އަހަރެންގެ ލޮލުން ކަރުނަ ތައް ފައިބަން ފެށީ އިސްކުރުން ފެން އަންނަ ހެންނެވެ. “ހާދަ ލަސް ވެއްޖޭ ރައީ…. އަހަރެން އަންނާނަން ބަލައިލާފައި ސާރާ ބުންޏެވެ.*
އެހެން ކިޔާފައި ސާރާ ދުވަމުން އެތެރެއަށް ވެންނިއެވެ. ވެންނި އިރު ލިޔާ އިނީ ރައިނާގެ ފޯނުން ލޫނާ އާއި ވާހަކަ ދައްކަން ށެވެ.” ލިޔާ ކޮބާ ރައީ ދައްތަ ؟”ސާރާ އަހާލިއެވެ. “ދައްތި ވެންނީ ކޮޓްރިއަށް” ލިޔާ ބުންޏެވެ. ސާރާ ދުވަމުން ރައިނާ ކޮޓްރިއަށް ވެންނިއެވެ. އޭރު ރައިނާ ފާހަނައިން ނިކުން ނަނީއެވެ. “ރައީ އާރް ޔޫ އޯކޭ؟” ސާރާ އަހާލިއެވެ. “ޔަހް…. އައި އޭމް ފައިން” ސާރާ ހުރި ދިމާ ނޫން އަނެއް ދިމާއަށް ބަލަމުން ރައިނާ ބުންޏެވެ. އެ އަޑު ސާރާ އަށް އިވުނީ ކިރިޔާ އެވެ. “ރައީ… ލުކް އެޓް މީ” ރައިނާ ސާރާ އާއި ވީ ދިމާލަށް އަނބުރާލަ މުން ސާރާ ބުނެލިއެވެ. ސާރާ އަށް ކުޑަ ސިހުމެއް ލިބުނީ ރައިނާގެ ދުޅަވެ ރަތް ވެފައިވާ ދެ ލޮލާއި ނޭފަތް ފެނުމުން ނެވެ. އޭރު ވެސް ހުއްޓުމެއްނެތި ތާޒާ ކަމާއި އެކު އެ ދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. “އޯހް މައި ގޯޑް… ރައީ” ސާރާ އަށް ބޭ އިޙްތިޔާރު ގައި ބުނެވުނެވެ. “ސާރާ ދައްތާ ކޮބާ ރައީ ދައްތަ ؟” އެވަގުތު ކުޑަ ކުޑަ ލިޔާ އައިސް އަހާލިއެވެ. ރައިނާ ވަގުތުން ދެލޯ ފުހެލަމުން ރީތިވާ އެއްޗެހި ބަހައްޓާފައި ހުރި މޭޒު ކައިރި އަށް ގޮސް މޫނުގައި ފުއް ކޮޅެއް ޖަހާ ހަމަޖެހިލިއެވެ. “އަމް ރައީ ދައްތަ” “މިހިރީ ނޫ ރައީ ދައްތަ “ސާރާ ގެ ޖުމްލަ މެދު ކަނޑާލުމުން ރައިނާ ބުނެލިއެވެ. ސާރާ ހައިރާންވީ ރައިނާ ހިނިތުން ވެލައި ގެން ހުރުމުންނެވެ. އެއީ ދެންމެ ސާރާ ކުރިމަތީގައި ރޯން އިން ރައިނާ އޭ މީހަކު ނުބުނާނެވެ. އެހާމެ މޮޅުކޮށް ފުއް ޖަހާ އެ ދުޅަވެ ރަތް ވެފައިވާ މޫނު ހުރީ ފޮރުވާފައި އެވެ. “ހިނގާ އަވަހަށް ދާން” ރައިނާ ބުނެލިއެވެ. އަދި އަވަހަށް ދަބަހުގައި އޮތް އަވި އައިނު ނަގާ އެ ރީތި ދެލޯ ފޮރުވާލި އެވެ.
