Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވަކިވެދިޔުމުން

🌹YEOJA🌹 Level 610 Stories100 Login100 Comments
June 12, 2023 7 Mins Read
11 Comments

މާލޭގެ ހަލަބޮލި މަގުމައްޗަށް ނަޒަރު ހުށްޓާލައިގެން އަހަރެންނަށް ހުރެވުނީ ކިހާ އިރެއްވަންދެން ކަން އިޙްސާސް ވީ ގެއަށް އައިސް ވަން އަހަރެންގެ ފިރިމީހާގެ އަޑުއިވުމުންނެވެ. އެ އަޑުއިވުނެއް ކަމަކު ހިތަށް ލިބެންވާ ހިތްހަމަޖެހުން ނުލިބުމަކީ އެއީ އަހަރެންނަށް އައުކަމެއް ނޫނެވެ. ހިތާ ދެކޮޅަށް ކުރެވޭ ކައިވެންޏަކުން ލިބޭނީ ކޮން އުފަލެއް ހެއްޔެވެ؟. ލޯބިވާ މީހަކާ އެކީ ދިރިއުޅުމެއް ބިނާ ކުރުމަކީ ކޮންމެ މީހެއް ދެކޭ ހުވަފެނަކަށް ވާއިރު އަހަރެންނަށް އެފުރުސަތެއް ލިބިފައެއް ނުވެއެވެ. އުޅެބޮޑުވަމުން އައީ ހަރުކަށިގޮތެއް ގެންގުޅެމުން އައި އާއިލާ އެތްގައިކަމުން އަމިއްލަ މިނިވަންކަމަކީ އަހަރެންނަށް ދުވަހަކުވެސް ލިބިފައިވާ ކަމެއް ނޫނެވެ. އުމުރުން އަށާރަ އަހަރުވުމާއެކު ބައްޕަ ހިތްއެދޭފަދަ ފޯރާ ޒުވާނެއްގެ އަތްމައްޗަށް ދޫކޮށްލީ އަހަރެން ހިތްއެދޭގޮތަކީ ކޮބައިކަން ބަލައިލުމެއް ނެތިއެވެ.
ހިޔާލުތަކުގެ ފުންކަނޑުން ނިކުމަކީ އަހަރެންނަށް ފަސޭހަކަމަކަށް ނުވިނަމަވެސް ފިރިމީހާ ޒިޔާންގެ އަޑަށް އަހަރެން އެތެރެއަށް މިސްރާބު ޖެހީމެވެ. ރުންކުރުކަމެއް އަޑުގައި ހުރުމުން އަހަރެން ގެ ހިތްނުތަނަވަސް ވީ ދެން ކަންތައް ވާނެ ގޮތް އިޙްސާސްކޮށްލެވުމުންނެވެ. މިކައިވެނީގައި އަހަރެން އުޅެނީ އުފަލުން ނޫންކަން އަހަރެންގެ ގައިން ފެންނަމުން ދާ ލަކުނުތައް ހެއްކަކަށް ފުދެއެވެ. ދެލޯމަރާ ބާރުކޮށްލެވުނީ މޫނުމައްޗަށް އެރި ހޫނުއެތިފަހަރުންނެވެ. ޖެހިލެއް ބާރުކަމުން އަހަރެން ތިރިއަށް އަރިއަޅާލައިގެން ވެށްޓުނެވެ. ” ތީހަމަ އަހަރެންގެ ހަޔާތަށް އައި ބަދުނަސީބުކަމެއް، އަހަރެން އަހަރެންގެ ލޯބިވެރިޔާ ދޫކޮށްލަން ޖެހުނީވެސް ހަމަ ކަލެއާއި ހެދި، މި މުސީބާތުން ސަލާމަތް ވާނީ ކޮން ދުވަހަކުން ބާއޭ ހިތަށް އަރަނީ ، ދެން ދޭ އަހަރެން ލޯކުރިމަތިން ” ކޮންމެ ދުވަހެކޭ އެއްފަދައިން އައިއްސާ ހުރި ރުޅިއަހަރެންނަށް ބޭލުމަށް ފަހު އަހަރެން ކޮޓަރިތެރެއަށް ހޫރާލިއިރު އެ ހިތުގައި އިންސާނިއްޔަތުކަމެއް ވެސް ނެތެވެ. އެތައްއިރަކު އަހަރެން ރޯން އިނުމަށްފަހު ތާޒާ ވެލައިގެން އައިސް ލޯގަނޑު ކުރިމައްޗަށް ހުށްޓިލެވުނީ ފެންނަމުން ދިޔަ ލަކުނުތައް ލޮލުގައި އަޅައިގަތުމުންނެވެ.
އެއީ ދުވަހަކުވެސް ގައިން ދާނޭ އެއްޗިއްސެއް ނޫނެވެ. ދެލޮލަށް ބޮނޑިވަމުން ދިޔަ ކަރުނަތައް ފުހެލުމަށްފަހު ކުޑަކޮށް ތައްޔާރުވެލައިގެން އަހަރެން ނިކުތީ ނަފްސަށް ހަމަ ޖެހުމެއް ލިބޭތޯ ބޭރަށް ނިކުމެލުމަށެވެ. ސޯލްއަކުން ކަރާއި އަތް ކިތަންމެ ރީއްޗަށްވެސް ނިވާކުރިއަސް އެއީ އަބަދަށް ވަންހަނާ ކުރެވޭނެ ތަންތަނެއް ނޫނެވެ. މަޑުފިޔަވަޅުތަކެއްގައި އަހަރެން ހިނގަމުން ދިޔައިރު ވިސްނުމާއި ފިކުރުތައް ވަނީ މިހާރު އަހަރެންގެ ހަޔާތާ ދެތެރޭގައިއެވެ.
