Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
(ދެވަނަ ބައި ) ……..ނޫރަކީ ހިތުގެ ތީ މަގޭ
ހިތާމަލޯބި

ނޫރަކީ ހިތުގެ ތީ މަގޭ……. ( ދެވަނަ ބައި)

insha
insha Level 1
March 7, 2024 4 Mins Read
0 Comments

ދަބަހުގައި ބާރަށް ބައްދާލައިގެން ހުރެ ކައިރާ ހަލުވި ހިނގުމެއްގާ އައީ އިރުއޮށްސި މަގުތައް އަނދިރިވެފައި ވާތީއެވެ. ގެއަށް އައިސްވަން ކައިރާގެ ކަންފަތުގާ ޖެހުނީ އޭނާގެ ކޮޓްރިޔާ ޖެހިގެން ހުރި ކޮޓަރިން އެއްޗެހިތަކެއް ވެރުނު އަޑެވެ. ބިރުން މުޅި މީހާ ތުރުތުރު އަޅައިގަތެވެ. ގެއިން ނިކުންނާކަށް ކައިރާގެ ހިތެއް ނޭދުނެވެ. އެހެންކަމުން ފޮތަ ތަކާ ދަބަސް ފެންޑާގައި ބެހެއްޓުމަށް ފަހު އަތައް އިލޮށިފަތި ހެޔޮވަރު ކޮށްލިއެވެ. މަޑުމަޑުން ކޮޓަރިޔާ ދިމާލަށް ހިނގައިގަތެވެ. ކޮޓަރިދޮރު މަށްޗައް ވާގޮތައް ހުޓިލާ ފުންނޭވައެއް ލުމަށްފަހު ދޮރުހުޅުވާލިއެވެ. ހަމައެ ސިކުންތުގައި އިލޮށިފަތި މަޅާލިއެވެ.

” އަހްހްހް! އައްދިއްޔޯއި.” ބަރު އަޑަކުން ހަޅޭއްލަވައި ގަތެވެ. ކައިރާގެ ދެލޯ ބޮޑުވިއެވެ.” ވެއިޓް.. ނޯވޭ …….. ދޮންބެތަ.” އަތުގާ އޮތް އިލޮށިފަތި ދޫކޮއްލުމައްފަހު ކައިރާ އޭނާގެ ދޮންބެ ގައިގާ ބާރަށް ބައްދާލިއެވެ. ” ކައީ ކިހިނެއްތަ. ރަނގަޅުތަ،” ކިޔާން އަޑުގައިވީ ޖޯށާ ފޯރިއެއް ވެސް ސިއްރެއް ނުވިއެވެ.” ކައީ ރަނގަޅޭ، ދޮންބެ ކިހިނެއްތަ. ކިޔެވުން ނިމުނީތަ ތިއައީ، އަދި އަންގާވެސްނުލާ” ކައިރާ އެނާގެ ދޮންބެ އާއި ދުރުވެލަމުން އަހާލީ ޝައުގުވެރި ކަމާއެކުއެވެ.” އާންން. ނިމުނީދެން މި، ދެން ކައީ ގާތު ބުނި ނަމަ ސަޕްރައިޒަކައް ނުވާނެ އެއްނު”. ” ޔޭ! ދޮންބެ ދެން ހުންނާނީ މިކޮޅުގަ ދޯ” ކައިރާ ހުރީ އުފަލުން ފުރިފައެވެ.” ލައްބައޭ ލައްބައޭ ދޫނީ، ދެންކާން ހަދާދީބާ ދޮންބެ ވަރަށް ބަނޑުހައި” ބަނޑުގައި ފިރުމާލާފަ ކިޔާން ބުނެލިގޮތުން ކައިރާ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ.” ދެން ކިތައްމެ ބަނޑުހައި ވިޔަސް އިރަކޮޅަކައް މަޑު ކޮއްލާ، ނޫޑުލްސް ކޮޅެއްކައްކަން ޖެހޭނީ” ބަދިގެޔާ ދިމާލައް ކައިރާ ދިޔުމުން ކިޔާން މަޑުހިނގުމެއްގާ ގޮސް ބޭރު ޖޯލިފތީގައި އޮށޯއްވެލީ ވަރުބަލި ފިލުވާލުމުގެ ބޭނުމުގައެވެ. ފޯނު ހުޅުވާލާ ގެލެރީ އައް ވަދެވުމާއެކު ފެނިލި މޫނަކުން ލޮލުން ކަރުނަ ހިލާލިއެވެ.

