“ނުވާނަމޭ ބަދަލެއް ހުވާ ޔާރާ~
ވާނަމޭ އުމުރަށް އެކީ ޖާނާ~
ނޭދެމޭ ދުރުވާކަށެއް ލޯބިވާ~
ނުވާނަމޭ ބަދަލެއް ހުވާ ޔާރާ~…”
މި ލަވަ އަޑުއަހަން އޮއްވާ ޖަޒްލީ އަށް ނިދިގެން އޭނާގެ މަންމަގެ ކޮނޑުމަތީގަ ބޯ އަޅައިލެވުނެވެ. “ޖަޒޫ..ޖަޒޫ ތެދުވޭ މިހާރު އަހަތެމެން މިއައީ އޭ ކައްދޫ އެއާރ ޕޯޓަށް” ޖަޒްލީ އަށް ހޭލެވުނީ އޭނާގެ މަންމަ އޭނާ އަށް ގޮވަން ފެށުމުންއެވެ. ޖަޒްލީ ބަހެއް ބުނުމެ އެތަނުން ތެދުވެގެން ފްލައިޓް އިން ފާބަން ދިޔައެވެ. ފްލައިޓް އިން ފާބައިގެން އެއާރޕޯޓް ތެރެއަށް ގޮސް ފޮށިތައް ހިފައިގެން އެއާރް ޕޯޓްއިން ނިކުރް ތަނާހެން ޖަޒްލީއާއި އެއްވަރު އަންހެން ކުއްޖަކުއައިސް ބައްޕާ އޭކިޔާފައި ޒައީދު ގައިގައި ބައްދާލިއެވެ. “ދައިފުޅު ކިހިނެތްތަ ބައްޕަ މަތިން ވަރަށް ހަނދާންވި ދޯ” ޒައީދު ބުނެލިއެވެ. “ދަރިފުޅަށް އިންގެތަ މީ ޖަޒްލީ ދަރިފުޅާއެއްވަރު ކުއްޖެއް މީ ޖައިވާންދަރިފުޅަސް ވުރެ 3 އަހަރު ބޮޑުމީހެއް… ޖަޒްލީ މީ އަހަރެންގެ ދަރިފުޅު ޒައިނާ” ޒައީޖު ޖަޒްލީ ގެ އާއިލާ ތައާރަފް ކޮށްލިއެވެ. ޖަމީލާ، ޒައިދު އަދި ޒައިނާ އެމީހުންގެ ކާރާއި ދިމާލަށް ދިޔައެވެ. “ޖަޒޫ ހީވަނީ މި ރަށައްއައިސް އެރިއިރަށް ޖަޒޫ އަށް ފްރެންޑްއެއްލިބުނީ ދޮގެއް ނޫނެއްނު އަހަރެން މިބުނީއެއް ދޯ” ޖައިވާން ސަމާސާ ގެ ގޮތުން ބުނެލިއެވެ. “ޑޫ ޔޫ ވޯންޓު ޑައި ދޮންބޭ އަހަރެންގެ ރުޅި ނޭންގެނީ ދޯ” ޖަޒްލީ މިހެން ބުނުމުން ޖައިވާން އޭނަމެންގެ ކާރާއި ދިމާލަށް ދުއްވައިގަތެވެ. އޭގެ އިތުރުން ޖަޒްލީ ޖައިވާން ގެ ފަހަތުން ދުއްވައިގްތެވެ. “މަންމާ މަންމާ ބަލާބަލަ ޖަޒޫ އުޅޭގޮތް” ޖައިވާން ޖަމީލާގެ ފަހަތުގައި ފިލާހުރެ ބުނެލިއެވެ. “މަންމާ އޭނައާ އެއްބައި ވަނީތަ އޭނަ މަށާ ދިމާލަށް ބުނީ އަހަރެން އައިސް ރަށަށް އެރިތަނާހެން ރައްޓެސް އެއް ލިބުނީ އޯ… މަންމަ ބަލާބަ އޭނަ ޑިފެންސު ކުރާވަރު… ހަމްފް” ޖަޒްލީ މިހެން ބުނެ ކުނިމޫނު ހަދައިލިއެވެ. “ރަށަށް އެރީއިރަށް ރައްޓެސް އެއްލިބުނީ އޯ…މަގޭ ކުޑަކުޑަ ޖަޒޫ އާ ދިމާލަށް ބުނިއެއްޗެއް ހުރެބަލަ ކުޅިދައްކާލާނަމޭ މިފަހަރު” ޖަމީލާ މިހެން ބުނެ ޖައިވާންގެ ބޮލުގައި ވަރަށް ބާރަށް ޓަތްކެއް ޖަހައިލިއެވެ. “އައުޗް.. މަންމާ ތަދުވޭ” ޖައިވާން ކުނި މޫނު ހަދައިލައިފައި ބުނެލިއެވެ. “ހްމްމް ދެން އެފެށީ ޅަ ތުއްތުއް ބަބާ ގަނޑު” ޖަޒްލީ ޖައިވާން އަށް މަލާމާތް ކުރަން ފެށިއެވެ. “އޯކޭ އެންމެން ކާރަށް އަރާ އަހަރުމެން މިދަނީ ގަމަށް ދާން” ޒައީދު މިހެން ބުނެ ކާރު ސްޓާރޓް ކުރިއެވެ. އެންމެން ކާރަށް އެރުމަށް ފަހު ކައްދޫ އިން ފެށިގެން ގަން ތުނޑި އާއި ހިސާބަށް ހުއްޓުމެއް ނެތި ދުއްވާފައި ދިޔައެވެ. ޒައީދު ގޮސް ކާރު މަޑުކުރީ އޭނައުޅޭ ގޭ ކައިރީގައެވެ. “ވާވު އައިމް ނެވާރ މޫވިން އައުޓް” ޖައިވާން އެގެ ފެނުމުން ބުނެލިއެވެ. “ޔާރ ކޯޒް އައިމް ގަނަ ކިކް ޔުއަރ ސޮރީ ބަޓް އައުޓް” ޖަޒްލީ ރައްދުގައި ބުނެލިއެވެ. ޖަމީލާ އާއި ޖަޒްލީ ޒައިނާ އާއި އެކު ގޭތެރެއަށް ވަނެވެ. ޖަމީލާ އަށް އޭނަގަ ކޮޓްރި ދެއްކުމަށް ފަހު ޖަޒްލީ އާއި ޒައިނާ އާއި ދެކުދިން މަތީ ފަނޑިފިލާ މައްޗަށް އެރިއެވެ. “މީ އަހަރުމެންގެ ކޮޓްރި” ޒައިނާ އޭނާގެ ކޮޓްރި ދައްކައިލައިފައި ބުނެލިއެވެ. “އައިމް ނެވަރ މޫވިން އައުޓް… ކޮބާ އަހަރެންގެ އެނދު؟” ޖަޒްލީ އަހައިލިއެވެ. “މިހުރީ ވަރަށް ކޮންފީ ވާނެ” ޒައިނާ ޖަޒްލީގެ އެނދުމަތީގައި އިށީންނަމުން ބުނެލިއެވެ.
