ނޭދެން ވަކިވާކަށް އެހެނަސް ވަކިވީ
އިރު އޭގެ ވާޖިބާއެކުގައި ރަން ދޯދިތަކުން ދުނިޔެ ދިއްލާލިއެވެ. ޖައްވު ތެރޭގައި ހިފާފައިވާ ތެތްފިނިކަން މަޑު މަޑު ހޫނަކަށް ބަދަލުވަމުން ދިޔައީ ހީވެސްނުކުރާހާއަވަހަށެވެ. އެހެން ދުވަސް ތަކެކޭ ވެސް އެއްފަދައިން މިއަދުވެސް ރިއުޝާން ނަމާދުން އައީ 6:15 ވާން އުޅެނިކޮށެވެ. ރިއުޝާން ލަސް ކުރުމެއް ނެތި ފެން ވަރަން ވަނީ ސްކޫލަށް ދާން ވަގުތު ކުޑަތަންވެފައިހުރުމުންނެވެ . އޭގެ 15 ވަރަކަށް މިނެޓު ފަހުން ރިއުޝާން ނުކުތީ ސައިބޯށެވެ. އުމުރުން 16 އަހަރުގެ ރިއުޝާން އަކީ ފިރިހެންވަންތަ ހަށިގަނޑެއްގެ ވެރިއެކެވެ. މޫނުމަތީގައި ތުނިކޮށް މަތިމަސް ފަޅައިފައި ވުމުން އިތުރަށް ފިރިހެންވަންތަ ކަމަށް ދައްކައެވެ. އެ ފެހިކަންގަދަ ކަޅީގެ ސަބަބުން ބޮޑަށް ވަށްތަރީ ކޮރެއާ ހިސާބުގެ މީހަކާއެވެ. ހަމަ ގައިމު ވެސް ކޮރެއަން އައިޑަލް އަކަށް ދޫނުކުރާނެކަން ގައިމެވެ.
“ދަރިފުޅާ ،މަޑުކޮށްބަލަ ،މަންމަ މި އަންނަނީ ބުރުގާ ހިފައިގެން “. ރިއުޝާން ގެ މަންމަ ރިއުޝާން އަށް ގޮވާލުމަށް ފަހު ބުންޏޭ.” ކީއްކުރަން ؟. މަންމަ ކައިރީ ކުރިން ވެސް ބުނިން ދޯ އަހަރެން ސްކޫލަށް ލައިދޭން އަންނާނެކަމެއް ނެތޭ. އަހަރެން މީ އެކަނިން ނުދެވޭވަރުގެ ކުޑަކުއްޖެއްނޫނޭ. އެހެންނޫނަސް މަންމަ ، ޗި ،ލަދުވެސް ގަނޭ. ނުވާނެ އަހަރެން ފަހަތުން އައިސްގެން” . ރިއުޝާން ގެ ނުރުހުމުގެ ބަސްތަކުން އެ މައިމީހާގެ ހިތުގެ އެންމެ ހިމަ ނާރަށްވެސް އަސަރުކުރިއެވެ. “މައްސަލަ އެއް ނެތް. ދަރިފުޅު ބޭނުން ގޮތެއް”. ކަރުނަވީ ދެ ލޮލާއެކުވެސް އެ މަންމަ ފަސް އެބުރި ހިނގައިގަތީ ދަރިފުޅުގެ އުފާ ތަކަށް ހުރަސް އަޅަން ބޭނުންނުވާތީއެވެ. ރިއުޝާން ސުކޫލާހަމައަށް ދިޔައީ ހަމަޖެހިލައިގެން ހުރެއެވެ. ހިތުހުރިހާއެއްޗެއް ކިޔާ މައިމީހާ ރޮއްވާލައިފައި ދިޔަ އިރު މި ކުރެވެނީ ކިހާވަރެއްގެ ކަމެއް ކަން ރިއުޝާން އަކަށް ނުވިސްނެއެވެ. ” އޫއި. ރިއުއްޓެ ތަ އަންމަ ކޮބެއި”. ރިއުޝާން ގެ ރައްޓެއްސެއް ކަމަށްވާ ކަމާލު ބުނެލިއެވެ. ” އަންމަ ވެހެޝީ ގޭގަ “. ރިއުޝާން އެއްމިޔަކަނިން ހީލަމުން ބުނެލިއެވެ. ” ތަ އަންމަ އަށް ކިޔަންކެރި ؟ ތަ އަންމަ އަށް ލޮއްޓި އެއް އެޅުއްވެއި ދީ”. ކަމާލު ހެމުން ހެމުން ބުންޏެވެ.
