Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކުށަކާނުލާ

nashaayam
nashaayam Level 1
December 10, 2023 8 Mins Read
5 Comments

އަދުހަމް ގެ ކޮންމެ ނިންމުމަކީ އަލްނާގެ ހިތައް ލިބޭވޭނެކެވެ. ފުން އުދާހެކެވެ. ކެތްކުރަން ދަތި އާހެކެވެ. ކަށިކުބުރު ބިޔަޖަންގަލީގައި އޭނާގެ ހަޔާތް ވަނީ މަރުވެ ފަސްދާނަލެވިފައެވެ. މެންދަމުގެ ވަގުތެވެ. ނިދޭތޯ މަސައްކަތް ކުރަމުން ދިޔަ އަލްނާ އަށް މަޒީގެ ހަދާން ތައް އުދަގޫ ކުރަމުން ދިޔައެވެ. ވާނީވެސް އެހެންތާއެވެ.
އެއީ މީގެ ފަސް އަހަރު ކުރިއެވެ. އަލްނާތައްޔާރު ވަމުން އެދަނީ ރަށުގައި އެންމެފަހުން ބޭއްވުނު ވޮލީ މުބާރާތުގެ ފައިނަލް މެޗު ބަލަން ދިޔުމަށެވެ. އަލްނާގެ ފަންވަތެއް ފަދަ ފަން އިސްތަށިގަޑު ވަނީ މިނިވަން ކަމާއިއެކު ފަހަތައް ދޫކޮއްލެވިފައެވެ. މޫނުމަތި ފަޅުފިލުވައި ފައިވަނީ މޭކަޕުގެ އާލަތް ތަކުންނެވެ. ” މިއަދު މި ފަތްމިނި ޕަރީ ނުގެއްލިއްޖެއްޔާ ރަނގަޅު ” އަލްނާ ތައްޔާރުވެގެން ނިކުތުމުން ސަމާ ސަމާސާ ރާގަކަށް ބުންޔެވެ. ވާނީވެސް އެހެން ތާއެވެ. މިހާރުވެސް ރަށުގެ އެތައް ޒުވާނުން ނެއް ތިބެނީ އަލްނާއަށް މުގޯލި އަޅަ އަޅައެވެ. ނަމަވެސް މިކަމުގައި އަލްނާ މާހުޝިޔާރެވެ.
މާހައުލު ގުގުމައިލާފައި ވަނީ ސަޕޯޓަރުންގެ އަޑުންނެވެ. ރަށުގެ ހަގުއުމުރުން ފަށައިގެން ދޮށީއުމިރަށް މީހުން އޮތީ އެސަރަޙައްދު ފުރައިލާފައެވެ. އަލްނާ އާއި ސަމާވެސް ގޮސް ހިސާބަކަށް މަޑު ކޮއްލިއެވެ. ކުޅެމުން ދިޔަ މެޗުވަރަށް ފޯރިގަދަ އެވެ. ކުޅުމުގެތެރެއިން ޖޭވައި ގެ ކުޅުން ތެރި އެއް ޖެހި ބާރު ހަމަލާ އައިސް ޖެހުނީ ހަމަސީދާ އަލްނާގެ ގައިގައެވެ. ހަމައެވަގުތި އެތޫނު ހަންޖަރު ފޮނުވާލި ޒުވާނާއާއި އަލްނާގެ ކަޅި ހަމަވިއެވެ. އަލްނާއަށް ތަފާތު އިހްސާސް ތަކެއް ކުރެވުނެވެ. ހަޔާތުގެ އައު ސޮފްޙާ އެއް ފެށެން އުޅޭކަހަލައެވެ. އެޒުވާނާގެ ވެސް ހާލަކީ އެއީއެވެ. ” އޭއް ހާދަ ވަރެއް ވެފައޭދޯ ތިހުރީ ” ގެބެމުން ދިޔަ ހިޔާލީ ދުނިޔޭން އަލްނާ އަށް ނިކުމެވުނީ ސަމާގެ އަޑަށް ށެވެ.” އައްޗި ނޯ ދެން އެއީ އެވަރުގެ މީހެއްތަ” މެޗު ކުޅެ ނިމުމުން ދެމީހުން ގެ މިސްރާބު ހުރީ ގޮޑު ދޮށައްށެވެ.
އިރު އޭގެ ވާޖިބު އަދާކުރު މައްފަހު ދުނިޔެ މައްޗައް އަލްވަދާއު ކިޔަމުން ދިޔައެވެ. ކާޅުތައް ވެސް އޭގެ ހާލިތަކައް ވަދުމައް ޓަކައި އަވަދި ނެތިއުޅުނެވެ. މި މަންޒަރު ބެލުމައް ޓަކައި އަލްނާ އާއި ސަމާ ގޮޑިދޮށުގައި އިށިން ދެގެން ތިއްބެވެ. ” އޭތް ދެން ބުނެބަ މިއަދު އެ ތޫނު ހަމަލާ ފޮނުވާލި ސޮރުކަމުދޭތަ” އަލްނާގެ މޫނުމަތީ ދުވެލީ ލުއި ހިނިތުން ވުމެކެވެ. ތުންފަތުގެ އެއްވެސް އިށާރާތެއް ނައެވެ. ” މިރޭ ޝޯއަތް ދާން ވާނެދޯ އަލް ” ބޯޖަހާލަމުން އަލްނާ ގެއަށް ދާން ހިގައި ގަތެވެ.
