Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

……..ނޫރަކީ ހިތުގެ ތީ މަގޭ

insha
insha Level 1
March 6, 2024 3 Mins Read
2 Comments

ކޮޓަރިޔަށް ވަދެ ކައިރާ އެނދުމަށްޗައް ޖެހިގަތެވެ. ފެންވަރަން ވަންނާނެ ހިތްވަރުވެސް ކައިރާގެނެތެވެ. ކަރުނަތައް ފައިބަމުން ގޮސް ބާލިސް ތެންމާލީ ކުޑަވަގުތު ކޮޅެއްގެ ތެރޭގައެވެ. އެހެންއޮވެ ކައިރާޔަށް ނިދުނީ ކިހާއިރަކު ކަމެއްވެސް ނޭންގެއެވެ.                                                      ” ކައިރާ! މި ދޮރު ހުޅުވަބަލަ. ކީއްތަ ތިކުރަނީ، މިހާރު އެޔޮށް ހަތަރުގަޑި ބައިވީ ވިއްޔަ! ތީ އެކެއްޖެހި އިރު ވަދުނު މީހާ” ފަތީނާ ހުރީ ހިތްހަމަ ނުޖެހިފައެވެ. މިއަދުމީ ކައިރާގެ ކޮޓަރީގެ ތަންމަތި ދޮންނަ ދުވަހައްވެފައި އަދިވެސް ކައިރާ އެއްޗެހި ދޮންނަން ނާޅާހުރީމައެވެ. ކައިރާޔަށް ސިއްސައިގެން ގޮސް ހޭލެވުނީ  މަންމަ ގޮވާތާ އިރުކޮޅެއްވީ ފަހުންނެވެ.” ލައްބަ މަންމާ. ސޮރީޔޭ ، ނިދުނީ.” ކައިރާ އަވަހައް ގޮސް ދޮރު ހުޅުވާލީ މަންމަ މިހާރު ހުންނާނީ ރުޅި އައިއްސަކަން އިނގޭތީއެވެ. “ކައިރާ އަދިވެސް ފެންނުވަރާ! އެކަމަކުވާ ދެން ސާބަސް ، ތި ގޮސް ފެންވަރައިގެން ބެޑްޝީޓުތައް ދޮންނަންއަޅާ، މަންމަ މިދަނީ މާމަ ގޭދޮޮށަށް މާމަ ވަރަށް ބަލިކޮން އުޅޭތީވެ، އެހެންވީމަ މިރޭ ލަސްވެދާނެ ނޫޑުލިސް އުރައެއް ކައްކާލައިގެން ކާލާ އިނގޭ” ފަތީނާ އެއްފަށްޗަކަށް ހުރިހާއެއްޗެއް އަމުނާލާފަ ބާރުހިނގުމެއްގާ ނުކުމެގެން ދިޔައީ ކައިރާޔަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުދީއެވެ. މަންމަ ދިޔުމާއެކު ކައިރާ ކޮޓަރިޔަށްވަދެ ފެންވަރާލައިގެން ނުކުމެ އަވަހަށް ބެޑްޝީޓުތައް ދޮންނަން އަޅާލިއެވެ. މެންދުރު ނުކައި ހުރުމުން ބަނޑުހައިކަން އިހުސާސް ވާތީ މިސްރާބު ޖެހީ ބަދިގެޔައްށެވެ. ސައިތައްޓެއް ގިރާލައިގެން ގޮސް މޭޒޫދޮށުގައި ޖެއްސީ ލޮނުބިސްކޯދު އުރައެއް ހިފައިގެންނެވެ. ގަޑިޔަށް ބަލާލެވުނީ ސައި ބޮއެ ނިންމާލައިގެން ޖޮލީގައި ޖައްސާލިތަނުންނެވެ. އެޔާއެކު ދެލޯބޮޑުވެގެން ދިޔައީ ގަޑިން ފަސްގަޑި ދިހައެއް ހިނގާފަ ހުރިތަންް ފެނުމުންނެވެ. ފަސްގަޑި ފަނަރާގައި ކައިރާގެ ޓިޔުޝަން ކުލާސް އިންނާނެއެވެ. މެޝިނު ހުއްޓިފައި ހުރުމުން އަވަހަށް އެއްޗެހިތައް ހިއްކަން އަޅުވާލިމަށްފަހު. ދަބަސް ހިފައިގެން ބާރުހިންގުމެއްގާ ޓިޔުޝަނާދިމާލަށް ހިނގައިގަތެވެ.

