ވެމްޕަޔާ 9
މިލާން އަށް ވަމުން ދިޔަ ގޮތް ފެނިފަ އީވާ މިލާން ހިފައިގެން ލިވިންގް ރޫމަށް ދިޔައެވެ. އެއިރު އެތާގަ އަފާ އާއި ޒިމާމް ތިއްބެވެ. ” މިނީ ހާލު ކިހިނެއް…… ކޮބާ މަންމަ” އަފާ މިލާން ފެނުމުން އޭނާގެ އެންމެ ގާތް އެކުވެރިޔާ ކަމަށް ވާ އީނާޝް އާ ބެހޭގޮތުން އަހާލިއެވެ. ” މަމް އުޅޭ ފްރާންސް ގަ މިދިޔަ ހަފްތާ ސިޑްނީ އިން ށިފްޓް ވީ” މިލާން އެހެން ބުނުމުން އަފާ އީނާޝް އަންނަނީ ކޮންއިރަކުން ތޯ އަހާލިއެވެ. ” މަންމަ މި ކޮޅަށް އަންނަނީ ކޮންއިރަކު ” ” އަމް ނޭނގެ އެކަމް ބުނި އާންޓް އާ ދެމީހުން ކުރި ޕްރޮމިސް އެއް ތެދަކަށް ވާ 2 ދުވަސް ކުރިން ނޭ އަންނާނީ” މިލާން އެހެން ބުނުމުން އަފާ އާއި ޒިމާމް އެކަކު އަނެކަކަށް ބަލާލުމަށް ފަހު ހީލިއެވެ.
” އޮހް ޖަސްޓް ރިމެމްބާޑް……މޯމް ޑޭޑް ވިލް ލޫ ގާއިޒް ހެލްޕް އަސް ޓު ގެޓް ރިވެންޖް” އީވާ އެހެން ބުނުމުން އަފާ ކޮން ރިވެންޖް އެއް ތޯ ސުވާލު ކުރުމުން މިލާން ހުރިހާ އެއްޗެއް ކިޔާ ދިނެވެ. ” އެންމެ ރަންގަޅު އަންކަލް އާއި އާންޓް ކުރެވޭން ހުރި ހުރިހާ ކަމެއް ކޮއްދޭ ނަން” ޒިމާމް ފޯރިއާއެކު އެހެން ބުނުމުން އަފާ ގާތަށް ހިނި އައެވެ.
***************************
” އޭ ކައި ބުނެބަ މިނީ ކަންފަތް ދޮށުގައި ބުނީ ކީކޭ ތަ” އިޔާން އާދޭސް ކުރާ ރާގަކަށް އެހެން ބުނުމުން ކައިޒަން ދެފަރާތަށް ބޯ ހޫރުވާލިއެވެ. ” ހުވާ ސަހާދެއް ދުނިޔެ އެކޮޅުކޮޅުން ޖެހުނަސް ޔާން ބަދަލެއް ނުވާނެ….. އެހެން ނޫނަސް މަ ނުބުނަން މާބޮޑު އެއްޗެކޭ” ” ނުވާނެ ތިހެނެއް އަހަރެން ނަށް ވުރެ ބޮޑަށް އަހަރެން ގެ ބޭބީ ސިސް އެއް ނޭނގޭ ނެ އެކަކަށް ވެސް…. ދެން ބުނެބަލަ ” އިޔާން އެހެން ބުނުމުން ކައިޒަން އަށް އެންމެ ފަހުން ގޮތް ދޫ ކުރަން ޖެހުނެވެ. ” މަ ބުނީ ހަމަ އެކަނި މައި ލިޓުލް ޕިގްޓޭލްސް ޑިޑް ޔޫ މިސް މީ އޭ ” ” ވަޓް… ތީ ހަމައެކަނި ބުނިއެއްޗަކީ” އިޔާން އަނގަޔަށް ގޮތެއް ހަދާލަމުން އެހެން ބުންޏެވެ.
