Skip to content
އެސްފިޔަ

ދޮންތަބޭގެ ސަމާސާ

އައުޅެން

ދޮންތަބޭގެ ސަމާސާ

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

ދޮންތަބޭ އަބަދުވެސް ސަމަސާ ކުރެއެވެ.

ދޮންތައާ ވައްތަރޭ ބުނެ ފޮށެ ހަދައެވެ.

ދޮންތައަށް ވުރެ ކޯތާފަތް މާރީއްޗޭ ބުނާނެއެވެ.

ދޮންތަކުރިމަތީގައި އަނގަމަޑު މިތުރެކެވެ.

ސާލިހު ވަފާތެރި ފިރިއެކެވެ.

ދޮންތަ ނޫޅޭ ގަޑިއެއްނަމަ ފިސާރިމީހެކެވެ.

އެރީތި މޭމަތި އޮންނާނީ ހާމަކޮށްލާފައެވެ.

ކަޅިޖަހާ ނުލައި އަހަރެންގެ ގަޔަށް ބަލާނެއެވެ.

އަހަރެންގެ ހަށިގަޑަކީ ދޮންތަބޭ ކުޅޭ އެއްޗަކަށް ހެދިއެވެ.

ދޮންތައަށް ދޮންކަޅުމިން ވެސް ނޭގޭނެއެވެ.

ވަގަކަށް ހާސްދުވަސް ވެރިއަކަށް އެއްދުވަސްތާއެވެ.

ދޮންތައަށް ގެއަށް އާދެވުނުއިރު ފިލްމު ނިމެނީއެވެ.

ދޮންތަ އަރިއަޅާލައިގެން ވެއްޓުނީ އަހަރެމެންގެ ގަޔަށެވެ.

މަރުކަޒަށް ގެންދެވުނީ ފުރާނަނެތް މަސްގަޑެވެ.

އަހަރެންނަކީ ކުށްވެރިއެއް ކަމަށް ޤަބޫލު ކުރެވުނެވެ.

ދޮންތަބެއާއި އެކުކުރިފާފަތައް ފަސްއަޅާފޮރުވުނެވެ.

ދޮންތަ ބުނި ޖުމްލަ އަހަރެންގެ މޭ ތޮރުފަމުން ދެއެވެ.

ދޮންތަ ދުވަހަކުވެސް އަހަންނަށް މަޢާފެއް ނުކުރާނެއެވެ.

މިހިތްދަތިކަން އަހަރެންގެ ވަށައިގެން އަބަދުވެސްވާނެއެވެ.