ކުށްލިއަކަށް ސިހުމެއް ލިބުނީ ކައިރިން ހުރަސް ކުރި މީހަކު އަހަރެންގެ އަތުގައި ހިފާދަމާލުމުންނެވެ. ލިބުނު ސިހުމުގައި އެމީހެއްގެ އަތްފޮޅާލެވުނީ ހިތަށް ވެރިވެގެންފައިވާ ބިރުވެރިކަމެއްގެ ސަބަބުންނެވެ. އެމީހަކުވެސް އަހަރެންގެ އެ އަމަލުން ސިއްސާގެން ދިޔަކަން އަހަރެންނަށް އިނގުން ވެލިއެވެ. ” ސޮރީ، ދެންމެ ހުރަސްކުރި ސައިކަލުގައި ތިކުއްޖާ ޖެހެން އުޅޭހެން ހީވެގެން އަހަރެން އަތުގައި ހިފާ ދަމާލެވުނީ” އިވިގެން ދިޔަ ފިރިހެންވަންތަ އަޑުން ގައިން ހީބިހި ނަގައިގެން ދިޔައެވެ. އިސްއުފުލާލާއި އެ ޒުވާނާ އާއި ދިމާލަށް ބަލައިލެވުނީ އިޙްތިޔާރުން ބޭރުގައެވެ. ހިތްއެދޭ ރީތި ސިފަތަކެއް އެ ޒުވާނާގައިގައި ވާއިރު އަހަރެންނަށް ނޭނގި ހިތާހިތުން ތަޢުރީފުކުރެވުނެވެ. ” ޝުކުރިއްޔާ” އަހަރެންގެ ދުލުން ނިކުތީ ހަމަ އެކަނި އެބަސްކޮޅެވެ. އޭނާ ހިނިތުންވެލާފައި އެނބުރި ދާން ދިޔަނަމަވެސް އަހަރެންގެ ހިތްގޮވަމުން ދިޔައީ އެ ގޮތްނޭނގޭ ޒުވާނާ ހުށްޓުވުމަށެވެ. އެހެންނަމަވެސް އަހަރެން ހުރި މަޤާމް އަހަރެން ހަނދާންކޮށްލަމުން ރަސްފަންނަށް ދާން މިސްރާބުޖެހީ އެއީ އަބަދުވެސް އަހަރެންގެ ހިތަށް ހިތްހަމަ ޖެހުން ހޯދުމަށް ދާ މާހައުލަށް ވެފައިވާތީއެވެ. އަހަރެންނަށް އޭރު ނޭނގުނީ ދެންމެ ހިނގައިދިޔަ ކަންތައް ބަލަހަށްޓައިގެން މީހަކު ހުރިކަމެވެ.
ހަމަހިމޭން ތަންކޮޅެއް ހޯދާލަމުން އަހަރެން ހަމަޖެހިލީމެވެ. ކުރިމަތިން ފެންނަމުން ދިޔަ ހިމޭން ކަނޑަށް ނަޒަރުހުއްޓާލުމާއެކީ ވިސްނެމުން ދިޔައީ އަހަރެން ގެ މުސްތަޤުބަލާއި މެދުއެވެ. ލޮލުން ނީރާލި ކަރުނަތިކި ފޮހެލަމުން އަހަރެން އަތުގައި ހުރި ލަކުނުތަކަށް ބަލަހަށްޓައިގެން އިނދެވުނީ އަހަރެންގެ މިހާލަތަށް ހިތާހިތުން ޝަކުވާ ކުރާހާލުއެވެ. ” ހެއި،” އަހަރެން ސިއްސާގެން ދިޔައީ އިވިގެން ދިޔަ އަޑުންނެވެ. ހިނދުކޮޅަކަށް ކަންފަތުގައި އެ އަޑުޖެހިފައި ވީނަމަވެސް އެއީ ހަނދާން ނައްތާލަން ފަސޭހަވި އަޑަކަށް އަހަރެންނަކަށް ނުވިއެވެ. ފަހަތްބަލާ ލެވުނީ ބޭއިޙްތިޔާރުގައެވެ. ކުރިމަތީ ހުރީ އެތްކަލަ ގޮތް ނޭނގޭ ޒުވާނާއެވެ. އަހަރެންގެ ހިތުގައި ނުތަނަވަސް ކަމެއްވީ ގޮތްނޭނގޭ އެ ޒުވާނާގެ ސަބަބުންނެވެ. ” އަމް ، މިއީ ތިކުއްޖާގެ ކެވެލިކޮޅެއް ދޯ؟ އަހަރެންގެ ގަމީހުގެ އަތުކުރީ އެލިފަ އިނީމައި ، އެހެންވެ ފަހަތުން މިއައީ މިދޭންވެގެން” އޭނާ އަތުގައި އޮތްކެވެލިކޮޅު އަހަރެންނާ ދިމާލަށް ދިއްކޮށްލަމުން ބުނެލިއެވެ. އަހަރެން ހިނިތުންވެލަމުން އޭގައި ހިފާލީމެވެ. ” މިތާ އިށީނދެލިޔަސް އޯކޭ؟” އޭނާ އަހަރެންނާ ދިމާލަށް ބަލައިލަމުން ބުނެލިގޮތުން ހިތްތެޅެލިއެވެ. އަހަރެންނަށް ކުރެވުނު ހާވެސް ކަމަކީ ބޯޖަހާލުމެވެ. ” އަހަރެންނަށް ކިޔަނީ މިޝަލް، އަސްލު ވިއާރޑް ދޯ އަލަށް ދިމާވެފައި މިހެން ނުވެސް ދަންނަ މީހަކާ ވާހަކަ ދައްކަން، ބަޓް އަހަރެންނަށް ފުރަތަމަ ވެސް ތިކުއްޖާ ފެނުމާ އެކީ ސްޕެޝިއަލް ފީލިންއެތް އައީ ނަސީބެއް ކެވެލިކޮޅުގެ ބަހާނާގައިވެސް ދެވަނަ ފަހަރަށް މީޓް ވިކަން” މިޝަލް ވީ އަހަރެން ހީކުރިވަރަށް ވުރެ އަނގަގަދަ މީހަކަށެވެ. އޭނާގެ މިގޮތްގަނޑު އަހަރެންނަށް ވަރަށް ކަމުދިޔައެވެ. ހުދު އަހަރެންނަކީ ވެސް ކުރިން އެހާ އަނގަގަދަ ކޮށް އުޅުނު ކުއްޖެއް ނަމަވެސް އަހަރެންގެ ހަޔާތް އެތްކޮށް ބަދަލުވެގެން ދިޔައީ މިކައިވެނީގެ ސަބަބުންނެވެ. ” އައިއެމް ސާރާ” އަހަރެން އެވަރަށް ބުނެލުމަށް ފަހު ހިނިތުންވެލަމުން އިސްޖަހާލީމެވެ. ” ކީއްވެ އަބަދު ސޭޑްވެފައި ތި އިންނަނީ، އަހަރެން ނުފެންނަކަމަށް އޭރުހެދިޔަސް އައިސޯ ޔޫ ކްރައިން އެން އަތުގައި ތިހިރަ ފޮރުވާފައި ހުރި ލަކުނުތައް ވެސް އަހަރެންނަށް ވަރަށް ރީއްޗަށް ފެނިއްޖެ” މިޝަލް އިއްވާލި ވާހަކަ އިން އަހަރެންނަށް ކުއްލި ސިހުމެއް ލިބިގެންދިޔައީ އަހަރެން އެހާވަރަށް ފޮރުވައިގެން އުޅުމުން ވެސް އެ ފެނުމުންނެވެ. ބުނާނެ އެއްޗެއް ނޭނގިފައި އަހަރެން ހިނދުކޮޅަކަށް އިނދެލީމެވެ. އޭނާ އަށް ވެސް އަހަރެންގެ ހާލަތު އިޙްސާސް ވީކަންނޭނގެއެވެ. އެއްޗެއް ނުބުނެ މިޝަލް ވެސް ހަމަ އިނީއެވެ. ” އަހަރެން.. އަހަރެން އުޅެނީ މީހަކާ އިނދެގެން، ދެން މިލަކުނުތަކަކީ އޭނާ އަހަރެންނަށް ދޭހާ ހަދިޔާ” ހިތިހިނިތުންވުމަކާ އެކީ އަހަރެންނަށް އެހެންބުނެވުމުން އަޖާބުވި ނަމަވެސް ފުރަތަމަ ފަހަރަށް އަހަރެންގެ ހިތް ހުޅުވާލެވުމުން ބަޔާންކުރަން ދަތި ހިތްހަމަ ޖެހުމެއް ލިބުނެވެ. ” ދެން އަނިޔާލިބޭ އިރުވެސް އިންނަނީތަ؟ އެއާދެކޮޅަށް ފިޔަވަޅު އެޅުމުގެ ހައްޤު ސާރާ އަށް ވެސް ލިބިފައިވާކަން އިޙްސާސްވޭތަ؟” މިޝަލް އާދިމާލަށް އަހަރެންނަށް ބަލައިލެވުނީ އިޙްތިޔާރުން ބޭރުގައެވެ. ލޮލަށް ބޮނޑުވެފައި ވާ ކަރުނަތައް ވެސް ފައިބާގަތީ އަހަރެން އެހެން އިންދައެވެ. ” އަހަރެން ގަޔަކު މިޝަލް ތިހީކުރާހާ ހިތްވަރެއް ނެތް، އެހެންނޫނަސް އަހަރެން މީ އެކަނިވެރިއެއް، އަހަރެންގެ އާއިލާ ތިއްބަސް ނެތްފަދަ. އެމީހުންނަކަށް އަހަރެންގެ ހާލަތެއް ނުވިސްނޭނެ، އެކަނި މިކަން ކުރުމަކީ ފޫނެތް ފަޔަށް ފެންފުރުން ކަހަލަ ކަމެއް، އަހަރެން ކަހަލަ އެކަނި އަންހެނަކަށް އަހަރެންގެ ފިރިމީހާގެ އަތްދަށަކުން މޮޅެއް ނުވެވޭނެ، ބަދަލުގައި ލިބޭނީ ހުސްއަނިޔާ” ހިތަށް ލިބިފައިވާ ހިތާމާގައި އަހަރެންނަށް ހުރިހާ އެއްޗެއް ކިޔުނު އިރުވެސް އިނދެވުނީ މިޝަލް އާއި ދިމާލަށް ބަލަހަށްޓައިގެންނެވެ. ފުރަތަމަ ފަހަރަށް އަހަރެން ގެ ހާލަތު ވިސްނޭނެ މީހެއް ވާކަން އިޙްސާސް ކުރެވުނަސް މި ނުދަންނަ ޒުވާނާ އަށް ވެސް އަހަރެންނަށް ކޮށްދެވޭނެ ކަމެއް ނެތްކަން