ދެނަމާދު ވަގުތެވެ. ގޭތެރޭވީ އަމާން ކަމެވެ.
” އަލްނާ ދަރިފުޅާ ނަމާދު ކޮއްގެން ތަ ތިއިނީ … ލައްބަ މަންމާ .. މަންމާ މިރޭމިއުޅެނީ ސަމާ އާއި އެކު ޝޯއަށް ދާން… އެންމެ ރަނގަޅު…ދަރިފުޅާ އެކަމަކު މާދަންނުވެ ވާނެ ގެޔަތް އަންނަން އިގޭ ”
ތަރިތަކުން ފަޒާވަނީ ޒީނަތް ތެރި ކުރެވިފައެވެ.އިތުރަށް އުޑު މަތި ފުރިހަމަ ކޮއްދެނީ ބުރުހަމަ ހަދުންނެވެ.އަލްނާ ނިކުން އިރު އޭނާގެ އިންތިޒާރުގައި ސަމާހުއްޓެވެ.
” ތާކައް ދާން ކިޔަސް މި އަލްނާއަށް ނާދެވޭނޭ ގަޑިއަށް…އޭ މާގިނަ ވާހަކަ ނުދައްކާ ފިހާރައް ދާން ހިގާ…މަދޯ ގޯސްވީ”
ފިހާރައަތް އަޅާލި ފުރަތަމަ ފިޔަވަޅާއި އެކު އަލްނާގެ ފައިގައި ތަޅުއެޅުވުނެވެ. ކައުންޓަރު ކައިރީ އެހެރީ ދެވަނަ އެހެން މީހެއް ނޫނެވެ. އެހެން އަލްނާ ހުއްޓައި ސަމާ އޭނާ ކޮއްޕާލިއެވެ. އެވަގުތު އަލްނާ ގޮސް ޖެހުނީ އެ ޒުވާނަގެ ތަނަވަސް މޭމައްޗައް ށެވެ. އަލްނާ
އަށް ހީވީ އެވަގުތު އޭނާގަޔަތްފިނި އެއްޗެއް ބަންޑުން ޖަހާލިހެންނެވެ. .” ރަނގަޅު ތަ” އަލްނާ އަށް ތަންދައްކަމުން އެޒުވާނަ އެހިޔެވެ. އާއެކޭ ބުނެ އަލްނާ ފިހާރޭން ނިކުތެވެ. އެ ޒުވާނާއާއި ކަޅި ހަމަވުމުން އަލްނާ އަށް އުދަގޫވީއެވެ.
މީހުން މަދު ހިސާބަކަށް އަލްނާއާއި ސަމާގޮސް ހުއްޓުނެވެ. އެރޭދިމާވި ކަންތައް ގަނޑުން އަލްނާގެ މާބޮޑު ޝައުގެއް އެކަމައް ނެތެވެ. ސަމާ އާއި ހެދި އަލްނާ އަށް ބޮޑު ޑްރާމާ ގަޑެއް ކުޅެން ޖެހުނީއެވެ. އަލްނާ ގޮސް ފަހަތުގައި އިން ބެންޗުގައި އިށިން ދުނެވެ.
ޖެހެމުން ދިޔައީ ހިތައް ފިނި މަޑު ވައިރޯޅި އެކެވެ. “ތިހިން އިންނަ އިރު ގޮޑީ ބައްޓަމީ ހަށިގަނޑާ އި ތި މޫނު ހާދަ ފަރިއޭ ބަލަން ” ނުދަންނަ ނަންބަރަކުން އަލްނާ ފޯނައް މެސެޖް އެއް އައެވެ. ދެވަނަ ހިދުކޮޅުގައި އޭނާ އެ މާހައުލައް ނަޒަރު ހިންގާލިއެވެ. ހިންގަމުން ދިޔަ ކަޅި މަޑުޖައްސާލަން މަޖުބޫރުވީ މާދުރު ނޫން ހިސާބެއް ގައި ހިނިތުންވެ ހުރި ޒުވާނާ ފެނިފައެވެ.އޭނަގެ އަތް ފައި ފިނިވެގެން ދިޔައީ އެބުނާހާ އަވަހަކައް ނޫނެވެ. ފުރަތަމަ ދަޑުން ނެވެ ދެން ފިހާރޭން ނެވެ. މިހާރު މިތާގައެވެ. މިއީ އަހަރެންގެ ހަޔާތުގެ ބައިވެރިޔާކަމުގައި ވެދާނެހެއްޔެވެ. އަމިއްލަ ނަފްސާ އަލްނާ އަށް ސުވާލު ކުރެވުނެވެ. ހިޔާލުގެ ތެރޭ އޭނަ އިންދާ ވަގުތު ދިޔަ ގޮތްވެސް ނޭންގުނެވެ.
