ވަގުތަކީ މީހުން އޮފީސް ތަކަށް ދިޔުމަށް ދުވެ ނަގާ ވަގުތު ކަމުން މަގުމަތި ހަލަބޮލި ވެފައި ކާރޫ ބާރޫ ބޮޑެވެ. 15 ބުރީގެ އިމާރާތެއްގެ 3 ވަނަ ބުރީގެ ބެލްކަނީ ގައި ކޮފީ ޖޯޑެއް ހިފައިގެން އިން ޖެނާ ގެ ނަޒަރު ހުރީ މަގުމަތިން ދިޔަ އަންހެނަކާއެވެ. ބާރު ހިނގުމެއްގައި ގައި އޭނާ ދިޔައީ އެއް އަތުން ދަބަހެއް ހިފައިގެން އަނެއް އަތުން ކޮފީ ތަށްޓެއް ބޮމުންނެވެ . އެކުއްޖާ ލައިގެން ހުރި އޮރެންޖް ކުލައިގެ އަތްދިގު ގަމީހާއި އަޅައިގެން ހުރި ކަޅުކުލައިގެ ސޯލް ވަރަށް ގުޅެއެވެ. މޫނުމަތިން ދައްކާ ހާސްކަމުން ލަސްވެފައި ހުރިކަން އެންގެއެވެ. ޖެނާ ސިއްސައިގެން ދިޔައީ އެކުއްޖާ މަގު ހުރަސްކުރާން މަގަށް އެރިގަޑީ ސައިކަލެއް އައިސް އޭނާ އާ ޖެހޭނުޖެހޭ ހިސާބު މަޑުކޮށްލުމުންނެވެ. ޖެނާ ހެން އެކުއްޖާ ވެސް ދިޔައީ ސިއްސައިގެން ނެވެ. އަދި ބާރުބާރަށް ގޮސް މަގުގެ އަނެއް ކޮޅަށް އެރުމުން ސައިކަލު ގޮސް އޭނާ ކައިރީ ޕާކުކޮށް ލިއެވެ. ސައިކަލުގެ ފޭބީ އޭނާގެ އުމުރުފުރައިގެ އަންހެން ކުއްޖެކެވެ. އެކުއްޖާ ހުރީ މަޑު ބުލޫ އަތްދިގު ޓީސާޓަކާއި އެކީ ހުދު ސޯލް އާ އަިސްބުލޫ ޖިންސެއް ލައިގެންނެވެ. އެކުއްޖާ ފޭބީ ގޮތައް އެ އަންހެން ކުއްޖަގައި ބައްދައިލިއެވެ. އަދި ވާހަކަދައްކަން ހުރެފައި ދެ މީހުން ސައިކަލައް އަރައިގެން ދިޔައެވެ. ޖެނާ މިހުރިހާ މަންޒަރެއް ބަލަން ހުރެފައި ބެލްކަނީއިން އެތެރެއަށް ވަނެވެ. އަދި އޮފީހަށް ދާ ގަޑި ޖެހެން ކައިރީގައިވާ ުން ފެންވަރަން ވަނެވެ. ޖެނާ އަކީ ރާއްޖޭގެ މަޝްހޫރު ޕްރައިވެޓް ކުންފުނެއްގެ ސީއީއޯ އެވެ. ފެންވަރައި ރެޑީ ވެގެން ނުކުތީރު ގަޑިން 9 ގަޑި ބައި ވަނީއެވެ. އަވަސް އަރުވައިލައިގެން ފުލެޓުން ނުކުމެތީ 10 ޖަހާއިރު ގަޑިޖެހޭނެތީއެވެ. ދޮރު ތަޅުލުމަށް ފަހު ސިޑިން ތިރިއަށް ފައިބައިގެން ގޮސް އެރީ އިމާރާތުގެ ދޮރުމަތީގައި ޕާކު ކޮށްފައި އޮތް ރަތް ކުލައިގެ ކަަާރަށެވެ. ކާރުދުއްވާލުމައެކު ޖެނާ ފުންނޭވާއެއް ދޫކޮށްލިއެވެ. ޖެނާ ދިރިއުޅެނީ ރަސްކަން ނުބައި ހުރި އިމާރާތެއްގައެވެ. އޮފީސް ހުންނަނީ މާފަންނު ގައެވެ. މަޑު ދުވެއްޔެއްގައި ކާރު ދުއްވަމުންދާ ދަނިކޮށް ކާޑުގައި އެއްޗެއް ޖެހުނު އަޑާ އެކު އަންހެން ކުއްޖެއްގެ ހަޅޭއްލަވައިގަތެވެ. ………………