“ޒާރާ” ކައިޔަންއަށް ބާރަކަށް ހަޅޭ ލަވައިގަނެވުނެވެ. ކައިޔަން ރުޅި އައީތީވެ ޒާރާ ތުން އަނބުރާ ލާފައި އެތަނުން ދުރަށް ދިޔައެވެ. “އާރ ޔޫ އޯކޭ؟” ކައިޔަން ހާސް ވެފައި އަހާލިއެވެ.
“ހާދަ ހާސް ވީ؟ ސާބަސް އަހަންނަކައްާ ބޮޑު ގެއްލުމެއް ނުވެޔޭ.. އައި އޭމް ފައިން..” ލީން ހިނިތުންވުން ވެލާފައި ބުނެލިއެވެ.. ކައިޔަން ވެސް ހިނިތުންވެލިއެވެ.
****
ދުވަސްތައް ފާއިތުވަމުން ދިޔައެވެ. މާދަމާއަކީ ކޮލެޖު ގެ ގުރެޖުއޭޝަން އޮތް ދުވަހެވެ. ކައިޔަން ހުރީ ހާސް ވެފައެވެ. ކޮލެޖް ގެ ދުވަސް ތައް ނިމުމުން ދެން ކައިޔަން އަށް ލީން އާ ދިމާ ނުވެދާނެތީއެވެ. އޭރު ކައިޔަންގެ ހިތުގައި ލީން އަށްޓަކައި ލޯބި އައީ އުތުރި އަރަމުންނެވެ. އެހެން ކަމުން ކައިޔަން ނިންމީ ލީން ގާތުގައި ރައްޓެހި ވާން އަހާށެވެ.
“މިރޭ 8 ޖަހާއިރު ރޮޔަލް ޑިނާރ އަށް ދެވިދާނެ ތަ ؟ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުން..” ކައިޔަން ފޮނުވައިފައި އިން މެސެޖު ކިޔުނީ ކިތައް ފަހަރު ކަމެއް ވެސް ނޭނގެއެވެ. “އަނެއްކާ ކޮން ވާހަކަ އެއްބާ؟” ލީންގެ ތުންފަތައް ވެރިވީ ލަދު ރަކި ހިނިތުން ވުމެކެވެ. އޭނާގެ ދިގު އިންތިޒާރު ގެ ނިމުން އަންނަނީ އޭ ހިތައް އެރުމުން މުޅި މޫނު މަތި ރަތްވެގެންދިޔައެވެ. ކައިޔަން ލީން އާއި ގަޔާވާހެން ހީވަތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ.
****
ރޯޔަލް ޑިނާރ އަށް ވަދެގެން އައި ލީން ފެނި ކިތަންމެ ބައެއްގެ ނަޒަރުތައް އޭނާއަށް ހުއްޓުނެވެ. ރަތް ކުލައިގެ ކަކުލާ ހަމައައް އަރާ ހެދުމުގައި ލީން ހީވަނީ ޕަރީ އެއް ހެންނެވެ. ހެދުމުގެ މޭމަތީގައި ރީތި ޑިޒައިންއަކައް އެސްތަކެއް ޖަހާފައިވީ އިރު ފަހަތުގައި ބޮޑު ޓައީ އެއިނެވެ. ބޮލުގައި ޖަހާފައި އިން ރަތްކުލައިގެ ފިނިފެން މަލުން ލީންގެ ރީތިކަން އެތައް ގުނައަކައް ވަނީ އިތުރު ވެފައެވެ.
މަޑުމަޑުން ކައިޔަން އާއި ދިމާލައް ހިނގާލާފައި އައި ލީން ފެނިފައި ކައިޔަން އަށް ހިންދިރުވާލެވުނެވެ.. ކޮންފަދަ ރީތި ކަމެއް ހެއްޔެވެ؟
“ވާއޫ.. އަޅެ ލީ ހާދަ ރީއްޗޭ މިރޭ.. މާޝާ ﷲ..” ކައިޔަން އަށް ތައުރީފު ކޮއްނުލާ ނީން ދެވުނެވެ..
“ތެންކްސް ކައި..” ލަދުރަކި ހިނިތުން ވުމަކާއި އެކު ލީން ބުނެލިއެވެ.
ކާނެ އެއްޗިއްސައް އޯޑަރު ނެގުމައް ފަހު ވޭޓަރު ދިޔުމުން ކައިޔަން ލީން އަށް ދިއްކޮށްލީ ފިނިފެންމަލެކެވެ. ލީން އަށް ދެލޯ ބޮޑު ކޮއްލުމައް ފަހު ކައިޔަން އާއި ދިމާލައް ބަލާލިއެވެ..
“ލީ.. ލީ ފެނުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން އަހަންނައް ލީން ވަރަށް ކަމުދޭ.. މިއޮއްހަ ދުވަސް ވި އިރުވެސް ބުނަން ބޭނުންވެ ނުބުނެވިފަ މިހުރީ.. އައި ލަވް ޔޫ ލީން.. ވިލް ޔޫ ބީ މައި ގާރލްފްރެންޑް؟”
(ނުނިމޭ)
