Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

ކަރުނަ

yaasha
December 5, 2023 4 Mins Read
0 Comments

 

އަލްޝާ އޭނާގެ އެންމެ ފަހުގެ ނިންމުން ނިންމިއެވެ. ތަޤްދީރު ކޮންމެ ގޮތަކަށް ދެއްކި ކަމުގައި ވިޔަސް ހިތްވަރު ކޮށްލާފައި ކުރިމަތިލުމަށެވެ. ޢުމުރުން 35 އަހަރު ވީއިރު މިއީ އަލްޝާ އަށް ކުރިމަތި ލާން ޖެހުނު ވަރަށް ބޮޑު އިމްތިހާނެކެވެ. ފިރިމީހާގެ ވޭނީ ވަކިތަކުން ސަލާމަތްވާނެ ދުވަހަކަށް އިންތިޒާރު ކޮށް ކޮށް ވަރުބަލިވެފައިވާ ހަށިގަނޑެކެވެ. އެހެން އަންހެނުންނާްި ކައިވެނިން ބޭރުން ގުޅުން ހިންގަމުން އަންނަ ނާހިލް އަލްޝާގެ ކުރިމަތީގައި އުޅެމުން އަންނަތަން ބަލަން  ކެތްނުވާތީ، ރަށަށް ދާން އެދުމުން އާހިލް ހުއްދަދިނެވެ.

އުޑުމަތި ސާފް  ދުވަހެކެވެ. ކަނޑުގެ ރާޅުތައް ފަޅަމުން އައި ލޯންޗް މަޑުކޮށްލީ ހުޅުދޫ ބަނދަރާއި ގާތްވުމުންނެވެ. ލޯންޗު ބަނދަރާއި ގާތްވުން އަލްޝާ ލޯންޗުން ފޭބީ އެތަށް ދުވަހެއްގެ ހުވަފެނެއް ޙަޤީޤިަތަށް ހަދަމުންނެވެ. އަލްޝާ ފޭބުމާއިއެކު އަތިރިމަތީގައި ތިބި ފިރިހެނުންގެ ލޯތަށް އަމާޒުވެގެން ދިޔައީ އަލްޝާ އަށެއެވެ. ނަމަވެސް އަލްޝާ މިކަމަކުން އުނދަގޫވާ ހެނެއް ހިޔެއްނުވެއެވެ. އަލްޝާ ހުރީ މިކަމަށް އާދަވެފައެވެ. އަލްޝާގެ އެ ރީތި ދަނބު ކުލައިގެ ލޮލަށް ބަލަބަލާ ފޫހި ނުވާނެއެވެ. އެ ފަން އިސްތަށިގަނޑާއި އެ ދޮން މޫނު ނުހަނު ގުޅެއެވެ. ލައިގެން ހުރި ހުދު ކުލައިގެ އަތްދިގު ޓޮޕަކާއި އައިސް ބުލޫ ޖިންސް އޭނައާއި ނުހަނު ގުޅެއެވެ. އަދި އަޅުވައިގެން ހުރި ހުދު ކުލައިގެ ސައިޑްބޭގް އޭނާގެ ހެދުން އިތުރަށް ފުރިހަމަ ކޮށްދެއެވެ

