ކޮލެޖް ދުވަސަތަށް 1
ޖެހިލާވައިރޯޅިން މީހުންގެ ހިތްތަކައް ފިނިކަން ގެނެސް ދޭނެދުވަހެއްގެ ފަތިސް ގަޑީ އަޔާން އާ އޭނާގެ ހަތް އެކުވެރިން ގެ މިސްރާބު ހުރީ ކޮލެޖާދިމާއަށެވެ. އަށް ކުދިންނަކީވެސް ރީތިކަން ހުސް ކޮށްގެން ތިބި އަށް ކުދިންނެވެ. އެކިވާހަކައިގައި ތިބެގެން އަށް ކުދިން ވެސް ގޮސް ކޮލެޖަށްް ވަނެވެ. ސްކޫލް ދޮރުން ވަންނައިރަށް ހުރިހާކުދިންގެ ލޯތަށް ވެސް އެދިމާލައް ހުށްޓުނެވެ. އެކަމަކުވެސް އަޔާން މެންނަށް އުނދަގޫވިހެނެ ހީޔެށް ނުވެއެވެ. އެހެން ވެސް ވާނެތާއެވެ. ކޮންމެދުވަހަކު ކޮލެޖަށް ވަންނައިރަށް ހުރިހާކުދިންގެ ލޯތައްވެސް އަމާޒުވާނީ އެދިމާލަށެވެ. ” ކޯޗެށް މިދިމާލުން ފެންނަނީ؟ ބޮޑު ރަންގަނޑެއް؟ ” ޖަލާ އަށް ނުހުރެވިގެން ހުރިހާކުދިންނަށްވެސް އަޑުއިވޭވަރަށް ގޮވާލިއެވެ. ހުރިހާކުދިން ވެސް ބިރުން އެނބުރުނެވެ. ވާނީވެސް އެހެންތާއެވެ. އެގްރޫޕްކުދިންނަކީ މުޅި ކޮލެޖުވެސް ތިބޭ އެންމެ ބަސްނާހާ އަދި އެންމެ ރޫޑް ކުދިންޭބުންޔަކަސްރަނގަޅުވާނެއެެެެވެ. އެގްރޫޕްގައި ހިމެނޭނީ އަޔާން، ޖަލާ، ހަމްޝާދް، ޖަލްވާ، މީކައިލް، ލައިލީ، ޔައިޝް އަދި ރައިޝާއެވެ. ” އަހަރެން ކޮލެޖައް އަންނަން ފޫހިވާ އެއްގޮތް ވަންނައިރަށް ކުދިން ބަލާން ފެށުން ” ހަމްޝާދް ބެންޗަކު އިށީނަމުން ބުނިއެވެ. އަޔާން ވެސް އެއްބަސް ވުމުގެގޮތުން ބޯޖަހާލިއެވެ. އެކިވާހަކައިގަ ތިށްބަ ބެލް ޖެހުމުން ހުރިހާ ކުދިން ވެސް ކްލާސް ތަކަށް ދާން ފެށްޓިއެވެ
އާދައިގެމަތިން އަޔާންމެން ކްލާހައް ދިޔައީ ގަޑިޖެހި ފަސް ވަރަކަށް މިނެޓް ފަހުންނެވެ. ” ސަލާން ގޮވާފަ ވަންނަން ހަނދާން ކުރޭ ” އެކުދިން ސަލާން ނުގޮވައި ވަނީމައި މުދައްރިސް ބުނިއެވެ. ” ސަލާން ގޮވާފަ ވަންނަން ހަނދާންކުރޭ ” ޖަލްވާ މުދަރިސަށް ވަށްތަރު ޖަށްސަމުން ބުނިއެވެ. ” ދެން ވަރަށް މަޖާއެއްޗެކޭ ބުނެވިށްޖެ ޖަލްވާ އަށް ” ކުޖެށް ހެވުމުން ޔައިޝް އެކުށްޖާ އާދިމާ ހަޅޭލަވައި ގަތެވެ. އަޔާން މެން މުދަށްރިސް ކީއެއްޗަކަށް ވެސް އަޅައި ނުލައި ގޮސް އިށީނެވެ. ކިޔަވާދެން ފެއްޓުމުން ވެސް އެކުދިން ތިބީ އެކުދިންގެ އަމިށްލަ ވާހަކާއާއި ގެންނެވެ. އަޔާން މެން ފަހަތު ގުރޫޕް ގައި ތިބިއިރު ކުރިމަތީ ތިބި ލައިލީމެންތިބީފަހަތަށް އެނބުރިގެން މަޖާކުރާށެވެ. ބައެއް ފަހަރު އެއިން ކުށްޖެށްގެ އެއްޗެއް ވެސް ނަގައި ފޮރުވައި ދާނެއެވެ. މުދަށްރިސް ޖަލްވާ މެން ކައިރީ ފަހަތައް ނޭނބުރެން ބުނުމުން އެމީހުން މުދަށްރިސަދިމާ ވެސް ހަޅޭލަވައި ގަނެއެވެ.