ހިތަށް އެނގުން ވެލިއެވެ. ” ތީ ސާރާ އަށް ހީވާ ކުށްހީ ، އަހަރެން ސާރާ އަށް އެހީވެދީފާނަން ، އަހަރެންނަކީ ފުލުހެއް، މިކަހަލަ އެތައް މައްސަލައެއްގައި އެތައް އަންހެނަކަށް އެހީވެދެވިފައި ހުންނާނެ ، އެއީ އަހަރުމެންގެ ޒިންމާ، އެކަމް އަހަރެން ސާރާ އަށް އެހީވާން ބޭނުންވަނީ އަހަރެންގެ އަމިއްލަ ޒިންމާއެތްގެ ގޮތުގައި ދެކިގެން، ފުރަތަމަ ވެސް ބުނިފަދައިން ސާރާ އަހަރެންނަށް ވަރަށް ޙާއްސަވެއްޖެ، މީހެއްގެ އަންބެތްގެ މަޤާމުގައި އިންކަމުގައި ވީނަމަވެސް” ޔަޤީން ކަމާއެކީ މިޝަލް ބުނެލި ބަސްކޮޅުން އަހަރެންގެ ހިތަށް ހިތްހަމަ ޖެހުން ލިބުނެވެ. ދިރިއުޅުމާމެދު ފޮނި ހުވަފެންތައް އެވަގުތުކޮޅުވެސް ދެކެމުން ދެވުނެވެ. ހަމައެހެންވެ އަހަރެންނަށް ވެސް މިޝަލް ޙާއްސަވީ އަހަރެންނަށް ވެސް ނޭނގިއެވެ. އަހަރެންގެ ހިތަކަށް އަހަރެންނަކަށް ވެސް ބާރެއް ނުފޯރުވުނެވެ. ކަރުނައިގެ ތެރެއިން ވެސް އަހަރެންނަށް ހިނިތުންވެލެވުނެވެ. ” ތެންކިޔޫ ވަރަށް ބޮޑަށް ، ނުދަންނަ މީހަކަށް އަލަށް މިގެން މިކަހަލަ ވާހަކަ އެއް ޙިއްސާ ކުރެވުނީވެސް، އަހަރެން ވަރަށް ބޭނުން އޭނާގެ އަތްދަށުން ސަލާމަތްވެ މިނިވަންވާން ، އިތުރަށް ކިޔެވުމަކީ އަހަރެންގެ ހުވަފެނެއް އެކަމް އެކަމެއް ވެސް ނުވި ، ދެން އަހަރެން ލޯބިވާމީހަކާ އިނުމަކީ އަބަދުވެސް އަހަރެންގެ ހުވަފެނެއް އެކަމެއްވެސް އެކަމް ކާމިޔާބެއްނުވި ، އެކަމް ޒިޔާންގެ އަތްދަށުން ސަލާމަތްވުމަކީ އަހަރެންގެ މި ހުވަފެންތަކުގައި ކުލަޖެހުމަށް ހުޅުވޭ ދޮރެއް ، އެހެންވެ ވަރަށް ބޭނުން، އެކަމް އަހަރެން ބޭނުން ވަނީ އޭނާ އަށް ނޭނގޭހާ ސިއްރުން މިކަން ކުރަން، އެއީ އާދައިގެ އިންސާނެއް ނޫން ، އޭނާ ފަހެއް ނުޖެހޭނެ މީހަކު މަރަންވެސް” ނުތަނަވަސް ކަމާއެކީ އަހަރެންނަށް ބުނެލެވުނެވެ. ” ސާރާ ހާސްނުވޭ އިންޝާﷲ ސާރާ ބޭނުން ވާ ހުރިހާކަމެއް އަހަރެނ ފުރިހަމަ ކޮށްދޭނަން ، ކޮންމެފަދަކަމެއް ކޮށްގެން ވެސް، ތި ޒިޔާން ވެސް އަތުލާނަން، އެން ތި އަނިޔާތަކުން ސާރާ ސަލާމަތް ކޮށްދޭނަން، އަހަރެންނަށް އިތުބާރުކުރޭ” މިޝަލްގެ ވާހަކައިން ހިތަށް ލިބުނު ހަމަ ޖެހުމާއެކީ ދެން އިތުރަށް މިކަމާމެދު މަޝްވަރާ ކުރަމުން ދިޔައީމެވެ. ނަފްސަށް ލިބިފައިވާ އާދަތާ ޙިލާފު ހިތްހަމަ ޖެހުމަކީ މިއިން ޒަމާނެއްގައިވެސް އަހަރެން އިޙްސާސް ކުރެވުނު ކަމެއް ނޫނެވެ. މަޑުމަޑުން ދެމީހުންގެ ދޭތެރޭ އޮތް ގުޅުން ވެސް ބަދަހިވެގެން ދިޔައެވެ. ދެމީހުންވެސް ވަކިވެލީ މާދަމާ ވެސް ބައްދަލުކުރަން ނިންމާގެންނެވެ. އަހަރެން އެ މާހައުލުން އެހެން ދުވަސް ތަކާ ބަލާފައި މިއަދު ނިކުތީ ހިތްހަމަ ޖެހިގެންނެވެ. ދުވަސްތަކަކަށް ފަހު ހިނިތުންވެލެވުނީ ވެސް އެހެންވެއެވެ.
