Skip to content
އެސްފިޔަ

ބިކަހާލުގައި ވީމެވެ.

އައުޅެން

ބިކަހާލުގައި ވީމެވެ.

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

ޒުވާންކަމުގު އަގުބޮޑު ނިޢުމަތް ބީވެއްޖެއެވެ.

ޢިއްފަތްތެރިކަމުގެ ޝަރަފް ނެތިހިގައްޖެއެވެ.

ހިތުގައިވާ އީމާންކަމަށް ގުޑުން އަރައިފިއެވެ.

މައިންބަފައިންގެ އުއްމީދުތައްފުޑުފުޑު ވެއްޖެއެވެ.

ދުނިޔޭގެ ދިރިއުޅުންމަތިން ފޫހިވެއްޖެއެވެ.

ލިބިފައިވާ އިޚްތިޔާރުގެ ބޭނުމެއް ނުކުރެވުނެވެ.

މައިންބަފައިންގެ ނަސޭހަތް ހަނދާން ނެތުނެވެ.

މަދަރުސާއިން ލިބުނު ފިލާވަޅުތައް އޮޔާ ދިޔައެވެ.

އަވާމެންދުރެއްގެ ފަހަތުން ދުވެވުނީއެވެ.

އެއީ ހަޤީޤަތެއް ނޫންކަން ވިސްނުނީ މާފަހުންނެވެ.

ހިތުންނުފިލާވަރުގެ ހަދިޔާއަކާއެކު މަގުމަތިވިއެވެ.

އެންމެންގެ ތުންފުއްސަކަށްވެ ނިމުނެވެ.

ފައިސާފޮއްޗަކަށް އެދި ނާށިގަޑު ދިއްކުރަންޖެހުނެވެ.

ﷲގެ ތަނަވަސް ރަޙުމަތް ލިބުނީ ގޮތްހުސްވެފައިވަނިކޮށެވެ.

ގަދަވަޔާއެކުވާރޭ ވެހޭތީ އަސްކަންޏެއްގެ ހިޔާހޯދީމެވެ.

އެގޭގެވެރިމީހާގެ ޙިމާޔަތުގެ ސަބަބުން ތެދުމަގު ފެނުނެވެ.

އަވަހަށް ތައުބާވެ ﷲއަށް ބިރުވެތި ވެގެން އުޅެން ފެށީމެވެ.