ކެހި 1
ނޯޓް: މި ވާހަކަ އަކީ އަޅުގަނޑު ވާހަކަ.ކަމް ގައި ގެނެސްދީފައިވާ ވާހަކައެކެވެ.
ހުދު ކިރުފޮދެއްފަދަ ރީތި ސާފު ދޮންވެލިގަނޑު މަތީ ދުވަމުން އައި 15 އަހަރުގެ އަލީނާ ގެ ދުވުމުގެ ހުއްޓުމަކަށް އައީ މޫދުންއަރައިގެން އައި 16 އަހަރުގެ ،ހަމުގެ ކުލަ އަލި،ޖާނުންވަރުގަދަ ފިރިހެން ކުއްޖާ ފެނުމުންނެވެ. އޭރުވެސް އެފިރިހެން ކުއްޖާގެ އިސްތަށިގަނޑުގައި ހަރުލާފަހުރި ފެންތިކިތަށް ވިދާ ބަބުޅަމުން ދިޔައެވެ. އަލީނާ ގެ ހިތް އެމަދު ސިކުންތުކޮޅުގައިވެސް އެފިރެހެން ކުއްޖާއަށް ލެނބުނެވެ.އަލީނާ ސިހިގެން ދިޔައީ އަލީނާގެ އެންމެ ގާތް އެކުވެރިޔާ މިޝްކާ ކޮނޑުގައި ކޮށްޓާލުމުންނެވެ.
“ކިހިނެއްވީ ސެޓު ކުރަންވީ ދޯ؟” މިޝްކާ ލާނެތް ރާގުގައި ބުންޏެވެ.
” ” އެއީ ކާކުތަ؟؟؟” އަލީނާ ޝައުގުވެރި ކަމާއެކު ބުންޏެވެ.
” ނޭނގޭތަ!! އެއީ މިޝްގެ ގުރުއާން ކުލާސް ޓީޗަރުގެ ހުރި ހަމައެކަނި ފިރިހެން ދަރި. ދެތިން ދުވަހެއް ވެއްޖެ މިކޮޅަށް އައިސްގެން އުޅޭތާ އައި ތިންކް އޭނަ މިކޮޅަށް ބަދަލުވީ ކަންނޭނގޭ. މަންމަމެން އެކަހަލަ ވާހަކައެށް ދެއްކި.ހުމްމް ދެންވެސް ހިނގާ ގެއަށް ދާން” މިޝްކާ ބުންޏެވެ.އިރު އޭގެ ވާޖިބުއަދާކުރުމަށްފަހު ދުނިޔެއާއި އަލްވަދާއު ކިޔެއެވެ.އަލީނާ އަށް ގެއަށްދެވުމާއެކު އަވަހަށް ނަމާދުކޮށްގެން އަވަސްވެގަތީ މާދަމާ ސްކޫލަށް ގެންދަންޖެހޭ ފިލާވަޅުތަށް ނިންމުމަށެވެ.ފިލާވަޅުހަދަން އިންވަގުތުވެސސް އަލީނާގެ ހިތުތެރޭގައި އެނބުރެމުން ދިޔައީ އެފިރިހެންކުއްޖާއެވެ. އެކުއްޖާގެ ރީތި ހިނިތުންވުމެވެ.. މިޝްކާ އަލީނާމެން ގޭ ދޮރުންވަދެވުމާއެކެ އަލީނާގެ ކުރިމަށްޗަށް ޖެހިފާ ބުންޏެވެ.
” ޕޮއް!!!” “އަމައްޔާއި ކަލޭކުރާނެ އެކަހަލަ ކަންތައް.ޗުސް ޗުސް ” އަލީނާ ލިޔަމުން ބުންޏެވެ.
” ހޫމްމް ދެންހެވޭ! ކޯއްޗެއްތަ މާދަމާ ސީއޭ ގަޑިއަށް ގެންދަންޖެހެނީ” މިޝްކާ ބުންޏެވެ.
