Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

-1- ބަދުނަސީބުގެ ހިޔަނި އެޅުމުން

Shihaama Ali Level 1
October 11, 2022 2 Mins Read
0 Comments

ބޮޑު ކޮޓަރިއެކެވެ. މުޅި ކޮޓަރި ތެރެއަށްވަނީ ކަނު އަދިރިކަން ވެރިވެފައެވެ. މުޅި ކޮޓަރި ތެރޭގައި މަޑު ގިސްލުމެއްގެ އަޑު އިވެމުން ދިޔައެވެ. ކޮޓަރި ތެރޭގައި އިނދެ ރޮމުން ދިޔައީ އުމުރުން 14 އަހަރުގެ ލަޔާލް އެވެ. ލަޔާލް އަކީ ސަކަ، މަޖާ މިޒާޖެއްގެ ކުއްޖެކެވެ. ލަޔާލްގެ ތުނި ތުންަފަތުގައި އަބަދުވެސް މައުސޫމް ްްްހިނިތުންވުމެއްވެއެވެ. ނަމަވެސް ފެންނަހާ މަންޒަރެއް ހަގީގަތަކައް ވާނެހެއްޔެވެ؟ އެ ފެންނަނީ ހަމަ ހަގީގީ އުފާވެރިކަން ހެއްޔެވެ؟  ލަޔާލްެގެ ތުންފަތުން ފެންނަ ހިނިތުންވުމުގެ ޒައްރެއްގެ މިންވަރުވެސް މިއަދު ފެންނަން ނެތެވެ. ރޮމުންދިޔައިރު އެންމެ ހަރު ހިތައްވެސް އަސަރު ކުރާހާވެއެވެ. ލަޔާލް އަކީ ހަޔާތައްޓަކައި ވަރަށް ފޮނި އުންމީދުތައް ކުރަމުން އައި ކުއްޖެކެވެ. ނަމަވެސް ހުރިހާ އުންމީދެއް ފުނޑު ފުނޑުވެގެން ދިޔައީ އުމުރުން އެންމެ 10 އަހަރުގައެެވެ. އޭގެ ފަހުން ލަޔާލް އެދަނީ އުންމީދުވެސް ނުކުރާހާ ބޮޑު ވޭނާ ހިތާމަޔާ ކުރިމަތިލަމުންނެވެ. ލަޔާލް ލޯ މަރާލަމުން މައްޗައް ބަލާލިއެވެ. ލަޔާލް ވަރަށް ބާރަށް ހަޅޭ ލަވައިގަންނަން ބޭނުންވިއެވެ. ނަމަވެސް އޭނާގެ އަޑު އިވިގެން  ހަމްދަރުދީވާނެ އިންސާނަކު މި ދުނިޔެމަތީގައި އެބަހުރި ހެއްޔެވެ؟ ލަޔާލް ތެދުވިއެވެ. ގޮސް އެނދުގައި އޮށޯއޮތެވެ. ލަޔާލް ހިތުގައި ދިޔައީ އިންތިހާއަށް ރިހެމުންނެވެ. ލަޔާލް ހިތައް އެރިެވެ. މިވޭނުގައި އޭނާ އަދި ކިހާ ދުވަހަކު އުޅެން ޖެހޭނެހެއްޔެވެ؟ އޭނާ އަށް ދެން ކެއްވާނެ ހެއްޔެވެ؟ އާއެކެެެެވެ. ކިތަންމެ ބޮޑު ހިތާމަ އަކާ ކުރިމަތި ލާން ޖެހުނަސް ލަޔާލް ކެއްތެރިވާނެއެވެ. ލަޔާލް ދެކޭ ގޮތުގައި އުންމީދު ކަނޑާލުމަކީ ފިނޑިން ކުރާ ކަމެކެވެ. ލަޔާލް އެދުން ތެދުވިއެވެ. ގޮސް ކޮންޕިއުޓަރ ކައިރީގައި އިށީނެވެ. އަދި އެސްފިޔަ.ކޮމް އަށްވަދެ އޭނަގެ ދިރިއުޅުމުގެ ސަފްހާތައް ވާހަކައެއްގެ ސިފައިގައި ލިޔަންފެށި އެވެ. ވޭން އަޅަމުން އެދާ ހިތައް ލުޔެއްލިބޭތޯއެވެ.

މެންދުރުގެ އެންމެ ހޫނު ގަދަވަގުތެވެ. ލަޔާލް މަޑު ހިނގުމެއެއްގައި ހިނގާލާފައި އެދަނީ ސުކޫލް އަށެވެ. ދުވަސް ކޮޅަކީ ސުކޫލް އިންޓަރ ހައުސް މަދަހަ މުބާރާއި އޮތް އިރެވެ. ލަޔާލް އެދަނީ މަދަހަ ޕްރެކްޓިސް އަށެވެ. ލަޔާލް  އަކީ އުމުރުން 10 އަހަރުގެ ކުއްޖެކެވެ. ކިޔަވަމުން އަންނަނީ ގުރޭޑް 5 ގައެވެ. ލަޔާލް ހަމަޖެހިލާފައި .ސުކޫލް އަށް ވަދެގެން އެދަނީ މީ އޭނާގެ ހަޔާތް ބަދަލު ވެގެން ދާނޭ ދުވަހެއްކަން ނުވިސްނޭ ހާލުގައެވެ. އެހެންނޫންނަމަ އެހާ ހަމަ ޖެހިލައިގެން އޭނާ ނުހުރީސް ކަން ގައިމެވެ. .