ޖީބުގައި އޮތް ފޯނު ނެގުމަށްފަހު ސްކްރީނަށް ނަޒަރު ހިންގާލުމަށްފަހު ކަންފަތުގައި ފޯނު ޖައްސާލުމަށްފަހު މިއާދެވުނީ އޭ ބުނުމަށްފަހު ފޯނު ޖީބަށް ލީ އިރު ތުންފަތް މަތީ ރީތި ހިނިތުންވުމެއް ދުވެލިއެވެ. 10 ވަަރަކަށް މިނިޓް ފަހުން އަލްޝާ އިން ބެންޗް ކައިރިއަށް ކާރެއް މަޑުކޮށްލުމަށްފަހު ކާރުގެ ކުޑަދޮރުތިރި ކޮށްލުމުން އަލްޝާ ބަލާލިއެވެ. އެ ފިރިހެން މީހާ ކާރުން ފޭބުމަށްފަހު އަލްޝާ ގެ ފޮށްޓާއި ދަބަސް ކާރުގެ ޑިކީ އަށް ލައިދިނުމަށްފަހު ކާރަށް އެރުމަށް ދަޢުވަތު ދިނުމުން އަލްޝާ އެރީ ކާރުގެ ފަހަތު ސީޓަށެވެ. “ނައިސް ޓޫ ސީ ޔޫ  އާފްޓަރ ލޯންގް ޓައިމް.؟” އަޒާން މިހެން ބުނީ ހިނިތުންވެ ހުރެއެވެ. އަލްޝާ އެއްވެސް އެއްޗެކޭ ނުބުނެ އިނީއެވެ. އޭނާ އަށް އަޒާން ބުނި އެއްޗެއް ނީވޭ ކަހަލައެވެ. ގޭގެ ދޮރުމައްޗައް ކާރު މަޑު ކޮށްލުމާއިއެކު އަލްޝާ ކާރުން ފައިބައިގެން ގޮސް ވަނީ ގެއަށެވެ.

އަލްޝާ އޭނާގެ ކޮޓަރިއަށް ވަދެ އެކި ދިމަދިމާއަށް ނަޒަރު ހިންގައިލިއެވެ. ފިޔާތޮށިކުލައިން ކޮޓަރީގެ ހަތަރު ފާރު ޖަރީކޮށްފައި ހުރިއިރު ނިދާ އެދު ކައިރީގައި ހުރި ޓޭބަލް މަތީގައި އުއްބައްތި ރޯކޮށްފައި ހުއްޓެއެވެ. އޭނާގެ ސްކޫލު ދައުރުގެ ފޮޓޯތައް ފާރުގެ އެކިތަންތަނުގައި ހަރު ކޮށްފައި ހުއްޓެއެވެ. މީގެ ދިހަ އަހަރު ކުރިން ރަށް ދޫކޮށް މާލެ ދިޔަ އިރު ހުރި ގޮތައް އެއްވެސް ބަދަލެއް އައިސްފައިނުވާ އޭނާގެ ކޮޓަރި ހުރި ހުރުމުން ހައިރާންވެފައި ހުރި އަލްޝާ އެނދުގައި އިށީނުމާއިއެކު ބޭއިޙްތިޔާރުގައި ލޮލުން ކަރުނަ ފޭދިގަތެއެވެ. ގިސްލަ ގިސްލާފައި ރޮވެން ފެށުނެއެވެ. އިރުކޮޅެއް ވީތަނާ ކޮޓަރީގެ ދޮރުގައި މީހަކު ހިފާލިއެވެ. ދެއަތުން ކަރުނަތަށް ފޮހެލަމުން އަލްޝާ ގޮސް ދޮރުހުޅުވާލިއެވެ.

” ދަރިފުޅު ބަލާ ބޮޑުބެ އަށް އެވަގުތު ދެވެން ނެތިގެން އަަޒާން ފޮނުވީ އެއްޗެކޭ ހީނުކުރައްޗޭ” ބޮޑުބެ މިހެން ބުނުމުން އަލްޝާ ކުޑަކޮށް ހިނިތުންވެލާފައި މައްސަލައެއް ނެތް ކަމަށް ބުނެލިއެވެ. އަލްޝާގެ މަންމަ އާއި ބައްޕަ ނިޔާވުމުން ގެ ބަލަހައްޓަމުން ދަނީ ބޮޑު ބޭބެ ނިހާން އެވެ. އެވަގުތުވެސް އަލްޝާގެ ނަޒަރު ހުއްޓުނީ ސިޓިންގް ރޫމުގެ ސޯފާއި އިން އަޒާން އަށެވެ..