” ދޮންބޭ! އާދޭ މިހުރީ ކެކިފަަ” ކައިރާގެ އަޑައް ސިއްސައިގެން ގޮސް ކިޔާން އަވަހަށް ދެލޯ ފުހެލާ ބަދިގެޔާއި ދިމާލަށް ހިނގައިގަތެވެ.” ކައީ ކިހިނެއް ތަ ކިޔެވުން”. ނޫޑޫލިސް ކޮޅެއް އަނގަޔައް ލަމުން ކިޔާން އެހީ އޭނާގެ ކޮއްކޮޔާއި ދިމާލަށް ވަރަށް ޝައުގުވެރި ކަމާއެކު ބަލަން އިނދެއެވެ. ” ރަނގަ… ޅު ،ރަނގަޅު” ކައިރާ އެނާގެ ދޮންބެޔަށް ސުކޫލުގައި ދިމާވާ ކަންތައް ސިއްރު ކުރީ ކީއްވެގެންކަން ހުދު ކައިރާއަށް ވެސް ނޭންގެއެވެ. ކައިރާޔާ ދިމާލައް ބަލަން އިން ކިޔާންއަށް އޭނާގެ ކޮއްކޮޔަށް އައި ބަދަލު ސިއްރުވެގެނެއް ނުދިޔައެވެ. އިތުރަށް އެވާހަކަ ކުރިޔަށް ނުގެންިޔައީ ކައިރާގެ މޫޑު ހަރާބު ކުރަން ބޭނުން ނުވާތީއެވެ. ނަމަވެސް ކިޔާން ހުރީ އެކަން ނުހޯދާ ދޫކޮއްލާ ގޮތަކައް ނޫނެވެ. ފަހުން އެވާހަކަ ދައްކަން ނިންމާ، ކިޔާން މައުޞޫ ބަދަލު ކޮއްލިއެވެ.” ހާދަ މީރޭ، ކައީ ވެސް ކުރިއަަރާ ލައިފިޔޭ ދޯ” ހިނިގަނޑެއް ޖަހާލަމުން ކިޔާން ބުނެލިއެވެ. ދޮންބެ ސުކޫލާއި ، ކިޔެވުމާ ބެހޭގޮތުން އިތުރު ސުވާލުތަކެއް ނުކުރިތީވެ ކައިރާ އިނީ ހިތްހަމަ ޖެހިިފައެވެ.” ދެން މަންމަ އައްވެސް އެހާ އުނދަގޫ ޖައްސާކައް ނުވާނެ އެއްނު، އެހެން ނޫނަސް މާމަ ބަލިކޮން އުޅޭތިވެ މަންމަ ގިނައިން އުޅެންޖެހެނީ ވެސް މާމަ ގޭގަ”. “އާން މާމަ ކައިިރިޔަށް ވަދެލާފަ މިއައީ، މަންމަ ވެސް އެބައިން މާމަ ކައިރީގަ. އާން އަދި ހަނދާން ނެތިފަ މިހުރީ، މަންމަ ބުނީ ކައީ ގާތު ބުނައްޗޯ މަންމަ ލަސް ވާނެއޭ ކައިގެން ނިދަން ވަންނާށޭ” އަތް ދޮވެލަމުން ކިޔާން ބުނެލިއެވެ. ” ނޫން. އެހެން ރޭ ރޭ ވެސް މަންމަ އައީމަ ކައީ ވަންނަނީ އެހެންމަ މިރޭ ވެސް މަންމަ އައީމަ ކައީ ވަންނާނީ” ކައިރާ ތަށިތަށް ދޮވެލާ މޭޒު ފޮހެލިއެވެ. ” ކައީ ދޭ! ދޮންބެ މިރޭ އިންނާނަން މަންމަ އަންނަންދެން ” ކިޔާން ބޭނުންވީ ކައިރާ ނިދަން ފޮނުވާށެވެ. ހެނދުނު އެހާ ކުރިން ހޭލައިގެން ދާން ޖެހޭ އިރު ރޭގނޑު ގިނައިރު ހޭލާ ބައިންދާކަށް ކިޔާންގެ ހިތެއް ނޭދެއެވެ.”އޯކޭ” ކައިރާ އިތުރު ޝަކުވާޔަކާއި ނުލައި ކޮޓަރިޔާ ދިމާލައް ހިނގައި ގަތީ ވަރުބަލިވެފައި ވާލެއް ބޮޑުކަމުންނެވެ.

