އާނާ މަގުމަތިން ހިނގަމުން ދިޔައީ އެކި ހިޔާލު ތައް ބޮލައް ވައްދަމުންނެވެ. ކޮނޑުގައި އޮތް ދަބަހުން ފޮތެއް ނަގަމުން އެ ހުޅުވަލިއެވެ. ދިވެހި ވާހަކަ ފޮތެކެވެ. އެ މަގު ވަރައް ހިމޭނެވެ. އެހެންކަމުން އާނާ އެ ފޮތް ކިޔަމުން ދިޔަައީ އާނާ އައް އެންމެ ކަމުދާ ވަހަކަ ކަމައް ވާ ‘ހިތް އެކު ދިނީމޭ..’ (ހިޔާލީ ނަމެއް) މި ވާހަކައެވެ . އާނާ ގޮސް މީހެއްގައި ޖެހުނެވެ. ސޮރީ އޭ ބުނެ ވާހަކަ ކިޔަމުން ދިޔައީ އެއީ ކާކު ކަމެއް ބަލައެއް ނުލައެވެ. “އާނާ..” އެ އަޑެއް އާނާ އަކައް އޮޅުވައެއް ނުލެވޭނެއެވެ. އެހެންކަމުން ކުއްލިއަކައް ބަލާލކއެވެ. އާނާގެ ލޭތައް ކެކެން ފެށިއެވެ.
________________________________________________________________
ޔަނާ އާއި ޔާނިއު ގެއައް ވަތް ގޮތައް ދުއްވައި ގަތީ ކޮޓަރިއައި ދިމާ އަށެވެ. ޔާނިއު ޔާނިއުގެ ކޮޓަރި އައް ވަދެ ތަޅުލިއެވެ. އަދި ޔަނާ ޔަނާގެ ކޮޓަރިއައް ވަދެ ތަޅުލީ ހަލުވި ކަމާ އެކުއެވެ. ދެ މީހުން ދެ ކޮޓަރީ ފާރުގައި ލެގިލިގޮތައް ވިސްނުމެއް ތެރެއައް ވަދެގެން ދިޔައެވެ. ޔަނާގެ ބޮލުތެރެޔައް މި އަދު ހިނގައި ދިޔަކަންތައް ނޫން ކަމެއް ހަމަ ނާދެވެ. ޔަނިއު ތޯއެވެ. އަމިއްލަ ނަފްސައް ކުދި ކިޔެވެ. ހިތައް އެހެންނާ ނުކުރާ ފަދަ އިހްސާސްއެއް ކުރެވެމުންދިޔައެވެ. ތިން ހަތަރު ފަހަރައް އަމިއްލަ ބޮލުގައި ޖަހަން ވެސް ޖަހައިފިއެވެ. މި އަދު ހިނގައިދިޔަ ކަންތައް ކައްސާލައިތޯއެވެ.
**
އާނާ ފަސް އެނބުރި ދާންހިގައިގަތެވެ. ނަމަވެސް ހުއްޓެން މަޖބޫރުވީ އާއިޝް އައިސް އާނާގެ އަތުގައި ހިފުމުންނެވެ. “ދޫކުރޭ..”އާނާ އައް ދަތް ކުނިޑ ވިކާލެވުނެވެ.” އާނާ މިހާރު ކިހާ ދުވަހެއް ވީ ނުފެންނަތާވެސް މިހާރު މަމަތިން ހަނދާންވެސް ނައްތާލީތަ.. ” އާއިޝް އާނާ އައް ބުނެލިއެވެ.” މަ ކިޔެއް ކުރަން ތި ވައްތަރައް އުޅޭ މީހަކައި ވަހަކ ދައްކަންވީ.. ” އާނާ އަތް ނައްޓަން މަސައްކަތް ކުރަމުން ބުނެލިއެވެ.” ހެއް.. ތި ވައްތަރައް އުޅޭ މީހެކޭ.. ލަދެއް ނުގަނޭތަ އަމިއްލަ ބޭބެއޭ މި..! ” އާއިޝް ރުޅިއައެވެ.
މީގެ އަހަރެއް ކުރިން އާނާ އާއިޝް ދެކެ ނަފްރަތު ކުރަން ފައްޓައިފިޔެވެ.. އަމިއްލަ ބޭބެ މިއީ ނުލަފާ މީހެއް ކަން އިނގުނު ދުވަހު ވަނީ އަމިއްލަ އަކަށް ގުޅުން ކަނޑާލާފައެވެ. ފެނުނަސް އަނގައިން ބުނެގެންވެސް ނުވަނޭ ބުނެފައެވެ. މައިންބަފައިން ރާއްޖޭން ބޭޭރު އުޅޭ އިރު އާނާ އައް ފަސޭހަ ކަމާއެކު ގެއިން ނުކުމެގެން ދެވުނެވެ.