އަލްޝާ ފެންވަރައިގެން ނަލަހެދިގެން  ނިކުތް އިރު އަލްޝާގެ އިންތިޒާރުގައި ބޮޑުބޭބެ އާއި އަޒާން އަދި އޭނާގެ އަންހެނުން ރާމްލީ ތިބީ ނުކައެވެ. ރާމްލީ އަކީ ބޮޑުބޭބެގެ ހުރި ހަމައެކަނި އަންހެން ދަރިއެވެ. އެހެން ކަމުން އަޒާން އަދި ރާމްލީ ވެސް އުޅެނީ އަލްޝާގެ ގޭގައެވެ. އަލްޝާ އަވަސް އަވަހަށް ގޮނޑީގައި އިށީނީބަނޑުހައިވެފައި ހުރި ވަރުންނެވެ. މުޅި މާޙައުލުގައި ވެރިވެފައިވަނީ ހިނިތުންވުމާއި އުފާވެރި ކަމެވެ. ނަމަވެސް އަލްޝާގެ މޫނުމަތިން ފެންނަނީ މާޔޫސް ކަމެއެވެ. ކައިނިމިގެން އަލްޝާ ސޯފައިގައި އިށީނީ ޓީވީ ބަލާލާށެވެ. އަލްޝާ ޓީވީ ބަލަން އިންދާ އަޒާން އަިއސް ކައިރީގައި އިށީނެވެ. އަދި ސައިކަލު ދުއްވަން ދާން އެދުނެވެ. ދާން ބޭނުން ނުވާކަމަށް ބުނެ އަލްޝާ އިންކާރު ކުރިއެވެ. ” ފުރަމަތަ ފަހަރެއްވެސް ނޫނެއްނު މިހާރު ހަނދާން ނެތުނީތަ ؟” އަޒާން ސުވާލު ކޮށްލީ ވަރަށް ދެރަވެހުރެއެވެ. އެވަގުތު އަލްޝާ އަށް ބުނާނެ އެއްޗެއްވެސް ނޭގި އިސްދަށަށް ޖަހައިގެން އިދެވުނެއެވެ.

މެންދަމުގެ ވަގުތެއެވެ. އަލްޝާ އަށް ހަމަ އެއްގޮތަކަށްވެސް ނިދޭގޮތެއްނުވިއެވެ. ތަނަވަސް އެ ކޮޓަރިތެރޭގައި ޖަހައިލެވިފައިވަނީ ނޫކުލައިގެ ފަނޑު ނިދާ ބޮތްކެކެވެ. އޭސީގެ ފިނިކަން މުޅި އެ ކޮޓަރި ތެރޭގައިވަނީ ހިފާލެވިފައެވެ. އަލްޝާ ތެދުވެ ގޮސް ހުއްޓެލީ ބެލްކަންޏަށް ނިކުމެވެންހުރި ބިއްލޫރި ދޮރުގެ ކުރިމަތީގައެވެ. ވިއްސާރަވެ ގުުގުރީގެ އަޑު އެހާމެ ގަދައެވެ. ވާރޭ ވެހޭ މަންޒަރު ބެލުމަކީ އަލްޝާ ވަރަށް ކުރާހިއްވާ ކަމެކެވެ. އެހެންކަމުން ކޮޓަރިން ބޭރަށް ވާގޮތައް އިންނަ ބެލްކަނީއަށް އަލްޝާ ނިކުމެ ވައަތް ފަރާތަށް ނަޒަރު ހިންގައިލިއިރު ޖެހިގެން ހުރި ބެލްކަނީގައި އަޒާން ބަލަން ހުއްޓެއެވެ.   އަލްޝާ އަލް ބޭއިޚްތިޔާރުގައި އަޒާން އާއި ދިމާއަށް ކަޅިވެސް ޖަހާނުލައި ބަލަން ހުރެވުނެއެވެ. އެވަގުތު ރާމްލީ އައިސް އަޒާން ގައިގައި ފަހަތުން ބައްދާލުމަށްފަހު ނިދަން ދަނީ އޭ ބުނެ ކޮޓަރިއަށް ވަނެއެވެ. ހިތް ކުދި ކުދި ވެފައިވާ އަލްޝާ އަށް އަދިވެސް ހުރެވެނީ އަޒާން އަށް ބަލަންށެވެ. ކުޑަކޮށް ހިޔާވެފައި ކަހަލަ ގޮތަކަށް މި ދެ ބެލްކަނިވެސް އިންނަނީ ގުޅިފައިކަމުން އަލްޝާގެ ގާތަށް ދިޔުމަށް އަތުން އަޒާން އިޝާރާތް ކޮށްލިއެވެ. ނަމަވެސް އަލްޝާ އަށް ހުރެވުނީ އަޒާންއަށް ބަލަހައްޓައިގެންނެވެ. އަޒާން ބަލަން ނުހުރެ އަލްޝާ ކަރިއަށް ދިޔައެވެ. އެވަގުތު އަލްޝާ އަވަސް ވެގަތީ ކޮޓަރިއަށް ވަނުމަށެވެ. ނަމަވެސް މިފަހަރު އަޒާން އެގޮތަށް އެކަން ވިޔަކަނުދިނެއެވެ.

