Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކަލާގެ ހިނިތުންވުން ޓްރެއިލާ

✨ IFAA ✨
✨ IFAA ✨ Level 110 Stories
October 6, 2022 2 Mins Read
0 Comments

Hi guys I’m really sorry I couldn’t finish my previous story. You see my laptop’s software has been expired. 😔😔 After my laptop is fixed I’ll surely upload the remaining parts 🤔🤔

 

 

އިރުގެ ރަން ދޯދިތައް ފެނުގެ ތެރެއަށް ގެ ބޭނުން ގޮސް ފަޒާ ގެ ތެރެއަށް އަނދިރިކަން ފެތުރެމުން ދިޔައެވެ. ކައިރާ ހުރީ އަތިރީގައި ހުރި ޕާކުގެ ފާރުމަތީގައި އިށީންދެލައިގެން އެވެ. ކަރުނަތައް ލޯކައިރީގައި ބޯވެ ކަރުނަތައް އޭގެ ޒާތުގައި ފައިބަމުން ދިޔައެވެ. “ދަރިފުޅާ ހިންގާ ގެއަށް ދާން މިހާރު އެޔޮށް މަޣްރިބް ނަމާދަށް ގޮވީ” ކައިރާގެ މަންމަ ސަހީމާ ކައިރާގެ އަތުގައި ހިފައިގެން ގެއަށް ދާން ހިންގައިގަތެވެ. 

 

ކައިރާ އަކީ ބަލާބެލުން ނުލާހިކު ފުރިހަމަ ކުއްޖެކެވެ. ބްލޯންޑް ފަން އިސްތަށިގަނޑަކާއި ދޮންހަންގަނޑެއް ލިބިފައިވެއެވެ. އަޅިކުލައިގެ ލޮލަކާއި ހިތިފަތުބުމައަކާއު ފިޔާތޮށި ކުލައިގެ ތުންފަތެއްވެސްވެއެވެ. ފިރިހެންކުދިންގެ ހިތްތައް ކަތިލާ ފަދަ ހިނިތުން ވުމެއްވެސްވެއެވެ. ނަމަވެސް ހަގީގަތުގައި މި އަންހެން ކުއްޖާ އަކީ އެހާމެ ފުރިހަމަ މީހެއްނޫނެވެ. މި އަންހެން ކުއްޖާ އަކީ ލޮލުގެ ފެނުން ގެއްލިފައިވާ ކުއްޖެކެވެ. 

 

ގެއަށް ގޮސް ވަތް ތަނާ ސަހީމާ ކައިރާ ގޮވައިގެން އޭނާގެ ކޮޓަރިއަށް ލިއެވެ. އަދި ކައިރާ ގާތުގައި ނަމާދު ކުރުމަށް ބުނެ ދޮރު ޖަހާފައި ދިޔައެވެ. ކައިރާ އަށް ހިތައް އަރަމުން ދިޔައީ އޭނާގެ މަންމަ އަނެއްކާ އޭނާއަކީ ލޯފަން މީހެއްކަން ހަނދާން ނެތުނީހެއްޔެވެ. ކައިރާ ނަމާދު ކުރުމުގެ ބަދަލު މަޑުމަޑުން ގޮސް އިށީންދެލީ އެނދުމަތީގައެވެ. އަދި އިސްޖަހައިލައިގެން ރޮވެމުން ދިޔައެވެ. 

 

*************************

 

“އޭތް ރަކިސްބޮނޑާ މަ ފޯނު ގެނޭ ތިޔަކުއެއް ކަލޭ ބަލާ ކަހަލަ އެއްވެސް އެއްޗެއް ނޯންނާނެ މާ ނުފުއްޕާ ގެނޭ” ރޭގަނޑުގެ ވަގުތުގައި ރަށުތެރޭގައި ރަސްކަން ކުރަމުންދާ ގޭންގް ކަމުގައިވާ ދަ އިޓް ބޯއިޒް އެހެން ރޭތަކެކޭ އެއްފަދައިން މިރޭ ވެސް ދަނީ ރަށުތެރޭގައި ރަސްކަން ކުރަމުންއެވެ.” އާން ހައިވާނާ ކަލޭ ގެ ފޯކުއެއްގޮތޭ ދެންމެ ގެންނިފޯނެކޭ އެއްވެސް ފޮޓޯއެއް ކީއް ކުރަން ވީޑިއޯ އެއް އަދި އޯޑިއޯ އެއްވެސް ނެތް” ފޯނުނަގާ އެއްލަމުން ކައިޒާން ބުނެލިއެވެ. “ހައިވާނޭ؟ ބަލަ ކަލޭގެ ފޯނު ދައްކަ ބަލަ” ނައުފް މިހެން ބުނުމުން ކައިޒާން ގެ ފޯނު ޖަހައިގަތެވެ. އެންމެ ފުރަތަމަވެސް ނައުފް ވަނީ ގެލެރީ އަށް ށެވެ. ގެލެރީ ހާވަނިކޮށް ނައުފް ގެ ލޮލުގައި ބްލޯންޑް އިސްތަށިގަނޑެއް ލާފައި ހުރި އަންހެން ކުއްޖެއްގެ ފޮޓޯ ފެނުނެވެ. “އޭތް މީކާކު؟” ނައުފް މިހެން ބުނުމުން ކައިޒާން ހިނިތުންވެލި އެވެ. 

 

(ނުނިމޭ) 

Share Article

✨ IFAA ✨
Follow Me Written By

✨ IFAA ✨

Level 110 Stories

I enjoy reading stories and I enjoy writing stories to all the people who reads my stories thank you for your support I appreciate it 🤗😊

Other Articles

Previous

ތިޔަ ލޯބީގައި… 18

Next

ތިޔަ ލޯބީގައި… 19

Next
October 7, 2022

ތިޔަ ލޯބީގައި… 19

Previews
October 6, 2022

ތިޔަ ލޯބީގައި… 18



All Right Reserved!