*****************************
“ކިހިނެކޯ ވީ ދޮންބެ އަށް؟” ގެއަށް ގޮސް ވަނުމާއި އެކު ރަޒާން ސުވާލުކުރިއެވެ. “މަ އިންސާނެއް ދެކެ ލޯބިވީ… އެއީ ދޯ ދެން މާ ބޮޑުކަމެއް” ރަޔާން ބުނެލިއެވެ. “ހިނަގާ ސުކޫލަށް ދާން ތައްޔާރުވާން ބައްޕަ ބުނި އަރުން އޯކޭ ސުކޫލަށް ދިޔަސް…އެކަމު އިންސާނެއް ކައިރީގަ އަހަރުންމީ ވޭމްޕަޔާސް އޭ ނުބުނާތި” ރައުޝާ މައުލޫ އޮޅުވައިލިއެވެ. “ޔެސް ފައިނަލީ” ރަޒާން އުފާފާޅުކުރިއެވެ. މިހެން ބުނެ ރަޒާން ދިޔައީ އޭނާގެ ކޮޓްރިއަށްށެވެ. ކޮޓްރިއަށް ވަދެ ތުވާލި ހިފައިގެން ވަނީ ފާޚާނާއަށް ފެން ވަރަންށެވެ. ފާޚާނާ އަށް ވަދެ ފްރެޝް ވެލައިގެން ނިކުމެ ރަޒާން އަލަމާރިން އޭނާގެ ސުކޫލު ޔުނިފޯމު ނެގިއެވެ. ޔުނިފޯމް ލުމަށް ފަހު ބޭރަށް ނިކުމެލިއެވެ. އެއިރު ރައުޝާ ހުރީބޫޓަށް އަރަންށެވެ. ރަޔާން ހުރީ ފޮތްދަބަހަށް ފޮތް އަޅައެވެ. ރަޒާން ގޮސް ކާ މޭޒު ދޮށުކައިރީގައި އިށީންދެލުމަށް ފަހު ކާން ފެށިއެވެ. ކައި ނިމިގެން ދަބަހަށް ފޮތް އަޅައިގެން ބޫޓުލައިގެން ހިންގައި ގަތީ ސުކޫލަށް ދިއުމަށްށެވެ. “ބްރޯ!!” މާ ދުރުން އައިމަން ގެ އަޑުއިވުނެވެ. “ޑޫޑް ހާދަ ހާސް ވެފަ ލެޓް މީ ގެސް އައިރާ ފެނުނީ ދޯ” ރަޒާން ބުނެލިއެވެ.
“އެއީ ކޮން އަންހެން ކުއްޖެއް އާންމުކޮށް ތިބޭނީ ދެ އަންފެން ކުދިން” ރިޒްލާން ފާރު ކައިރިން ބޯ ދިއްކޮށް ލާފައި ބުނެލިއެވެ. “ކޮބާ؟ ދެޓްސް ނިއު އައިރާ އާ ޒައިނާ ގިނައިން ދާނީ ދެން އެއީ ކޮން އަންހެން ކުއްޖެއް” އައިމަން ވެސް ހަމަ އެއް ސުވާލެއް ކޮށްލިއެވެ. “އޭނައަށް ކިޔަނީ ޖަޒްލީ އޭނައަކީ ޒައިނާގެ ސްޓެޕް ސިސްޓާރ އޭނަ އަދި މިއަދު މިރަށަށް އެއައީ” ގަސް މަތީގައި އޮށޯއްވެގެން އޮތް ރަޔާން ބުނެލިއެވެ. “ދޮންބެ ކީއް ތި ކުރަނީ ތިތާ މަތީގަ؟” ރަޒާން ރަޔާން ގާތުއަހައިލިއެވެ. “އަހަންނަށް އަހަރެންގެ ލޯބިވާ ކައިރިއަށް ނުދެވެންޏާމު ޖެހޭނީ ކޮންމެސް ގޮތަކުން އޭނަ މޫނު ބަލާލަން ށެއްނު” ރަޔާން ތޫނު ނަޒަރަކުން ރަޒާން އާއި ދިމާލަށް ބަލައިލިއެވެ. “ހިންގާ ދަމާ ދޮންބޭ” ރަޒާން މިހެން ބުނު މުން ރަޔާން ގަހުން ފާބައިގެން ހިންގައިގަތީ ސުކޫލަށް ދިއުމަށްށެވެ. ރަޒާން އަދި އައިމަން ބާރަށް ގޮސް ރަޔާން އާއި އެއްވަރު ކުރިއެވެ.