ރައިނާ މެން ނިކުންނި އިރުގައި ލިޔާން މެން ތިބީ ލަސް ވެފައި އެވެ. “ހިނގާ ދާން އަވަހަށް މިހާރު އެޔޮއް 4:30 ވަނީ… ހަޔެއް ޖެހުމުގެ ކުރިން ލިޔާ ގޮވައިގެން ގެއަށް ވަންނަން ޖެހޭނެ އެއްނު ؟” ލިޔާން ބުންޏެވެ. “ހްމްމްމް ހިނގަ ދާން” ރައިނާ ބުނެލިއެވެ. އެންމެން އެއްފަހަރާ ހިނގާއި ގަތީ ރަސްފަންނަށް ދިޔުމަށް ށެވެ. ހިނގަމުން ދިޔައިރު ވެސް ރައިނާ އަށް ބެލެނީ ނިއާން އާއި ނިއާންގެ އަތުގައި ބޯވާ އެއް ހެން ދެއަތް އޮޅާލައިގެން އޮތް ޒެއިނާ އަށް ށެވެ. ވިހި ވަރަކަށް މިނެޓް ތެރޭ ރައިނާ މެން ތިބީ ރަސްފަންނުގަ އެވެ. އެ ވިހި މިނެޓް ތެރޭ ވެސް ރައިނާ އަށް ހީވީ މީހަކު އޭނާގެ ހިތް ވީދާ ކުދި ކުދި ކޮއްލި ހެންނެވެ. “އޭ އަހަރުމެން އަންނާ ނަން އެ ދިމާ އަތިރި ބަލައިލާފައި” ލިޔާން ބުނެލިއެވެ. “ހްމްމްމް ދޭބަލަ ދޭބަލަ މާ ފޮޅުވަން އަހަރެމެން ދެމީހުން ވެސް އަންނާނަން އެ ދިމާއަށް ގޮސް ލާފައި” ލާނެތް ކަމާއެކު ނިއާން ބުނެލިއެވެ. “ދެން ރައީ އޯ ؟” ސާރާ އަހާލިއެވެ. “ހްމްމްމް… އޭނަ ހުރެދާނެއްނު މިތާގައި ކުޑަ ކުޑަ ކުއްޖެއް ނޫން ވިއްޔާ” ޒެއިނާ އެހެން ބުނެލީ އަހަރެން ނާއި ދިމާލަށް ލޯ އަޅައި ލަމުން ފަރުވާ ކުޑަ ގޮތަކަށް ށެވެ. “ޒެއިނާ ޖަސްޓް-” “އަހަރެން ހުރެދާނަން ލިޔާ ކައިރީ….. ފޯރް މީ ޑޯންޓް ސްޕޮއިލް ޔުއަރް ލަވް ލައިފް” ނިއާން ބުނަން އުޅުނު ޖުމްލަ އަހަރެން މެދު ކަނޑާލުމަށް ފަހު އެހެން ބުނެލީ ހިތް މަތީ ބޮޑު ހިލަ ގަނޑެއް ބާއްވާ ގެންނެވެ. “ރައީ ” ފަހަތުން މީހަކު ހަޅޭއްލަވައި ގަތުމުން އަހަރެން ދިޔައީ ސިއްސައިގެން ނެވެ. އަހަރެން ފަހަތަށް އެނބުރި ބަލައި ލެވުނީ ކުއްލިއަކަށް ށެވެ. “ދޮންތީ… އާރް ޔޫ ރިއަލް” ކުޑަ ކުޑަ ހަޅޭ ކަކާއި އެކު އަހަރެންނަށް އެހެން އަހައިލެވުން އިރު ހުރީ ރޮވިފައެވެ. އަހަރެން ގޮސް ދޮންތަ ގައި ބައްދާ ލެވުމާ އެކު ރޮވުނެވެ. ގިސްލަ ގިސްލައިފައި އަހަރެންނަށް ރޮވޭން ފެއްޓުނީ ކޮއްފައި ހުރި އަސަރެއްގެ ބޮޑު ކަމުންނެވެ. “ރައީ ވައި އާރް ޔޫ ކްރައި އިންގް” ދޮންތަ އަހައިލީ ހާސް ވެފައި ހުރި އަޑަކުން ނެވެ. ރައިނާގެ ދޮންތަ ރައިހާ ބޮލުގެ އިޝާރާތުން ކިހިނެއް ވީ ހޭ ސާރާ ކައިރީ އަހާލިއެވެ. ސާރާ ލޮލުގެ އިޝާރާތުން ނިއާން އާއި އެކު ހުރި ޒެއިނާ ދައްކާލިއެވެ. ރައިހާ އަށް ވެގެން އުޅޭ ގޮތެއް ރޭކާ ލިއެވެ. “ރައީ ބަލާބަ ދޮންތަ އަށް…… ހުރިހާ ކަމެއް ވެސް ރަނގަޅު ވާނޭ” ރައިހާ ބުނެލިއެވެ. “އަމްމްމް ލެޓްސް ގިވް ދެމް ސަމް ޕްރައިވެސީ އެންޑް ލެޓްސް ގޯ” ސާރާ ބުނެލިއެވެ. ސާރާ އާއި ލިޔާން ހިނގައި ގަތުމުން ނިއާން ޒެއިނާ އާއި އެކު ދާން ހިނގައި ގަތީ ހިތާއި ދެކޮޅަށް ށެވެ.