***********************
އަފާ މެން އެކި ވާހަކާގައި ތިއްބާ ނޮކަރަކު އައިސް ކާން ހެދިއްޖެ ކަމަށް ބުނުމުން އަފާ އާއި ޒިމާމް ތެދުވެގެން ޑައިނިންގް ރޫމް އަށް ދަމުން ކައިޒަން އާއި އިޔާން އަށް ގޮވުމަށް އެދުނެވެ. ” ސޯ ކާކު ދާނީ އެ ދެ މޯރޯންސް ކާއިރީ ކާން ބުނަން” އީވާ ހަށަން ބަނދެލަމުން އެހެން ބުންޏެވެ. ” އޮބްވިޔެސްލީ ޔޫ” މިލާން އެހެން ބުނުމުން އީވާ އެކަމަށް އިންކާރު ކުރި އެވެ.” ދެން މިނީ” “ކޮން މިނީ އެއް މެހުމާނުންނަށް ކަމޭހިތަން ވާނެ” މިލާން ވެސް އީވާ ބުނީ ރާގައް ބުނެލިއެވެ . ” ފައިން އައި ވިލް ގޯ”އީވާ އެހެން ބުނުމަށް ފަހު ބެލްކަންޏާ ދިމާއަށް ހިންގާ ގަތެއެވެ. ” ކައި….މޯމް ބުނި ކާން އަ. ން. ނާ. ށޭ. ” އީވާ ވަކިވަކިން ބުނެލިއެވެ. ” އިވީ ކަމަނާ ތަ އައީ ކޮބާ މިލާން” ކައިޒަން އެހެން ބުނުމުން އީވާ ގާތަށް އައީ ނުލަފާ ހިންޏެކެވެ. ” ކިހިނެށް ވީ އަނެއްކާ މިސް ވަނީ ތަ މާބޮޑަށް” އީވާ އެހެން ބުނުމުން ކައިޒަން އަށް ބުނެވުނު އެތި ރޭކާލީ ދެނެއެވެ. ” ނޯ…. ހަ. ހަމަ… މަޖަލަ..ކަށް އެހެން ބުނީ އީވާ އަށް ކިހާވަރެއް ވޭތޯ” ކައިޒަން ވަރަށް ނޫން ގޮތަކަށް އެހެން ބުނުމަށް ފަހު ޑައިނިންގް ރޫމް އަށް ދާން ހިނގައިގަތެވެ.
“އޭ ޕްރެވާޓް ގަނޑާ މަންމަ ބުނި ކާން އަންނާށޭ” އީވާ ކައިޒަން ދިޔުމުން އިޔާން އާ ދިމާލަށް އެހެން ބުންނެލިއެ އެއިރު އިޔާން ހުރީ އީވާ އަށް ފުރަގަސް ދީގެން ނެވެ. . ” ކިހާ ދެރަކަމެއް ދޯ މީ…. އޯލްޑް ހެގް ގަނޑާ.. ބުނެފީމެއްނު ދޯ މަ މީ ޕްރެވާޓް އެއް ނޫނޭ….. ބަލަ ކަމަނަ ގާގަ ނުހިފެހެއްޓީނަމަ ވެއްޓޭނީ އޭ ރަނގަޅެއްނު ސަލާމަތް ކޮށް ދިން ކަން ޝުކުރުވެރި ވެބަ….. ހަމަ މުސްކުޅި މާމަ ގަނޑެއްހެން ޕްރެވާޓް… ޕްރެވާޓް އޭ އެބަކިޔާ ” އިޔާން އެހެން ބުނުމުން އީވާ ތުން އަންބުރާލިއެ އަދި ރައްދު ދިނެވެ.” ހަމަ ކިޔާނަން އޯލްޑް ހެގް އޭ ކީޔަސް ޕްރެވާޓް ….. އެންޑް ފަސްޓް އޮފް އޯލް ކާކު ބުނީ މާ ހީރޯ ވެގެން މަ ސަލާމަތް ކުރާށޭ އެން ސެކަންޑް ހީނުކުރާތި އަހަރެން މީ އެ އިޒާ ކަހަލަ ތުވި އަންހެނެކޭ އޯލްޑް އޭ ބުނާއިރަށް….. ދެން ނޫ ތިހެން ނުކިޔާ ބަ ޕްލީސް އޭ ކިޔާ ކަށް ” އީވާ އެހެން ބުނަމުން އެންމެ ފަހު ޖުމްލަ ބުނެލީ ތަންކޮޅެއް ތުވި ކޮއްށެވެ. އަދި ބޭކާރު ވާހަކަ ނުދައްކާ ކާން އައުމަށް ބުނެފަ އެ ތަނުން ނިކުމެގެން ދިޔަ އެވެ.ހުވާ މި އޯލްޑް ހެގް އަކަށް ވެސް އެކަމް އިޒާ އެނގުނީ ކިހިނެއް ؟ ކައިޒަން އަކަށް ވެސް ނޭނގޭނެ ވިއްޔާ ދެން މި އީވާ ގަނޑަށް އެނގުނީ ކޮންހެނެއް ؟ އަނެއްކާ ވެމްޕަޔާ އެއް ތަ ؟ ނޯނޯނޯ ކައިޒަން ބުނި އޭނަގެ ސިސް އަކީ ވެމްޕަޔާ އެއް ނޫނޭ ދެން ކޮންހެނެއް މި އީވާ އަށް އެނގުނީ؟ އެކި ހިޔާލުތަކަށް ގައި ހުރެ އިޔާން ޑައިނިންގް ރޫމް އަށް ދާން ހިނގައިގަތެވެ.