“ހެއި ޒައި ޔޫ ގެ ލަވް-ޑަވް އެބަހުރި އަހަރުންގެ ފަހަތުގަ” އައިރާ ފަހަތަށް ބަލައިލައިފައި ބުނެލިއެވެ. “ލަވް-ޑަވް؟ ޒައި އުޅެނީ މީހަކާ ރައްޓެހި ވެގެންތަ؟” ޖަޒްލީ ވާނުވާ ނޭންގިގެން އަހައިލިއެވެ. “ހަހް ހެހެ އެއީ ހަމައެކަނި ކްރަޝް އެއް ނަތިން މަޗް ޖަޒޫ ދެން ހިންގާބަލަ އަވަހަށް ދާން އެހެން ނޫނީ ފުރަތަމް ދުވަހުގަ ވެސް ލަސްވެދާނެ” ޒައިނާ މިހެން ބުނެ ބާރަށް ކުރިއަށް ހިންގަން ފެށިއެވެ. “އޫ ޒައި ހޭޒް އަ ބީ އެފް، ޒައި އެޑް މިޓް އިޓް ޔޫ ލާވް ހިމް” އައިރާ މިހެން ބުނި އިރު ޖަޒްލީ ހުރީ އޭނާގެ ހިނިގަނޑު ކޮންޓްރޯލް ކޮށަގެން އެވެ. “ނޯ އައި ވޯންޓް ވީ އާރ ފްރޮމް ޑިފަރެންޓް ވޯލްޑްސް އަދި އޭނަ މަށަށް ވުރެ ދެ އަހަރު ބޮޑު” ޒައިނާ މިހެން ބުނެ ތުން އަނބުރައިލިއެވެ. “ޒައި އޭސް ޔުއާރ ސިސްޓާރ އޭޖް ޑަޒަންޓް މެޓާ އެންޑް އޭސް ޔުއާރ ފްރެންޑް ކަމް އޯން ގާރލް ގޯ ފޯރ އިޓް” ޖަޒްލީ މިހެން ބުނުމުން ޒައިނާ ގާތަށް ހިނިއައެވެ. “މަށޭ އަދި އެބަ ކިޔަ އެއްނު ބަލަ ރާއްކޮގެ އައިމަން އެހުރީ އެއްނު” ޒައިނާ އައިރާ އާއި ދިމާކުރަން ފެށިއެވެ. “އަހަރެން ސުވާލެއް ކުރަންތަ؟ އެއީ ކާކު އެތާންގައި އެހުރީ” ޖަޒްލީ ރަޒާން ދައްކާލަމުން ބުނެލިއެވެ. “އެއީ ރަޒާން އޭނައަކީ ޒައިގެ ލޮވް-ޑަވް ގެ ކޮއްކޮ އޭނައަކީ އަހަރުން އާއި އެއްވަރު މީހެއް އަދި އެހިރަ އައިމަން އަކީ ވެސް އަހަރުން އާ އެއްވަރު މީހެއް އެއީ ދެން ބުނަންޏާމު ބޮޑު މުސީބާތެއް” އައިރާ ލޯ ހަނި ކޮށްލާފައި ބުނެލިއެވެ. “މުސީބާތެކޭ އެއީ ކީއްވެ؟” ޖަޒްލީ މަޑު މަޑުން ހެމުން ބުނެލިއެވެ. “އެއީ އޭއްޗަކު މަށަށް އަބަދުވެސް ޖެއްސުން ނުކުރެވިގެން އުޅޭނީ އޭނަ ހީވާނެ މޮޔަ ވެގެން އުޅޭ މީހެކޭ ބައެއް ފަހަރު ހިތަށް އަރާ މަށަށް އޭނަ މަރާލެވޭނަމަ އޭ ވެސް” އައިރާ ދަތްވިކާފައި ބުނެލިއެވެ.
ކުއްލިއަކަށް ރަޒާން އަށް އިވުނީ ރަޔާން މަޑުމަޑުން ހޭ އަޑެވެ. “ދޮންބޭ އެމީހުން ކީކޭ ދޯ އެކިޔަނީ؟” ރަޒާން ރަޔާން ގެ ހުނުމުގެ އަޑު އިވުމުން އަހައި ލިއެވެ. “ވާއު އައިމަން އެ އައިރާ ކައެ ދެކެ ހާދަ ރުޅިފަށެއް އަރައޭ އަނެއްކާ ކައެ އޭނައަށް ކީއްކުރީ ދޯ” ރަޔާން އައި މަން އަށް ދޯ ދެމުން ބުނެލިއެވެ. “މަށެއް ކަމެއް ނުކުރަން އޭނަ އުޅެނީ އެއްނު އަމިއްލަ އަކަށް މަ އޭނަގެ ދުޝްމަނަކަށް ހަދައިގެން” އައިމަން ދުރުބަލަމުން ބުނެލިއެވެ. “އެހެން މި ދެމީހުން ކުލާހުގަ އުޅޭ ގޮތް ފެނިފަ ދޮންބެ މިހެން ވާނެ” ރަޒާން އޭނާގެ ޝަހާދަތް އިނގިލި ނިއްކުރި މައްޗަށް އަރުވާފައި ބުނެލިއެވެ. “އެހާވެސް ކަންތައް ފަލަ؟” ރަޔާން މިހެން ބުނުމުން ރަޒާން ފުން ނޭވާ އެއްލިއެވެ. “ކަންތައް ފަލަހޭ ހިންގާބަލަ ބަލަން ހްމްމްމްމް މަށަކަށް ކިޔައި ދޭކަށްވެސް ނޭންގެ” ރަޒާން ކިޔައިދޭން ނޭންގިގެން ބުނެލިއެވެ. ” އޭތް މަ އެބަ އަންނަން އިންގެ” އައިމަން މިހެން ބުނެ ކުރިއަށް ބާރަށް ހިންގައި ގަތެވެ.