ސިކުންތުތަށް މިނެޓަށް ބަދަލުވަމުން މިނެޓުތަށް ގަޑިއިރު ތަކަށް ބަދަލުވަމުން ގޮސް ގަޑިއިރުތަށް ދުވަސް ތަކަށް ބަދަލުވަމުން ގޮސް ދުވަސް ތަށް މަސްތަކަށް ބަދަލުވަމުން ގޮސް މަސްތައް އަހަރު ތަކަށް ބަދަލުވަމުން ގޮސް 2 އަހަރ ފާއިތުވެއްޖެއެވެ.
ރިއުޝާން ގެ މުޅި ދިރިއުޅުންވަނީ ބަދަލުވެފައެވެ. އިރު އޮއްސި 18:00 ޖަހާއިރު ގެއިން ނުކުމެގެން ދާ މީހާ ގެއަށް އަންނަނީ މެންދަމުން އަލިވެ 00:00 ޖަހާ ފަހުންނެވެ. އުޅެނީވެސް އެންމެހާ ގޯސް ކުދިންނާއެކުއެވެ. ގުރޫޕް ހަދައިގެން ރަށުތެރެއަށް ގިނަ ވެގެން އުޅުމަކީ ރިއުޝާން ގެ އާދެއެވެ. 2 ދުވަސް ފާއިތުވެއްޖެއެވެ. ރިއުޝާން ގެއަށް ނާންނަތާ 2 ދުވަސް ފާއިތުވުމުން ރިއުޝާން ގެ މަންމަ އެކަމާ ވަރަށް ކަނބޮޑުވިއެވެ. އެހެން ކަމުން އަވަށްޓެރިއެއްގެ ގާތު ރިއުޝާން ވީ ތަނެއް އިނގޭތޯ އެއްސޭ. އަވަށްޓެރިއާގެ ފަރާތުން ރިއުޝާން ގެ މަންމ އަށް އިވުނީ ދުވަހަކުވެސް މިދުނިޔެމަތީގައި އަޑު އަހަން ބޭނުން ނުވާ ވާހަކައެވެ. އާނއެކެވެ! މަސްތުވާތަކެތީގެ ވަބައިގައި ޖެހި ރިއުޝާން ހައްޔަރު ކުރެވުނީއެވެ. އެވަގުތު ހީވީ އެ މަންމަ ގެ ހިތް ފުޑު ފުޑު ވެގެން ދިޔަ ހެންނެވެ. ރޮމުން ރޮމުން ގެއަށް ދިޔައީ އިތުރަށް ރިއުޝާން ގެ އެކަހަލަ ގޯސް ވާހަކަ އަޑު އަހާނެހާާ ހިއްވަރު އެ މަންމަ ގައިގާ ނެތުމުންނެވެ.
ދުވަސްތައް ހަލުވިކަމާ އެކު މާޒީ ވެގެން ގޮސް ރިއުޝާން ޖަލުގައި ހޭދަކުރާތާ މަސް ދުވަސްވީއެވެ.ރިއުޝާން ޖަލުގައި އިންދައި ރިއުޝާން ގެ މަންމަ އެތަނައްއައެވެ.ރިއުޝާން ގާތައް އައީ އަމަށަކު ރުޅި އެއްނޫނެވެ.”ކަލޭ ތަ.މިތަނަށް ވެސް…ބުނީމެއްނުން އަހަރެން ފެންނަ ހިސާބަށް ނާންނާށޭ.އަޑެއް ނީވޭތަ.ދާންއުޅޭ.ދެން ނާންނާތި”.ރިއުޝާން ހަޅޭއް ލަވައިގަތެވެ.”ދަރިފުޅާ.މަންމަ ދެން އެއްވެސް ވާހަކަ އެއް ދައްކާކަށް ނެތިން.މަންމަ މިއައީ މި ސިޓީ ދަރިފުޅަށް ދޭންވެގެން.މަންމަ ދެން ގޮސްލީ”.ރިއުޝާން އަށް ސިޓީ ދިނުމަށްފަހު ރޮމުން ރޮމުން ދުވެފަ ޕޮލިސް ސްޓޭޝަން އިން ނުކުމެގެން އެ މަންމަ ދިޔައެވެ.
