ދުވެފައި ސުކޫލުން ނުކުތް އަންހެން ކުއްޖާޔާ ދިމާލައް ބަލަން ހުރި ޔައިލްގެ މޫނުމަތީގާވީ ނުލަފާ ހިނިތުންވުމެކެވެ.”ހެހެހެ ޔައިލް. މަށައް ހީވަނީ ތިހެން އުޅެމުން ކައިރާޔާ ކަންނޭންގެ ޔައިލް އިންނާނީ. ދޯ މާއިން” ކައިރީގައި ހުރި މާއިންގެ ކޮނޑަށް އަތް ވައްޓާލަމުން އަޒްލާން ސަމާސާގޮތަކައް ބުނެލިއެވެ.” އަތްޗިިޑި އިންނާނެ މީހަކު ނުވިޔަސް އޭނަޔަކާ މަށެއް ނީންނާނަން” ޔައިލް ކޮނޑުގާ ދަބަސް އަޅުވާލަމުން ބުނެލީ ޔަގީން ކަމާއެކުއެވެ.
******************************************************************** “މަންމާ. ކީއްވެތަ މަށައް މިހެން ދިމާވާންވީ. އަހަރެން ނޫނަސް ސުކޫލުގާ އެހެން ކުދިންވެސް އުޅޭ. ހަމައެކަނި އަހަންނާ ފޮށެނީ ކީއްވެތަ.” ގިސްލަމުން ކައިރާ އޭނާގެ މަންމަގާތު އަބަދުވެސް އޭނާ ދައްކާ ވާހަކަ ތަކުރާރު ކުރިއެވެ. “އަޅާނުލާބަލަ ދަރިފުޅާ. އަޅާނުލީމަ އެމީހުންވެސް ހުއްޓާލާނެއޭ!.” ޖޯލިފަތީގައި ހަނޑޫހޮވަން އިން ކައިރާގެ މަންމަ ފަތީނާ އަޑައް ބާރުލާފާ ބުނެލީ ކައިރާގެ ހިތް ރޮއްވާލަމުންނެވެ. މަންމަ އަޅާނުލާނެކަން އިނގުމުން ކައިރާ ކޮޓަރިޔާ ދިމާލައް ހިނގައިގަތީ ދުވަހަކުވެސް ޔައިލްއައް މާފު ނުދޭން ނިންމައިގެންނެވެ. ތަގުދީރުގައި ވާން އޮތީ ކިހިނެއް ކަމެއް އެކަކައްވެސް ނޭންގެއެވެ.
*********************************************************************
ޔައިލްއާއި ކައިރާގެ ގުޅުމައް ވާނީ ކިހިނެއް ބާއެވެ؟ ދެމީހުންގެ ނަފްރަތުގެ ހުޅުގަނޑުވާނީ ބޮޑުބާ؟ އެކުވެރިންނައް ވާނެބާއެވެ؟ ނޫނީ އެއައްވުރެ ގުޅުން ވަރުގަދަ ވާނީބާއެވެ؟ ޔައިލްއާއި ކައިރާގެ ދިރިއުޅުމަށް އަންނާނީ ކޮންކަހަލަ ތޫފާނެއްބާ؟ ސުވާލުތަކުގެ ޖަވާބަށްޓަކާ ވާހަކައިގެ ކުރިޔައް ހުރި ބައިތައް ކިޔާލައްވާ.
*********************************************************************
އައްސަލާމުޢަލއިކުމް. މިއީ އަޅުގަނޑު މި ވެބްސައިޓައް ލިޔާ ފުރަތަމަ ވާހަކަ ކަމުން އެއްވެސް މައްސަލައެއް ލިޔިމުގައި ވާނަމަ އަޅުގަނޑާ ހިއްސާކުރެއްވުމަށް އަޅުގަނޑު އެދެމެވެ. އަދި މި ވާހަކަ ކިޔުންތެރިންނަށް ރީތި ވާނެ ކަމައް އުއްމީދު ކުރަމެވެ.