” ހޫރު ޕަރީ ހާދަފުން ހިޔާލެއް ގައޭ … ސަމާ މަށައް މާ މަޖަލެއް ނޫން އިގޭ މިރޭ ކުރި ކަންތައް…އެމަޖަލޭ މަޖަލައް ވެސް ދެން އެހެން ތަ ހަދަނީ… މާފް މާފް އަލް ދެން އެހެން ނުހަދާނަން.. މާފް ޤަބޫލް ކުރެވޭނީ މިރޭފަތިހު ބޭރައް ދިޔައިމާ..ތީއެއްވެސް ކަމެއް ނޫނެއްނު..އިގިދާނުން”
ނިދަން އޮތް އިރު އަލްނާއަށް ވިސް ނެމުން ދިޔައީ މެސެޖް މަތިން ނެވެ. އެއީ ހަމަ އަދްހަމް ފޮނުވި މެސެޖެއް ބާއެވެ. އިތުރައް އަލްނާ އަށް މަޑެއް ނުކުރެވުނެވެ. ފޯނުނަގައި ވައިބާރ ގައި އެނަންބަރު ޖަހާލިއެވެ. ފެނުނު މަންޒަރުން އަލްނާ ލޯ ތަރިޖަހާން ދިޔައެވެ.
އަދްހަމް ނިދޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް އަލްނާ ވަނީ އޭނާގެ ލޮލާ ނިންޖާ ދުރުކުރުވައިފައެވެ. މި ގޮތުގައި އޮތް ވައި އޭނާގެ ކަންފަތުގައި ފުރޭނުނީ ހިމަފޮދު ވާރޭގެ އަޑެވެ. ފޯނު ހިފައި ގެން އަދުހަމް ދެން ނިކުތީ ބެލްކަން ޔަންށެވެ. ދެން ފެނުނު މަންޒަރުން އޭނާ ދެންވެސް މޮޔަވާގޮއް ވިއެވެ. ހިމަފޮދު ވާރެއާއި އެކު ފަރިހަރަކާތް ތައް ގެނުއަމުން އެދަނީ ރާނީ އަލްނާއެވެ. އަލްނާގެ ކޮންމެ ފަރި ހަރަކާތް ތެއްވެސް އަދުހަމް އަށް ފެންނަމުން ދިޔައީ އެހާމެ ލަހުންނެވެ. އަލްނާ ކާރިއަށް ދާންވެސް އޭނާ ބޭނުން ވިއެވެ. ނަމަވެސް އަދުހަމް ޖެހިލުން ވީ އެނެއް ކާވެސް އޭނާ ލޯމައްޗަށް އަލްނާ ގެއްލިދާނެތީ އެވެ. އެއް ތުރެން ހިތްގައިމު ފަރި ބަޑިތަކައް ބަލަން މުޅިރޭހުއްޓަސް މާރަނގަޅު ވާނެއެވެ.
ކެރި ނުކަޑާ ރޭ ވެހެން ފެށި ވާރޭ އަދިވެސް ދިޔައީ ވެހެމުން ނެވެ. ނަމަވެސް އަލްނާ ހުރީ ރޭ ސަމާ ކުރިކަމަކުން އެހައި ފަސޭހައިން އޭނާ ދޫކޮއްލާ ގޮތަކަށް ނޫނެވެ. ފަތިސް ނަމާދު ކޮއްލައި ގެން ސަމާ އަށް ގުޅަން އޭނަ ފެށިއެވެ. ސަމާއަށް ފޯނު ނެގޭ ކަމައް ވީ ދެތިން ބުރަކު ގުޅުމުން ނެވެ.
” ހަލޯ … ހަލޯ އޯ ބޭރައް ދާން ޖެހޭނެ އިގޭ… އެކަމު އެޔޮތް …. އޭ ސަމްސާ ކޮން އެކަމެއް އިގޭ ވާރޭވެހޭކަން ރޭގަ ކުރީ މާ މޮޅުކަމެއްތަ… ހޫމް މި އަލްނާ ދެން ދޫވެސް ނުކުރާނޭ ފަސް ގަޑި ފަނަރަހާއިރު ދާނަން”
ރޭގަ އަދުހަމް އަށް މާރަނގަޅަކަށް ނުނިދުނެވެ.ހެދުނު ހޭލި އިރު ބޯހުރީ ފާޑަކަށް ބަރުވެފައެވެ. ކޮޓްރިތެރޭ ވީ ފިނިކަމާއި އެކު އެދު ވަނީ އޭނާ ގައިބު ކޮއްފައެވެ.ނަމަވެސް މިނއަދު އޭނާ އަށް އެހެން އޮވެވޭކައް ނެތެވެ.އޮފީސް ދަތުރު ދިޔުން އޮތީމައެވެ.
” އަލްނާ ދެން ދާންވީނުން ގެޔައް ދަމާ …. ސަމްސާ އަދިވެސް އެހެން ހަދާނަން ތަ…ނޯނޯ މަވާ ސަލާން ދެން އޭރައް އެނެއްކާ އަލް މަގޭ މުޅި އުމިރުގެ ނިދިކޮޅު ނަގާލަފާނެ..”