*************************
ސުފުރާމަތި ގަ އެކި އެކި ވައްތަރުގެ ކާނާ އަތުރާލާފައި ހުރިއިރު ކައިޒަން ގެ ނަޒަރު ހުއްޓިފައި ވަނީ މިލާން އަށް ށެވެ. ކައިޒަން ގެ ތޫނު ނަޒަރު މިލާން އަށް އަމާޒު ވެފައި ހުރުމުން މިލާން އަށް ދިޔައީ އާދަޔާ ޚިލާފު އުނދަގު ތަކެއް ވަމުންނެވެ. ދެއަތާއި ފާއި ހީވަނީ ގަނޑުވެފައި ވާ ހެންނެވެ. ހިތުގެ ތެޅުން އަވަސް ވެފައިވާ އިރު މޫނުމަތި ވަނީ އޮށް ދާހިއްލަފައެވެ.
އެކި ވާހަކާގައި ހުރި އީވާއަށް މިލާން ދާހިއްލާފައި ހުރިތަން ފެނުމުން ނާއި އެކައްޗެއް ވެސް ނުކައި އިސްދަށަށް ޖަހައިގެން އިނުމުން ކިހިނެށް ވީ ތޯ އަހާލިއެވެ. ” މިނީ… އާރ ޔޫ އޯލް ރައިޓް ކީއްވެ އެހާ ސްވެޓީ ވެފަ ތިއިނީ” އީވާ އެހެން އަހާލުމުން މިލާން ދިޔައީ ސިއްސައިގެންނެވެ. މިލާން ގެ މޫނު ފެނިފަ އެންމެ ތިބީ ހައިރާން ވެފައެވެ. އެހެން ނުވާވަރަށް ނޫނެއްނޫން ހެއްޔެވެ. މުޅި މޫނު މަތީގަ އޮށް ދާހިއްލަފައި ވާއިރު މުޅި މޫނު ހުރީ ޖަންބުކުލަ އަރާފައެވެ.” ހައްހައްހައް ހާ ” ކުއްލިއަކަށް ކައިޒަން ހޭން ފެށުމުން މިލާން ފިޔަވާ އެންމެ ކައިޒަން އަށް ބަލާލިއެވެ. ” އޭ ސޫމޯ ރެސްލާ ގަނޑާ ކީއްވެ މާ ވަރަކަށް ތިހެނީ” ވާނުވާ ގަ ހުރެ އީވާ އެހެން އަހާލިއެވެ. ” އެއީ އަހަރެން މިލާން ކަޑަ ކުރަން ވެގެން އޭނާއަށް ބަލާތީ މިލާން އަށް ވަމުން ދާ ގޮތް ފެނިފަ ހަހަހަހަހަހާ އޯއެމް ޖީ އައި ކާންޓް ކަންޓްރޯލް މައި ލާފްޓާ” ކައިޒަން އެއްވެސް ޖެހިލުމެއް ނެތި އެހެން ބުނުމުން އާފާ ކައިޒަން ގާތުގައި އަހާލިއެ ” ކައިޒަން….. އަނެއްކާ މިލާން ކަމުދަނީތަ ” އަފާ އެހެން ބުނުމުން ކައިޒަން އަނގަޔަށް ގޮތެއް ހަދާލަމުން ބުންޏެވެ. “އޯ ޕްލީސް މޯމް އައި ވިލް ނޭވާ ލައިކް ސަމްވަން ލައިކް ހާ….. ޕިގީ”.
