Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ލޯބިވާތީ(2)

Elysha Level 1
December 30, 2021 2 Mins Read
0 Comments

“އެލީ އެއީ އެހެންމީހުން އެލާ އަށް ކިޔާ ނަން.ކައި ކިޔާނީ އީލް ނޫނީ އީއްކޮ.”ކައިކް ބޭނުންވީ އެލާ ހެއްވާލާށެވެ.އެކަން ކައިލް އަށް ކާމިޔާބު ވިއެވެ.”އޭރުން އެލީ ކައިކް އަށް ކިޔާނީ އައިކް ނޫނީ ކައި ދޮންބެ.”

**************************

“މިހާރު އެއޮށް އިރުއަރައިގެންގޮސް 7:34 ވީ.”ކައިކް އަށް ކުއްލިއަކަށް ގަނޑި އައް ބަލައިލެވުނެވެ.”ވާހަކާގަ ޖެހިފަތިބޭމީހުންނަށް ވާނީ ތިވަރު.”ފަހަތުން މީހަކު ވާހަކަ ދެއްކިއަޑައް ދެ މީހުންނަށް އެއްފަހަރާ ފަހަތައް ބަލައިލެވުނެވެ.”ދޮންތީ.”އެލާ އަށް ބިރެއްފެނުނުހެން ކޮޅައްތެދުވި އެވެ.”އެލީ ކައިރީގައި ކިތައްދުވަހު ބުނާނީ ދަންވަރު ބޭރައް ނުނިކުންނާށޭ.އެލީ އަށް ގޮތެއް ވެއްޖިއްޔާ ދޮންތަ ދެން ކިހިނެއް ދުނިޔޭގައި އުޅޭނީ.ޕްލީޒް އެލީ.އެލީ އާއި ނުލައި ދޮންތި އަކަށް ނޫޅެވޭނެ.”އެމާ ވާހަކަ ދެއްކުން ހުއްޓާލަން ޖެހުނީ އޭނާއަށް ރޮވެން އުޅޭކަމުގެ ފެހި ސިގްނަލް އެޅީމަ އެވެ.ކައިކް ހުރީ ވާނުވާ ގަ އެވެ.”ދޮންތީ. އެލީ ދަންވަރު ބޭރައް ނިކުންނަނީ ހިތްހަމަ ޖައްސާލަންނޭ.މީހުން ނޫޅޭ ގަނޑިއެއްގައި ބީޗައް ދިޔާމަ ހާދަ ހިތްފަސޭހައޭ.ދޮންތި ކައިރީގައި ކުރީދުވަހުވެސް އެލީ ބުނީމެންނު ދޮންތި އެލީ އެކަނި ބޭރައް ދަންވަރު ނޮފޮނުވަންޔާ ދޮންތިވެސް އެލީ އާއި އެކު ބޭރައް ދާން ހިންގާށޭ.”އެލާ އަދަބުވެރިކަމާއިއެކު އޭނާގެ ދޮންތަ އާއި ވާހަކަ ދެއްކި އެވެ.”ބައިދަވޭ މީޓް މައި ނިއު ފްރެންޑް ކައިކް.”އެލާ ކައިކް އެމާ އައް އިންޓްރޮޑިޔުސ”ހާއި ނައިސްޓު މީޓް ޔޫ ކައިކް.އައި އޭމް އެމާ.އެލީގެ ދޮންތަ.އެލީ އާއި އެއްއަހަރުގެ ތަފާތު ހުންނާނީ.”އެމާ ހިނިތުންވެލަމުން ކައިކް އާއި މުހާތަބު ކުރިއެވެ.”ކައީ.ހިނގާ އެލީމެންގެއައް ސައި ބޯން.”އެލާ ކައިކް އަށް ބަލައިލަމުން ބުނެލިއެވެ.”ތިގޭމީހުން އޯކޭވާނެތަ!”ކައިކް ކޮއްލީ ސުވާލެކެވެ.”އީއްކޮ މެން ގޭ….””އީއްކޮ???”އެމާ އައް ލިބުނީ ބޮނޑު ހައިރާން ކަމެކެވެ.އީއްކޮ އަކީ މީގެ ކުރިން އެލާ ބޭނުންކޮއްފައިނުވާ ބަހެކެވެ.”ސާބަހޭ..އީއްކޮ އަކީ ކައި އެލީ އައް ދިންނަމެކޭ.””އޯހް އެހެންދޯ.”ދެން އިވުނީ ޕަކަ ޕަކަ ތަޅަފައި 2 މީހަކު ހޭ އަޑެވެ.އެމާ ބަލައިލީއިރު އެލާ އާއި ކައިކް ބިންދި ބިންދި ފައި އެމާ އާއި މަލާމާތް ކުރަނީ އެވެ.