ގަޑިތައް ނިމެމުން ގޮސް ބްރޭކް ގަޑިޖެހުމުން ހުރިހާކުދިން ވެސް ކްލާސް ތަކުން ނިކުންނަން ފެށިއެވެ. އަޔާން މެންތިބީ މޭޒެއްކައިރި އިށީންދެގެން ޕިށްޒާއެށް ކާށެވެ. އެހެން ތިށްބައި އެތާކައިރިން ދިޔަކުށްޖެއްގެ އަތުން އެކުށްޖާގެ އަތުއިން ޖޫސް ތަށި މީކައިލް ގެ ގަޔަށްވެރުނެވެ. ” ކިހާބޮޑުކަމެށް ބަލައިލާގެން ހިނގާ ބަލަ ދެލޯކަނީތެ؟ ” މީކައިލް ރުޅިގަދަވެގެން ހަޅޭލަވައި ގަތެވެ. ” ސޮ ސޮރީ ” އެކުއްޖާއަށް އަޅައިގަންނަމުން ކަހަލަ ގޮތަކުށް ބުނެވުނެވެ. ” ސޮރީ؟ ސޮރީއަކުން މިޓީޝާޓުހުރި ޖޫސް ތަކެށް ނުފިލާނެ އެހެންނޫނަސް އަހަރެންމީ ސޮރީ ލައިގެން ދުށްވަ ލޮރީ އެށް ނޫން ” މީކައިލް ކުރިއައް ވުރެން މަޑުން ބުނިއެވެ. އެންމެ ފަހުން މީކައިލް ބުނެލި އެތިން ހުރިހާ ކުދިން ހިނި އައި ނަމަވެސް ހިނިގަނޑުމަތަ ކޮށްލިއެވެ. ” ހިނގާ ގެއަށްދާން ” މީކައިލް އެހެން ބުނުމުން ހުރިހާ ކުދިން ގެއައް ދާން ވެގެން ދަބަސްތަށް ބަލާ ކްލާހަށް ދަބަސް ބަލާވަނެވެ. ” ކޮންތާކަށް ދާނީ؟ ” ” ކަލޭއަށް ކޮން ކަމެށް ” މުދައްރިސް އަޔާން މެން ދާތަނެށް އެހުމުން އެމީހުން އެހެން ކިޔާފަ ކޮލެޖުން ނިކުމެގެން ދިޔައެވެ
އަޔާން މެން ގޮސް މީކައިލްގެ ގޭގަ ހަމަޖެހިލިއެވެ. އަދި ރައިޝާ ކާއެއްޗިއްސަށް އޯޑާރ ކުރިއެވެ. ބެލް ޖެހުމުން ރައިޝާ ތެދުވެގެން ދާން ފެށުމުން ހައިރާން ވެފައި ބަލަން ތިއްބައި ރައިޝާ ގޮސް އޯޑާރ ކުރި އެއްޗެހި ހިފާގެން އަހިސް މޭޒުމަތީ އަތުރާލިއެވެ. ” ބާގާރރރރރރ!!!!!!!!! ” މޭޒުމަތީ އިން ބާގާ އިތިފެނި އަޔާން، ހަމްޝާދް، މީކައިލް އަދި ޔައިޝް އެފަހަރާ ހަޅޭ ލަވައިގަތެވެ. ” ރައިޝާ އަށް އިނގޭދޯ މީކައިލް ރުޅިގަދަވުމުން ރުޅި ހެޔޮކޮށްލަދެން ” އަޔާން ބާގާއެށް ކާން އިން މީކައިލް އާދިމާ ބަލާލަމުން ބުނެލިއެވެ. ” ހަމައެކަނި މީކައިލް އެށްނޫން އެންމެން ގެ ރުޅި ހެޔޮ ކޮށް ލަން އަހަރެންނައް އެނގޭނެ ” ރައިޝާ ހީލަމުން ބުނިއެވެ. އެން މެން ކާނިމުމުން ކުރާނެ ކަމަކާމެދު ވިސްނިއެވެ. ” ހިނގާ ބޭރު ހިނގާލަން ” ވިސްނާލުމަށްފަހު ލައިލީ ބުނިއެވެ. އެންމެންނަށް ވެސް އެހިޔާލުކަމުދިޔައެވެ. ބޭރަށް ނުކުން ނަމުން އެކުދިން ސީރިއަސް ވެލިއެވެ. އެނޫން ގޮތަކަށް ނިކުމެށްޖިއްޔާ މީހުންގެއުނދަގުލާ ހެދި ބޯފަޅާގެންދާވަރު ވާނެއެވެ
ނުނިމޭ