ކޮޓަރީގެ ދޮރު މަޑުމަޑުން ހުޅުވާލިއިރު އަހަރެންނާ ބައްދަލުކުރީ އަނދިރިކަމާއި ހަމަހިމޭންކަމެވެ. ޒިޔާން ނެތްކަން އީޙްސާސް ވުމުން އަހަރެން ފުންނޭވާ އެތް ދޫކޮށްލިނަމަވެސް ކުއްލިއަކަށް ކުރިމައްޗަށް ޒިޔާން އެރުމުން އަހަރެންގެ ހިތްނުތަނަވަސް ވެގެންދިޔައެވެ. ” ހީކުރީތަ އަހަރެންނަށް ނޭނގޭނެކަމަށް ސާރާ ތެޅިބާލާ ގޮތް، އަހަރެންނަށް ނޭނގި ސާރާ އަށް ނުކުރެވޭނެ އެތްކަމެއްވެސް ، އަހަރެން ކިބައިން ސަލާމަތް ވުމުގެ ހިޔާލު ދޫކޮށްލާ، ލާހިކެއް ނޫން އެފިރިހެނާ އާއި އެކީ އުފަލުން އުޅޭކަށް، އަހަރެންނަށް އުފަލުން އުޅުމުގެ ހައްޤު ގެއްލުވާލާފައި ސާރާ އަކަށް ވަކި ހަމަ ޖެހުމެއް ނުލިބޭނެ ކަން ހަނދާން ކުރާތި ” އަހަރެންގެ އަނގަޔަށް އޮބައިގަންނަމުން ޒިޔާން ބުނެލިއެވެ. އޭނާ އަށް ހުރިހާ ކަމެއް އިނގުނީތީ ވަކި ހައިރާން ނުވިނަމަވެސް އަހަރެން ދެކެމުން އައި ހުވަފެންތައް ކުލަނުޖެހޭނެކަން އިޙްސާސް ވުމުން ރޮއެގަނެވުނެވެ. އޭނާ ހިތްހަމަ ޖެހޭވަރުވުމުން އަހަރެން ކޮށްޕާލައިފައި ނިކުމެގެން ދިޔައެވެ.
ޒިޔާން އަށް ހުރިހާ ކަމެއް އިނގުނުކަމުގައ ވީނަމަވެސް އޭނާ އާއި ސިއްރުން އަހަރެން މިޝަލް އާ ބައްދަލުކޮށް އެކިކަންކަން ރާވަމުން ދިޔައީމެވެ. ދެމީހުން އެކީ އެތައް ވަގުތެއް ހޭދަކުރަމުން ދިޔައިރު ޒިޔާން ފަރާތުން ނުލިބުނު އެތައް ހިތްހަމަ ޖެހުމެއް މިޝަލް ކިބައިން އަހަރެންނަށް ލިބުނެވެ. ނޭނގުމެއްގެ ތެރޭގައި ނަމަވެސް މިޝަލް ގެ ސޫރަ އަހަރެންގެ ހިތުގައި ފަވާލެވުނެވެ. އުފާލާ ހިތްހަމަ ޖެހުމުގައި ވަގުތު ހޭދަކުރަމުން ދިޔައިރު އަންނަން އުޅުނު ތޫފާނުގެ ހިލަމެއް ދެމީހުން ކުރެ އެކަކަށް ވެސް އިޙްސާސެއް ނުވާކަހަލައެވެ.
” އަހަރެންނަށް ހީވަނީ އަހަރެން ސާރާދެކެ ގަޔާވެވޭހެން، އެހެންވެ އަހަރެން މިހާރު އަދި ވަކިން ބޭނުން އެ ފިރިހެނާގެ ކިބައިން ސާރާ ސަލާމަތް ކުރަން” ކުއްލިއަކަށް އިނދެފައި މިޝަލް އެހެން ބުނެލުމާއެކީ އަހަރެންގެ ހިތް ނަޝާލިއެވެ. ހިނިތުންވެލަމުން އަހަރެން އިސްޖަހާލީމެވެ. މިޝަލް އަހަރެންގެ އަތުގައި ކުއްލިއަކަށް ހިފާލަމުން އަހަރެންނަށް އޭނާ އާއި ދިމާލަށް ބަލައިލެވުނެވެ. ” އޭނާ ދެން ސާރާގައިގައި އަތްލިޔަ ނުދޭތި، ޔޫހޭވްޓު ފައިޓްބެކް، އަހަރެން އިރާދަކުރެއްވިއްޔާ ދެން ސާރާ އަކަށް ދެރަގޮތެއް ވިޔަކަނުދޭނަން، އިންޝާﷲ ވަރަށް އަވަހަށް އަހަރެން އަހަރެންގެ މަސައްކަތް ފަށާނަން” އަސަރާއެކީ މިޝަލް ބުނެލި ބަސްކޮޅުން އަހަރެންނަށް ހިތްހަމަ ޖެހުން ލިބުނެވެ. ލިބުނު އުފަލުގައި ބޯޖަހާލެވުނެވެ. މިއަދުވެސް މިޝަލް އާ ވަކިވެލީ ދެން ކަންތައް ތައް ކުރިއަށް ގެންދަންވާ ގޮތް ވެސް ވަކި ކޮޅެއްގައި ޖައްސާފައެވެ.
