Skip to content
އެސްފިޔަ

އުމުރަށް ވެސް ލޯބިވާނަމެވެ (1)

ބޮޑު ކޮޓަރިއެކެވެ. މުޅި ކޮޓަރި ތެރޭގައި ވަނީ އަންހެން ކުއްޖެއްގެ ވޭނީ ރުއިމުގެ އަޑެވެ. އެ އަޑު އިވޭ ހިސާބުގައި ހުރި ހިލަ ހިތެއްގެ ހިތްވެސް މަޑު ކަފަ ކޮޅަކައް ވެގެން ދާނެކަން ގައިމެވެ. އެނދުމަތީގައި އިށީންދެގެން އިން ލީންގެ މޫނުމަތި ވަނީ މިލާ މޯޅިވެފައެވެ. ލީން ގެ ކަޅުކަން ގަދަ އިސްތަށިގަނޑު ވަނީ އެގޮތް މިގޮތައް ހޭވިފައެވެ. ލީންގެ ދެލޯވަނީ ރޮއެރޮއެ ރަތްވެ ދުޅަވެފައެވެ. ލީންގެ ތުންފަތުގައި މަޑު ތުރުތުރުލުމެއް ހުއްޓެވެ. ލީން އަތުގައި އޮތް ގަނޑުކޮޅު ވަނީ ކަރުނައިން ތެމިފައެވެ. އެެެއި ލީންގެ ފިރިމީހާ ކައިޔަން ލީން އައްދިން އެއްޗެކެވެ. ލީންގެ މުޅި ދިރިއުޅުން އެފުއްމިފުށައް ޖެހުނު ގަނޑު ކޮޅެވެ. މަޑުމަޑުން ލީންގެ ސިކުނޑި ދައުރު ކޮއްލީ އޭނާގެ މާޒީއަށެވެ.

*****

“ދަރިފުޅާ ލީން! ކޮބާ އަދިވެސް ނުނިމޭތަ؟ މިހާރު އެޔޮއް ކޮލެޖަށްދާ ގަޑި ޖެހެނީ..” ލީންގެ މަންމަ ޝަރުފާ ގޮވާލިއެވެ. “ލައްބަ މަންމާ މި ނުކުންނަނީ..” ލީން ބުންޏެވެ. އާދައިގެ ހިނގުމެއްގައި ލީން ކޮލެޖަށްދާން ދިޔަ ލީން ދިޔައީ ކޮންމެ މީހަކަށް ވެސް ރީތި ހިނިތުންވުމެއް ހަދިޔާ ކުރަމުންނެވެ. ހަމަ އެކަނި އެ ކުޑަ ކުޑަ އަމަލުން ވެސް ލީން އެއީ ސާފު ހިތެއްގެ ވެރި އެއްކަން އިނގިގެން ދެއެވެ.

*****

ކޮލެޖަށް ވަދެގެން އައި ލީން ސިއްސައިގެން ދިޔައީ ކުއްޖަކު ގައިގައި ބާރަކައް ޖެހުމުންނެވެ. “ސޮރީ.. އަހަރެން ގަސްތަކު…” ލީން ބުނަން އުޅުނު ޖުމްލަ ހުއްޓުނީ ކުރިމަތީގައި ހުރި ކައިޔަން ފަނުމުންނެވެ. ލީންގެ ހިތުގެ ވިންދު އަވަސްވެގަތީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. ލީން ކައިޔަން އަށް ގަޔާވާތާ މިހާރު އަހަރެއްހާ ދުވަސް ވެދާނެވެ. ނަމަވެސް ކައިޔަންގެ ހިތުގައި އޮތް އެއްޗެއް ނޭނގޭތީ އާއި އެކު ލީން އަކީ އަންހެން ކުއްޖަކައްވީތީ ލޯބި ހުށަހަޅަން ލަދު ގަންނަނީއެވެ.

“ހެހެހެ.. އަހަރެންގެ މޫނު މަތީގަ އަޅެ އެއްޗެއް އޮތީތަ؟ ބުނަން އުޅުން ވާހަކަ ވެސް ނުބުނެ އަހަރެންނާ ދިމާލައް މާ ވަރަކައް ބަލާތީވެ. ހެހެެހެހެ..”

ލީން ސިހުނީ ކައިޔަންގެ ބަރު އަޑު ލީންގެ ކަންފަތުގައި ގުގުމާލުމުންނެވެ. ލީން އަށް ހުރެވުނީ ކައިޔަން އާއި ދިމާލައް ބަލަންކަން އިނގުމުން ލީން ލަދުގައިން ވަރުން މުޅި މޫނު މައްޗަށް ޖަންބު ކުލަ އެރިއެވެ. މިހާރު ލީންގެ މޫނު މައްޗެކޭ ޓޮމާޓޯ އެކޭ އެތް ގޮތެވެ.