**********************************

“އޭ ބްރޯ ، ކޮބާ ކުޅެން ނުދަނީތަ މިއަދު. މަ މިނުކުންނަނީ މާއިން ބަލާ ، ދަންޔާބުނޭ އޭރަށް ދާނަން ބަލާ” އަޒްލާން ގުޅައިގެން ހުރީ ޔައިލްއައްށެވެ. “މިހަމަ ނުކުންނަނީ، އާދޭ” ބޫޓަށް އަރަމުން ޔައިލް ބުނެލިއެވެ. އަޒްލާން ހޫންޖެކޭ ބުނެ ފޯނުކަނޑާލިއެވެ. އިރުކޮޅެއްނުވެ މަގުން އަޒްލާންއާ މާއިން ދައްކާލިއެވެ. އަތްހޫރުވާލަމުން ޔައިލްވެސް ބައިސްކަލައް އަރާ އެމީހުންނާ އެއްވަރުކޮއްލާ ، އެންމެން އެކުގާ ރަށުގެ ފުޓްސަލް ދަނޑާ ދިމާލައް މިސްރާބުޖެހިއެވެ.                                                ފޯރިޔާއެކު ކުޅެމުން ދިޔަ މެޗު ނިންމާލީ ބަންގީގެ އަޑަށްށެވެ. ޔައިލްމެން ގެޔާ އަޒްލާންއާއި މާއިންމެންގެ ގެ ހުންނަނީ ދެ ދިމާލެއްގަ ކަމުން ޔައިލް ގެޔަށް އަންނަން ޖެހެނީ އެކަންޔެވެ. ގެޔަށް އައިސް ވަންއިރު މަންމަ ލަސްވެގެން ގޭ ދޮރުމަތީގައި ހުއްޓެވެ. ޔައިލްއަށް ހިންދިރުވާލެވުނީ މަންމަގެ ލެކްޗަރު މިރޭ އަޑުއަހަން ޖެހޭނެކަން އިނގޭތީއެވެ.” ޔައިލް! ކިތައްފަހަރު މަންމަ ބުނަނީ އިރުއޮއްސުމުގެ ކުރިން ގެޔައް އައްނަންޖެހޭނެޔޭ ، ދެން ތިހެން ހަދަންޔާ ކުޅޭކަށް ނުފޮނުވާނަން !”. ” ނޫން! ސޮރީ މަންމާ. ދެން އަންނާނަން އިރުއޮއްސުމުގެ ކުރިން” ޔައިލް އަވަސް އަވަހަށް ބުނެލިއެވެ.” ހުމް. ދެން ދޭ ފެންވަރަން އަވަހަށް، ނަމާދުވަގުތު ފާއިތުވުމުގެ ކުރިން ނަމާދު ކުރާތި!”. ރައުނާ ޔައިލްގެ ބޮލުގާ ފިރުމާލުމަށް ފަހު ބުނެލީ ލޯބިން ފުރިފައި ހުރެއެވެ. ޔައިލް އަކީ އޭނާއާއި އެނާގެ ފިރިމީހާ ނާޝިދުގެ ހުރި ހަމައެކަނި ދަރިފުޅުކަމުން އެދެމަފިރިން އަމިއްލަ ނަފްސަށްވުރެ ބޮޑަށް ޔައިލްދެކެ ލޯބިވެއެވެ.

*************************************

ދަބަހުގައި ބާރަށް ބައްދާލައިގެން ހުރެ ކައިރާ ހަލުވި ހިނގުމެއްގާ އައީ އިރުއޮށްސި މަގުތައް އަނދިރިވެފައި ވާތީއެވެ. ގެއަށް އައިސްވަން ކައިރާގެ ކަންފަތުގާ ޖެހުނީ އޭނާގެ ކޮޓްރިޔާ ޖެހިގެން ހުރި ކޮޓަރިން އެއްޗެހިތަކެއް ވެރުނު އަޑެވެ. ބިރުން މުޅި މީހާ ތުރުތުރު އަޅައިގަތެވެ. ގެއިން ނިކުންނާކަށް ކައިރާގެ ހިތެއް ނޭދުނެވެ. އެހެންކަމުން ފޮތަ ތަކާ ދަބަސް ފެންޑާގައި ބެހެއްޓުމަށް ފަހު އަތައް އިލޮށިފަތި ހެޔޮވަރު ކޮށްލިއެވެ. މަޑުމަޑުން ކޮޓަރިޔާ ދިމާލަށް ހިނގައިގަތެވެ. ކޮޓަރިދޮރު މަށްޗައް ވާގޮތައް ހުޓިލާ ފުންނޭވައެއް ލުމަށްފަހު ދޮރުހުޅުވާލިއެވެ. ހަމައެ ސިކުންތުގައި އިލޮށިފަތި މަޅާލިއެވެ. ” އަހްހްހް! އައްދިއްޔޯއި.” ބަރު އަޑެއްގެ ވެރިޔަކު ހަޅޭއްލަވައި ގަތެވެ. ކައިރާގެ ދެލޯ ބޮޑުވިއެވެ.” ވެއިޓް.. ނޯވޭ ……..

