އައިލީ
އުޑު މަތި ރީތި ސާފު ދުވަހެވެ. މުނި މާހައުލު އެއްވަސް ވެފައި ވަނީ ހައްދާފައިވާ މާބަގީޗާތަކުގެ މީރު ވަހިންނެވެ. ރާޅުތައް އައިސް ގޮނޑުދޮށުގައި ބޮސް ދެމުން ދާއިރު އިވޭ މިޔުޒިކީ އަޑުން މުނި މާހައުލު ފަޅުފިލުވާލަ ދެއެވެ. އިރު އަލިން މުނި ފަޒާ ވަނީ ރަން އަލިން ދިއްލާލާފަައި ވާއިރުބަލާ ފޫއްސެއް ނުވާނެއެވެ. ހީވަނީ ދުނިޔެ މަތީގެ ސުވަރުގެ ހެންނެވެ. ނަމަވެސް ދޮންވެލި ގަނޑު މަތީގައި އިށީންދެލައިގެންއިން އައިލީޔަށް މިއިން ކަމެއްއިހުސާސް ނުވާކަހަލައެވެ. ހީވަނީ ހުވަފެނީ ދުނިޔެ އަކަށް ގެއްލިފައި އިންނަ ހެނެވެ. ކުއްލިޔަކަށް އައިލީއަށް ސިއްސައިގެން ގޮސް ފަހަތަށް ބަލާ ލެވުނީ އޭނާގެ ފިރިމީހާ އައިރީން ގޮވާލުމުންނެވެ. އައިލީ އަށް ދުވެފައި ގޮސް އައިރީން ގައިގައި ރޮމުން ބައްދާލެވުނެވެ.
އައިލީގެ މޫނު މަތިން ކުރެހިފައިވަނީ ހިތާމަޔާއި، ހިތްދަތިކަމާއި، ނުތަނަވެސް ކަމެވެ. އެ ދޮންދޮން މޫނު ވަނީ މިލާ މޯޅިވެފައިވާ ވިލާގަނޑެއް ފަދައިންނެވެ. އައިރީންގެ އަޑު އިވުމާ އެކުއައިލީން އަށް ދުވެފައި ގޮސް ބަށްދާލެވުނެވެ. އަދި ގިސްލަގިސލާފައި ރޮވެން ފެށުނެވެ. އައިރީން ގެ ކޮނޑުގައި ބޯއަޅައިގެން ރޮމުންދިޔަ އައިލީ މަސަލަސް ކުރެވޭތޯ އައިރީން ދިޔައީ މަސައްކަތްކުރަމުންނެވެ. އައިލީ އަކީ ކިޔަވަން މޮޅު ރަނގަޅު ތަރުބިއްޔަތެއް ލިބިފައިވާ ހެޔޮ އަހުލާގެއްގެވެރި ކުއްޖެކެވެ. އުފާވެރި ކަމާއެކު ހަޔާތްވޭތު ކުރަމުން ދިޔަ އައިލީގެ ދިރިއުލުން ބަނަކޮށްލި ހިތާމަވެރި ހާދިސާއަކީ އޭނާ މުނި އުމުރަށް ނަފްސާނީގޮތުން ބަލިކަށި ކޮށްލި ކަމެކެވެ.
އައިލީ އެންމެ ކުޑަ އިރުއްސުރެ ހެދިބޮޑުވަމުން އައީ މައިންބަފައިންގެ ލޯތްބާ އަޅާލުމާ އެކީ ގައެވެ. ދިރިއުޅެމުން ގެންދިޔައީ ވަރަށް އުފަލާއި ހިތްހަމަ ޖެހުމާއެކުގައެވެ. ނަމަވެސް އައިލީ ގްރޭޑް ފަހަކުން ފެށިގެން ކަންތައްތައް ބަދަލުވަމުން ދިޔައެވެ. މަންމަ އާއި ބައްޕަގެ އަޅާލުން ލިބޭވަރު ދަނީ ދުވަހެއް ދުވަހަކައް ކުޑަވަމުންނެވެ. ގޭތެރެއިން ަބަދު އިވެމުން ދަނީ މަންމަ އާއި ބައްޕަ ޒުވާބުކޮށް، ތޮޅީ، ތަޅާފޮޅާ ހަދާތަނެވެ. ބައެއް ފަހަރު ފިލާވަޅު ހަދަން އިންނައިރު ގޭތެރޭގައި ހުންނަ އެއްޗެހި ހަލާކު ކުރާއަޑުއިވެއެވެ. ކޮންމެ ދުވަހަކު އެތަށް އަނިޔާތަކެއް މަންމްގެ ހަށިގަނޑުން ރޯކޮށް ފެންނަން ހުރެެއެވެ. މި ކަންކަން މިގޮތަށް ވާތަން ބަލަން އައިލީންއަށް ކެތްކުރަން އުދަނގޫ ވިއެވެ. މި ކަމުގެ ސަބަބުން ގުނާ އަދަދު ކުރަން ނޭންގޭ ވަރަށް އައިލީން އަށް ވަނީ އަސަރު ކޮށްފައެވެ.
ކުރިން އުޅުނު އުފާވެރި ދުވަސްތައް އަލުން ފެންނާނެ ދުވަހަކީ އައިލީ ވަރަށް ދެކެން ބޭނުންވާ ދުވަހެކެވެ. ނަމަވެސް އޭގެ ހަފްތާއެއް ފަހުން މަންމަމެން ވަރިވިކަމުގެ އަޑު ކަންފަތަށް އިވުނީ ހޮނުގުގުރި އެއްފަދަ އިންނެވެ. -ނުނިމޭ-
One Comment
Comments are closed.
Masha allah feshun vrh rythi
Keeep it up dear
When is next?