ލޯބި ނުލިބުނަސް
ދުވަހަކީ އާދައިގެ މަތިން ރީތި ދުވަހެކެވެ.
އައިރާ ދިޔައީ ސާނަވީ އިމްތިހާން ގެ ފަހު
ޓެސްޓަށް ދާން ތައްޔާރުވަމުންނެވެ. މިއަދުގެ ޓެސްޓަށް އޮތް ހާސްކަން ބޮޑެވެ.
ވާނީވެސް އެހެންތާއެވެ.އޭނާ އެ ތައްޔާރުވަމުން ދަނީ އެންމެ އުނދަގޫ މާއްދާ ކަމަށްވާ ކެމިސްޓްރީ މާއްދާއަށެވެ.
ގަޑި ޖެހޭތީ އަވަސް ގޮތަކަށް ސައިބޮއެގެން
ސުކޫލަށް ދިޔައިރު މަލީޝާ އާއި ރައިޝާ
ހުރީ އޭނާ ގެ އިންތިޒާރުގައެވެ. މަލީޝާ އާއި ރައިޝާ އަކީ ކުޑައިރުއްސުރެން އައިރާ ގެ ބެސްޓްފުރެންޑްސް އެވެ. ތިން ކުދިން
ހަމަވުމާއެކު ފުރަތަމަވެސް ދެކެވެން ފެށި ވާހަކަ އަކީ ފިލާވަޅުގެ ވާހަކައެވެ. އެކަކަށް ނޭނގޭ އެއްޗެހި އަނެކަކަށް ކިޔާދިނުމަވެ.
އިރުކޮޅެއްނުވެ، ޓީޗަރަކު އައިސް ހުރިހާ ކުދިންނަށް ގޮވާފައި ޓެސްޓު ހަދާ ހޯލަށް
ވެއްދިއެވެ. ހޯލަށް ވަދެވުމާއެކު ހުރިހާ ކުދިން ވެސް އެ ކުއްޖަކަށް ހަާއްސަ ކުރެވިފައިވާ ގޮޑީގައި އިށީނެވެ. މާ ގިނައިރެއް ނުވެ އިމްތިހާނުގެ ގަވާއިދުތަށް ކިޔާދިނުމަށްފަހު، ޕޭޕަރު ބަހާފައި ޓެސްޓު ހަދަން ފެށުނެވެ.ގަޑި އިރެއްގެ ޓެސްޓަށްފަހު ހޯލުން ބޭރަށް ނުކުމެފައި ހުރިހާ ކުދިން ވެސް ޓެސްޓާ ބެހޭ ގޮތުން
ވާހަކަ ދައްކާލަާފައި ގެޔައް ދާން
މިސްރާބުޖެހިޔެވެ.
ގުރޭޑު 10 ގެ ފަހު އަހަރު ގެ ފަހު އިމްތިހާން ނިންމާލާފައި އެ
ކުދިން އެ ދަނީ ދިރިއުޅުމުގެ އާ ބަާބެއް
ފައްޓާށެވެ.
**********
އައިރާ އާއި ރައިޝާ އަދި މަލީޝާ ވަކިވެލީ ހަވީރު ދިމާވާން ރާވާފައެވެ. ގެ އަށް އާއިރު
މަންމަ އިނީ ހެނދުނުގެ ސައިބޯށެވެ.
“ދަރިފުޅާ ޓެސްޓު ކިހިނެތް! ” އައިރާ ފެނުމާއެކު މަންމަ އަހާލިއެވެ.”
” ޓެސްޓު އެހާ ފަސޭހަ އެއް ނޫން.”
ދެރަވެފައި އައިރާ މިހެން ބުނެލުމަށްފަހު
އައިސް މަންމަ ގަާތު އިށީނެވެ. ” އެހާ ބޮޑަށް ނުވިސްނާ ދަރިފުޅާ… އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ދާނީ
ރަނގަޅަށް”…
މަންމަ ގެ ބަސްތަކުން އައިރާގެ ހިތް އުފާވި
އެވެ.
***
އައިރާ ގެ މަންމަ އާއި ބައްޕަ ވަނީ ވަނީ އައިރާގެ އުމުރުން އެންމެ 7 އަހަރުގައި
ވަކިވެފައެވެ. މަސްތުވާތަކެތި ބޮއެގެން ހުރެ އެރޭ ބައްޕަ މަންމަ ވަރި ކުރި އިރު އައިރާ އޮތީ ހޭލައެވެ. އެދުވަހު އެ ޅަ ސިނކުނޑި އަކަށް އެ ރޭ ހިނގި ކަންތައް ފަހުމެއްނުވިއެވެ.އެނގުނު ހަަާ ވެސް އެއްޗަކީ އެ ރެއަށް ފަހު މަންމަ އާއި ބައްޕަ ތާ އަބަދަށް ވަކިވިކަމެވެ. އެ ދުވަހުންސުރެ އައިރާ ދިރިއުޅެމުން އެ އަންނަނީ މަންމަ އާއި ދޮންބެ އާއެކުގައެވެ.
އައިރާ އަށް އެނގިފައިވާ ގޮތުގައި އައިރާގެ ބައްޕަ އައިރާ
ދެކެ ލޯބި ނުވީ ހަމުން ކަޅުވީމައެވެ. މީ މިޒަމާނުގެ ހާލަތެވެ. ނަމަވެސް އައިރާގެ އެއްވެސް ޝަކުވާ އެއް ނެތެވެ. ބައްޕަ ނެތުމުގެ ފަޅު ކަމެއް އިހުސާސެއް ނުވި
އެވެ. ސަބަބަކީ އައިރާ އަށް ލިބިފައިވާ ޖަވާހިރެއްފަދަ މަންމަ އެވެ. ބައްޕަ އަކު
ކޮއްދޭންޖެހޭނެ ހުރިހާ ކަމެއް މަންމަ ކޮއްދިނީ ނުލާހިކު ރަނގަޅަށެވެ.އެހާމެ
ފުރިހަމަކޮށެވެ.
ނުނިމޭ…
One Comment
Comments are closed.

Why isn’t my comment going 😑