Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އުމުރުގާ ކަލާޔާ އެކު-1

nashaayam
nashaayam Level 1
January 9, 2024 2 Mins Read
0 Comments

މުޅި މާހައުލު ގުގުމާލައި ފައިވަނީ ސަޕޯޓަރުންގެ އަޑުންނެވެ.އެހައި ވެސް ކުޅިބަލަން ތިބި މީހުން ފޯރިގަދައެވެ.ޒާތު ގެ ލަނޑުތަކާއެކު މާހައުލު ފޫއަޅުވަމުން ދިޔައީ މ.މުލި ޝަހާން އެވ.ެމެޗުގެ އެންމެ ފަހު ސިކުންތު ތަކެވ.ެ ޝަހާން ވަރަށް ހުޝިޔާރު ކަމާއި އެކު ގޯލްގެ މަތީކަނުން ބޯޅަ އެތެރެކޮށް ޓީމައް ފަސް ވަނަ ލަނޑު ކާމިޔާބު ކޮށްދީފަ އެވ.ެއެއާ އެކު ރެފްރީ ގެ ކަށިގަނޑު އަޑު މުޅި މާހައުލު ގައި ގުގު މައިލައިފިއެވ.ެ މެޗުނިމުނީއެވެ . ވިކްޓްރީ ސެލެބްރޭޓް ކުރުމަށް ދަނޑުވަށާ ޝަހާން ދުވެލިއެވެ.އެފަދަ ވަގުތެއްގެ އިންތިޒާރުގައި ހުރި ޝާޔާފޯނުގައި އެމަންޒަރު ފޯނުގައި ރައްކާކުރިއެވެ.

މާހައުލު ހަމައަކަށް އެޅި މަޑުމަޑުން މީހުން ތައް މަދުވާން ފަށައިފިއެވ.ެ” ދެން ހިގާ ދަމާ ހިތް ފުރޭވަރަށް ބެލި ފަ މިހާރު ހުންނަނީ”. ނުލަފާ ހިނިތުން ވުމަކާއި އެކު ޒައިހާ ބުނެލި އެވ.ެ އެހެން ބުނުމާއި އެކު ބޮޑު ފިޔަވަޅު ތައް ނަގައި ޝާޔާ ޒައިހާ ފަހަތުން ދުއްވައިގަތެވ.ެހަލުވިފިޔަވަޅު ތަކާއި އެކު ޒައިހާ ފަހަތުން ޝާޔާ ގޯޅި އެޅީ ވެދާނެ ގޮތަކާއި މެދު ވިސް ނުމެއް ނެތިއެވ.ެ ނުވިސްނާ ހުރި ޝާޔާ އެގޯޅި އެވަގުތު އަޅަން  އައި ޒުވާނާ ގައިގަ އަޅައި ގަނެ ދެމީހުން ވެސް ބިންމައްޗަށް ވެއްޓުނެވ.ެ ދެމީހުންވެސް ހިޔާލީ ދުނިޔެއަކަށް ގަރަބުވެގެން ދާކައް މާގިނަ އިރެއް ނުނެގިއެވ.ެ ދެޒުވާނުންގެ ހިތުގައި ވެސް ޖަހަމުންދިޔައީ އެއް ރާގެކެވ.ެހާޔާތުގެ އައު ސަފްހާ އަށް އެޒުވާނާ މަރުހަބާ ކިޔަމުން ދިޔައީ ޝާޔާގެ ލޯޯތެރެއަތް ގެނބެމުން ނެވ.ެ ޝާޔާގެ ހާލަތު ވެސް ވަކި ގޯހެއް ނޫނެވ.ެ އޭނާގެ ހިތް އުފަލުން ކެކެނީ އެވ.ެ އެހެން ނުވާންވީ ސަބަބައް ވަކި ނެތެވ.ެ އޭނާގެ ގައި މަތީ އެއޮތީ ހަމައެކަނި ފުޓްސަލް ކިންގް އެއް ނޫނެވ.ެއޭނާގެ ހިތުގެވެސް ރަސްގެފާނެވ.ެޝަހާން އެވ.ެމުޅި ރޭ އެހެން އެކުވުމައް ދެމީހުންގެ ވެސް ހިތް އެދެމުން ދިޔައެވ.ެ ނަމަވެސް އެހަމަހިމޭން ކަން ވީ ވަގުތީ އުފަލެއްގެ ގޮތުގައެވެ. ސައިކަލު މަތީ އިން ޒަހުވާން އެދޭތެރެއަށް ވަދެގަތީ އެވެ. އޭނާ މޫނު މަތީ ވީ ހިނިތުން ވުމުން ވެސް އޭނާ އެތާ އިންނަތާ އެތައް އިރެއް ވެއްޖެކަން އަންގައި ދެވ.ެ ޝާޔާ އަތް މާފައް އެދެމުން ޝަހާން އައިސް ޒަހުވާން ފަހަތައް އެރިއެވ.ެ ޒަހުވާން އަކީ ޝަހާން ގެ އެންމެ ގާތް އެކުވެރި އާއެވ.ެ” ސޮރީ …. މާއަވަހަށް ދޯ އާދެވުނީ”. ސައިކަލު ދުއްވާލަމުން ޒަހުވާން ހެމުން ހެމުން ބުންޏެވ.ެ ” ހެހެހެހެಡ ʖ͜ ಡ”.

ކަޅިޖަހާނުލާ ޝާޔާ އެދިމާލައް ގެއްލިފަ ހުރި އެވ.ެ ” ޕޮއް ….”. ” އަޅޭ މަގުމަތީ ޓްރެފިކު ބަލަން ވެސް ޒައި ޔައް ނޭންގޭޔޭ “..