” ކީއްވެތަ ތިހާ ދުރު ދުރުން ތިއުޅެނީ އަހަންނާ؟ މިހެން ބުނެ އަޒާން އަލްޝާގެ އަތުގައި ހިފާ ގަޔާ ދިމާއަށް ދަމައިގަތެއެވެ. އަދި އަލްޝާގެ މޫނުގައި ދެއަތުން ފިރުމާލައި ބުނެލިއެވެ.

.” އަލްޝާ … ތިގޮތަކަށް ކަންތައް ނުކުރޭ…އަލްޝާ އަށް ހަމަ ރަނގަޅަށްވެސް އިނގޭނެ އަހަރެން އަބަދުވެސް ލޯބިވަނީ އަލްޝާ ދެކެކަން” އަޒާންގެ ސިކުނޑީގައި ދައުރުވަމުން ދިއައީ މީގެ ދިހަ އަހަރު ކުރީގެ ހިޔާލުތަކެވެ. ކަންފަތުގައި ގުގުމަމުން ދިއައީ، އަލްޝާގެ ކޮންމެ ހަރަކާތެއް، ކޮންމެ އަމަލެއް، ކޮންމެ އިހުސާސެއް ފަސޭހަ ކަމާއިއެކު ދެނެގައިތް އަލްޝާގެ ބަސްތަކެވެ. މާނަފުން އެ ލަފުޒުތަކުން ދޭހަ ކުރަންވީ މާނައެއް އަޒާންއަކަށް ނުވިސްނުނެވެ. އާއެކެވެ. އަލްޝާ އަކީ އޭނާގެ ދިރިއުޅުމަށް އަރަތެއްގެ ސަފައިގައި އައި އަންހެން ކުއްޖެކެވެ. އަޒާންގެ ވާހަކަތަކުން ކަރުނަތައް އަލްޝާގެ ކޯތާފަތުގައި ބޮސްދެމުން ތިރިއަށް ފޭބިއިރު، އެކަރުނަތައް ފޮހެލުމުގެ ހުއްދައެވެސް ނެތްކަހަލައެވެ. އަލްޝާ ދުރަށް ޖެހިލިއެވެ.