“ނޫނޭ.. ހެހެެ ސޮރީ..” ލީން ލަދުން ހުރެބުނެލިއެވެ.

“ހެެހެހެހެ އިޓްސް އޯކޭ..” ކައިޔަން ބުނެލިއެވެ. ލީން ހިނިތުން ވެލާފައި އެތަނުން ދުރަށް ދިޔައެވެ. ކައިޔަން ވެސް ހިނިތުން ވެލާފައި ދިޔައީ ކުލާސްރޫމް އަށެވެ.

މަންޒަރު ބަލަން ހުރި ޒާރާ ހުރީ އަވަހައް ގޮސް ކައިޔަން ކުރި މައްޗައް އެރިއެވެ. “ގުޑް މޯރނިންގް ކައި” ޒާރާ ބުނެލިއެވެ. ޒާރާ އަހިސް ކައިޔަން ގާތުގައި ހުހްޓުމުންވެސް ކައިޔަން ލަދުގަތެވެ. ގަޔައް ބާރު ކުރުކުރު ހެދުމެއްލައިގެން ހުރުމުން ޒާރާގެ ވަނާތައް އޮތީ ހާއްޔަށެވެ. ލައިފައި ހުރި ހެދުމުގެ ކަރު ބޮޑު ކަމުން ޒާރާގެ މޭމަތި އޮތީ ހާމައަށެވެ. ކައިޔަން ހުރީ ލަދުން ބޯ ހަލާކު ވާވަރުވެފައެވެެ.

“ހޫމް މޯރނިންގް..” އެހެންބުނެ ކައިޔަން އަވަހައް އެތަނުން ދިޔައެވެ. ޒާރާ ގާތައް އިންތިހާ ރުޅި އައެވެ. ލީން އާއި ސަމާސަ ކޮއްހަދާފައި ކައިޔަން އެ ދިޔައީ ބަލާވެސް ނުލައެވެ. ލީންއައްޓަކައި ޒާރާގެ ހިތުގައި ހަސަދައިގެ ހުޅު ރޯވެގެން ދިޔައެވެ.

*****

ހަވީރުގެ ވަގުތެވެ. ލީންއާއި އޭނާގެ އެންމެ ގާތް އެކުވެރިޔާ ޔައިޝާ ދިޔައީ ވޮލީ ދަނޑަށެވެ. ދުވަސް ކޮޅަކީ ލީން ވޮލީ މުބާރާތް އޮތް ދުވަސް ކޮޅުކަމުން ޕުރެކްޓިސް އަށެވެ.

ޕުރެކްޓިސް ކުރަން އުޅުމައްފަހު 15 މިނިޓް ބުރޭކް ލިބުނެވެ. ލީން ގޮސް އެތަނުގައި އިން ބެންޗްއެއްގައި އިށީނދެލިއެވެ. ވަގުތުގެ ބޭނުން ހިފައި ކައިޔަން ގޮސް ލީން ކައިރީ ބެންޗުގައި އިށީނދެލިއެވެ.

“ހެއި ލީން.. މިއަދު ވަރަށް މޮޅު އިނގޭ ކުޅުނުލެއް. މާޝާ ﷲ. އަހަންނަށް ވެސް ތިހެން ކުޅެން ދަސް ކޮއްދެން ވާނެ އިނގޭ.. ހެހެހެ” ކައިޔަން ބުނެލިއެވެ.

“ތެންކްސް. އެކަމް ކައިޔަން މާ މޮޅުކަން ޔަގީން އަހަންނައް ވުރެ..” ހިނިގަނޑެއް ޖަހާލަމުން ލީން ބުނެލިއެވެ. ކައިޔަން އަށް އިނދެވުނީ ލީންގެ މޫނަށް ބަލަހައްޓައިގެންނެވެ. ކޮންފަދަ މައުސޫމް ކަމެއް ހެއްޔެވެ؟ ހީލުމުން އެ އެ ދެލޯ ކުޑަ ވެގެން ދާ މަންޒަރު ބަލަން ކައިޔަން އަށް އިނދެވުނީ ހައިރާން ވެފައެވެ.

ކައިޔަން އާއި ލީން އެކީގައި އިން ތަން ފެނުމުން ޒާރާއަށް ގާތަށް ރުޅިއައެވެ. އައި ރުޅީގައި ގޮސް އަތުގައި ހުރި ހޫނު ކޮފީ ތަށި ލީންގެ ބޮލައް އޮއްސާލިއެވެ.

“ޒާރާ!”

(ނުނިމޭ)

Comments (1)

  1. mariyam

    It is so beautiful story I proudly the next part of the story I like this story please can you write more story
    I love you so much for this story ❤️💕❤️

Comments are closed.