 

ކުޑަކުއްޖެއް ފަދައިން ކުރިއަށް ހިގައި ގަންނަމުން ޝާޔާ ޝަކުވާކޮށް ލިއެވ.ެ” ނޭން ގޭނުން …ހުރޭ ދެން ފަހަރަކުން ތިކަންވެސް ކޮއްދޭނަން”ނުލަފާ ހިނިތުން ވުމަކާއި އެކު ޒައިހާ ބުނެލިވ.ެ ވަކި ހިސާބަކުން ދެއެކުވެރިން ވެސް ވަކިވެ ގެއާއި ދިމާލަށް މިސްރާބު ޖަހައިފި އެވ.ެ މިދެ ޒުވާނުންގެ މެދުގައި މިއޮތް އެކުވެރިކަމަކީ ފިރުކެންފެށި ދުވަސްވަރުން އުފެދިފައިވާ އެކުވެރި ކަމެކެވ.ެ އެކުވެރިކަމުގެ ލާމަސީލު މިސާލެކެވ.ެ

އެރޭގެ ނިދިން ޝާޔާ ރަގަޅަށް ވެސް ޝާހާން މަހުރޫމް ކޮއްލައިފިއެވ.ެ މިނޫނަސް އަންހެން ކުދިން ވަނީ އޭނާ އާއަ ދިމާވެފައެވ.ެނަމަވެސް ޝާޔާ އަށް އެ ހިތުން ހާއްސަ މަޤާމެއް ދެވިއްޖެއެވ.ެ ޝާޔާ ވެސް ނުނިދިގެން ދެކޮޅަށް ފުރޮޅި ފުރޮޅި އެދުމަތީ އޮތެވ.ެ ދެޒުވާނުންކިތަންމެ ދުރެއް ގައި ތިއްބަސް ދެ ހިތް ވަނީ ނުލާހިކު ކާރީގައެވ.ެ

މިގޮތުގައި ނުނިދިފައި ތިއްބާ ކަންފަތުގައި ގުގުމާލީި ބަންގީގެ އަޑެވ.ެޝަހާން ފެންވަރާލައިގެން މިސްކިތަށް ދިޔައެވ.ެ ޝާޔާ ވެސް އަވަސްވެގަތީ ނަމާދު ކުރުމަށެވ.ެ

 

……

 

ފަތިހުގެ އަރާމު ފިނީގައި ހިގާލުމައް ޝާޔާ ބޭރަށް ދިޔައެވ.ެ މިސްކިތުން އައިސް ޝަހާން ވެސް ދިޔައީ ބޭރަށެވެ.ދުވުން މަޑުޖައްސާލުމަށް ޝާހާން އަށް މަޖުބޫރުވީ ފާލަން މަތީ ހުއްޓިލާގެން ހުރި އަންހެން ކުއްޖާ ފެނިފަ އެވ.ެ އެއީ ދެވަނަ ހެންމީހެއް ނޫނެވ.ެ އޭނާގެ ހިތުގެ ރާނީ އެވ.ެ ވާހަކަ ދައްކާލުމުގެ ނިޔަތުގައި ފަހަތުން ގޮސް ޝަހާން އިޝާރާތެއް ކޮށްލިއެވ.ެސިހިފައި ޝާޔާ މޫދައްވެއްޓެން ދިޔަވަގުތު ވަރަށް ހުޝިޔާރު ކަމާއި އެކު ޝަހާން ގެ އަތްދަޑި މަތީ ޝާޔާ ބާއްވާލި އެވ.ެ އެވަގުތު ހީވީ މުޅި މާހައުލު އަށް މޫސުންބަހާރު ގެނުވިހެންނެވ.ެ ޝަހާން އަތުގައި ވޫލު ކޮޅު އެޅި ޝާޔާ އިސްތަށިން ވޫލު ކޮޅި ވެއްޓިއްޖެއެވ.ެ ވަރަށް ވެސް ފިލްމީ މަންޒަރެކެވ.ެ މިނިވަން ކަމާއިއެކު ޝާޔާގެ އިސްތަށިގަނޑު ޖައްވުގައި ވިހުރެމުން ދިޔައިރު ޝަހާން ފޫހިކަމެއްނެތި އެ މަންޒަރު ބަލަމުން ދިޔައެވ.ެ އެވަގުތު ޝާޔާ އެދެމުން ދިޔައީ މުޅިއުމުރު އެގޮތުގައި އޭނާގެ އަތްމަތީގައި ވުމަށް ށެވ.ެޝަހާން ޝާޔާ ނަގާ ބަހައްޓާލިއެވ.ެ ” އާރްޔޫ އޯލް ރައިޓް؟ “. ހިނިތުން ވުމެއް ހަދިޔާކޮއްލަމުން ޝަހާން ބުނެލިވ.ެ ރަކި ގޮތަކައް ބޯޖަހާލައި ޝާޔާ ދާން ހިގައިގަތެވ.ެ ނަމަވެސް އެފިޔަވަޅު މަތީ މަޑުކުރުމަށް އޭނާއަށް މަޖުބޫރުވީފަހަތުން…..

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

nashaayam
Follow Me Written By

nashaayam

Level 1

Love to write stories ❤️

Other Articles

Previous

ޔާޒާ – update

Next

މަންމަގެ މާބޮނޑި

Next
January 9, 2024

މަންމަގެ މާބޮނޑި

Previews
January 8, 2024

ޔާޒާ – update



All Right Reserved!