ބަދަލް
ދަރިފުޅުގެ ކަށުކަމާ ކެމީގެ ހުރިހާ ކަމެއް ނިމެންދެން ކެތްތެރިކަމާއެކު ހުރެވޭތޯ ޝުހާދު ލައްކަ މަސައްކަތް ކުރިއެވެ. އޭނާގެ ކެތްތެރިކަން ދެމިހުރީ ދަރިފުޅުގެ ސަންދޯއް ވަޅަށް ތިރިކުރުމާ ހަމައަށެވެ. އެހިސާބުން އޭނާގެ ލޮލުން ކަރުނަތަށް ބޯ ކެރިގަނޑެއް ފަދައިން ފައިބަން ފެށިއެވެ.އެވަގުތު މާފަންނު ސަހަރާ ތެރޭގައި ތިބި ދެފަރާތުގެ އާއިލާގެ އެންމެންގެ ހާލަކީ ވެސް ދަރިފުޅުގެ ކަށުކަމާ ކެމީގެ ހުރިހާ ކަމެއް ނިމެންދެން ކެތްތެރިކަމާއެކު ހުރެވޭތޯ ޝުހާދު ލައްކަ މަސައްކަތް ކުރިއެވެ. އޭނާގެ ކެތްތެރިކަން ދެމިހުރީ ދަރިފުޅުގެ ސަންދޯއް ވަޅަށް ތިރިކުރުމާ ހަމައަށެވެ. އެހިސާބުން އޭނާގެ ލޮލުން ކަރުނަތަށް ބޯ ކެރިގަނޑެއް ފަދައިން ފައިބަން ފެށިއެވެ.އެވަގުތު މާފަންނު ސަހަރާ ތެރޭގައި ތިބި ދެފަރާތުގެ އާއިލާގެ އެންމެންގެ ހާލަކީ ވެސް މިޔެވެ. ކުއްލިއަކަށް އޭނާގެ އަނބިމީހާ ސަހާ އަނބުރައި ގަނެގެން ވެއްޓުނެވެ. އޭނާގެ ނާޒުކު ހިތައް ކެތް ނުވީއެވެ. ވާނީވެސް އެހެންނެވެ. ފުރާނަ ފަދައިން ލޯބިވާ ދަރިފުޅު ދުނިޔެއިން ދާއިމީ ވަކިވުމަކުން ވަކިވާ މަންޒަރު ބަލަން ކެތްވާނީ ވެސް ކޮން މަންމަ އަކަށް ހެއްޔެވެ?
އޭގެ ހަތަރު ގަޑީރެއް ހާއިރު ފަހުން ސަހާ ހޮސްޕިޓަލުން ދޫ ކޮށްލުމުން އެ ދެމަފިރިން ގެޔަށް އައެވެ. އައި ގޮތަށް އައިސް ކޮޓަރީގައިވާ ސޯފާއަށް ހަށިގަނޑު ދޫ ކޮށްލުމަށް ފަހު އޭނާގެ ހިތް ނުތަނަވަސް ކުރުވަމުންދާ ފިކުރުތަކުން ދުރު ވެވޭތޯ މަސައްކަތް ކުރަމުން ޝުހާދު ދިޔައީ ހިތުގައި އަޅަމުންދާ ވޭނުގެ ބޮޑު ކަމުންނެވެ.
އޭނާގެ ސިކުނޑި ދަތުރު ކުރީ މީގެ ހަ އަހަރު ކުރީގެ ހަނދާނަތަކަށެވެ. މާޒީގައި….
މާލޭގެ އިރުމަތީ ފަރާތުގައި ކަނޑު ފެންނަ ގޮތަށް ހަދާފައިވާ އުސް އިމާރާތެއްގެ އެގާރަވަނަ ފަންގިފިލާގައި ވާ ޝާހީ ބޮޑު އޮފީސް ތެރޭގައި ތިބީ މާލޭގެ ނަން މަޝްހޫރު ގޭންގް އެއްގެ ބައިވެރިންނެވެ. ލެދަރ އޮފީސް ގޮނޑިއަށް ހަށިގަނޑު ދޫކޮށްލައިގެން އޮތީ ބޮސް އާކިފްއެވެ.
އޭނާ ވާހަކަ ދެއްކިއެވެ. “މިފަހަރުގެ މިޝަން އަކީ މިނިސްޓަރު ޝާފީ ގެ ދުވަސް ދުއްވާލުން. މިކަން މި ހަވާލު ކުރީ ޝުހައްޓޭ(ޝުހާދު) އާ. ގޯހުން ކަން ހިނގައިފިއްޔާ ވާނެ ގޮތް ރަނގަޅެއް އިނގޭނެ.”
