެންނު”ކިޔާން ބުނެލާ ކޮންމެ ވާހަކަ އަކަށް ވެސް އައިކާ ދަޔައީ ހްމްމްމް އަޅުވަމުންނެވެ.”އެެހެންވީމަ ދެން ހުސްކޮށް މިތިބީ އަހަރުން ދެމީހުންނެއްނު.އެހެންވީމަ ގުޅެން ޖެހޭނީ ވެސް އަހަރުން ދެމީހުން”ކިޔާން ބުނެލީ ލާނެތް ފާޑަކަށް ހީލަމުންނެވެ.އެއީ އަބަދުގެ ވެސް އާދައެވެ.އައިކާ އާއި ދިމާ ކޮށްލުމަކީ ކިޔާން ވަރަށް ކުރާ ހިތުން ކުރާ ކަމެކެވެ.ނަމަވެސް އެއީ ހަމަ އެކަނި އެދެމީހުން ތިބޭ އިރުގައި އެވެ.”އައްޗީޑި ތި ކިޔާން އަކާ އެއް ނީންނާނަން.މި އުޅޭ އަޔާން ނޫނީ ރިޔާންމެން މީހަކާއި އިންނަން ޖެހުނަސް”އައިކާ ބުނެލީ ކިޔާން ބުނެލި ވާހަކަ އެއް ބުނެލީ މަޖަލަކަށް ކަން އިނގި ހުރެއެވެ.

 

ދެމީހުން ވާހަކައިގައި ހުރެ ސްކޫލް ހުންނަ މަގަށް އަޅާލިއިރު ބެލެނިވެރިންނާއި ކުދިންގެ ސަބަބުން ސްކޫލް މަގު ވަނީ ފުރި ބާރު ވެފައި އެވެ.އައު އަހަރަކަށް ވުމުން ކަމުގައި ވެސް ވެދާނެއެވެ.އައިކާ އާއި ކިޔާން ގޮސް މަޑު ކޮށްލީ ނަވްޔާ އާއި ލައިނީ ހުރި ދިމާލުގައި އެވެ.އޭރު ނަވްޔާގެ މަންމަ ޒީވާ އާއި ލައިނީ ގެ މަންމަ ލައިޝާ އާއި ދެމީހުން ވާހަކަ ދައްކަން ޖޯލިފަތި ތަކުގައި ތިއްބެވެ.”ލުކްސް ލައިކް އައި ގޮޓް އަ ނިއު ބެސްޓް ފްރެންޑް”ކިޔާން އިޝާރާތް ކުރީ ރަޔާން އާއި މިލާން އާއި ވާހަކަ ދައްކަން ހުރި ފިރިހެން ކުއްޖާ އަށް ށެވެ.ކިޔާން އެެހެން ބުނުމާއި އެކުހެން އައިކާ އާއި ނަވްޔާ ގެ އިތުރުން ލައިނީ އެކުއްޖާ ހުރި ދިމާލަށް ބަލައިލި އެވެ.

 

އިސްކޮޅުން ދިގު އެކުއްޖާގެ ހަން ގަނޑުގެ ކުލަ އައްޔެވެ.އެ ކުއްޖާގެ ކަޅުކަން ގަދަ އިސްތަށިގަނޑު ހުރީ ދެފަރާތުން ތުނި ކޮށްލާފައި އެވެ.އިސްތަށިގަނޑުގައި ފުނާ އަޅާލައިފައި ހުރީ ކިތަންމެހާ ވެސް ސްޓައިލިޝް ކޮށްށެވެ.ލައިގެން ހުރި ހުދުކުލައިގެ އަތް ދިގު ގަމީހާއި ކަޅު ކުލައިގެ ފަޓުލޫނުން ވެސް އެކުއްޖާގެ ފުރިހަމަކަން ދައްކައިދެއެވެ.

 

“އޭއި އައިކާ އަށް ރަނގަޅު ކުއްޖެއް އެ ލިބުނީ ކިޔާން ދެން އޮތީ ކިޔާން ޖީއެފް އެއް ހޯދުން”ނަވްޔާ ބުނެލީ އެ ފިރިހެން ކުއްޖާ އާއި ދިމާލަށް ބަލަހައްޓައިގެން ހުރި އައިކާ ދައްކާލަމުންނެވެ.”ތި ޖެހުނީ އައިކާގެ ހިތް އަތުލި މީހެއްގެ ގޮތް ބަލަން.ނޯ ވަން ކޭން ހާޓް ހާރ އިން މައި ވޮޗް “ކިޔާން ބުނެލީ ނު ގޮތަކަށް އެ ފިރިހެން ކުއްޖަ އާއި ދިމާލަށް ބަލައިލަމުން ނެވެ.އެއާއި އެކު ހެން ނަވްޔާ އާއި ލައިނީ ވެސް އެކަކު އަނެކަކާއި ދިމާލަށް ބަލައިލަމުން ހީލިއެވެ.