*************************************

“ކޮބާ ޔައިލް، މިހާރު އެއޮށް ބެލްޖަަހަން 3 މިނެޓަށްވީ” މާއިން ކައިރީގައި ހުރި އަޒްލާންއާއި ދިމާލަށް ބަލައި ލަމުން ބުނެލީ އެހެން ނޫނީ ޔައިލްް ބެލް ޖެހުމުގެ 5 މިނެޓު ކުރިން ސުކޫލު ދޮށުގައި ހުންނާތީއެވެ. އާނމު ކޮށް މާއިންއާއި، އަޒްލާން ސުކޫލަށް އަންނަ އިރު ޔައިލް ހުންނާނީ ސުކޫލު ދޮށުގައި ކައިރާޔަށް އުނދަގޫ ކުރާންށެވެ. އެއީ އަބަދުވެސް ކަން ހިނގާގޮތެވެ. ނަމަވެސް މިއަދު މުޅިން ތަފާތެވެ.” އޭ ކައިރާއެއް ވެސް ނެތެއްނު، ޔަގީން ކޮންމެވެސް ކަމެއް އެބައުޅޭ” ހިނިގަނޑެއް ޖަހާލަމުން އަޒްލާން ބުނެލިއެވެ.” އޭ ތެދެއް ކައިރާއެއް ވެސް ނެތް” މާއިންއަށް ބަސް ފުރިހަމަ ކުރެވުނު ކަމެއް ނޭންގެއެވެ. ސުކޫލަށް ވަދުމަށް ޖަހާ ބެލްގެ އަޑުން މުޅި މާހައުލުގެ ހަމަހިމޭން ކަން ނަގާލިއެވެ. ކުދިންތައް ސުކޫލު ގޭޓާއި ދިމާލަށް ހިނގައި ގަތެވެ. ބައެއް ކުދިން ދުވެފައެވެ. މާއިން ދިމަދިމާލަށް ކަޅި އެއްލަމުން ދިޔައެވެ. އެނާގެ ހިތް އެދޭ ސޫރަ ދުށުމަށްށެވެ. ” އޭ ދެން ތިވަރަށް ނުހޯދާ، އެ ގޮލާ އަންނާނެ އެއްނު” އަޒްލާން ހީއްކުރީ މާއިން ހޯދަމުން ދިޔައީ ޔައިލް ކަމަށެވެ.

ގަޑިތައް ފާއިތުވެގެން ދިޔައިރު ޔައިލް ކީއްކުރަން ކައިރާ ވެސް ދައްކާނުލިއެވެ. ” އޭ ނިންމާފަ ދަމުން ވާނެ ޔައިލް މެން ގެޔަށް ވަދެ ވީ ކީއްތޯ ބަލައިލަން” އަޒްލާން ދައްކަމުންދިޔަ ވާހަކަޔާއި މެދު މާއިން އެއްޗެކޭ ނުބުނުުމުން އަޒްލާން އަށް މާއިން އާއި ދިމާލަށް ބަލައިލިއެވެ. ފުން ހިޔާލަކަށް ގެއްލިފައި އިން މާއިންއަށް އަޒްލާން ބަލާ ކަމެއް އިހުސާސުވެސް ނުކުރެވެއެވެ. އެއަށް ވުރެ މާއިންގެ ސިކުނޑީގައި ދައުރުވަމުން ދިޔަ ކަންތައްތައް މާގިންއެވެ.

*************************

” ވަޓް ދަ..” ސުކޫލު ގަޑިކައިރި ވަމުން ދާތިވެ، ދުވެފައި ދިޔަ ޔައިލް މީހެއްގެ ގައިގައި އަޅައިގަންފައި ވެއްޓުމުން ރުޅި މުުޅި މީހާ ރަތްވެގެންދިޔައެވެ. ވެއްޓުނީ ފެންގަނޑު ހިންދިފައި އޮތް ޗަކަގަނޑަކަށް ކަމުން ޔުނީފޯމު ހަޑިވުމާއެކު، ދެން ސުކޫލަށް ނުދެވޭނެކަން އިނގުމުން އިތުރަށް ރުޅިއައެވެ.

އަވަސް ހިނގުމެއްގައި ނުކުތް ކައިރާ ދުވެފައި އައި މީހެއްގެ ގައިގައި އަޅައިގަންފައި ވެއްޓުނެވެ. ވެއްޓުނު ގޮތުން އެމީހެއްގެ ގައި ދަށުވިއެވެ. ތަދުވެގެން ގޮސް އަނގައިން މަޑު އާހް އެއް ބޭރުވެގެން ދިޔައެވެ.