އަމިއްލަ ހިނިގަނޑު ފިއްތަން މަސައްކަތް ކުރަމުން އެލާ ކިެިކް ކުރި ސުވާލައް ޖަވާބުދޭން އުޅުނެވެ.”އެލީ މެން ގޭގައި ހަމައެކަނި އުޅެނީ އެލީ އާއި ދޮންތަ.ދެން އިތުރު މީހަކު ނޫޅޭނެ.”އެލާ ކައިކް ކުރި ސުވާލައް ޖަވާބު ދިނުމުން އެންމެން ހިނގާގަތީ އެލާ މެން ގެއަށް ދިޔުމަށެވެ.ހިނގާފައި ދިޔަ ތިން ކުދިންނަށް ގިނަ ބައެއްގެ އަމާޒު އެޅެމުން ދެއެވެ.އެމާ އަކީ އެލާ ހެން ދޮން ހަންގަނޑަކާ ހިމަ ތޮޅި ހަންގަނޑެއް ލިބިފައިވާ ކުއްޖެކެވެ.މަޑު ރަތް ކުލައިގެ ތުންފަތަކާއި ގަދަ ޗޮކުލެޓު ކުލައިގެ ބުމައެއްލިބިފައިވާއިރު އެމާ އަކީ ބޯ އެސްފިޔަ ތަކެއްގެ ވެރި އެކެވެ.އެމާ އިތުރަށް ފުރިހަމަ ކޮއްދޭ ދެ ސިފަ އަކީ އެމާ ގެ ލޮލު ކުރިމަތީގައި ވާ ވަށް ނަންބަރު އައިނާއި އޭގެ ފަހަތުގައިވާ ޗޮކުލެޓު ކުލައިގެ ކަޅި އެވެ.އެލާ އަށް ލިބިފައިވާ ރާޅުބާނީ އިސްތަށި ގަނޑުގެ ބަދަލުގައި އެމާ އަށް ލިބިފައިވަނީ ފަން އިސްތަށި ގަނޑެކެވެ.އެމާ އަކީވެސް އެލާ ފަދައިން މޭކަޕް ކުރާ ކުއްޖެއް ނޫނެވެ.ކައިކް އަކީ އަންހެން ކުދިންގެ ހިތްތަށް ކަތިލާފަދަ ސޫރައެއް ލިބިފައިވާ ޒުވާނެކެވެ.ނަމަވެސް ކައިކް އޭނާގެ ރީތިކަމާމެދު ބޮނޑާވެ އޭގެ ނާޖާއިސް ފައިދާއެށް ނުނަގައެވެ.ދޮން ހަންގަޑެއްގެ ވެރިއެކެވެ.ނޫ ކުލައިގެ ކަޅިއަކާއި ހިމަތޮޅި ހަށިގަނޑެކެވެ.ރަތްކުލަ އައް ދާ ތުންފަތަކާއި ތުނި އެސްފިޔަ އެކެވެ.އެލާ ގެ އިން ކަހަލަ މަޑު ޗޮކުލެޓް ކުލައިގެ ބުމަ އެކެވެ.އެންމެ އަޅައިގަންނަނީ ރީތި ގޮތަކައް ކޮށައި ރީތި ގޮތަކައް ފުނާ އަޅައިފައިވާ އިސްތަށިގަނޑެވެ.ކައި ނިންމައިގެން 3 މީހުން ނިންމީ ހަވީރު އައިސްކޯން ބޯން ދާން ށެވެ.އެލާ އޭނާގެ ބެސްޓްފްރެންޑް ގެންނާނެ ކަމަށް ބުންޔެވެ.ކައިކް ވެސް އޭނާގެ ފްރެންޑް އެށް ގެންނާނަމޭ ބުންޔެވެ.3 މީހުން ވާހަކަ ދަށްކަން ތިބެފައި ކައިކް ގެއަށް ދާން ނައްޓާލީ9:00 ޖެހި ފަހުން އެވެ.

Share Article

Follow Me Written By

Elysha

Level 1

Other Articles

Previous

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ސަތޭކަ ހަތްވަނަބައި)

Next

ވީމޭ އިންތިޒާރުގައި – ޓްރެއިލަރ

Next
December 31, 2021

ވީމޭ އިންތިޒާރުގައި – ޓްރެއިލަރ

Previews
December 30, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ސަތޭކަ ހަތްވަނަބައި)



All Right Reserved!