Skip to content
އެސްފިޔަ

ޕާރުސަލް

އައުޅެން

ޕާރުސަލް

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

ލޯބިވީ ހިތުގެ ފުންމިނުންނެވެ.

ލޯބިީގެ ފޮނިކަމާއި މީރުކަން ބޭނުންވީމެވެ.

ބީހުމުގެ ލައްޒަތު ލިބުންއެދި ހިތްއާދޭސް ކުރިއެވެ.

ފުރަތަމަ ރޭގެ އިންތިޒާރުގައި ތެޅިފޮޅުނީމެވެ.

ކޮންމެ ވަގުތަކުވެސް ދޮރުގައި ޓަކިޖަހާލަފާނައޭ ހީކުރީމެވެ.

ފާރުގައިވާ ގަޑިއަށްއިރުއިރުކޮޅާ ބަލާ ލެވެއެވެ.

ބޯޓުދަތުރު ކުރަން ދިޔައީ ފުރަތަމަރޭ ފާހަގަ ނުކޮށެވެ.

ފަތިހާ ފުރަންޖެހޭއިރުވެސް ރަހުމަތްތެރިންނާއި ވަކިނުވިއެވެ.

ދަބަސްހިފައިގެން ދަމުން ޕާރުސަލެއް ދިނެވެ.

ޕާރުސަލް ކަނޑާލަން ބޭނުންވީ ހަމަޖެހިލައިގެން އިނދެއެވެ.

ބަންގީގެ އަޑު އިވޭތީ ނަމާދު ކޮށްލީމެވެ.

ޕާރުސަލް ނިއުޅާލެވުނީ ވަރަށް މަސައްކަތުންނެވެ.

ފޮށްޓަކަށްފަހު ފޮށްޓެއް ނިއުޅީ ނޭވާ ހިފަހައްޓައިގެން އިނދެއެވެ.

ފޮރުވިފައިވާނީ ކޯޗެއްބާވައޭ ހިތަށް އަރައެވެ.

އާޚިރުގައިފެނުނީ ތަވީދެއްހެން އޮތް ކަރުދާސްކޮޅެކެވެ.

ވިންދު އަވަސްވެފައިވާ ހިތަކާއިއެކު ކަރުދާސްކޮޅުނިއުޅާލީމެވެ.

އަހަރެންނަށް މައާފު ކުރާށޭ ލިޔެފައިއޮތެވެ.

މިކައިވެންޏަކީ ޢާއިލީ ބަދަލު ހިފުމެއް ކަމުގައި ލިޔެފައިއޮތެވެ.

ކައިވެނީގެ ގޮށް މޮހާލިވާހަކަވެސް ލިޔެފައިއޮތެވެ.

އަހަރެން ކުރަމުން ދިޔަ އުއްމީދުތައް ވިއްސިވިހާލިވީއެވެ.