Skip to content
އެސްފިޔަ

މަގޭ ނަސީބު

އައުޅެން

މަގޭ ނަސީބު

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

ލޯބި ފިރިއެއް ލިބުނީތީ އުފާ ކުރީމެވެ.

މުޅިޢުމުރު އެތަނަވަސް މޭމަތި ލިބޭނެ ކަމަށް ހީކުރީމެވެ.

އެލޯބިވެތި ފިރުމުންތައް ތާއަބަދަށް ލިބުންއެދުނީމެވެ.

މިލޯބިވެތިކަން ދެމިއޮތީ މަދު ދުވަސްކޮޅަކުއެވެ.

ރީތި ފިރިހެނުންގެ ހިތް ހުހެއްނުވާނެއެވެ.

އެކަކަށްޓަކައި ޢުމުރު ހޭދައެއް ނުކުރާނެއެވެ.

ގުނާ އަދަދު ނުކުރެވޭހައި ލޯބިވެރިން ތިބޭނެއެވެ.

އަހަރެންނަކީވެސް ލިސްޓުގައި ހިމެނިމީހެކެވެ.

ކައިވެނިވާން ދިމާވީ ބަދުނަސީބުން ކަމުގައިވެދާނެއެވެ.

ރަޙުމަތްތެރިން އަހަރެންގެ ނަސީބާއިމެދު އުފާކުރިއެވެ.

އަހަރެމެންގެ ފޮޓޯ ފޭސްބުކަށްލީ މަޖަލަކަށް ހަދާފައެވެ.

ތިބާއަށްލިބުނީ ހާދަރީތި ފިރިއެކޭ ބުނެލައެވެ.

ގިނަމީހުން މާޝާ ﷲއޭ ނުބުނެ ތިބާ ނަސީބުގަދައޭ ބުނެލައެވެ.

އަހަރެންގެ އުފާތައް ގެއްލި ހިތާމައިގެ ދުވަސްތައް ގުނަން ޖެހުނެވެ.

އެއްޗެއް ނުލިބުމަށްވުރެ ލިބިފައި ބީވެދިއުން މާއަސަރުގަދައެވެ.

ފިރިއެއްގެ ލޯތްބާއި ހިމާޔަތުގެ ތަޖްރިބާ ވަނީކުރެވިފައެވެ.

ހޫނުއިހްސާސްތަކާއި ޖަޒްބާތީ އަސަރުވަނީ ލިބިފައެވެ.

މިއަދު އެހުރިހާ ހަނދާންތަކެއް ހިތް ރޮއްވަމުން ދެއެވެ.

އެ ހަނދާންތައް އަބަދު އާލާވަމުންދެއެވެ.

ވިސްނާވިސްނާ އަހަރެން ބަލިމީހަކަށް ވެއްޖެއެވެ.

 

Comments (4)

  1. love imko 💕💕

    Mi part vex varha reethi Masha Allah ❤️

    1. ismail ali
      love imko 💕💕

      thanx imko

  2. love imko 💕💕

    What is your age

    1. ismail ali
      love imko 💕💕

      Am very very old man.above 55.is vavvaesseh.

Comments are closed.