Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީލޯބި

އެއް މާ ބަނޑު 2 ކުދިން

Khadheeja Sausan Level 1
May 31, 2022 One Min Read
0 Comments

ޖެސިކާ އަހުނަދު އޮތީ އޮޕެރޭސަން ކުރާ ކޮޓަރީގައެވެ. ފެންނަމުންދާ ހޮޅިބުރިޔާ ދިމާ އަށް ބަލާށެވެ. ކާރީގާ ހުރި ޑޮކްޓަރ ނަރުސްކުއްޖާގާތު ބުންޔެވެ. ޖެސިކާ ބަނޑުބޮޑު ކަމެވެ.

ޖެސިކާ އަށްވީ އަދި 18 އަހަރެވެ. ޖެސިކާ ގެ ބަނޑުގާ އޮތީ އެހެން ބަޔެއްގެ ދަރިއެކެވެ. ކުޑައިރުއްސުރެން ފެށިގެން ބަލާ ބޮޑު ކުރި މަންމަގެ ފުރާނަ ސަލާމަތް ކުރުމަށްޓަކާ ޖެސިކާ އެމީހުންގެ ދަރިއަށް ބަލިވެ އެއިނީ 1 މިލިއަން ރުފިޔާ އަށެވެ.

ނުވަ މަސް ފަހެވެ.

ވިހާ ކޮޓަރީގައި ޖެސިކާ އޮތް އިރު ޖެސިކާ ދިޔައީ ރޮޔެ ހޭރެ މުންނެވެ. އާދޭސް ކުރަމުން ދިޔައީ ޑޮކްޓަރ ލިންޑާ ކާރީ ޖެސިކާ އަށް އެހީވުމަށެވެ. ޖެސިކާގެ ބަޑުގައި އޮތީ އެއްމާބަނޑު 2 ކުދިން ކަމުގައި ވާތީ އެހެން މީހުންގެ ބަނޑަށް ވުރެ ޖެސިކާގެ ބަނޑު ފެންނަނީ ބޮޑުކޮންނެވެ.

އެއާ އެކު ޖެސިކާ އަށް ވިހަންވެސް ވަނީ ބޮޑު ތަކުލީފު ތަކަކާ ދިމާވެފައެވެ. ހާސްނުވޭ އަހަރެން އެހީވާނަން ޑޮކްޓަރ ލިންޑާ ބުންޔެވެ. ޖެސިކާ ދިޔައީ ހަޅޭލަވަމުން ނެވެ. އިރުކޮޅެއްފަހެވެ. މުޅި ކޮޓަރީގައި ގުގުމައިގެން ދިޔައީ ކުޑަކުއްޖެއްގެ ރުއިމުގެ އަޑެވެ. ޖެސިކާ ދަރިފުޅު އުރާލައިފިއެވެ. ފިރިހެން ދަރިފުޅުގެ ލޯބިކަމާއެވެ.

ކުޑަކުއްޖާގެ ރުއިމުގެ އަޑަށް ނަރުސް ކުދިބަޔެއް ވިއްސާ ކޮޑަރިޔަށް ވެދިފިއެވެ. އަދި ބުންޔެވެ. އެމީހުން ނަށް ކުއްޖާ ދިނުމަށެވެ. އެމީހުން ނަކީ އެ ތުއްތު ދަރިފުޅު ގެ ގޭމީހުން ފޮނުވި ބަޔެއްކަން ޖެސިކާއަށް އެގެ އެވެ. އެ ތުއްތު ދަރިފުޅު ދޭން ބޭނުން ނުވިޔަސް  ޖެހުނީ ދޭށެވެ. ހިތާ ދެކޮޅަށެވެ. އެއްވެސް މަޔަކަށް އެމީހެއްގެ ދަރިޔެއް ދޫކޮއްލާކައް ކެތެއްނުވާނެއެވެ.

ޖެސިކާ ދަރިފުޅު ދެމުން އެމީހުން ކާރީގައި ބުންޔެވެ. މަންމަގެ އޮޕަރޭސަން ކުރަން ދޭން ބުނި ލާރިތައް ކޮބާހެއްޔެވެ. އެކަކު އަނެކަކުގެ މޫނަށް ނަޒަރު ހިންގާލަމުން އެމީހުން ބުންޔެވެ. މެޑަމް ލީން ބުނެފައޮތީ ވިހޭތާ 1 ގަޑީރު ފަހުން ލާރި ލިބޭނެކަމެވެ. މިހެންބުނުމަށް ފަހު އެމީހުން ކުއްޖާ ގޮވައިގެން ނިކުމެގެން ގޮސްފިއެވެ.

އާ……… އާ….. ޖެސިކާ ގެ ބަޑަށް ވީ ތަދަަާއި އެކު ހަޅޭލަވައިގަނެވުނެވެ. ޑޮކްޓަރ ލިންޑާ ބެލީ ޖެސިކާ ހަމައަކަށް އެޅުވެޭތޯއެވެ. އެއާއި އެއްކޮއް ޖެސިކާގެ ބަނޑުން 2 ވަނަ ކުއްޖާ ނެގުމަށެވެ.

Share Article

Follow Me Written By

Khadheeja Sausan

Level 1

Other Articles

Previous

ހިތުގެ ޝަކުވާ… 39

Next

ހިތުގެ ޝަކުވާ… 40 (ފަހުބައި)

Next
May 31, 2022

ހިތުގެ ޝަކުވާ… 40 (ފަހުބައި)

Previews
May 29, 2022

ހިތުގެ ޝަކުވާ… 39



All Right Reserved!