“ޔެސް ބޮސް”ޝުހައްޓޭ ބުންޏެވެ.
ހަލުވި މިނެއްގައި މި މިޝަންގެ މަސައްކަތް ކުރަމުން ޝުހައްޓޭ އާ އޭނާގެ މޭޓުން ދިޔައެވެ. ނަމަވެސް ހާލަތު ބަދަލުވީ އެސްފިޔައެއްް ޖަހާލާހާ އަވަހަށެވެ.
އެއްރެއެއްގައި ޝާފީ އަށް ފާރަލަމުން ފޯނަށް ސަމާލުކަން ދެމުން ޝުހާދު ހިނގަމުން ދަނިކޮށް މީހެއްގެ ގައިގައި ޖެހި ވެއްޓެން ދިޔައެވެ. އެހެންނަމަވެސް އޭނާގެ ކަސްރަތީ ހަށިގަނޑުން އެ ކުއްޖާ ވެއްޓުނަ ނުދީ ހިފެހެއްޓިއެވެ. ޝުހާދަށް އެ ކުއްޖާގެ މޫނު ފެނުމުން ބަލަހައްޓައިގެން ހުރެވުނެވެ.ސާދަވިލޭރޭގެ ހަނދުފަދަ މޫނެކެވެ. ހިތިފަތި ބުމައެކެވެ. ބޯ އެސްފިޔަތަކުން ފޮރުވިފައިވާ ކަޅުކަންގަދަ ކަޅި ނުހަނު ޗާލެވެ. މިހެންދެން ކިޔާނެ ކަމެއް ނެތެވެ. އެހާވެސް ފުރިހަމަ ހޫރެކެވެ.
ކުއްލިއަކަށް އެ އަންހެން ކުއްޖާ ދާން ހިނގައިގަތެވެ. ޝުހާދު އަށް ހުރެވުނީ އާވާރާވެފައިވާ މީހެއް ފަދައިންނެވެ. ހަމަ ހޭވެރިކަން ވީ ކައިރި ހިސާބެއްގައި ހުރި ހަނޫން ގޮވާލި އަޑު އިވުމުންނެވެ.
އޭގެ ފަހުން ކޮންމެ ރެޔަކުވެސް އޭނާ އެ އަނހެން ކުއްޖާ ހޯދަން އެތަނުގައި މުގޯލި އަޅައެވެ. ނަސީބު އަތުގަ ހިފީ އޭގެ ތިން ރޭ ފަހުންނެވެ. އޭނާ އެ ކުއަޖާއާ ވާހަކަ ދެއްކިއެވެ. އެ ކުއްޖާ އެކަމް ވާހަކަ ދައްކަން ދެކޮޅު ހެދިއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. މިއިރު ދިގުވެފައިފާ އިސްތަށިގަނޑުން ޝުހާދު ޖަހަނީ ފެންނުވަރާ ހުރި މީހެއް ސިފައެވެ. ބަލާލާފައި ގޭންގެއްގަ އުޅޭ މީހެކޭ ނުބުނެވޭނެ އެންމެ ސިފައެއް ވެސް ނެތެވެ.
ޝުހާދު ކުއްލިއަކަށް ބަދަލުވާން ފެށިއެވެ. އިސްތަށިގަނޑު ކޮށާލައި ގަޔަށް ހެޔޮވަރު އެއްޗެހި ލާން ފެށިއެވެ.އޭގެ ފަހުން އަނެއްކާވެސް އެ ކުއްޖާ ހޯދައިގެން ވާހަކަ ދައްކަން މަސައްކަތްކުރިއެވެ. މިފަހަރު ދެކޮޅު ހެދުމެއް ނެތި ވާހަކަ ދެއްކިއެވެ. “އަހަރެންގެ ނަމަކީ ސަހާ “އޭނާ ވާހަކަ ދެއްކިއެވެ.” އެ ހިސާބުން ދެމީހުންގެ ގުޅުން ދުވަހެއް ދުވަހަކަށް ބަދަހި ވަމުން ގޮސް އެންމެ ފަހުން ކައިވެނީގެ މަތިވެރި ގުޅުމުން ދެމީހުން ގުޅިގެން ދިޔައެވެ.