” އާން ސީއޭ ގަޑި ދޯ ! މިސް ބުނި ޕެއިންޓު ކުރާ ސާމާނާއި އާޓުފޮތާއި އަދި މޭޒު މަތީ އަޅާނެ ފޮތިކޮޅެއް. ކަލޯ މަ އާޓު ފޮތް ވެސް އޮތީ ހުސްވެފަ ހިނގާބެޔަ މަށާ އެކީ އާޓުފޮތެއް ގަންނަން ދާން ޕްލީސް!! އަލީނާ ނުތަނަވަސްކަމާއެކު ބުންޏެވެ. ހޮޅިދަނދީގެ އަލިކަމެއްނުވާ މަގުތަކުން އަލީނާއި މިޝްކާ ދިޔައީ ބިރުވެރިކަމާއެކުގައެވެ.އަލީނާއި މިޝްކާ ދާން ބޭނުންވި މަންޒިލަށް އެއްވެސް ބިރުވެރިކަމަކާނުލާ ދެވުނެވެ.އާޓުފޮތް ގަނެގެން ދެމީހުން މަގުމަތިން އައީ އެކިމައުލޫތަކަށް ވާހހަދައްކާ ބަހުސްކުރަމުންނެވެ.ކކުރިއަށް ހުރަސްކުރަން އޮތް މަގަކީ ފުދޭވަރަކަށް އަނދިރިމަގެއްކަމުން ދެމީހުންގެ ވާހަކަ މަދުކުރަން މަޖުބޫރުވިއެވެ.ގަންނަވާ ބިރެއްގެ ސަބަބުންނެވެ.އަލީނާގެ ލޮލުގައި މަގުގެ މެދުގައި ހުއްޓިލާއިގެން ހުރި އެއްޗެއް އަޅައިގަތެވެ.ނަމަވެސް އެއީ ހީއެއްކަމމަށް ދެކި މިޝްކާއާއި ވާހަކަދެއްކިއެވެ.ނަމަވެސް އަލީނާއަށް ފާހަގަވީ އަލީނާމެނން އެއެއްޗަކާކައިރިވަމުން ދިޔަކަމެވެ.އޭރުވެސް މިޝްކާ އަކަށް އެކަމެއް ފާހަގައެއް ނުކުރެވުނެވެ.
“އޭ .. މި..މިޝް ބަލާބަ އެ..އެ ހުރި އެއް.ޗެއް” އަލީނާ ގެ އަޑު ތުރުތުރުލުމެއް އެކުލަވަމުން މަގުމެދަށް އިޝާރަތްކުރަމުން ބުންޏެވެ.މިޝްކާ އަށް ރޭކާލީވެސް ދެނެވެ.މިޝްކާވެސް މަގުމެދު ބަލާލިއެވެ.ދެނަކާ ދެނެއް ނެތެވެ.ގެންނެވި ބިރަކާއިއެކު ދެމީހުން ދެދިމާލަށް ދުއްވައިގަތެވެ.އަލީނާ ދުއްވައިގަތީ ކަނާތްފަރާތުގައިހުރި ގޯޅިގަނޑުންނެވެ.މިޝްކާ ދުއްވައިގަތީ ވވާތްފަރާތުގައިހުރި ގޯޅިންނެވެ.އަލީނާ އެޅިގޯޅިއަށް ރަނގަޅަށްބަލާލިއިރު 6ފޫޓު ކައިރީގައި ހުރި
އެ ބިރުވެރި އެއްޗެވެ.އަލީނާގެ ހިތުގައި ސަލާމަތްވާނެކަމުގެ ކުޑަވެސްއުންމީދެއް ނެތެވެ.ލޮލުން ފެންހިލުމުން ލޯމަރާލީ ދުނިޔެއަށް ލާނެއެންމެފަހުނޭވާއާއިއެކުގައެވެ.