ދެމީހުން ދިޔައީ ފާލަން މަތިން ހިގަމުން ނެވެ. އަލްނާ ދިޔައީ ސަމާގެ ފަހަތުންނެވެ. ފޯނައްގެއްލި ފަ ހުރި އަލްނާގެ ފައި އޯޅި މޫދައް ވެއްޓޭން ދިޔައެވެ. އަލްނާ ބިރުން ދެލޯ ބާރުކޮއްލިއެވެ. އޭނާގޮސް ޖެހުނީ މީހެއްގެ އަތް ދަނޑި މައްޗައްށެވެ. އޭރުވެސް އޭނާ ދެލޯބާރު ކޮއްގެން އޮވެ ފައިތަޅުވަނީއެވެ.
” ތިހިރީ އެއްގަމުގައެވެ.” އަލްނާގެ ކަންފަތުގައި ޖެހުނީ ދަންނަ އަޑެކެވެ. މަޑު މަޑުން އޭނާ އެސްފިޔަތައް ހަރަކާތް ކޮއްލިއެވެ. އޭނާ އެކަނޑައް ނުގެބުނަސް އެ ފުން ދެލޮލުގެ ތެެރެއަށް ގެބިއްޖެއެވެ.
އަލްނާ އަށް ހޭވެރިކަން ވީ އެޒުވާނާ އޭނާ އެތާ ބެހެއްޓުމުންނެވެ. ” އަލްނާ ކީތްތިކުރަނީ ޑޯންޓް ފޯލް ފޯހިމް” އަމިއްލަ ނަފްސާ އޭނާ އެއްޗިހި ކިޔާލިއެވެ. އެހެން ނޫނީ އޭނާ އާއި ކަޅިހަމަވުމުން އަލްނާ އަށް އުދަގޫވެއެވެ.
މެންދުރު ވެގެން އައި ވަގުތު އިރު ވަނީ ދުނިޔެމައްޗައް ގަދަކައޮއްލާފައެވެ. ލޯހުޅުވަން ނުކެރޭވަރަށް އޮތީ އަވިދިއްލައިފައެވެ.ވާރޭ ގެ ކުލަވަރެއް ފެންނާންނެތެވެ. އުޑުމަތީ ވީ ސާފުހުދު ކަފަލެވިފައެވެ. އަލްނާ އިނީ ގޯތިތެރޭގައި ހުރި ގަހެއްގައި އައްސައިފާ އިން އުދޯލީގައި ވާހަކަ ފޮތެއް ކިޔުމަށެވެ. މިޔަދަކީ ހޮނިހިރު ދުވަސް ކަމުން އޭނާ އޮފީހައް ދާކައް ނުޖެހޭނެއެވެ.ގޭތެރެ ފަލުފިލުވައިލައިފައިވަނީ އެކި ވައްތަރު ގެ ބަގީޗާ ގަސް ތަކުން ނެވެ. އެގަސްތަކުން ވަނީ ގޯތިތެރޭ ވަސް ވެސް އެއްތަން ކޮއްލާފައެވެ. ޖެހެމުން ދިޔައީ ހިތައްފިނި ވައިރޯޅިއެކެވެ. އަލްނާގެ އިސްތަށިގަނޑު ދިޔައީ ވައިގެ ތެރޭ ނަށަމުން ނެވެ.
ދަތުރު ނިންމާލާފައި އައިރު އަދްހަމް ކުރާނޭކަމެއް ނެތެވެ. ފެންވަރާން އޭނާ އެދުމަތީ އޮށޯއްތީ އޭނާގެ ލޮލައް ނިދިސަވާރު ވުމުންނެވެ.
ރޭގަނޑުގެ ވަގުތެވެ. އަލްނާ ނިކުތީ ސަމާ އާއި އެކު ބޭރައް ދިޔުމަށެެެވެ. އުޑުމަތި އޮތީ ފުދޭވަރަކަށް ބަނަވިލާތަކުން ބައްދާލައިފައެވެ. ދެމީހުން ގޮސް މަޑުކުރޫ ހިތްކިފަސް ގަނޑު ކާރިޔައްށެވެ. އިތުރު އެހެން މީހެއްގެ ހިލަމެއް ވާކައް އެތާނެތެވެ.
“އަލް މިތާ މަޑުކޮއްލައްޗޭ މިއަންނަނީ ސަމާ”
ވާރޭ ތިއްކަކަށް ފަހު ތިއްކެއް ވައްޓަމުން ދިޔައެވެ. އެތާ އަލްނާ ހިޔާވާން ވަންނާނޭތަނެއް ނެތެވެ.މިވަނީ ކީއްބާއެވެ. ޖަހަމުން ދިޔަ ކަނި އަދިވެސް ނުހުއްޓައެވެ. ނަމަވެސް އޭނާގަޔައް އެންމެތިއްކެއް ވެސް ނުޖަހަޔެވެ. ދެން އޭނަގެ ނޭފަތުގައި ރައްޓެހި ވަހެކެވެ. އޭނާ އަށް ހީވީ ހަމަ ރަނގަޅަށެވެ. އެއީ އަދުހަމް އެވެ. އެޔޮތް ފިނިރޭ އޭނާ ހޫނުވާން ފަށައި ފިއެވެ.އަދުހަމް މަޑުމަޑުން ކުޑަ ހިފައިގެން އަލްނާ އައި ފުދޭ ވަރެއްގެ ދުރުކަމެއް ދެމުން އިށިން ދުނެވެ.