ރައިހާ ރައިނާ ގޮވައިގެން ދިޔައީ އެތާ ހުރި ހިލަ ގޮނޑީގައި އިށީން ނާށެވެ. “ރައީ ދެން ބުނެބަލަ ދޮންތަ ކައިރީ ވީ ހުރިހާ ގޮތެއް” ރައިހާ ވަރަށް އޯގާތެރި ކަމާއެކު ބުނެލިއެވެ. އެހެން އިނދެ ފަސް ވަރަކަށް މިނެޓް ފަހުން ރައިނާ ހަމަޔަކަށް އެޅީ ލަމުން ހުރިހާ ވާހަކައެއް ކިޔައި ދިނެވެ. އެވާހަކަ ތައް އަނެއްކާ ހަނދާން ވުމުން ރައިނާ އަށް ރޮވޭ ގޮތް ވިއެވެ. “ރައީ އެވަރު ކަމެއް ވީ އިރުވެސް މަންމަ ކައިރީ ނުބުނެ އެޓްލީސްޓް ދޮންތަ ކައިރީ ބުނި ނަމަ” ރައިހާ އެހެން ބުނި އިރު ގައި ހުރީ ހިތްހަމަ ނުޖެހި ފައެވެ. “ސޮރީ” ރައިނާ ބުނެލިއެވެ. “ރައީ ދައްތާ ލިޔާ ވަރަށް ކަރު ހިއްކާ އެބަ” ކުޑަ ކުޑަ ލިޔާ އައިސް ބުނެލިއެވެ. އެއިރު ރައިނާ ވެސް ހުރީ ހަމަޔަކަށް އެޅީ ފައެވެ. ރައިނާ ގަޑި ބަލައިލީ އިރު 5:20 ވެއްޖެ އެވެ. “ހްމްމްމް ހިނގަ ޖޫގޯ ބޯން” ރައިނާ ބުނެލިއެވެ. “ޔެސް ޔެސް ޔެސްސްސްސްސް” ލިޔާ އުފަލުން ގޮސް ފުންމަން ފެށިއެވެ. “އެކަމަކު ޝަރުތެއްގެ މަތިން ލިބޭނީ” ރައިނާ ލިޔާ އުނގަށްލާ ވެލި ތައް ފޮޅައި ލަމުން ބުންޏެވެ. “ކޮން ޝަރުތެއް” ލިޔާ އަހާލިއެވެ. “ލިޔާ ދެން ރައީ ދައްތަ ނުކިޔާ ތޫ ކިޔަން ޖެހޭނީ އޯކޭ” ރައިނާ ބުނެލިއެވެ. “ޑަބަލް އޯކޭ” ލިޔާ ހުރިހާ ދަތެއް ފެންނަ ވަރަށް ހީލަމުން ބުނެލިއެވެ. ރައިނާ ސާރާ އާއި ނިއާން އަށް މެސެޖް ކޮއްލަމުން ޖޫގޯ ބޯން ދާ ވާހަކަ ބުނެލިއެވެ. “މީތަ ލިޔާ އަކީ” ރައިހާ ލިޔާ އުރާ ލަމުން އަހާލިއެވެ. “ލައްބަ” ލިޔާ ބުނެލިއެވެ. “އިނގޭތަ މިއީ ކާކު ކަން” އަނެއްކާވެސް ރައިހާ އަހާލިއެވެ. ލިޔާ ދެފަރާތަށް ބޯ ހޫރުވާލި އެވެ. “މިއީ ލިޔާ ގެ ތޫ ގެ ދޮންތަ އެހެން ވީމަ ލިޔާ ކީކޭ ކިޔާނީ ދައްތަޔާ ދިމާއަށް” ރައިހާ އަހާލިއެވެ. “ދޮންތި” ވަރަށް ވިސްނާ ލުމަށް ފަހު ލިޔާ ބުނެލިއެވެ. އިސާހިތަކު އެންމެން ހަމަވުމުން ރައިނާ ހިނގައި ގަތީ ޖޫގޯ ވިއްކާ ތަނަށް ށެވެ. “ގާއިޒް މައި ޓްރީޓް ޓުޑޭ ” ރައިހާ ބުނެލިއެވެ.
