ރޫޔާ ގެ ބޮލަށް ވަރަށް ތަދުވެއެވެ. ހީވަނީ ބޯ ހަމަ ދެންމެ ދެންމެ ފަޅަފަޅާގެން ގޮސް ދާނެ ހެންނެވެ. ހުދު ކުލާގެ ބޮޑު އެނދެއްގާ ރޫޔާ އޮތް އިރު ރޫޔާ ލާގެން އޮތީ މިހާރުގެ އެންމެ މަގުބޫލު ޔާމި ގެ ކާވެނީގެ ހެދުމެކެވެ.
ވަރަށް އުދަގުލުން ރޫޔާ ލޯ ހުޅުވާލައިފިއެވެ. ލޮލުގާ އަޅާގަތީ ހުދުކުލާގެ ސީލިންގް އެވެ. ރަގަޅަށް ނިދިއްޖެތަ ހަމަ މިހާރު މިތަނުން ނިކުމޭ، ރޫޔާ ސިއްސާގެން ދިޔައީ މީހެއް ވާހަކަ ދެއްކި އަޑަށެވެ. ވަރަށް ރުޅިއަށްސާ ހުރި އެމީހާ އެހެން ބުންޔެވެ.
ރޫޔާ ބޯ ހިއްލާލާ ބަލާލަން އުޅެނިކޮށް ބޮލަށް ތޫނު ތަދެށް އަރާފިއެވެ. އެ ފިރިހެން މީހަކު އަނެއްކާވެސް ކޮންމެސްް ވާހަކަ އެއް ބުނެފިއެވެ. ރޫޔާ އަށް އެބުނި ވާހަކަ އެއް ރަނގަޅަކަށް ސާފެއް ނުވިއެވެ. ނަމަވެސް އެބުނީ ރަނގަޅު ވާހަކަ އެއް ނޫންކަން އެގެ އެވެ.
ރޫޔާ ހިތަށް އެރިއެވެ. ހާދަ ރީތި އަޑެކެވެ. ކުއްލިއަކަށް އެމީހާ ރޫޔާގެ މޫނުމަށްޗަށް ނަގާފިއެވެ. މަޑުމަޑުން ބަލާލައިފީމެވެ. ފެނުނީ ވަރަށްވެސް ރީތި މޫނެކެ. އެސްފިޔަވެސް ޖަހާލަން ނޭގިފާހުށްޑާ އެ މީހާ ބުންޔޭ. ހަމަ މިހާރު އަހަރެންގެ އެނދުން ތެދުވޭ.