***********************************

“ޔައިލް… ދަރިފުޅާ ޔައިލް އާދޭ ކަން ” ދޮރުގައި ޓަކިޖަހަމުން ރައުނާ ގޮވާލިއެވެ.” ލައްބަ މަންމާ. ވެއިޓް މި ނުކުންނަނީ، މަންމަ ދޭ ކާންފަށަން” ކުޅެން އިން ގޭމު ނިންމާލާފަ ދާން އިން ޔައިލް ސިހުނީ ބައްޕަގެ އަޑު އިވުމުންނެވެ. އަވަހަށް ނުކުމެ މޭޒު ދޮށުގައި އިށީންދުނީ ބައްޕަޔަކީ ވަރަށް ޕަންޗުއަލް މީހަކަށް ވާތީއެވެ. ” މަންމާ ހާދަ މީރުވަސް ދުވަޔޭއެބަ. “. “ޔައިލް އައް މީރުއެއްޗެއް ހަދަންވެގެން ޓްރައި ކޮއްފަ ތިހުރީ” ރައުނާ ހިނިތުން ވުމާއެކު ޔައިލްގެ ތައްޓަށް ޕާސްތާ އަޅަމުން ބުނެލިއެވެ. ނާޝިދުވެސް ރައުނާގެ ކެއްކުމަށް ތައުރީފު ކޮއްލިއެވެ. އުމުރުން 45 އަހަރު ވިޔަސް ރައުނާޔާ ނާޝިދުގެ ލޯތްބަކީ ވަރުގަަދަ ލޯތްބެކެވެ. ތާޒާ ލޯތްބެކެވެ. އެހެން ކަމުން ޔައިލް މެން އުޅެމުން އަންނަނީ ވަރަށް އުފާވެރި ދިރިއުޅުމެކެވެ.

ކައި ނިންމާލުމަށް ފަހު ޔައިލް ކޮޓަރިޔައް ވަދުނީ ނިދި އައިއްސަ ހުރުމުންނެވެ. އެއްޗެހި ބަދަލުކޮށްލައިގެން އޮށޯއްވަތީ ފޯނު ހިފައިގެންނެވެ. ސުކޫލުގެ ފޭސްބުކް ވެބްސައިޓައް ވަދެ ހާވާލީ ވަކިއެއްޗެއް ހޯދުމުގެ ބޭނުމަކުނޫނެވެ. ޔައިލްމެންގެ ކުލާސް ކަމަށްވާ ގުރޭޑު 9 އެއްގެ ފޮޓޯތައް ބަލަމުން ދަނިކޮށް ޔައިލްގެ ކަޅި ހުއްޓުނީ ކައިރާގެ ފޮޓޮޔަކަށްށެވެ. އެޔާއެކު ޔަަައިލްގެ މުޅި މޫޑު ކަޓައިގެން ދިޔައެވެ. ފޯނު ނިއްވާލުމަށް ފަހު އޭސީގެ ފިނި ބާރު ކޮއްލާ އެނދުގައި ހަމަޖެހިލީ ނިދުމުގެ ބޭނުމުގައެވެ. ވަރުބަލި ވެފައި ހުރުމުން އުނދަގުލަކާ ނުލާ ޔައިލް އަށް ނިދުނެވެ.

ނުނިމޭ

Share Article

insha
Follow Me Written By

insha

Level 1

ITS INSHA HERE......!!! I LOVE READING STORYS MORE THAN I LOVE ANYTHING AND I LOVE TO WRITE STORYS TOO, I WANT PEOPLE TO READ MY STORYS AND REMEMBER THEM LIKE A MOVIE.... ✎ (❁ᴗ͈ˬᴗ͈) ༉‧♡*.✧.....................︶꒦꒷♡꒷꒦︶

Other Articles

Previous

……..ނޫރަކީ ހިތުގެ ތީ މަގޭ

Next

ރިވާ ލޭކް، 5

Next
March 7, 2024

ރިވާ ލޭކް، 5

Previews
March 5, 2024

……..ނޫރަކީ ހިތުގެ ތީ މަގޭ

2 Comments!

  1. Lily says:
    March 10, 2024 at 9:17 pm

    Heyy insha!
    This story is amazing… Masha Allah.. Keep it up dearr.. You can do it; you’ve got such a good talent for writing.. Masha Allah
    Waiting for the next part <33

  2. insha insha says:
    March 18, 2024 at 4:32 pm

    thank you so so much Lily

Comments are closed.



All Right Reserved!