ދަންވަރުގެ ހަމަހިމޭން ވަގުތެވެ. އަހަރެންނަށް ކުއްލިއަކަށް ތެދުވެވުނީ އަތާ ފަޔަށް ތަދުވަމުން ދާތީއެވެ. ބޮލުގައި ނުފިލާ ރިހުމެއް ވާއިރު ވަށާގެން ވާ މާހައުލަށް ނަޒަރު ހިންގާލާފައި ދެނެގަންނަން ހިނދުކޮޅެއް ނެގީ ލޯފުސްވެފައި ހުރުމުންނެވެ. އަހަރެންނަށް އިނދެވުނީ ކާރެއްގެ ތޭރޭގައެވެ. އަހަރެންނަށް ސިހުމެއް ލިބުނީ އެހެންވެއެވެ. ” އަހަ، ތެދުވީ ދޯ،” އަހަރެންގެ އިސްތަށިގަނޑުގައި ހިފާ ލަމުން ޒިޔާން ބުނެލިއިރު އެ އަޑުގައި ވާ ނުރުހުން ވުން އަހަރެންނަށް އިޙްސާސްވިއެވެ. ” ކޮންތާކަށް އަހަރެން ތި ގެންދަނީ” ސަލާމަތްވާން ގަދަހަދަމުން އަހަރެން ބުނެލީމެވެ. ” ސާރާ ގެ ލޯބިވެރިޔާގެ ކައިރިއަށް އޭނާ މަރުވުމުގެ ކުރިން ގޮސްލަން ވާނެއެންނު، އެހެންވެ މިދަނީ މިޝަލް އާއި ބައްދަލުކޮށްލަން،” ޒިޔާން ބުނެލި އެތިން އަހަރެންގެ ބޮލަށް އެނބުރުން އެރިކަހަލަ އެވެ. ” އަހަރެން އޭރުވެސް ބުނިން ދޯ އަހަރެންނާ ދެކޮޅަށް ނުނިކުންނާށޭ ، ސަލާމަތްވާން ނޫޅޭށޭ! ބުނީމާ ވެސް އަޑެއް ނީވުނެއްނު، އަތި ނުވިތާކަށް އަހަރެން ފުލުހުންގެ ދަށަށް ގެންދަން ދެމީހުން ތިބެގެން ރޭވީމައި އަހަރެން ދޭ އަދަބު ކުޑައެއް ނުވާނެއިނގޭ ” އަހަރެންގެ އިސްތަށިގަނޑަށް ވާންކޮށްލަމުން ޒިޔާން ބުނެލިއެވެ. އަހަރެންގެ ދެލޮލަށް ކަރުނަތައް ބޮނޑިވަމުން ދިޔައިރު ހިތާހިތުން ދުޢާ ކުރެވެމުން ދިޔައީ މިޝަލް ހެޔޮހާލުގައި ވުމަށެވެ.
އިރުކޮޅަކަށް ފަހު ހަދަން ފަށާފައިވާ އިމާރާތްތައް ހުރި ދިމާލަށް ކާރު މަޑުކޮށްލުމާއެކީ ޒިޔާން އަހަރެން ގަދަކަމުން ބާލުވާފައި އެތަނަށް ވަންނަން މިސްރާބުޖެހިއެވެ. ވަށާގެން ވާ މާހައުލުގެ ހަމަހިމޭން ކަމުން އެކަނިވެސް ނުތަނަވަސްވިއެވެ. ހަލުވިފިޔަވަޅުތަކެއްގައި އެތެރެއަށް ދިޔަވަރަކަށް ފަނޑުއަލިކަމެއް ފެންނަމުން ދިޔައެވެ. އެތެރެއަށް ބޮޑަށް ވަދެވުމާއެކު ތަޅުންމަތީ ހުރި ލޭތަކާ އިވެމުން ދިޔަ އަޑުތަކުން އަހަރެން ހިތަށް ބިރުވެރިކަން ވަނެވެ. ޒިޔާންގެ ފިޔަވަޅުތައް ހުއްޓުމާއެކު އަހަރެން އިސްއުފުލާލެވުނެވެ. ފެނުނު މަންޒަރުން ދެލޯ ބޮޑުވެގެން ދިޔައިރު ލޮލުން ކަރުނަތައް ފައިބައިގަތީ ހުދު އަހަރެންނަށް ވެސް ނޭނގިއެވެ. ލެއިންތަތްތެޅި ފައި އިންއިރު ގޮނޑީގައި ވާފަށަކުން އައްސާފައި އިނީ މިޝަލް ނޫން ދެވަނަ މީހެއް ނޫނެވެ. އަހަރެންނަށް ހަޅޭލަވާގަނެވުނީ ފެނުނު މަންޒަރަށް ބަލަން ކުޅަދާނަނުވުމުންނެވެ. އެ ހާލަތުގައި އިނދެވެސް މިޝަލް އަހަރެން ފެނުމުން ހިނިތުންވެލިކަމީ އަހަރެންގެ ހިތް ފުނޑުފުނޑުވެގެން ދިޔަކަހަލަ ކަމެކެވެ. ” ޒިޔާން ހެޔޮ ނުވާނެ އޭނަ ދޫކޮށްލާ ، އަހަރެން ޒިޔާން ބުނިގޮތަކަށް ކަންތައް ކުރާނަމޭ ، ޕްލީސް ” އަހަރެން ޒިޔާންގެ ފައިބުޑަށް ވެއްޓިގަނަމުން ބުނެލީމެވެ. ” މިހާރު މާލަސްވެސް ވެއްޖެ ސާރާ ، ދެން އަހަރެންނަކަށް ކުރެވޭނެ އެތްވެސް ކަމެއް ނެތް، އަހަރެންގެ ގޮތް ނޭނގޭތީތަ ސާރަ ތިފިޔަވަޅުއަޅީ، މައިތިރި ވެގެން އިންނަމަކާ އަހަރެންނަކަށް ވެސް މިކަންތައް ކުރަން ނުޖެހުނީސް، ” އަހަރެން ގައިގައިހިފައި ނަގަމުން ޒިޔާން ބުނެލިއެވެ. އަހަރެންނަށް ގިސްލެވެމުން