ޔައިލްއަށް ގައިދަށުގައި އޮތް މީހާ އަށް ބަލައިލެވުނީ ދެނެވެ. ” ކަލޭތަ! ކައިރާ ، މީނަޔާ ހެދި ދުނޔޭގަ އުޅެވޭކަށް ނެތޭ” ރުޅިއައިސް ރަތްވެފައި ހުރި ޔައިލް ދެންކޮއްލީ ކައިރާ ހިޔާލުވެސް ނުކޮއްލާ ކަމެކެވެ. އަތުގައި ހޭކިފައި ހުރި ޗަކަކޮޅު ކައިރާގެ މޫނުމަތީގައި ހާކާލުމަށްފަހު ތެދުވެ ގެޔާއި ދިމާލަށް ދުއްވައިގަތެވެ. ކައިރާ އޮތީ ހައިރާން ވެގެން ގޮސް ތެދުވާނެ ހިތް ވަރުވެސް ނެތިފައެވެ. ދެލޮލުން ކަރުނަތައް ފައިބައި ގަތުމާއި އެކު ތެދުވެ ގެޔާއި ދިމާލަށް ހިނގައި ގަތީ މީހަކަަށް އޭނާ އެގޮތައް ހުއްޓާ ފެންނަން ބޭނުން ނުވާތީއެވެ.

ގެޔަށް ދިޔައިރު ދޮންބެ ފެންނަން ނެތުމާއެކު އަވަސް އަވަހަށް ކޮޓަރިޔަށް ވަދެ ފާހަނައަށް ވަނެވެ. މާގަނޑު ދޮށުގައި ހުރި ކައިރާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ފެނާއި އެކުވަމުން ދިޔައެވެ. ހިތުގައި ޖެހި ގިސްލުމުގެ އަޑު ފާހަނެއިން ބޭރުވާ ވަރަށް ބާރުވިއެވެ.

********************

” އޭ ކީއްވެފަތަ ތި އިންނަނީ މިއަދު” އަޒްލާން މާއިންގެ ބުރަކަށިމަތީގައި އަޅުވާލިއެވެ. ” އާން… އޯތް ކީކޭ… ކިހިނެތް ވީ ” މާއިން ސިއްސައިގެން ދިޔަވަރުން އަޒްލާން ވެސް ހައިރާން ވެގެން ދިޔައެވެ. ” އަންމާވޭ، ކޮންހިޔާލެއްގަ، ކިހިނެތް ވީ”. ” ކަމެއްނުވޭ، ކީކޭތަ ތިކިޔަނީ” މާއިން މޫނުމަތީގެ ކުލަވަރު ބަދަލުކޮށް ލަމުން އަހާލީ މައުލޫ ބަދަލު ކޮށް ލުމުގެ ބޭނުމުގައެވެ. ” ނޫނޭވާ ސާބަސް، މި ކިޔަނީ ޔައިލް ކޮބާއިތޯ ބަލަންދާ ވާހަކަ، މިއަދު ނާންނާތީ”. ” އާން ވާނެ ދޯ ދާން” މާއިން އަވަސް އަވަހަށް ޖަވާބު ދިނުމަށް ފަހު ގަޑި ޖެހިފައި ވާތީވެ، ދަބަސް އަޅުވާލުމަށްފަހު ކުލާހުން ބޭރަށް ހިނގައިގަތެވެ.” އޭ ވެއިޓް، މަޑުކުރޭ މަށާއެއްކޮން ދާން” އަޒްލާން މާއިން އާއި އެއްވަރުކޮށްލިއެވެ………..

ނުނިމޭ.

Share Article

insha
Follow Me Written By

insha

Level 1

ITS INSHA HERE......!!! I LOVE READING STORYS MORE THAN I LOVE ANYTHING AND I LOVE TO WRITE STORYS TOO, I WANT PEOPLE TO READ MY STORYS AND REMEMBER THEM LIKE A MOVIE.... ✎ (❁ᴗ͈ˬᴗ͈) ༉‧♡*.✧.....................︶꒦꒷♡꒷꒦︶

Other Articles

Previous

ދީވާނާ ކޮއްލީ ތިޔަ ލޯބިންނޭ…._2

Next

މަގޭ މާއިލް 3

Next
March 8, 2024

މަގޭ މާއިލް 3

Previews
March 7, 2024

ދީވާނާ ކޮއްލީ ތިޔަ ލޯބިންނޭ…._2



All Right Reserved!