” ގަތީހެ ލަދު ފެނި އަހަރެން، ކުރީ ފަރުދާ ތިޔަ މައުސޫމް މޫނު”
ދެންވެސް އަލްނާ އިތުރަށް ލަދުގަންނަ ގޮތް ވިއެވެ.އަދުހަމް އާ ދޭނެ ޖަވާބެއް އޭނާގެ ތުންފަތާ ހިސާބަކަށް ނަޔެވެ. ނަމަވެސް އެ ހިތް ބަންޑުން ވަނީއެވެ. ބުނަން ބޭނުން އެތައް ވާހަަކަ އެތް އެބަ އޮތެވެ.
“އިގޭތަ ތިހާ މަޑުމައި ތިރި ކުދިން ވަރަށް ކަމުދޭ ކަން”
މިފަހަރު އަލްނާ އަދްހަމް އަށް ހިނިތުން ވުމެއް ހަދިޔާކުރިއެވެ. ” ހާދަ ރީތި ހިނިތުން ވުމެކެވެ…. މި ސަތޭކަ ނުވަދިހަ ފަސް ޤައުމު ތެރޭން އަހަން ނަށް ކަމުދާ ކުއްޖާ ހުރީ ހަމައެކަނި ޤައުމަކީ އެއީ މި ދިވެހިރާއްޖޭ….” އަލްނާ ކަޅި އެވަގު ހަމަސީދާ ހުއްޓިފައިވީ އަދްހަމް ގެ މޫނަށެވެ. ހިތުގެ ހިސާބެއް ގައި ފޮރުވެފިއި ވީ ޅެންތަކަށް އޭނާ ރާގު ލައިދެމުން ދާތީއެވެ.” އެކުއްޖާ ހުރީ މިހާރު އަހަން ނާއި ވަރަށް ގާތުގަ އެހެން ވީމަ އަހަރެން އެކުއްޖާ ގާތު ބުނެލަން ބޭނުން ވަނީ އަހަން ނާއި އެކު ހާޔާތް އިޙްތިޔާރު ކޮއްފިނަމަ ދުވަހަކުވެސް ހިތާމަ ކުރާކަށް ނުޖެހޭނެ….”
” ދެން އެކުއްޖާ ކާރި އަށް ގޮސް ލޯބި ހުށައަޅަން ވީނުން ” އަދުހަމް ވިސްނާވެސް ނުލާ އިންދާ ތަޅުލެވިފައިވީ އަލްނާގެ އަގަ ހުޅުވިއްޖެއެވެ.
“ބުނަން ބޭނުން އެކަމަކު އެކުއްޖާ ގެއްލިދާނެތީ ޖެހިލުންވަނީ”
” ދެން އެކުއްޖާ ކައިރީ ބުނީމަ ދޯ އިގޭނީ އެއެއްވެސް އެހެންނޫނީ އެކުއްޖާ ގެއްލި…”. އަލްނާ އަށް ބުނެވުނީ އެހިސާބައް ށެވެ. އަދުހަމް ގެ ޝަހާދަށް އިގިލި ގޮސް އެ މަޑު ތުންފަތުގައި ގައްސާލިއެވެ. އަލްނާގެ ލޯލި ތައް ކޯޅައްޖެހިގެން ދިޔައެވެ.
” އަލްނާ ތީ އަހަރެން ބޭނުންވާ ކުއްޖާ …. މުޅި އުމުރު ހޭދަކުރަން ބޭނުން ވަނީ އަލްނާ އާއި އެކު ދުވަހަކުވެސް އަލްނާ އަށް ދެރައެއް ނުދޭނަން އަލްނާ އަހަން ނާ ކައިވެނި ކުރާނަންތަ ”
އަލްނާ އަށް އިދެވުން ތަންވެސް ނޭންގުނެވެ. ހަމަ އިވެނީ ހަޤީގަތް ބާއެވެ.
” އަލްނާ ހާސްނުވޭ ހުރިހާ ކަމެއް އޮތީ އަލްނާގެ ބަލަދު ވެރިޔާ އާއި ވަހާކަ ދައްކާ ހަމަޖައްސާފަ މިހާރު ބޭނުމީ އަލްނާގެ އެއްބަސް ވުން”
” އަހަރެން ގަބޫލް ” އެއްބަސް ވެ އޭނާ ދުއްވައި ގަތެވެ. ފަހަތުން އަދުހަމް އައިސް އަލްނާގެ އަތުގައި ހިފައި ދަމައި ގަތެވެ. އަދި އޭނާގެ ގަޔާލައި ކާރި ކޮއްލިއެވެ.
” ތީމިހާރު މަގޭ ހައްގެއް ދެނެއް ނުދެވޭނެ … ދެން ދާން ޖެހޭނީ އަހަންނާއި އެކު ”