 

ބެލް އަޅައިލުމާއި އެކުހެން އައިކާ އަށް ހަމަހޭވެރިކަން ވި މީހެއްހެން ސްކޫލް ތެރެއަށް ލައިނީމެންނާއި އެކު ދާން ހިނގައިގަތެވެ.”އޭ އިނގޭތަ އަހަރުން ޓްވެލް ބީ.ކިޔާންްމެން ކޯޗެއް “ނަވްޔާ ބުނެލީ ނު ގޮތަކަށް މިލާން އަށް ބަލާލަމުންނެވެ.އޭރު މިލާން ވެސް ހުރީ ނަވްޔާ އާއި ދިމާލަށް ބަލަހައްޓައިގެން ކަމުން ދެމީހުންގެ ހަތަރު ކަޅި ބައްދަލުވިއެވެ.”އާމްްމް.ކިޔާންމެން ދޯ.ބާރަ އޭ”ކިޔާން ބުނެލީ ހަނދާން ކޮށްލާ ފަދަ އަކުންނެވެ.”ޕިސް ސަކަރާތެއްނު”ނަވްޔާ ބުނެލީ ފޫހި ގޮތަކަށް ށެވެ.އެހެން ނުވާންވީ ސަބަބެއް ނެތެވެ.ނަވްޔާ ބޭނުންވަނީ މިލާން އާއި އެއްކުލާހެއްގައި އުޅެން ވިއްޔާއެވެ.

 

ހަ މީހުން ވަކިވީ ދެ ބައި މީހުންގެ ކްލާސް ދެ ދިމާލެއްގައި އިނުމުންނެވެ.އައިކާ އާއި ނަވްޔާ ގެ އިތުރުން ލައިނީ ކްލާހަށް ވަދެފައި އެންމެ ފަހަތު ބަރީގައި ދަބަސް ބަހައްޓަމުން ބޭރަށް ނިކުމެލީ އެސެމްބްލީ އަށް ދިއުމަށްޓަކައި އެވެ.

 

ތަނަވަސް ބޮޑު ކޮޓަރިއެކެވެ.ކޮޓަރީގެ ހަތަރު ފާރުގައި ވެސް ލާފައި ވަނީ ހުދުކުލަ އެވެ.ހުރިހާ ފަރުނީޗަރުތައް ވެސް ހުދުކުލައިގައި ހުރި އިރު ބަލާލި ކޮންމެ ދިމާލަކުން ވެސް ފެންނަނީ ސާފު ތާހިރު ކަމެވެ.ކޮޓަރީގެ މެދުގައި ކިންގ ސައިޒުގެ އެނދެއް ހުރި އިރު އެނދުގެ ކަނާތް ފަރާތުގައި ހުރީ ސްޓަޑީ ޓޭބަލް އެވެ.އެނދުގެ ވާތް ފަރާތުގެ ފާަހަނަ އަށް ވަންނަ ދޮރު ހުއްޓެވެ.އެންދުގެ ކުރިމަތިގައި ދަމާލެވޭ ކަހަލަ ބޮޑު އަލަމާރި އެއް ހުއްޓެވެ.އަލަމާރީގައި ހަރު ކޮށްފައި ހުރި މީހެއްގެ އިސްކޮޅު ވަރުގެ ލޯގަނޑު ކުރި މަތީގައި ނަވްޔާ ހިނގާލަން ދާން ތައްޔާރުވާން ހުއްޓެވެ.

 

ލާފައި ހުރީ މަޑު މަޑު ޕީޗް ކުލައިގެ ކަކުލާ ހިސާބަށް އަރާ ހެދުމެކެވެ.އޭގެ މަތިން ހުދުކުލައިގެ ޝޯލެއް އަޅާފައި ހުރި އިރު އެތެރެއިން ލާފައި ހުރީ ހުދުކުލައިގެ ފަޓުލޫނު ފޮތީގެ ހަރުވާޅެކެވެ.އަޅާފައި ހުރި ޝޯލްގެ ތެރެއިން ނަވްޔާގެ ދޮން މޫނު ފެންނަނީ ސާދަ ފަނަރަވަނަ ވިލޭރޭގެ ހަނދު ފަދައިންނެވެ.އެހާ ވެސް ފުރިހަމަ އެވެ.

 

އެންމެ ފަހު ކަމަކަށް ނަވްޔާ ވަތްގަނޑު ކަހާލަމުން ސެންޓް ފުޅިއެއް ނަގާ ގަޔަށް ބުރުވާލުމާއި އެކުހެން މުޅި ކޮޓަރިތެރެއަށް އެވަސް ގަނޑު ފެތުރިގެން ދިޔައެވެ.ސެންޓް ފުޅި އަލަމާރި އަށް ލަމުން ނަވްޔާ އޭނާގެ ފޯނު ހިފައިގެން ބޭރަށް ނިކުން ވަގުތު ސޯފާގައި އޭނާ އަށް ފުރަގަސް ދީގެން އިން އަންހެންކުއްޖާ ފެނުނެވެ.އެކުއްޖާ ވެސް ފަހަތް ބަލާލީ ދޮރު ހުޅުވާލި އަޑު އިވިގެން ކަންނޭނގެ އެވެ.