އެހެންނަމަވެސް މި ގޮތް އާކިފް އަކަށް ކަމަކު ނުދިޔައެވެ. އެކަން އެނގުނީއްސުރެ އެކަން ހުއްޓުވުމަށް އެތައް އިންޒާރެއް ދިނެވެ. އެހެންނަމަވެސް ޝުހާދު މި ކަމާ ދެކޮޅު ހެދިއެވެ. އަދި ސަހާގެ އެދުމަށް ގޭންގް އިން ވަކިވެ ރީތި ގޮތުގައި ދިރިއުޅުން ކުރިއަށް ގެންދިއުމަށް ނިންމިއެވެ.
އެހެންނަމަވެސް އާކިފް ދިޔައީ އޭނާގެ އިންޒާރުތަކައިގެން ކުރިއަށެވެ. އެއީ ޝުހާދަކީ އޭނާ އެންމެ އިތުބާރު ކުރާ އެކަކެވެ. ކޮންމެވެސް ގޮތަކުން ޝުހާދުގެ އަނގަ ބަންދު ކުރުމަށް އޭނާ ބޭނުންވިއެވެ.
މިކަމަށް ފަރުވާލެއް ނުބަހައްޓާ ޝުހާދު ދިޔައީ ދިރިއުޅުމައިގެން ކުރިއަށެވެ. ކައިވެންޏަށް ދޮޅު އަހަރު ވީއިރު ލޯބި ލޯބި ފިރިހެން ކުއްޖަކު ލިބުނެވެ.
އާދައިގެ މަތިން މި ކުޑަ ކުޑަ އާއިލާ ތިބީ ލޮނުޒިޔާރަތް ޕާކުގައެވެ. ދަރިފުޅު އުނދޯއްޔެއް ކައިރީގައި ހުރެ ކުއްލިއަކަށް ރޯން ފެށި އަޑަށް ޝުހާދު އާ ސަހާއަށް ދެމީހުން އެއްކޮން އެ ދިމާލަށް ބަލާލެވުނެވެ. އެހެންނަމަވެސް މާ ލަސްވެއްޖެއެވެ. ދަރިފުޅުގެ މެޔަށް ވަނީ ތޫނު ވަޅިއެއް ހަރާލެވިފައެވެ. ލޭތައް ބޮކި ބޮކި ޖަހައިފައި ފައިބަމުން ދިޔައެވެ. ކައިރީގައި މީހަކު ފެންނާކަށް ނެތެވެ. ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް ކުއްޖާ އޮތީ ނިޔާވެފައެވެ.
ޕޮލިހަށް މައްސަލަ ޖައްސައި ތަހްގީގް ފެށުނެވެ. އެއީ އާކިފް ޝުހާދުގެ ކިބައިން ހިފި ބަދަލެވެ. ޝުހާދު ހިތަށް އެރިއެވެ. މީ އޭނާ އަށަ ކުރެވުނު ކުށްތަކުގެ ސަޒާއެވެ.
ކުއްލިއަކަށް ހިޔާލުން ބޭރުވެވުނީ ސަހާ އައިސް އޭނާގެ ކޮނޑުގައި އަތް ބާއްވާލި ކަމުގެ އިހްސާސް ކުރެވިގެންނެވެ. އެ އަސަރުގަދަ ދެ ލޮލުން ބުނެދެމުން ދަނީ ހިތްވަރު ކުރުމަށެވެ. މި ކަނޑެއް ފަދަ ފުން ހިތާމައިން މިންޖުވުމަށް އެ ދެމަފިރިންނަށް މި ވަގުތު ބޭނުންވަނީ ވަގުތެވެ. އެހެންނަމަވެސް ލޯބިވާ ދަރިފުޅުގެ ފޮނި ހަނދާން އެ ހިތްތަކުން ފުހެލެވޭނީ ކިހިނަކުން ހެއްޔެވެ?
ނިމުނީ
6 Comments!
Comments are closed.
Masha Allah nice story sheymy.sheymy ge ehen story eh varah avahah kiyaalan libeyne kamah ummeedhu kuran
Thankyou for your support! Varah avahah Insha allah new story eh upload kuraanan❤️😊
Vv reethi mi vhk Maasha Allah ❤️ehn vhk kiyaalan libeyne kamah Unmeedhu kuran😊
Thanks.Insha allah soon you’ll get to read a new one ❤️😊
Mi part vex varha reethi
Sheymy ehen part kiyaalan libeeney kama unmeedhu kuran
I love this story
Sheymy ge vaahaka libuneema varha ufaaveje
mi part vex varha reethi
AA vaahaka kiyaalan libeeney kama unmeedhu kuran
Very much appreciation for the support! Love soon you’ll get it.❤️🥹😊