Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީއެހެނިހެން

މަގޭ މަންމައާއިބައްޕަ

ismail ali Level 1
February 26, 2024 One Min Read
0 Comments

މަގޭ މަންމައާއިބައްޕަ

އިސްމާޢީލް ޢަލީ ކަނދޮޅުދޫ.

އަހަރެން މަންމައާއި ބައްޕަ ދެކެ ލޯބިވަމެވެ.އެދެމީހުންނަކީ އަހަރެންގެ ޙަޔާތުގެ އެންމެ މުހިއްމު ދެމީހުންނެވެ. އެދެމީހުން އަހަރެންނަށް އަޅައިލީ އަހަރެން ނިކަމެތި ޙާލުގައި ވަނިކޮށެވެ. އަހަރެންނަށް އެނގުމެއް ނުވާ ހާލު އެދެމީހުން އަހަރެން ސާފުތާހިރުކޮށްދީ ހެދީ އެއްވެސް ފަކުރުވެރި ކަމަކާއި ނުލައެވެ.ފޫހިކަމެއް ވަރުބަލިކަމެއްނެތިއެވެ.

އަހަރެންގެ މަންމަގެ ބަނޑުގައި އެތަކެއް ދުވަހު އަހަރެން ގެންގުޅުނެވެ. އެދުވަސްވަރު މަންމައަށް އެތަކެއް ވޭން ތަޙައްމަލު ކުރަން ޖެހުނެވެ.ބައްޕައަށް ބަލިވެ އިންނަން ނުޖެހުނު ނަމަވެސް ރަހިމުން ރައްކާތެރިކޮށްދެއެވެ.ބައްޕައަކީ މާބަނޑު ދުވަސްވަރުގެ ބަލިތައް ޖެހިފައިވާ މީހެއް ނޫން ނަމަވެސް މަންމަ ބޭނުންވާ ވަގުތުތަކުގައި އެކުވެރިވެ، އަޅާލާ، ހެދި މީހެކެވެ..

އަހަރެން ދުނިޔެއަށް އުފަން ކުރުމަށްޓކައި މަންމަ މަރާ ހަނގުރާމަ ކުރިއެވެ.ބައްޕައަށް ވިހެވޭ ގޮތެއް ނުވި ނަމަވެސް މަންމަގެ އަތުގައި ހިފަހައްޓައިގެން ހިތްވަރު ދިނުމަށްފަހު އެތާ އޮށޯވެލައިގެން އިންތިޒާރު ކުރަނީ ހާސްކަމާއި ނިދި ނެތިއެވެ. ބައްޕަ މަޑުމަޑުން ކަންބޮޑުވެ އޭނާގެ އަންހެނުންނާއި ދަރިފުޅުގެ ފުރާނައަށްޓަކައި ދުޢާކުރެއެވެ.

އަހަރެންނަށް ކުޑައިރު ކިރުދީހެދީ މަންމައެވެ.ކިރިޔާ ކުކުރާލާއިރަށްވެސް ދަންވަރުގެ ވަގުތު ނަމަވެސް ގާތުން ކިރުބޯންދީގެން އަހަރެން ބަލާ ބޮޑުކުރީ ބޮޑު އަމާނާތެއްކަން ދަނެގެނެވެ.ބައްޕަގާތުން ކިރު ނުދޭ ނަމަވެސް މަންމައަށް ނުކެރޭނަމަ ކާން އެހީތެރިވެދޭއިރު އޭނާއަކީ “ނޭވާ” މަރާމާތު ކުރުމުގެ މާހިރެކެވެ.ބައްޕަ ޢާއިލާއަށް  ބޭނުންވާ އާމްދަނީ ހޯދުމަށްޓަކައި ބޮޑުފަތިހާއި ގެއިން ނުކުމެއެވެ.ބައްޕައަކީ މަސްވެރިއެކެވެ.ގަދަ ކަނޑާއި ވެހޭހައިވާރެއާއި ދޭހައި އަތްވެއްގައި ލޯބޯ ފިއްސައިގެން އަހަރެމެންގެ ބަނޑުފުރާނަ މުއްތިކުރުމަށްޓަކައި މަސައްކަތް ކުރަމުންދާއިރު މަންމަ ގޭތރޭގެ ހުރިހާކަމެއް ކުރަމުންދަނީ ވަރުބަލިކަމެއް ނެތިއެވެ.ކޮންމެ ދުވަހަކުވެސް މަންމަ ބައްޕަ މަހަށް ގެންދާން މަސްރޮށްޓާއި ބޯރޮށި ފިހެދޭނެއެވެ.ބައްޕަމަހުން ލަފާއިގެން އަންނަ ވަގުތަކަށް އަހަރެން އިންތިޒާރު ކުރަމެވެ. މަހުގެ ދޮންބިހާއި ލަގޮނޑި އަކީ އަހަރެންނަށް އެންމެ މީރު އެއްޗިއްސެވެ.

މަންމައަށް އެހީވުމުގެގޮތުން ބައްޕަވެސް އަހަރެން ފެންވަރުވާ ގެންގުޅެ، ކާންދީ، އަދި ޑައިޕަރ ވެސް ބަދަލުކުރެއެވެ.މަންމައާއި ބައްޕައާއި ދެމީހުންވެސް އަހަރެންދެކެ ވަރަށް ލޯބިވެއެވެ. ދެމީހުން އެކުގައި ދަރިންގެ ޒިންމާ އުފުލުމުގެ ނަތިޖާއަކީ ރަގަޅު ތަރުބިއްޔަތެއް ލިބިފައިވާ މައިންބަފައިންނަށް އަޅާލާ މައިންބަފއިންނަށްޓަކައި ފުރާނައިން ޤުރްބާންވާންކެރޭ ދަރިޔަކު އުފެދިގެން ދިއުމެވެ.

Share Article

Follow Me Written By

ismail ali

Level 1

Other Articles

Previous

ލޯބި ނުލިބުނަސް-2

Next

ކުށަކީ ކޮބާ – 4

Next
February 26, 2024

ކުށަކީ ކޮބާ – 4

Previews
February 26, 2024

ލޯބި ނުލިބުނަސް-2



All Right Reserved!