 

“ޒާ.ކޮން އިރަކު އައީ.ނުވެސް ބުނެ.ހުރި ނުބައިކަން.ނާޔާ އަށް ހަދިޔާ ގެނައިން ދޯ”ނަވްޔާ އަށް އެކުއްޖާގެ މޫނު ފެނުމާއި އެކުހެން ބުނެލެވުނެވެ.”ނާޔާ ސާބަސް.ތިހާ ސުވާލު ގިނަ ކުރީމަ ހީވަނީ މި ތަނަށް ނުކީ ފާޅުވިހެން”ޒާރާ ނަވްޔާ އާއި ދިމާކޮށްލަމުން ސޯފާގައި އިތުރަށް ހަމަޖެހިލިއެވެ.”އިއްޔެ އައީ.މިކޮޅަށް އެއްކޮށް ބަދަލުވީ.ދޮންތަ ނުބުނޭތަ؟ގައިމު ދޮންތަ ކައިރީ ބުނިން.ހަދިޔާ ދޯ ނޭނގެ ގެނައިން ކަންނޭނގެ”ޒާރާ އަހާލީ އެއް ބުމަ އަރުވާލަމުން ނެވެ.ނަވްޔާ ވެސް ސޯފާ ގައި އިށީންނަމުން އާނއެކޭ ބުނެލިއެވެ.އެވަގުތުވީ ޒީވާ ވެސް ފޯނު ހިފައިގެން އޭނާގެ ކޮޓަރިން ނިކުން ވަގުތު ކަމުން ނަވްޔާ ޒީވާ އާއި ދިމާލަށް ބަލައިލަމުން ވާހަކަ ދައްކަން އަނގަ ހުޅުވާލާފައި ވެސް އަނގަ ލައްޕާލީ ޒީވާ ހުރީ މީހަކަށް ގުޅައިގެންކަން ނަގައިގަނެވުމުންނެވެ.

 

ސަލާމް ގޮވާލާމުން އައިކާމެން ގެއަށް ވަން ލައިނީ އަށް ޖޯލީގައި އޮތް އައިރާ އަޅައިގަތުމާއި އެކުހެން ހީލަމުން އައިކާ ކޮބާހޭ އަހާލިއެވެ.”އައިކާ އެބަ އުޅޭ ހިނގާލަން ދާންނޯ ކިޔާފަ ރީތި ވާން ވެގެން ކޮޓަރިގަ”އައިރާ ބުނެލީ އަތުގައި އޮތް ޗިޕްސް ދަޅުން ޗިޕްސް އެއް ކާލާމުންނެވެ.

 

ނުނިމޭ

ރަމަޟާން މުބާރަކް

ހުރިހާ ކިޔުންތެރީންނަށް ވެސް ރަމަޟާންމަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރަން

Share Article

Follow Me Written By

Anonymous

Level 4100 Login10 Stories100 Comments

Other Articles

Previous

މަގޭ މާއިލް އިއުލާން

Next

އަލްޙަމްދުލިﷲ

Next
March 11, 2024

އަލްޙަމްދުލިﷲ

Previews
March 11, 2024

މަގޭ މާއިލް އިއުލާން

4 Comments!

  1. NAUREEN says:
    March 11, 2024 at 6:12 pm

    maasha allah mi part vx varah varah reethi..😀 next part kiyaalan libeyny konirakun..

    NAUREEN ge faraathun rifoo ah vx Ramadan Mubarak
    LYSM MY DEAR RIFOO🥰🥰

  2. RIFSHA says:
    March 11, 2024 at 7:07 pm

    Thanks my dear nauuu.in sha Allah next part Tuesday ga kiyaalan libeyne.rifoo ninmaigen mi hury she dhuvahun eh dhuvahu vaahaka upload kuraa gothah.in sha Allah e gothah hurihaa part eh vx kiyaalan kiyuntherin ah libeyne

    Once again thank you naureen
    Jazakallah

    RIFOO ge faraathun vx NAUREEN ah vx Ramadan Mubarak ingey 💕💕💕💕

    Love you even more nauu💕💕💕💕💕💕

  3. Lily says:
    March 11, 2024 at 8:46 pm

    Furathama dhigu vaahaka aa balaafa hama vrh vrhhr reeethi.. Masha Allah.. Keep it up!
    Alhugandah heevanii thankolheh characters gina hen😭😭

  4. RIFSHA says:
    March 11, 2024 at 9:34 pm

    Thanks lily.💕💕
    Lily thi dhevvi hiyaalah vx varah bodah shukuriyya.and yes rifoo ah vx heevi thankolhei Gina hen character thah.ekamu eyru varah bodah vaahaka liyefa inyma dhen alhaanuli.rifoo ge bestie naureen vx rifoo gaathu buneli thihen hama.in sha Allah dhen liyaa vaahaka ehga mi henei nuvaane

    Once again thank you lily 😊
    Jazakallah
    Ramadan Mubarak

Comments are closed.



All Right Reserved!