ދިޔައެވެ. ” ޒިޔާން އޭނާ ދޫކޮށްލާ” އަނގައިގައި ވަރުނުލާނަމަވެސް މިޝަލް ބުނެލި ބަސްކޮޅު އެތަނުގައި ގުގުމާލިއެވެ. ” ވާވް، ހާދަ ލޮއިތްބެކޭ ދޯ މިވަނީ ، އައިމް އަމޭޒްޑް، މިރޭ ސާރާ ކުރިމަތީ މިޝަލް މަރުވުން ނޫން ގޮތެއް އަހަރެން އަތަކު ނެތް ،” ނުލަފާ ހިނިގަނޑަކާއެކީ ޒިޔާން ބުނެލިއެވެ. ” ސާރާ ދެރަނުވޭ އަހަރެން މިދުނިޔެއަށް ފަހު ނޭވާ ދޫކޮށްލާނީ ވެސް ސާރާ ކައިރި އަހަރެން ވީ ވަޢުދު ފުއްދާދީފައި ، ސާރާ މިނިވަން ދިރިއުޅުމެއް ހޯދައިދީފައި، ޒިޔާން އަށް ވެސް ހައްޤު އަދަބު ލިބިގެން” އަނގައިން ނިކުންނަމުން ދިޔަލޭތަކާ އެކީ މިޝަލް ބުނެލީ ސާބިތުކަމާއެކީއެވެ. އަހަރެންނަށް ކަރުނައިގެ ތެރެއިން ވެސް އަހަރެންނަށް ހިނިތުންވެލެވުނީ މިޝަލް އަހަރެންނާ މެދު ވިސްނާވަރު ފެނިފައެވެ. ” މިޝަލް މަރުގެ ތުންފަތްމަތީ އޮވެގެން ވެސް ދައްކަން ތިނޫން ވާހަކަ އެއް ނުފެނުނު ދޯ ، އަހަރެންނަށް ހައްޤު އަދަބު ދޭނީ މިޝަލްތަ ތިތާ އިނދެގެން، ތީ މިހާރު ބާރެއް ނެތް އިންސާނެއް ކޮންކަމެއް ކުރެވޭނީ އެ ؟ ” މަލާމާތުގެ ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލަމުން ޒިޔާން ބުނެލިއެވެ.
ޒިޔާން އާއި ދިމާލަށް ބަލައިލަމުން މިޝަލް ހޭންފެށުމުން އަހަރެންނަށް ވެސް އެދިމާލަށް ބަލައިލެވުނެވެ، ޒިޔާންގެ މޫނުމަތިން ނުރުހުންވުން ފެންނަމުން ދިޔައިރު އޭނާގެ ރުޅިގަނޑު ހީވަނީ ހަމަ ދެންމެ ފަޅާގެން ހިނގައިދާނެހެންނެނެވެ. އަހަރެންގެ ހިތުގައި ބިރުވެރިކަމުގެ ރާޅެއް އުފެދުނެވެ. ” އޭނާ މަރާލާ ” އެންމެފަހުން ޒިޔާން އެތާ ހުރި ފިރިހެން މީހާއަށް އަމުރު ކޮށްލީ އެ ހިތަށް ކެތްނުވުމުން ކަންނޭގެއެވެ. އަހަރެންނަށް ހަޅޭލަވާގަނެވުނެވެ. އެހެންނަމަވެސް އަހަރެންގެ ލޯމަތީ މިޝަލްގެ ގަޔަށް އެތައް ފަހަރަކު ވަޅިން ހަމާލާ ދެވުނެވެ. އަހަރެންގެ ދުނިޔެ ހުއްޓުނުފަދައެވެ. މީހާ ހިނދުކޮޅަކަށް ގަނޑުވެގެން ދިޔައެވެ. ގޮނޑިއާއެކީ މިޝަލް ވެއްޓުމާއެކީ އަހަރެންނަށް އެތަނުން ދުއްވާގަނެވުނެވެ. މިޝަލް އާ ހިސާބަށް ތިރިވެވުނު އިރު ، އެތެރެއަށް ވަދެގެން އައި ފުލުހުންގެ ޓީމު އަހަރެންގެ ލޮލުގައި އަޅައިގަތެވެ. އެމީހުންގެ ހަރަކާތްތައް އަވަސްކަމުން މަދު ސިކުންތުކޮޅެއް ތެރޭގައި ޒިޔާންމެން އަތުލައިގަތެވެ. އަހަރެންނަށް މިޝަލް އާއި ދިމާލަށް ބަލައިލެވުނީ އޭނާ ވަޢުދު ފުރިހަމަ ކުރުމުންނެވެ. އަހަރެންނާއެކު ނުވިނަމަވެސް އަހަރެން އެ ނުބައިމީހާގެ އަތްދަށުން ސަލާމަތް ކޮށްދިނީއެވެ. އަހަރެންނަށް ރޮއެގަނެވުނެވެ. ލޮލު ކުރިމަތީ ލޯބިވި މީހާ ވަކިވެގެން ދިޔުމުން ކެތްވާނީ ކޮން ހިތަކަށް ހެއްޔެވެ؟ ، އަހަރެންނަށް މިޝަލް އަތުގައި ހިފަހަށްޓައިލައިގެން އިނދެ އެމޭގައި ބޯއަޅާލަމުން ރޮއެގަނެވުނެވެ. ވަކިވެގެން އެދިޔައީ އަހަރެން ހަޔާތުގައި ވެސް ވި ފުރަތަމަ ލޮއިތްބެވެ.
(ނިމުނީ)

