އަހަރެންގެ ވާހަކަ
އަހަންނަކީ ވާހަކަ ލިޔާ މީހެކެވެ. އަބަދުވެސް ބަލަނީ މީހުންގެ ޙަޔާތުގައި ދިމާވެފައިވާ ކަންކަން އަޑުއަހައި އެހެން މީހުންގެ ދިރިއުޅުން ވާހަކައެއްގެ ސިފައިގައި ގެނެސް ދެވޭތޯ އެވެ. ނަމަވެސް މިއަދު ނަމަވެސް މިއަދު އަހަރެން ލިޔަމުން މިދަނީ އަހަރެންގެ ޙަޔާތުގެ ވާހަކައެވެ.
އެއީ މީގެ 5 ވަރަކަށް އަހަރު ކުރިއެވެ. އަހަރެން ކިޔަވަމުން ދިޔައީ ގުރޭޑު 10 އެއް ގައެވެ. އަހަންނަކީ ފެށުނީއްސުރެ ވެސް ކިޔެވުމަށް ގަދައަޅާ މަސައްކަތް ކުރަމުން އައި ކުއްޖެކެވެ. އަބަދުވެސް ކުލާހުން އެންމެ މަތީ މާކްސް ހޯދަމެވެ. ސުކޫލު ގައި ބާއްވާ އިތުރު ބާއްވާ އިތުރު ހަރަކާތްތަކުގަ އާއި ކުޅިވަރުގެ ހަރަކާތްތަކުގައި ވެސް އަހަންނަކީ ނަން ވިދާ ދަރިވަރެކެވެ. ޓީޗަރުން ވެސް އަހަރެން ދެކެ ވަރަށް ލޯބި ވެއެވެ. އަހަރެންގެ އެންމެ ބޮޑު އެއް ހުވަފެނަކީ އޯލެވެލް އިން ގަދަ ދިހައެއްގައި ހިމެނި މައިންބަފައިން ފަޚުރުވެރިވާ ފަދަ ދަރިއަކަށް ވުމެވެ. އެތައް ފޮނި ހުވަފެންތަކެއް ދެކެމުން އައި އަހަންނަށް ނޭނގުނީ އަހަރެންގެ ހަޔާތަށް އަންނަން އުޅޭ ކޮޅިގަނޑުގެ ބޮޑު ކަމެވެ.
އެހެން ޓެސްޓު ތަކަށް ތައްޔާރު ވާން ފަށާ ފަދައިން ދެވަނަ ޓާރމް ޓެސްޓަށް ވެސް ކުރިޔާލާ ކުރިޔާލާ އަހަރެން ތައްޔާރުވާން ފެށީމެވެ. ނަމަވެސް ފޮތުގައި އަތްލާ އިރަށް އަހަރެން ނިދިއަންނަން ފަށައެވެ. ބޮލުގައި ރިއްސައެވެ. ހިތްވަރުކޮށްފައި ފޮތްކިޔޭތޯ އެތައް މަސައްކަތެއް ކުރަމެވެ. ކުލާހުގައި ވެސް ކަންތައް ދިމާވަނީ ހަމަ މިފަދަ ގޮތަކަށެވެ. މުދައްރިސް ކިޔަވައިދޭ އެއްވެސް އެއްޗަކަށް ސަމާލުކަމެއް ނުދެވެއެވެ. އެއްވެސް އެއްޗެއްގައި ވާނުވާއެއް ނޭނގެއެވެ.
ދެވަނަ ޓާރމް ޓެސްޓުގެ ނަތީޖާ ފެނުމުން އަހަރެން ވަރަށް ދެރަވިއެވެ. މަންމަމެން އަދި ޓީޗަރުންގެ އެތައް ސުވާލެއް އަހަންނާ ކުރިމަތިވިއެެވެ. ނަމަވެސް އެމީހުންގެ ސުވާލުތަކަށް ދޭނެ ޖަވާބެއް އަހަރެން އަތަކުވެސް ނެތެވެ. އެހެންކަމުން އެއްޗެއް ނުބުނެ މަޑުން ހުރީމެވެ.ނަމަވެސް އަހަރެންގެ ހިމޭންކަން އެމީހުން ނެގީ އެހެން ގޮތަކަށެވެ. އެންމެން ވެސް ހީކުރީ އަހަރެން ކުއްޖަކާ ރައްޓެހިވީ ކަމަށެވެ. އަދި ލިބުނު ނަތީޖާގެ ސަބަބަކީ އެ ކުއްޖާ ކަމެވެ.