މަޑު ހިގުމެއް ގައި އެދެމީހުންގެ މިސްރާބް ހުރީ އަލްނާ މެންގެޔަށް ށެވެ. ދެއަތް ވަނީ ޖޯޑު ކިރެވިފައެވެ.
ގޭތެރޭ ވީ އަދިރި ކަމެވެ. އަލްނާ ދިޔައީ އަދްހަމް އާއި ވާހަކަ ދައްކަމުން ނެވެ.
” މަރްހަބާ ދެ ކުދިންނަށް ” ގޭތެރޭ ތިބީ ހަމައެކަނި އެމީހުނެއް ނޫނެވެ. ދެމީހުންގެ އާއިލާ ވަނީ ދެމީހުނަށް މަރްޙަބާ ކިޔުމަށް އެއްވެފައެވެ. އެމާހައުލިގައި ވީއުފާވެރި ކަމެވެ.
މެންދުރުގެ ވަގިތެވެ. ދުނިޔެމައްޗައް ވަނީ އިރުގެ ރަންދޯދި ތައް ސަވާރުވެފައެވެ. އަދްހަމް އާއި އަލްނާ ދިޔައީ މޫދިގައި އުފާވެރި ކަމުގެ ވަގުތުތައް ހޭދަކުރަމުންނެވެ. ފެނުގެ ހަމަލާ ތައް އެކަކު އަނެކަކަށް ބަދަލުކުރަމުންނެވެ. ޔަސްނާ މޫނުމަތީ ވީ އުފާވެރި ކަމެވެ. އޭނާގެ ހުރި ހަމައެކަނި ދަރި އުފަލިގައި އުޅޭތަން ފެނުނީ މައެވެ.
” މަންމަ މެން ދާން ވީނުން ގެޔައް ހަވީރު ވީނުން އެޔޮތް …. އަޅުގަނޑު މެން ދާނަން އިރު އޮއްސޭ މަންޒަރު ބަލާފަ ”
” އަލް ދެން އަލް ގެ ސަމްސާ ބާކީ ވީތަ؟ ” ” ނޫނޭ ދެން ސަމް ބޭކާރެއް ނުވާނުން އެހެން ނޫނީ ސަމް އާއި އެކީ ނުން ބަލަނީ މިއަދު ސަމް ދެން ދޭ މަންމަ މެނާ އެކީ ”
ދުނިޔެ މަތި އަދިރި ކުރަމުން އިރު ދުނިޔެއާއި ވަކިވިއެވެ. “އަލް ވަރަށް ލޯބިވޭ …. ދެން އެހެން ވާހަކަ އެއް ދައްކަބަ އިގޭ ލޯބި ވާކަން ” ދެމީހުން ގެ އުފާވެރި ވަގުތު ތައް ގޮޑު ދޮށުގައި ހޭދަ ކުރަމުން ދިޔައެވެ.
ދުވަސް ތައް އޭގެ ބާރުމިނުގައި ވޭތު ވަމުން ގޮސް މި އަދަކީ އަލްނާ ކައިވެނި ކުރާދުވަހެވެ. ގޭތެރެ އަށް ވީ ހަލަބޮލި ކަން ގެނުވައިފައެވެ. އަންހެން ވެރިން ހޭނަތްޓާފއި ދިޔައީ ކައިވެނި މަލާފަތަށް ބޭނުންވާ ތަކެތި ތައްޔާރު ކުރަމުން ނެވެ. އެވަގުތު ފިރެހެ ން ވެރިންގެ ޒިންމާއަކަށް ވެފައި ވީ ކައިވެނި ހަފްލާ ބޭއްވުމައް ހަމަޖެހިފައިވާ މާހައުލު ތައްޔާރު ކުރުމެވެ.
ހަވީރުގެ ވަގުތެވެ. ކޮންމެ މީހެއްގެ ވެސް މަންޒިލަ ކަށް ވެފައި އޮތީ ރަށުގެ އުތުރު ފަރާތު ގޮޑުދޮށެވެ. މާލަމަށް ވަންނަމުން އައި އެންމެން ދިޔައީ އަލަށް ޒަވާޖީހަޔާތް ފަޝާ ދެ ޖޯޑަށް މަރުޙަބާ ކިޔަމުންނެވެ. އިރުވެސް އައު ދެ ޖޯޑަށް މަރުހަބާ ކިޔަމުން ދުނިޔެމައްޗައް އަލްވަދާއު ކިޔަމުން ދިޔައެވެ.
ރޭގަނޑު ވެގެން އައިވަގުތެވެ. އަދްހަމް އާއި އަލްނާ ދިޔައީ ފޮށިތައް މަތި ތައްޔާރު ކިރުމަށް އަވަދިނެތި އުޅެމުން ނެވެ. އަދްހަމް ބޭނުން ވީ ކާވެންޔައް ފަހު އަލްނާ ގޮވައިގެން މާލެ ބަދަލުވާ ކަމުވާތިއެވެ. ” އަދޫ އެކޮޅުން ހުރިހާ ކަމައް ހަމަޖެހިތް ޖެތަ” އަދްހަމް ގެ އުނަގަނޑުގައި އަތް ވަށާލަމުން އަލްނާ އެހިޔެވެ.” އެކަމާ އަލް ނުވިސްނާ މި ކޮޅުން ގެންދަން ޖެހޭ އެއްޗިހި ގެންދެވޭތޯ އަލް ބަލާ ” އަލްނާގެ އަތުގައި ހިފާ އަބުރާލަމުން އެދުގައި އޭނާ ބޭއްވިއެެވެ.