ދެ ދިޔަ ގޮތަށް ގޮސް އައިރާގެ ކޮނޑު މަތީގައި ކޮއްޓައި ލިއެވެ. އައިރާ ފަހަތަށް ބަލައިލިއިރު މީހެއް ނެތުމުން މާ ބޮޑަށް އަޅައި ނުލައި ކުރިއަށް ހިންގައި ގަތެވެ. ދެން އައިމަން އައިރާގެ އިސްތަށިގަނޑުގައި ޖަހާފައި އޮތް ވޫލުކޮޅު ނައްޓައި ލުމުން އައިރާގެ އެ އިސްތަށިގަނޑު މިއުޅެން ފެށިއެވެ. “އޭތް ޕްރެވާޓް ތީއްޗަކު މަސޭ އަތުން މަރުވާނެ” މިހެން ކިޔާ އައިރާ އައި މަންގެ ފަހަތުން ދުއްވައި ގަރެވެ. “ފުރަތަމަ މަ ހިފަން ދޯ ޖެހޭނީ މަ ސުކޫލާ ހަމައަށް ދިއު މުގެ ކުރިން ނުހިފިއްޖިޔާމު ޑާރކް އޭންޖަލް ޖެހޭނެ މަށަށް ސައި ދޭން” އައިމަން މިހެން ބުނަމުން ގޮސް ރަޒާން އަދި ރަޔާން ގެ ފަހަތުގައި ފިލިއެވެ. “ސައި ދޭންށޭ؟ މަގޭ އަތުން ހަރާން ވާނެ ކަން މި ބުނީ ތި ކުރަތްޕަށް ސައި ދެނެކަން” އައިރާ އައިމަން ފަހަތުން ދުވަމުން ބުނެލިއެވެ. “ކުރަތްޕޭ؟ މަމީ ދޯ ކުރަތްޕެއް؟ މަވެސް މީ އައިރާ ކަހަލަ އިންސާނެކޭ؟ ކުޑަކުޑަ ސުއިއްޕެއްނޫން” އައިމަން މިހެން ބުނެ ރަޒާން ފަހަތުން ނިކުތެވެ. “ހޫމް އެފެށީ ދެން ސަހާދެއް ހުވާ މަމިބުނީ މި ދެމީހުން ކޮންއިރަކު ބާއޭ ބޮޑުވާނީ” ރަޒާން ޖަޒްލީމެނާއި އެއްވަރުކުރަމުން ބުނެލިއެވެ. “އައި އެގްރީ… 11 އަހަރު ވެއްޖެ މިހާރު މިދެމީހުން މިހެން އުޅޭތާ” ޒައިނާ މިހެން ބުނެ ޖަޒްލީ އާއި ދިމާލަށް ބަލައިލިއެވެ. އެތާންގައި ރަޔާން ހުރުމުން މޫނުމަތި ޓޮމާޓޯ އެކޭ ތަފާތެއް ނެތެވެ. “ޒައި އާރ ޔޫ އޯކޭ؟” ޖަޒްލީ މިހެން އަހައިލިމުން ޒައިނާ ބާރަށް ކުރިއަށް ހިންގައި ގަތެވެ. ދެން ބަލައިލީ އޭން ކައިރީގައި ހުރި ރަޒާން އާއި ދިމާލަށްށެވެ.
…ނިމުނީ…
2 Comments!
Comments are closed.

Alhey mi part VX vrh reethi waiting for the next part
thank u
that means a lot to me