ރިއުޝާން އަށް އެ ސިޓީ ލިބުމުންވެސް އަޅާ ނުލާ ބޭއްވީ މަންމަ މަތިން ފޫހިވާލެއް ބޮޑުކަމުންނެވެ.2 ދުވަސްފަހުން ރިއުޝާން އެ ސިޓީ ނެގީ ފޫހި ވާތީއެވެ.
ސިޓީ..
ބިސްމިއްލާހިއްރަހްމާނިއްރަހީމް.
ލޯބިވާ ދަރިފުޅަށް ލޮތްބާއެކު ލިޔަމެވެ.މަންމަ ގެ ހާލު އެހާ ރަނގަޅެއްނޫނެވެ.ނަމަވެސް ދަރިފުޅުގެ ހާލު ރަނގަޅުވާނެ ކަމަށް ހީކޮށް އުފާކުރަމެވެ.
ދަރިފުޅާއެވެ..
މަންމަ ދަރިފުޅު މިދުނިޔެއަށް އުފަން ކުރީ ވަރަށް ފޮނި އުންމީދުތަކަކާއެކުއެވެ.ނަމަވެސް މިއަދު ދަރިފުޅުވަނީ މަންމަ ގެ އެފޮނިއުންމީދުތައް ވެއްޔާލާ މޮޑެލާފައެވެ.
ދަރިފުޅާއެވެ..
ދަރިފުޅަށް ނޭންގުނު ކަމުގައި ވިއަސް ދަރިފުޅުގެ އުމުރުން އެންމެ 7 އަހަރުގައި ވަނީ ވަރަށް ނުރައްކާތެރި ހާދިސާއެއް ހިނގައިފާއެވެ.އެ ހާދިސާގައި ދަރިފުޅުގެ ބައްޕަ ވަނީ މި ދުނިޔެއާ އަލްވަދާއު ކިޔާފައެވެ.ދަރިފުޅުގެ އެއްލޯވަނީ އެހާދިސައިގެ ސަބަބަބުން މޫނު ގެ ބޮޑު އޮޕަރޭޝަން އެއް ކުރުމަށްފަހު ނަގަން ޖެހިފައެެވެ.އެހެން ކަމުން ދަރިފުޅުގެ މޫނަށް ވަރަށް ބޮޑު އައިބެއް އަންނާނެކަމަށް ޑޮކްޓަރު ބުނުމުން މަންމަ ނިންމީ މަންމަ އަށް ކޮންމެ ކަމެއްވިއަސް ހެޔޮ ކަމަށް ބަލާ މަންމަގެ އެއްލޯ ދަރިފުޅަށް ޓަކައި ގުރުބާންކުރަން.އެހެން ނަމަވެސް ދަރިފުޅުގެ ހިތަށް ކުޑަ އެއްޗެކޭވެސް ނާރައެވެ.ކިތައްރޭ ކިތައް ދުވަހު މި މަންމަ ރޮއްވާލާ ގެއިން ނުކުމެގެން ދަނީ.މަންމަ ގެ މި ހިތައް ކުރާނެ އަސަރު ހަމަ ނޭންގެނީތަ.
މަންމަ އަށް އިނގޭ ކޮންމެސް ދުވަހަކުން ދަރިފުޅު ތި އުޅުން ދޫކޮއްލާނެކަން.މަންމަ ދެން މާ ގިނަ ވާހަކަ ތަކެއް ދައްކާކަށް ނެތިން.
ލޯބިވާ މަންމަ.
ސަލާމް….