ޓެސްޓުގެ ފަހުން އަހަރެން ގެއިން ބޭރަށް ދިއުން މަންމަ މަނާ ކުރިއެވެ. އަހަރެންގެ ފޯނު އަތުލިއެވެ. ނަމަވެސް އެއިން އެއްވެސް ކަމަކާ ނުވިސްނާ އަހަރެން ކިޔެވޭތޯ މަސައްކަތް ކުރަން ފެށީމެވެ. މިފަހަރު ވެސް ކަންތައްތައްވީ ކުރިން ފަހަރުވެސް ވީހެންނެވެ. ކިޔެވުމަށް އެއްވެސް ސަމާލުކަމެއް ނުދެވުނެވެ. ދީނީ ކަންކަމަށް ވެސް ފަރުވާ ކުޑަކުރެވެން ފެށުނެވެ.
ޓެސްޓު ކައިރި ވަމުން ދިޔަ ވަރަކަށް އަހަންނަށް ދިޔައީ އެހެން ބަދަލު ތަކެއް ވެސް އަންނަމުންނެވެ. އަބަދު ހޮޑުލެވި ގައިން ވަރުދޫވުން ވެގެން ދިޔައީ އާންމު ކަމަކަށެވެ. ކަމަކާ ނުލާ ހޭނެތެން ފެށިއެވެ. ރަށު ތެރޭގައި ވެސް އަހަންނޭ ކިޔައިގެން އެތައް ވާހަކައެއް ފެތުރެން ފެށިއެވެ. އެތައް ޑޮކްޓަރުންނަކަށް ދެއްކުނެވެ. ހުރިހާ އެންމެންގެ ޖަވާބު ވެސް އައީ އެއްގޮތަކަށެވެ. އެންމެންވެސް ބުނަމުން އައީ އަހަންނަށް އެއްވެސް ގޮތެއް ނުވާ ކަމަށެވެ. ބައެއް ޑޮކްޓަރުން ނަފްސާނީ ޑޮކްޓަރަށް ދެއްކުމަށް ވެސް އިރުޝާދު ދިނެވެ. އަހަރެންގެ މައިންބަފައިން އެމީހުންގެ ހުރި ހަމައެކަނި ދަރިފުޅު ސަލާމަތް ކުރުމަށް ޓަކައި ރަށުތެރޭގައި ފެތުރޭނެ ވާހަކަ ތަކަށާއި މީހުން ކިޔާނެ އެއްޗިއްސަށް ނުވިސްނާ އަހަރެން ނަފްސާނީ ޑޮކްޓަރަކަށް ވެސް ދެއްކިއެވެ. ނަމަވެސް އެދެވޭ އެއްވެސް ނަތީޖާއެއް ނުނިކުތެވެ.
އޯލެވެލް ފެށުނެވެ. ޓެސްޓުގައި ވެސް އަހަންނަށް އެތައް އުނދަގޫ ތަކަކާއި ކުރިމަތިލާން ޖެހުނެވެ. އަހަންނަށް ސުވާލު ކަރުދާހުގައި ލިޔެވޭ އެއްވެސް އެއްޗެއް ނޭނގެއެވެ. ތަފާތު ވައްތަރުގެ އުނދަގޫ ވާ އެތައް އަޑެއް އިވެއެވެ. ހުރިހާ ކަމަކަށް އަހަންނަށް ކުރެވޭ އެންމެ ބޮޑަކަށް ކެތް ކުރަމުން ދިޔައީމެވެ.
އޯލެވެލްގެ ނަތީޖާއައީ އަހަރެން ހީކުރި ފަދައިންނެވެ. އެންމެ މާއްދާއަކުން ވެސް ފާހެއް ނުވެއެވެ. މައިންބަފައިން އަހަންނާ މެދު ދެކެމުންއައި ހުރިހާ ހުވަފެނެއް ދިޔައީ ފެނަށް ވެގެންނެވެ. ޓީޗަރުން އުންމީދު ކުރި ފަދަ ދަރިވަރަކަށް އަހަންނަކަށް ނުވެވުނެވެ. ގަދަ ދިހައެއްގައި ހިމެނުމަށް އަހަރެން ދެކެމުން އައި ހުވަފެންތަކެއް ގައި ކުލައެއް ނުޖެއްސުނެވެ.