އެންމެން ޖޫގޯ ގަނެގެން ދިޔައީ ރައިނާ އުޅޭ ގެއަށް ށެވެ.” ގާއިޒް ހިނގާ އޯވަރ ނައިޓް އެއް ޖައްސަން މިގޭގައި “ސާރާ ބުނެލިއެވެ.” ގުޑް އައިޑިއާ “ރައިހާ ބުނެލިއެވެ. އެންމެން ވެސް އެއްބަސް ވުމުން ރައިނާ ވެސް ޖެހުނީ ހިތާ ދެކޮޅަށް ނަމަވެސް އެއްބަސް ވާށެވެ . ރައިނާ މެން ގެއަށް ވަނުމުން ނިއާން މެން ދިޔައީ ލާނެ އެއްޗެހި ބަލައެވެ. ރައިނާ އަވަހަށް ގޮސް ފާހަނަޔަށް ވަދެ ފެންވަރާ ލާގެން ނިކުމެ” އިޓްސް އޯލް ވެއިސް ޔޫ “ޖަހާފައި އިން އަތް ދިގު ކަޅު ކުލައިގެ ޓީޝާޓަކައި ކަޅު ކުލައިގެ ޖިންސެއް ލިއެވެ. އޭރު މަޣްރިބް ނަމާދަށް ބަންގި ގޮވަނީ އެވެ. އަވަހަށް ނަމާދު ކޮށްލައިގެން ބޭރަށް ނިކުތީ ލިޔާ ބަލައެވެ.” ލިޔާ އަވަހަށް ހިނގާ ފެންވަރައިގެން ނިކުމެ ނިދާން ރެޑީ ވާން “ރައިނާ ބުނެލިއެވެ.” ނޯ “އޭ ކިޔަމުން ލިޔާ މުޅި ގޭތެރޭގައި ދުވަން ފެށި އެވެ. ރައިނާ ވެސް ލިޔާ ފަހަތުން ދުއްވައި ގަތީ ލިޔާ އަތުލަން ށެވެ. ހަމަ އެ ގަޑީގައި ނިއާން ވެސް އައިސް ގެއަށް ވެންނި އެވެ. ލިޔާ ވެސް ދުއްވައި ގަތީ ނިއާން އާއި ދިމާއަށް ށެވެ. ރައިނާ ވެސް ބާރަށް ދުއްވައި ގަތީ ނިއާން އެތާގައި ހުރި ކަން ނޭނގޭ ހާލު އެވެ. ލިޔާ ވަކި ހިސާބަކަށް ގޮސްފައި އެހެން ކޮޅަކަށް ދުއްވައި ގަތީ ނިއާން ހުރުމުން ނެވެ. އޭރު ނިއާން ހުރީ ސޯފާ ކައިރީ ގަ އެވެ. ރައިނާ ދުވަމުން ގޮސް ޖެހުނީ ނިއާން ގާ އެވެ. ޖެހުނު ލެއް ބާރު ކަމުން ދެމީހުން އެއްފަހަރާ ވެއްޓުނީ ސޯފާ އަށް ށެވެ. ވެއްޓުނު ވަގުތު ރައިނާ ގެ ތުންފަތް ޖެހުނީ ނިއާން ގެ ތުންފަތުގައި އެވެ. ތުންފަތް ޖެހުނު ގޮތަށް ރައިނާ އޮތީ ދެލޯ ބޮޑު ކޮއްގެން ނިއާން ގެ ކަޅު ކުލައިގެ ފުން ކަނޑެއް ފަދަ ލޮލަށް ގެއްލިފައި އެވެ. ސާރާ އަވަހަށް ލިޔާ ގެ ލޮލު މަތީ އަތް އެޅި އެވެ. ލިޔާން އަށް ހިނިގަނޑު ހިފަ ހައްޓައި ލެވުނީ އެހިސާބަށް ށެވެ. ޕަކަ ޕަކަ ލާފައި ލިޔާން ހޭން ފެއްޓުމުން ރައިނާ އާއި ލިޔާން އާއި ދެމީހުން ސިއްސައިގެން ގޮސް އަވަހަށް ތެދުވި އެވެ. އޭރު އެންމެން ވެސް ހެނީ އެވެ. ނިއާން އަށް އަވަހަށް ބަލައި ލެވުނީ ދޮރު މަތީގައި ހުރި ޒެއިނާ އަށް ށެވެ. ބަލަން ހުރި ގޮތުން ހީވީ އެއްވެސް ކަމެއް ނުވާ ހެންނެވެ. ޒެއިނާ ބޭރަށް ހިނގައި ގަތުމުން ނިއާން ވެސް އަވަހަށް ދިޔަ އެވެ. ޒެއިނާ ބޭރަށް ނިކުމެ ވުނު އިރަށް ހިނިގަނޑު ފަޅައިގެން ދިޔައެވެ. އޭރު ނިއާން ވެސް އިސްތަށިގަނޑު ރީތި ކުރަމުން ފަހަތުން އަންނަނީ އެވެ. “ސީރިއަސްލީ ތިއްތީ” ޒެއިނާ ހެމުން ހެމުން ބުނެލިއެވެ.
❤️~ނުނިމޭ ~❤️
………. ދެން އޮތް ޕާޓަށް އިންތިޒާރު ކޮއްލަވާ??………..
One Comment
Comments are closed.

nice story my friend ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????