” އަހަރެން ބޭނުމެއް ނޫން މީހެއްގެ ހައްގަކަށް އަރައިގަންނާކަށް މީގެ ދިހަ އަހަރު ކުރިން އަޒާން އަމިއްލައަށް ނިންމާލީ ދެން މިހާރު ކީއްކުރަން ؟ އެހެން ނޫނަސް އަހަރެން މިހާރު އަޒާން ދެކެ ލޮތްބެއް ނުވޭ….” މިހެން ބުނެ އަލްޝާ ކޮޓަރިއަށް ވަދެ ތަޅުލިއެވެ. އަޒާން ގެ ހިތް ކުދި ކުދި ވިކަހަލައެވެ.

ލައިގެން ހުރި ކަޅު ކޯޓުގެ ގޮށްތައް ނައްޓާލަމުން އެނދުގެ މަގަތުގައި އަޒާން އިށީނދެލިއެވެ. ތުނި ކޮށް ފަޅާފައި ހުރި ތުނބުޅީގައި އަތް ހިންގާލަމުން ދެލޯ މަރާލަމުން ފުން ނޭވާ އެއް ދޫކޮއްލިއެވެ. އެއާއި އެކު އަޒާންގެ ލޮލު ކުރިމަތީގައި ސިފަވެގެން ދިއައީ އަލްޝާގެ ސޫރައެވެ. އެ ޖާދުވީ ކަޅިރަވައާއި، ރީތިކަމުގެ އިންތިހާއެވެ. އަވަހަށް ދެލޯ ހުޅުވާލަމުން އަޒާން އިންތަނުން ފުންމައިގެން ތެދުވިއެވެ. ނިއްކުރިމަތީގައި ބަބުޅަމުން ދިޔަ ދާތިކިތައް ފޮހެލަމުން އަވަހަށް ފާހަނައަށް ވަނީ ބޭކާރު ހިޔާލުތަކުން އެއްކިބާ ވުމަށެވެ. ނަމަވެސް އެނދުގައި ނިދާފައި އޮތް ރާމްލީ އަށް ބަލާލުމުން އަޒާންގެ މޫނުމައްޗައް ވެރިވެގަތީ، ހާސްކަމާއި ހިތްދަތި ކަމެވެ. ބޭނުން ނޫނަސް ތަޖްރިބާ ކޮށްފައި ނުވާފަދަ ބިން ހެލުމަކާ ކުރިމަތިލާން ޖެހުނީއެވެ. އިމާރާތްތަކުގެ ދަށުވެ ސަލާމަތް ނުވެވިފައިވާ މީހެއް ފަދައިން އަޒާން ވާންޖެހިދާނެކަން މާކުރިންވެސް އަޒާން އަށް އެނގެއެވެ. އާނއެކެވެ. އެއްވެސް ކަމަކީ ތާއަބަދަށް ހިތުގައި ބިންވަޅުނަގައި ފޮރުވަން އުޅުނަސް ނުފޮރުވޭނޭ ކަންކަމެވެ. ކޮންމެސް ދުވަހަކުން ހަގީގަތާ ކުރިމަތިލާން ޖެހޭނެ މީހަކީ އަޒާން ކަން އޭނާއަށް އެނގެއެވެ. މިހާތަނަށް އައިއިރު އަޒާންގެ ދޫ ތަޅުލެވިފައިވީ އެހެނަސް މިއަދު މިފެންނަނީ އެދޫ ކޮންމެސް ހިސާބަކުން ހަރަކާތްތެރިވާން ޖެހޭނެ ކަމުގެ ނިޝާނެކެވެ.
ކޮންމެސް ދުވަހަކުން ނަމަވެސް، އަލްޝާ އަކީ އޭނާގެ ކާކުކަން ރާމްލީ އަށް ބުނެދިނުމަކީ އަޒާންގެ ވާޖިބެކެވެ. އަޒާން ވިސްނަންފެށިއެވެ.

 

_ނުނިމޭ_

 

Share Article

Follow Me Written By

yaasha

Other Articles

Previous

އިފްރާ 11

Next

އަނިޔާ

Next
December 6, 2023

އަނިޔާ

Previews
December 5, 2023

އިފްރާ 11



All Right Reserved!