އެތައް ބައެއްގެ ބަދު ބަސް އަހަންނަށް އެދުވަހު އަޑުއިވުނެވެ. ނަމަވެސް އަހަރެން އެކަންވެސް މާބޮޑު ކަމަކަށް ނަހަދަމެވެ. ނަމަވެސް އަހަރެން ދުވަހަކަށް ވުރެ ދުވަހެއް ދިޔައީ ނަފްސާނީ ގޮތުން ބަލި ކަށި ވަމުންނެވެ. ކެއްކުރެވޭނެ އެންމެ މައްޗަކަށް ކެއްކުރެވޭތޯ ބޭލީމެވެ.
އޭގެ 2 އަހަރު ފަހެވެ. އޭރު ރަށުގައި ދިވެހި ބޭސް ކުރަން އައިސް ހުރިބޭބެ އަކު ބުނިގޮތުގައި ކޮންމެސް މީހަކު ހުރީ އަހަންނަށް ސިހުރު ހަދާފައެވެ.ރަނގަޅަށް އެކަން ދިރާސާ ކޮށްލުމުން އެނގުނީ އެކަމެއް ކުރީ އަހަރެން ކުލާސް ކުއްޖެއްގެ މަންމަ ކަމަށެވެ. އޭރު އަހަރެން ކިޔެވުމުގައި ހޯދަމުން ދިޔަ ވަނަތައް އޭނައައް ވީ ބަލައިގަންނަން އުނދަގޫ ކަމަކަށެވެ. އަމިއްލަ ދަރި އައް ކިޔެވުމަށް ނަސޭހަތްތެރި ވުމުގެ ބަދަލުގައި ބެލީ ފާފައަކަށް އަރައިގަނެގެން ވެސް އަހަރެން ދަށް ކޮށްލެވޭ ތޯއެވެ.
އާދައިގެމަތިން މަތިން މިފަހަރު ވެސް ރަށުތެރޭގައި މިވާހަކަތައް ވަރަށް އަވަހަށް ފެތުރިގެން ދިޔައެވެ. މަންމަ މެންނަށް ހަގީގަތް އެނގުމުން ވަރަށް ހިތާމަކުރިއެވެ. ޓިޗަރުންނާއި އެއްވެސް ހަގީގަތެއް ނުބަލާ އަހަންނޭ ކިޔައިގެން ވާހަކަތައް ފެތުރި މީހުން ވެސް އަހަރެން ކައިރިން މާފަށް އެދުނެވެ. އަހަރެން އެ މީހުންނަށް މާފު ކުރީމެވެ. ނަމަވެސް މިހާރު ވަގުތު ފާއިތު ވެއްޖެއެވެ. ދެން އެ ދުވަސްތަކެއް އަލުން އިޔާދައެއް ނުކުރެވޭނެއެވެ.
އަހަންނަށް ސިހުރު ހަދާފައި ހުރިކަން އެނގި ބޭބެ އަކީ ރުޤްޔާ ކުރާ މީހެއްކަމުން އަހަރެން އެކަމުން އަރައިގަންނަ އެހީތެރިވެ އެވެ. ވަރަށް މަސައްކަތުން އެ ކަންތައްތަކުން އަރައިގަނެ ކުޑަ ދުވަސްކޮޅަކަށް ނަފްސާނީ ޑޮކްޓަރ އެއްގެ އެހީ އަހަރެން ހޯދަން ޖެހުނެވެ. އަދި ހުރިހާ ކަމެއް ހަމަޔަކަށް އެޅުމުން އަހަރެންގެ އާއިލާ އާއި އެކު މާލެ ބަދަލުވީމެވެ. އަދި އަނެއްކާވެސް އަލުން ކިޔެވުމުގެ މަސައްކަތް ފެއްޓީމެވެ. އަހަރެން އަނެއްކާވެސް އަލުން އޯލެވެލް ހަދާ މިހާރު ކިޔަވަމުން މިދަނީ ޑޮކްޓަރ ކަމެވެ. އަދި ހުސްވަގުތު ތަކުގައި ހިތްހަމަ ޖައްސާ ލުމަށް ވާހަކަ ލިޔަމެވެ.
4 Comments!
Comments are closed.
Mi part vex varha reethi Masha Allah ❤️
Thank u imko ❤️
Vrh reethi vhk ehh Maasha Allah❤️
Thank u lim ❤️