ސިޓީ ކިޔާ ނިންމާލިއިރު ރިއުޝާން އަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖެއެވެ.މީން ދުވަހަކުވެސް އެ މަންމަ އޭނައަށްޓަކައި އެހާ ބޮޑު ގުރުބާނީއެއްވެދާނެކަމަކަށް ހިއެއްވެސް ނުކުރެއެވެ.އެތައް ދުވަހަކާ ރެއެއްގެ މަތިން އެ މަންމަ ރޮއްވާލެވުނު ހަދާންވުމުން އަމިއްލަ ނަފްސު ދެކެ ރުޅި އާދެވުނެވެ.ނަމަވެސް ދެން އެކަމެއް ވަދަލެއް ނުކުރެވޭނެއެެވެ.ވާ ކަމެއް ވެ އެއޮތީ ނިމިފައެވެ.ރުޅިގަނޑު ހިންދާލަމުން ރިއުޝާން އަވަސް ވެ ގަތީ މަންމަ ގާތުން މައާފަށް އެދެންށެވެ.ޕޮލިސް މީހާ ގާތު ވަރަށް އާދޭސް ކުރުމަށްފަހު އެތަނުން އޭނަ ނިކުމެގެން ދިޔައީ ކުރިއަށް ވާން އުޅޭ އެއްވެސްކަމެއް ނޭންގޭހާލުއެވެ.
ގެއާ ހަމަ އަށް ފޯރި އިރު ގޭދޮށުގައި މީހުން އޮތީ އެއްވެފައެވެ.ތަން ފަޅަމުން ގޮސް އެންމެންގަޑުތެރެއިން ނިކުއިން އިރު ރިއުޝާން އަށް ފެނުނީ މިދުނިޔެމަތީ އޭނަ ދެން ދެކެން އެންމެ ބޭނުންނުވި މަންޒަރެވެ.އާއެކެވެ.ކުރިމަތީ އެ އޮތީ އޭނަ މަންމަ ގެ ފުރާނަ ނެތް މަސްގަނޑެވެ.ފަހަތުން މީހަކުއައިސް ރިއުޝާން ގެ ކޮޑުގައި އަތް ލުމަށް ފަހު އަދިވެސް ލަސް ނުވާކަމަށް ބުނުމުން ރިއުޝާން ތައުބާވިއެވެ.އެދުވަހަށް ފަހު އެންމެނަށް ވެސް ފެނިގެން ދިޔައީ މުޅިން އާ ރިއުޝާން އެކެވެ.
ނިމުނީ..
assalaamu alaikum dear readers.alhugandu liyamun ai vaahaka “vaaloabi engeynama ” dhen genes dheven neii vaahaka hurihaa kiyuntheringe samaalu kamah takai dhannavaalan.ehn namaves dhn alhugandu genes dheyn ninmavaafaivaa vaahaka aki “huvaa kohffai bunan”.mi vaahakakiyuntherinnah mi aharuge konmes hisaabehggai kiyaalan libeyne vaahaka dhannavaalan..
6 Comments!
Comments are closed.



heii readers..mee alhugandu mi site gaii liyaa furathama kuru vaahaka kamun kiyuntherin beynunvaagothah vaahaka nugenevidhaane.ehenkamun rangalhu kohllan jehey kanthah alhugandah comment akun angaaladhinun edhen ??
Ohh my gurrdd miothy mi Esfiya site in kiyaalan beynun vefa nulibifa oiy kahala vhk eh.. Bunan eevss darling mi varuge kuru vhk eh adhi kiyaakah nulibey.. Ekm dhen hama aadhaige mathin insaanunnah kuh kurevey fadhain eba ulhey dhethin massala eh.. Rangalhah jumla ninmaalan samaalu vahchey dhoongnaa.. Eve sheve laigen.. Dhen kanbulo بسم nuliyahchey arabi noon bahakun.. Eii الله ge ismufulhu nuvaane ehn bahakun liyaakah.. Eii faafa veri vaane kameh.. Ekm neyngigen kurevihjjehyaa azaabeh nulibeyne.. Ehnma dhen nama nama بسم nuliyaathi ingey ehn bahakun..
Dhen vrh salhi kamehfaahaga viyey… Kamaal aa riushaan e vhk dhehkee kon rashehgge bahuruva akun tha? vrh fahkaa thankolheh ingey eii??
Awwn glad to know that u like this stry
Reesh thi buni kanthah dhen liyaa stry ehggai rangalhu kohllaanan?
Hahaha kamaal aa riushaan dhw???Emeehun e vaahaka dhehkki addu bahuruvain
Hama vvvvvvvvv salhi mi stry❤❤❤
Awwn ? Thank u Ey Brw ❤️❤️
Varau reethi vaahaka ei ?❤️?