އަލީނާގެ ކަންފަތުގައި އިރުކޮޅެއްފަހުން ފިރެހެނެއްގެ ބަރު ހުނުމުގެ އަޑުޖެހުމުން ލޯހުޅުވާލާ ބަލާލިއެވެ.އަލީނާގެ ދާދި ގާތުގައިހުރީ އަލީނާގެ ލޯ ދުށުމަށްއެދޭ ކުއްޖާއެވެ.އޭނާގެ އެތްއަތުގައި އޮތީ ބިރުވެރި މޫނުގަނޑެކެވެ.ލައިގެންހުރީ ގަޔަށްދޫ ކަޅުކުލައިގެ ހެދުމެކެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވެގެންދިޔަ ވަގުތު އަލީނާގެ ހިތުގެ ވިންދު ކުރިއައްވުރެ ބާރުވިއެވެ.އަތްފައިފިނިވެ ގަނޑުވާންފެށިއެވެ.އެ ފިރިހެން ކުއްޖާ ދާދި ގާތުން ފެނުނީމައެވެ.އަލީނާގެ ހިތް ހީވާނީ ހިތުގެ މަގާމުދޫކޮށް މޭފަޅާފައި ނިކުމެދާނެހެންނެވެ.” އެކްސްކިއުސްމީ! ވަރަށް ބޮޑަށް ސޮރީ ބިރުގަންނަވާލެވުނީތީ”އެފިރެހެން ކުއްޖާގެ ޖާދޫވީ އަޑުނން ބުންޏެވެ.އަލީނާއަށް އެފިރިހެންކުއްޖާގެ މޫނަށްބަލަހައްޓައިގެން ހުރެވުނީއެވެ.”އި..އިޓްސް އޯ..ކޭ”އަލީނާ ކޮށިކަމާއެކު ބުންޏެވެ.”ރަޔާން!ހިނގާ ދާން ހެހެހެ އަލީނާވެސް ބިރުގަނޭދޯ!މަހީކުރީ ވަރަށް ގަޓު ހުންނާނެކަމަށް.މިޝްކާ އެބަހުރި އަލީނާގެ އިންތިޒާރުގައި މަގުމަތީ ސީ ޔޫ ދޯ ރަޔާން”އަލީނާ ދަންނަ 16 އަހަރުގެ މިފްރާހް ރަޔާނަށް ދޯ ދެމުން ގެއަށްދާންދިޔައެވެ.އަލީނާއާއި މިޝްކާ ގެއަށްގޮސް ދަބަސް ތައްޔާރުކޮށް ނިދަންއޮއްތާލިއެވެ.އަލީނާގެ ހިތުތެރޭ ރަސްކަންކުރަމުންދިޔައީ އެފިރެހެން ކުއްޖާގެ ޙިޔާލުތަކެވެ.އެ ޖާދޫވިއަޑު ކަންފަތުގައި ގުގުމަމުން ދިޔައެވެ.ރަޔާން ހުންނަ ސްމާޓްގޮތް ގަނޑު ލޯކުރިމަތީ ސިފަވިއެވެ.އާލީނާއަށް ނިދިގެން ދިޔައީ އެޙިޔާލުތަގައި ފީނަމުންދަނިކޮށެވެ.”ދަރިފުޅާ!ދަރިފުޅާ އަލީނާ އަވަހަށް ތެދުވެބަލަ! މިހާރު އެއޮށްގެން 6:30 ވެ ބޮޑުވީ”އަލީނާގެ މަންމަ ރިފްނާ ގޮވުމުން ރޯމަހެއް ތެޅިގަންނަހެން އަލީނާ އެނދުން ފުންމައިން ތެދުވިއއެވެ.ފާހަނައަށް ވަދެ ތައްޔާރުވެގެން ގޭންނުކުން އިރު ހުރީ 7 ޖަހަން 10 މިނަޓަށްވެފައެވެ.އަވަސްއަރުވާލައިގެން ސްކޫލަށްދިޔައިރު އަދި ބެލްނުޖަހައެވެ.