” ދަރިފުޅުމެން ދެން ކާން އަންނަވީނުން” ދެން ގެނުވަން އުޅުން ހަރަކާތް މަޑުޖައްސާލަން ޖެހުނީ އަދްހަމް ގެ މަންމަ ކާން ގޮވުމުންނެވެ.
އެރޭގެ ކެއުމައް އިންސާފު ކުރަމުން ދިޔައީ ދެ އާއިލާ އެކުގައެވެ. އެންމެންގެ މޫނުމަތީ ވީ އުފާވެރިކަމެވެ. ކެއުމުން ދިޔައިރު ވެސް އަލްނާ އާއި އަދްހަމް ގެ ފައިވީ ގުޅިފައެވެ. އެވަރުން ނުވެގެން ލޮލުން ވެސް ހަމަލާ ބަދަލު ކުރަން ފަށައިފިއެވެ.
” އަލްނާ ފަރިފުޅާ ތީ މިހާރު މީހެއްހެ އަންބެއް ފިރިމީހާއަށް ކިޔަމަންވާން ޖެހޭނެ، ފިރިމީހާގެ ހައްގުތައް އަދާ ކޮއްދޭންޖެހޭނެ، އަތްބެއްގެ ވާޖިބުތައް އަދާކުރަން ޖެހޭނެވެ.
ޖެހިގެން އައިދުވަހު މެންދުރު ދެމީހުންވެސް ތިބީ މާލޭގައެވެ. އަދްހަމް ކިތަންމެހާވެސް އަލްނާއަށް ރަނގަޅެވެ. އޮފީސް ނިމުމަށް ފަހު ބާކީހުރިހާ ވަގުތުތަކެއް ހޭދަކުރާނީ އަލްނާ އާއި އެކުއެވެ. ރެސްޓު ދުވަސް ދުވަހު އަލްނާއާއި އެކު ބަދިގޭގައި ވެސް އުޅެއެވެ. އަލްނާވެސް ވަކި ގޯހެއް ނޫނެވެ. އަދްހަމް ގެ ކޮންމެ އެދުމެއް ވަގުތުން ފުރިހަމަ ކޮއްދެއެވެ. ކަމެއް ގޯސް ވެގެން ދުވަހަކުވެސް އަދްހަމް ޝަކުވާކުރާ ކަށް ނުޖެހެޔެވެ.
ދެމީހުން ދަތުރު ކުރަމުން އައި ކަނޑުގެ ގެ މަޑު މަޑުން އޮއިވަރު ބަދަލުވާން ފަށައިފިއެވެ. އޮޑީގެ މިސްރާބު މަޑުމަޑުން ގަދަ އޮޔެއްގެ ތެރެ އަށް ބެހުނީ އަލްނާ ހީވެސް ނުކޮއް ހުއްޓައެވެ. އަބަދުވެސް އޮފީހުގަ ކޮންމެސް ކަމަކުއެެވެ. ނަމަވެސް އޮފީހަށް ގުޅުމުން ބުނަނީ އޮފީހަށް ނާންނަކަމެވެ. އަލްނާ އަށް ދެމުން އައި ލޮތްބާއި އަޅާލުމެއް މި ހާރު ނުދެއެވެ. އަދްހަމް އާއި ގާތް ވިޔަސް އޭނާ ދަނީ ދުރައްށެވެ. އަލްނާ އަށް ކުރެވޭ އެއްވެސް ކަމެއް އަދްހަމް އަށް ރަނގަޅެއްނުވެއެވެ.
އޭގެން ދުވަހެކެވެ.މެންދުރުގެ ކެއުން ތައްޔާރު ވުން ގޭސް ހުސް ވުމުން މިއަދު ލަސް ވިއެވެ. ކެއުމަށް އައިރު އަދްހަމް ހުރީ އަރާ ރުކުގައެވެ. ” އަލްނާ އަށް މިހާރު ގަޑިއަށް ކާންވެސް ނުހެދޭ އަލްނާ ތިހެން ގޭގަ ހުއްޓަކަސް އަހަރެން މީ ވަޒީފާ އަކަށް ދާންޖެހޭ މީހެއް ގަޑި އަށް ދާންޖެހޭނެ ދޯ ” އާއެކެ އަލްނާ ގޭގައި މަޑު ކުރީ ހަމަ އަދްހަމް ގެ އެދުމަށެވެ.
” މިއަދު ގޭސް ހުސް…” ” ގޭސް ގަންނާނޭހާ ލާރި ހުންނާނީ އަލް ނާ އަށް ދީފަ އެވަރު ކަމެއްވެސް ނުކުރެވެންޔާ ދެން ކޮންކަމެއް ކުރެވޭނީ އަލްނާ އަށް ” ކާން ހަދާފައި ވާ އެއްޗިހި ފޮޅާލުމައް ފަހު އަދްހަމް ނިކުމެގެން ދިޔައެވެ.