Share Article

Follow Me Written By

🌹YEOJA🌹

Level 610 Stories100 Login100 Comments

Other Articles

Previous

ލޯބީގެ ކުރި ދަތުރު (ޓްރެއިލާރް)

Next

ލޯބީގެ ކުރި ދަތުރު 1

Next
June 14, 2023

ލޯބީގެ ކުރި ދަތުރު 1

Previews
June 12, 2023

ލޯބީގެ ކުރި ދަތުރު (ޓްރެއިލާރް)

11 Comments!

  1. leesh says:
    June 12, 2023 at 7:31 pm

    vrh reethi alhe mish’al maru nuvinama

    1. 🌹YEOJA🌹 says:
      June 12, 2023 at 7:37 pm

      Thank uu leesh❤️
      Story kamudhiyaeemaa vrh ufaavehje
      Labba mish’al ah dhn ehnvee dhw ☺️

  2. Alxxx says:
    June 12, 2023 at 7:34 pm

    Masha Allah
    Vrh reethi vaahaka eh ❤️❤️

    1. 🌹YEOJA🌹 says:
      June 12, 2023 at 7:38 pm

      Thank uu Alxx❤️
      Story kamudhiyaeemaa vrh ufaavehje☺️

  3. Raboo says:
    June 12, 2023 at 9:15 pm

    Hey yeoja
    Vaahaka vrh reethi masha allah 💗
    mishal loved her dhw
    yeoja ge ithuru vaahaka akah varah inzithaaru kurevey.
    Love you

    1. 🌹YEOJA🌹 says:
      June 12, 2023 at 9:54 pm

      Hello Raboo👋🏻
      Thank uu
      Yess mishal loves her
      Inshallah vhk eh kiyaalan libeyne
      Keep waiting
      Love u too❤️

  4. mariyam says:
    June 12, 2023 at 10:21 pm

    My husband is always like this 😭
    This story is nice
    My boyfriend is dead. I’m so sad 😭

    1. 🌹YEOJA🌹 says:
      June 13, 2023 at 8:36 am

      Seriously than u should take action against it. We should not let others harm us we have that right to stop . So u should
      Thank uu mariyam
      Sorry to hear that🥺. But u should be strong mariyam 👍🏻 Trust Allah

    2. Anonymous says:
      June 13, 2023 at 12:34 pm

      Mihaaru mi hunna Hurihaa vaahka eh vx hunnany mariyam ge dhiri ulhumaa gulhifa 😶
      Konme vhka eh ga vx hurey cmnt kohfa
      Ekm eii aslah vx mariyam ge dhiri ulhumuga vefa huri kanthah viyyaa vrh dhera
      Eii hageegaih kamuga vany nama alhugandu ge heyo dhuaa vany abadhuves mariyam aa eku

  5. mariyam says:
    June 13, 2023 at 7:51 pm

    Yes this is asluves aharenge dhiri ulhun.
    Eey asluves aharenge dhiri ulhumuga vefa huri kame
    Eey hageegai anonymous
    Thanks for comments for my anonymous

  6. Haash says:
    October 3, 2024 at 8:24 pm

    YEOJA ge hurihaa story Ehvx vrh reethi
    I’ve read every single one more than once, Adhi comment eh kureveyvaru mivy ekm
    Kurin vx kiyan YEOJA ge stories
    Waiting for a new concept

Comments are closed.



All Right Reserved!