ކައިޒަން އެހެން ބުނުމުން މިލާން ގެ ހަނދާނަށް އައީ މީގެ 4 އަހަރުކުރިން ކައިޒަން މިލާން އާ ދިމާލަށް ބުނީ ވިހަގަދަ ބަސް ތަކެވެ. އެ ބަސް ތަކަކީ ދުވަހަކުވެސް މިލާންގެ ހިތުން ފިލައިގެން ދާ ބަސް ތަކެއް ނޫނެވެ. އެ ހުރިހާ އެއްޗެއް ހަނދާ ވުމުން މިލާން ގެ ދެލޯ ވިލުނޫކުލައިގެ ދެ ބޮކި ހެން ދިއްލިގެން ދިޔައެވެ. އެއާއެކު މިލާން ގެ އިސްތަށިގަނޑު ވާއިގެ ތެރެއަށް އެއްވެސް އެއްޗެއް ގެ އެހީތެރިކަމާ ނުލާ މައްޗަށް އެރިއެވެ. ދެން އިވުނީ ސުފުރާ މަތީގައި ކާނާ އަޅާފަ ހުރި ތަށިތައް ތެޅިގެން ދިޔަ އަޑެއެވެ.އީވާ ، އަފާ ، އިޔާން ، ޒިމާމް އަދި ކައިޒަން ދިޔައީ ސިއްސައިގެންނެވެ. އެންމެ އެއްފަހަރާ މިލާން އަށް ބަލާލިއެވެ.” އަހަރެން އެ ލީޔާނާ އަށް ވުރެ މާ ރަންގަޅު ވާނެ.. އަޚުލާގު ވެސް އުޅުން ވެސް އެނގިއްޖެ ތަ ކައިޒަން “. އިޔާން އާ އީވާ އިންތަނުން ތެދުވެގެން މިލާން އާއި ދިމާލަށް ދުއްވައިގަނެވުނީ އެއްފަހަރާ އެވެ. ” މިނީ ރިލޭކްސް ޖަސްޓް ރިލޭކްސް އިޔާން ފެން” އީވާ މިލާން ހަމައަކަށް އެޅުވަމުން އިޔާން ކައިރީ ފެން ތައްޓެއް ގެނެސް ދިނުމަށް އެދެނެވެ. ” ފެން” އިޔާން އީވާ އަށް ފެން ތަށި ދިއްކޮށްލިއެވެ. އީވާ މިލާން އަށް ފެން ދިނުމުން މިލާން ހަމައަކަށް އެޅެމުން ދިޔައެވެ. އޭގެ ހެއްކަކީ މިލާން ގެ ދެ ލޮލުގަ ހުރި ވިލުނޫކުލަ ފަންޑުވަމުން ފަންޑުވަމުން ގޮސް އެއްކޮށް ކެނޑުމުންނެވެ.
މިލާން ގެ ހަރަކާތްތަކަށް ބަލަން ހުރި ކައިޒަން ކުއްލި ސިހުމެއް ލިބުނީ ލީޔާނާ އޭ ބުނުމުން. އީވާ އާއި އިޔާން މިލާން ހިފާގެން އެތަނުން ދިޔުމުން ކައިޒަން އިންތަނުން ތެދުވިއެވެ. އަދި ޑައިނިންގް ރޫމް އިން ނިކުމެގެން ގޮސް ފުރަތަމަ ފަންގިފިލާ ގައި ކައިޒަން އަށް ހާއްސަ ކުރެވިފަވާ ކޮޓަރިއަށް ވަނުމަށް ފަހު ދޮރު ލައްޕާލިއެވެ. އަދި ފާހާނާއަށް ވަދެ ށަވާ ޖައްސާލިއެވެ. ށަވާ އިން ފާބަމުން ދިޔަ ހޫނު ފެން ދިޔައީ ކައިޒަން ގެ ކަސްރަތީ ހަށިގަނޑަށް ގޯނާކުރަމުންނެވެ.
އިރުކޮޅެއް ވަންދެން އެހެން ހުރުމަށް ފަހު ކައިޒަން އުނަގަނޑުގައި ތުވާލި އޮޅާލައިގެން ފާހާނާއިން ނިކުންނި އެވެ. އެއިރު ކައިޒަން ގެ ފަން އިސްތަށިގަނޑު ގައި ރަން މުތި ތަކެއް ހެން ފެން ހަރުލާ ފައި ހުއްޓެވެ. އެއިރު ކައިޒަން ގެ ހިޔާލު ދަތުރު ކުރަމުން ދިޔައީ މީގެ 4 އަހަރުކުރިން ލީޔާނާ އާ ރައްޓެހި ވީ ވާހަކަ މިލާން ކައިރީ ބުނި ދުވަހެވެ.
—ނުނިމޭ——
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

