ލޯބި ނުލިބުނަސް-2
ބައްޕަ ނެތުމުގެ ފަޅު ކަމެއް އިހުސާސެއް ނުވި
އެވެ. ސަބަބަކީ އައިރާ އަށް ލިބިފައިވާ ޖަވާހިރެއްފަދަ މަންމަ އެވެ. ބައްޕަ އަކު
ކޮއްދޭންޖެހޭނެ ހުރިހާ ކަމެއް މަންމަ ކޮއްދިނީ ނުލާހިކު ރަނގަޅަށެވެ.އެހާމެ
ފުރިހަމަކޮށެވެ.
******
ގަޑިން ހަތަރެއް ޖެހީއެވެ. ފެންވަރާލަައިގެން ނުކުމެ އައިރާ އައިސް
ރީތިވާ މޭޒުދޮށުގައި އިށީނެވެ. އައިރާ އާއި އައިރާގެ އެކުވެރިން ވަނީ ހަތަރު ގަޑި ބަޔަށް ދިމާވާން ރާވާފައެވެ. ގަޑި އަށް ބަލައިލުމަށްފަހު އައިރާ އަވަސްވެގަތީ ރީތިވާށެވެ.މޫނުގައި ފުށް ކޮޅެއް ޖަހާލުމަށްފަހު , ތުންފަތުގައި ލިޕްސްޓިކު ޖައްސާލައިފައި , ޝޯލް އަޅާ ނިންމާލި އެވެ. އައިރާ އަކީ އެއްއިރެއްގައިވެސް މާ
ގަދަޔަށް މޭކަޕް ކުރުމަށް ލޯބި ކުރާ ކުއްޖެއް ނޫނެވެ. އޭނާ ގަބޫލުކުރާގޮތުގައި
މޭކަޕަކީ , މީހާގެ ސިފަ މުޅިން ބަދަލުކޮއްލާ
އެއްޗެކެވެ. ރީތިވެ ނިމުމަށްފަހު ލޯގަނޑުން
ފަރިބަލާލައިފައި ސެންޓު ކޮޅެއް ޖަހާލިއެވެ. އެއަށްފަހު ބޫޓަށް އަރާލުމަށްފަހު މަންމަ ގާތު ދަނީ އޭ
ބުނެލިއެވެ.
ހަވީރުގެ ހިތްގައިމު ވަގުތެވެ. އައިރާ ރައިޝާމެން ގެޔަށް ދިޔައިރު މަލީޝާ އާއި ރައިޝާ ހުރީ އައިރާގެ އިންތިޒާރުގައެވެ.
ތިން ކުދިން އެއްވުމާއެކެ ހިނގައިގަތީ ތުނޑި އަށް ދިއުމަށެވެ.
ދިޔަވަރު ހިކި ދުވަސްވަރެއްކަމުން ހިކިފައި
އޮތް ސަރަހައްދަށް އެރުނެވެ. މާ ގިނައިރެއްނުވެ ރައިޝާ ރައްޓެހިވެގެން އުޅޭ ނޫމާންވެސް އައިސްފިއެވެ.
‘ ހޭ ނޫމާން ރައި ގެ ފޮޓޯކޮޅެއް ނަގާދީބަ’.
އަބަދުވެސް ފޮޓޯ ނެގުމަށް ލޯބިކުރާ ރައިޝާ ބުނެލިއެވެ.
‘ ބަލަ ރައި ވެޑިން ޑޭ ގަ އަނެއްކާ އެސޮރު
ނުބަހައްޓައްޗެ ފޮޓޯ ނަގުވަން’ . ދިމާކޮއްލުމުގެ ގޮތުން އައިރާ ބުނެލިއެވެ.
އައިރާ އާ އެއްބައިވެލުމުގެ ގޮތުން މަލީޝާވެސް ހީހީފައި ދިމާކުރަން ފެށިއެވެ.
ސަކަރާތުގައި ވަގުތު ދިޔަ ގޮތްވެސް އެކުދިންނަށް ނޭންގުނެވެ.
އިރުއޮއްސެމުން ދިޔައިރު އުޑުމަތީގައިވާ ރަތް ކުލައިގެ ވިލާތަށް ބަލާލަން ކިތަންމެހާވެސް ރީއްޗެވެ. އަދި މޫދަށް އެޅިފައިވާ ރަން ދޯދި ތަކަކީ ބަލައި ފޫހިނުވާނެ މަންޒަރެކެވެ. އިރު އޮއްސުމުން ހަތަރު ކުދިން ހިނގައިގަތީ ގެއަށް ދިއުމަށެވެ.
****
(ނުނިމޭ)
4 Comments!
Comments are closed.

Miadhu part ga hama ekani photo kolheh neguny.. Kamkah vaa kahala kameh neh vefa eh
Sorry… midhuvaskolhu busy koh ulheythi ahaa bodu koh nuliyevuny..
Thanks for your comment❤️
Hey girlll mi part vx varah reethi ingey.. mi story vrh reethi vaanehen heevey.. migothah laslahun kankanvaa stories vrh reethi vaane kamah balany.. busy koh ulhegen vx up kuraathii vrh ufaavey mi story liyun huttaa nulahchey please❤ waiting for next part curiously❤❤
Hey bestie mi part vx vrh reethi ingey… waiting for the next😊