ފުރަތަމަ ގަޑިއަށްފަހު ގަޑިތަށް ފަސްދެމުންގޮސް އެންމެފަހުގަޑި ނިމިއްޖެއެވެ.ބެލްޖެހުމާއެކު އަލީނާ އާއި މިޝްކާ ދިޔައީ ލައިބްރަރީއަށެވެ.އަލީނާ އަކީ ފޮތްކިޔުމަށް އަބަދުވެސް ޝައުގުވެރިވާ ކުއްޖެކެވެ.މިޝްކާ އެއާދިމާ އިދިކޮޅެވެ.މިޝްކާގގެ ކަމަކީ ފޮޓޯބެލުމާއި ފޮޓޯތަކަށް ހަޖޫޖެހުމެވެ.އަލީނާ ފަހަރަކު ފޮތެއް ބަލަމުން ކަމުދާ ފޮތެއް ހޯދަމުންދަނިކޮށް މިޝްކާ އައިސް ގައިގަ ޖެހިގަތެވެ.ޖެހިގަންލެއް ބާރުކަމުން ހަށިގަނޑު ކޮންޓުރޯލު ނުވެގެން އަލީނާ ބިންމައްޗައް ވެއްޓެން ދިޔަވަގުތު އޭނާގެ އުނަގަނޑުގައި ބާރުގަދަ އަތަކުން ހިފެހެއްޓިއެވެ.އެއީ ރަޔާންނެވެ.ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ.އެފިރެހެންވަންތަ މޫނަށް އަލީނަ ކަޅިޖަހައިނުލާ ބަލަންއޮތެވެ. “ކިޔާކަރް ހާއޭ ކުޗުކުޗު ހޯތާއޭ.ހޫމްމް ދެންވެސް ތެދުވެބަލަ!”މިޝްކާ ލާނެތްރާގުގައި ބުންޏެވެ.”ތޭންކްސް ވަރަށް ބޮޑަށް”އަލީނާ ތެދުވަމުން ބުންޏެވެ.”ވެލްކަމް.މީ ރަޔާން ތީ”ރަޔާން އަމިއްލަ ތަޢާރަފްވިއެވެ.”އަލީނާ”ސަލާން ކޮއްލުމަށް އަތްދިއްކޮއްލަމުން
ބުންޏެވެ.ދެމީހުންގެ އަތް ލާމެހިގެންދިޔަވަގުތު ރަޔާނަށް އަލީނާގެ އަތުގެ ފިނިކަން ޖެހުނެވެ.އެ ގަނޑުފެންފޮދެއްފަދަ އަތުގައި މުޅިއުމުރަށް ފިރުމަން ރަޔާން ބޭނުންވިއެވެ.”ސަލާން ކޮއްލަން ވެސް ބައިގަޑިއިރު ނަގާތަ”މިޝްކާ ބުންޏެވެ.”އެއްކަލަ މިޝް ފެށީ ދޯ .މީނަ ވަރަށް ލާނެތްވާނެ.ރަޔާން މީ މިޝްކާ.މައި ގެ ބެސްޓީ”އަލީނާ ކުރުގޮތަކަށް މިޝްކާ ތަޢާރަފް ކޮއްދިނެވެ.”ހައި”ރަޔާން މިޝްކާއަށް ހައި ޖަހާލިއެވެ.”އަލީނާ ދެންވެސް ބަލައިގެން އުޅޭތި ބާއި ސީޔޫ”ރަޔާން ދާންހިނގައިގަންނަމުން ބުންޏެވެ.”އޭ ލޯބީ!ރަޔާން”އަލީނާގެ ފަހަތުން އަންހެން ކުއްޖަކު ގޮވާލިއެވެ.އަލީނާ ފަސްއެނބުރި ބަލާލިއެވެ.ނުތަނަވަސްކަމާއެކުގައެވެ.
4 Comments!
Comments are closed.

Wow vv reethi vaahaka eh ❤️
thnk u v bodah
Wlcm?
oh no… curious to know which girl called rayaan ….