ލަޔާލް ގޮސް ސުކޫލް ހޯލް ތެރެއަށް ވަނެވެ. ފަހަރަކު ކުއްޖަކު އަހިސް ވަންނަމުން ދިޔަ ތަން ލަޔާލް އިނީ ބަލާށެެވެ. އެހެން ފަހަރަކު ކުއްޖަކު ވަންނަމުން ގޮސް ދެންވަނީ ފިރިހެން ގުރޫޕެކެވެ. ލަޔާލް ބަލާލި ހިނދު ލަޔާލް އަށް މަޑު މަޑުން އަނގަ ހުޅުވާލެވުނެ. އެތަނަށް ވައިން ކުދިން ތެރެއިން އެއް ކުއްޖަކު ފެނި ހަމަ ޔަގީނުން ވެސް ލަޔާލް ގެ ހިތުގެ ހިގުމައް ގޮތެއްވެލި އެވެ

އެއީ ކާކުބާއެވެ؟ ހަމަ ގައިމު ވެސް ލަޔާލް ކުރިން ދުން މީހެއް ނޫނެވެ. ބަލާބެލުމައް ލަޔާލް އަށް ވުރެ 2 ވަރަކަށް އަހަރު ބޮޑެވެ. ލަޔާލް އިން ކުލާސް ރޫމް އަށް ވަނުމުން އެއީ ޕްރެކްޓިސް އަށް އައި ކުއްޖެއްކަން ލަޔާލް އަށް އިނގުނެވެ

ޕްރެކްޓިސް ނިމުނެވެ. ލަޔާލް އަށް  ގެއަށް ގޮއްސައިވެސް ވިސްނެނީ  “އޭނާ” އާއި ދޭތެރޭގައެވެ. އެއީ ކާކު ބާއެވެ؟ މިހާ ވަރަކައް ލަޔާލް އަށް އޭނަ އާ ދޭތެރޭގައި މި ފިކުރުކުރެވެނީ ކީއްވެގެން ހެއްޔެވެ؟ ލަޔާލް ބަލާ ފިލްމު ތަކުގައި ބުނާހެން މިއީ “އިޝްގީ ލޯބި” ހެއްޔެވެ؟ ލަޔާލް ބިރުަތެވެ. މިިހެން ދަމުން މުބާރާއި ނިމުމުން ވެސް ލަޔާލް އަށް އެ ކުއްޖާ އާއި މެދު ވސްނެނީ އެވެ. ލަޔާލް އަށް އޭނަ ދެކެ ލޯބި ވެވުނީ ހެއްޔެވެ؟ ލަޔާލް އުމުރުގެ ހަގު ކަމުން އެވާހަކަ ގަބޫލު ކުރާކަށް ލަޔާލް ބޭނުމެއް ނުވި އެވެ. ނަމަވެސް ހަގީގަތުގައި ލަޔާލް ގެ ޅަ ހިތުގައި ލޯބީގެ ވިންދު ޖަހަން ފަށާއިފި އެވެ. 3 މަސް ފާއިތު ވެގެން ދިޔަ އިރުވެސް ކަން މިހެން އޮތުމުން އެ ވެވުނީ ލޯބި ކަން ލަޔާލް ގަބޫލު ކުރި އެވެ

އެހިސާބުން ލަޔާލް އަށް އޭނާ އާއި މެދު އުންމީދު ކުރެވެން ފެށިއެވެ. އެކު އުޅެން ބޭނުން ވިޔެވެ. ލޯބިވީ އޭގެ އިންތިހާ އަށެވެ. ނަމަވެސް ޢޭނަ ގާތު ލޯބިވާ ވާހަކަ ބުނުުމުގެ ކުރިން ލަޔާލް ނިންމީ ރައްޓެއްސަކައި މަޝްވަރާ  ކޮއްލާށެވެ. ނަމަވެސް….ވަ ރަށް އުންމީދާއި އެކު ލަޔާލް އޭނާގެ އެކުވެރި އެއް ކަމައްވާ  ލީން ގާތު އެވާހަކަ ބުންޔެވެ. ލަޔާލް އަށް ލިބުނު ޖަވާބުން އޭނާ ގެ ދިރިއުޅުން އެފުއްމިފުށައް ޖެހުނެވެ. އެހާވަރަށް  ލޯބި ވުމުގެ ކުރިް އެކަމާ ދޭތެރޭ ވިސްނާލެވުނުނަމަ އެވެ. ނަމަވެސް މިހާރު ވަގުތު ފާއިތު ވެއްޖެއެވެ. ލަޔާލްގެ ހިޔް ކުދި ކުދި ވެއްޖެއެވެ. އެ ރީތި ލޮލައް ކަރުނަ ޖަމާވާން ނެގީ ކުޑަ ހިނދު ކޮޅެކެވެ. ލަޔާލް އަށް ލޯބިވެވުނީ މީހެއްގެ ހައްގެއް ދެކެއެވެ. ނަމަވެސް……. ދެން ލަޔާލް ހަދާނީ ކިހިނެއް ހެއްޔެވެ؟.

Share Article

Follow Me Written By

Shihaama Ali

Level 1

Other Articles

Previous

ޙާލަތު (ތޭރަވަނަ ބައި)

Next

ތިޔަ ލޯބީގައި… 21

Next
October 11, 2022

ތިޔަ ލޯބީގައި… 21

Previews
October 11, 2022

ޙާލަތު (ތޭރަވަނަ ބައި)



All Right Reserved!