އަލްނާގެ ކެތްތެރިކަން ކޮޅުން ލައިގެން ގޮއްސިއެވެ. އެ މައުސޫމް މޫނުގައި ކަރުނައިގެ ކޯރެއް ފޭދުނެވެ. މޫނު މަތީ އަތް އަޅާ އޭނާއަށް ތިރިވެވުނީ ދުނިޔޭން އެކަނިވެރިކަން އިޙްސާސް ވާން ފެށުމުންނެވެ.
ހަވީރުގެ އަލްނާ އިނީ އަދްހަމް ގެ އިންތިޒާރު ގައެވެ. ކިތަންމެ ގަދަ ތޫފާނެއް ގައިވެސް އަލްނާ ބޭނުން ވަނީ އަދްހަމް އާއި ވާހަކަ ދެއްކޭ ތޯއެވެ. އިންތިޒާރު ކުރަމުން އައިވަގުތު ދޮރުން ވަދެގެން އައި އަދްހަމް ނިންމާލިއެވެ.
” އަދްހަމް އަޅެ ބުނެބަލަ އަހަރެން ކޮންކަމެތް ތަ ގޯސް ކޮއް ކުރީ ކީއްވެތަ އަހަންނާ ދުރުން މިހާރު ތި އުޅެނީ އަހަރެން ބޭނުން ވަނީ ބޮޑު ގެއަކާ ފައިސާ އެއް ނޫން އަދްހަމް އަދްހަމް ގެ ލޯބި ލޯބި …..”
އަލްނާ އަށް ހީވީ ހޫނުފެން އެއްޗެއް އޭނާ ގަޔައް ބަންޑުން ކޮއްލީހެންނެވެ. އޭނާގެ މޫނު މައްޗައް ހޫނު އެތިފަހަރެއް އަދްހަމް ފޮޅާލީއެވެ. ” ތިހިރީ ވަރިކޮއްފަ ތީ މަގޭ އަތް ބެއް ނޫން ނިކުމޭ މި ގޭން ”
” އަދްހަމް އަދްހަމް ތިހެން ނުހަދާ އާދޭސް ކޮއްފަ މި ބުނީ މި ތާ އަދްހަމް ނޫނީ ކާކުތަ ހުރީ ، އަދްހަމް ބުނީޔާ ބުނިހާ ކަމެއް ކޮއްގެން މިއަދާ ހިސާބައް ބައްވެސް މި އުޅުނީ އަދްހަމް އަހަރެން ގެ ކުށަކީ ކޮބައިތަ ”
އަދްހަމް އަށް އެއްޗެއް އިވުން ހެންވެސް ހީނުވާކަހަލަ އެވެ . ކުށަކާ ނުލާ އަލްނާގެ ލޯކަރުނައިން ފޯކޮއް ފަސްދީ އޭނަދިޔައެވެ.

(ނިމުނީ)

Share Article

nashaayam
Follow Me Written By

nashaayam

Level 1

Love to write stories ❤️

Other Articles

Previous

ހުޅުކޮޅު – ތިންވަނަބައި

Next

ބީވީމާ 2

Next
December 10, 2023

ބީވީމާ 2

Previews
December 10, 2023

ހުޅުކޮޅު – ތިންވަނަބައި

5 Comments!

  1. Sheenau says:
    December 10, 2023 at 9:32 pm

    This story is very nice.you did 👌👍 excellent.10/10

  2. Sheenau says:
    December 10, 2023 at 9:36 pm

    This story is a very emotional story. And a very truthful story. Follow nashaayam

  3. Sheenau says:
    December 10, 2023 at 9:38 pm

    And a very truthful story. Follow nashaayam

  4. Sheenau says:
    December 11, 2023 at 2:20 pm

    Hello ,i mean this is super duper amazing.

  5. Sheenau says:
    December 29, 2023 at 4:41 pm

    You are a great author

Comments are closed.



All Right Reserved!