“މަގޭ ބޭބެއެއް މިދުނިޔެއަކު ނެތް.. މަށައް މިހާރު މަގޭ ލޯބިވި ދޮންބެ މަރު ވެއްޖެ.. ދެން މަގޭ އަތުން ދޫކުރޭ.. ކައްވަޅަައް ނުލަނީސް.. ” އާނާވެސް ރުޅިއައީ އަމަށަކު ނޫނެވެ.” ޕެހް.. މަށޭ މީ އާނާގެ ދޮންބެ އަދި މަ ދިރި އެބަހުރި ސަލާމަތުން މިހިރީ.. ” އާއިޝް ބުނެލިއެވެ.” އޯހް.. މަގޭ އަތުން ދޫކުރޭ… މި ބުނީ މިހާރު ޕޮލިހައް ނުގުޅަނީސް ދޫކުރޭ.. ” އާނާ އަނެއް އަތުން ފޯނު ނަގައި ޕޮލިހައް ގުޅަމް އުޅުނެވ. ނމަވެސް އާއިޝް ފޯނުނއަތުލިއެވެ.” ޔޫ… ތަދުވެޔޭ ދޫކޮއްބަލަ. އާ.. “އާނާ ހަޅޭއް ލަވައިގަތެވެ. އާއިޝް ހިފަހައްޓައިގެން ހުރެ ކުޑަކޮއް ދޫކޮއްލިއެވެ. އެވަގުތު އާނާ އާއިޝް އަތު ދަތް އެޅި ގޮތައް ޕޯނު ހިފައިގެން ދުއްވައިގަތެވެ. އާއިޝް އައް ވީތަދުން ހަޅޭއްލަވައިގަނެވުނެވެ.
“ޔާނޫ ދޭބަލަ ފިހާރައައް ދޮންތި އައް ފޮތެއް ގަންނަން.. ” ޔަނާ ވަރައް ލޯބިން ބުނެލިއެވެ.” ޕިސް ޕިސް.. ދޮންތަ ވެސް ފޮތް ތައް ކަނީތަ.. އޭން.. އިހައް ދުވަހަކު ނޫން ތަ ފޮތެއް ގަތީކީޔެއް މިހާރު ކޮންފޮތެއް ގަންނަން ތި އުޅެނީ މި ވެސް ދެން ބޮޑުވަރެއްނު… ފުޅަދައިތަ.. ” އަދައިގެ މަތިން މިއަދުވެސް ޔާނއިު ފަތިވަރު ގޮވްއި ގަތެވެ. އަދި ނުކުންނަން ހިނގައިގަތީ ޔަނާގެ އިސްތަށިގަންޑައް ދަމާލައިފައވެ . ވީތަދުން ޔަނާ އައް ހާޅޭއްލަވާ ގަނެވުނެވެ. ޔަނާ ބޭރުގައި ހުރި ފައިވާނައް އަރައިގެން ނުކުމެ ބަލާލިއިރު ޔާނިއު ދުވެ ދަމާލައިފިއެވެ. ޕުޗިސް ޕުޗިސް ތަޅަމުން ޔަނާ އެތެރެއައް ވަނެވެ.
ޔާނިއު ދުވަމުން ދުވަމުން ގޮސް ހުއްޓުނީ މީގެ ކުރިން ދުވަހަކުވެސް ނުވެސް އައިސް އުޅޭ ފިހާރަ އަކައްށެވެ. އަބަދު ގޮސް އުޅޭ ފިހާރައިގައި ފޮތް ހުސްވެފައި ހުރި ވާހާކަ ބުނުމުންނެވެ. ” އެބަހުރި ތަ މޮނީޓަރ ފޮތް..” ޔާނިއު ފުން ނޭވާލަމުން ބުނެލީ ކައުންޓަރުގެ އިނީ ކާކުތޯވެސް ނުބަލައެވެ. އެ މީހާ އެކެއްޗެކޭ ވެސް ނުބުނުމުން ޔާނިއު އެ މީހެއްގެ މޫނައް ބަލާލިއެވެ. ދެ ލޯ އަތައް ނައީ ކިރިއާއެވެ. އެތާއިނީ ދެވަނަ މީހެއް ނޫނެވެ. ދެ ލޯ ބޮުޑުކޮއްގެން އަނގަ ތަންމިނައް ހުޅުވައިގެން އިން އާނާ އެވެ.
“އެބަހުރިތަ މޮނީޓަރ ފޮތް.. ” ޔާނިއު ނުވާކަމައް ހަދާލާފައި ބުނެލިއެވެ.’ ހޯދީމަ ދޯ ފެންނާނީ.. ނުއެއް ހޯދަ ފިހާރަ ތެރެއައް ވަންނަ ގޮތައް އަހަންތަ ވަނީ.. ‘ އާނާ ހިތާ ހިތުން އެއްޗިހި ގޮވާލޮއެވެ. އަދި ގޮނިޑން ތެދުވެ ގޮސް މޮނީޓަރ ފޮތެއް ހިފައިން އައިސް ކައުންޓަރުމަތީ ބޭއްވިއެވެ.” ދެން ދުވަހަކު ވެސް މަށާ ވާހަކަ ވެސް ނުދައްކާނަންތަ.. ” ޔާނިއު އައް ބޭއިޚްތިޔާރުގައި ބުނެ ލެވުނެވެ. ބަދަލުގައި އާނާ ކަރުކެހެލިއެވެ.” ވަ.. ވާހަކަ ދައްކާނަމޭ.. ” އާނާ ބުނެލިއެވެ.” ވިހި ރުފިޔާ. ” އަނެއްކާ ވެސް އާނާ ބުނެލިއެވެ. ވިހި ރުފިޔާ ކައުންޓަރު މައްޗައް ލައިފައި ދާން ހިނގައިގަތީ އާނާ އައް އެއް ލޯ މަރައިލައިފައެވެ. ވަގުތުން އާނާ އަނގަ ބޮޑު ކޮއްލެވުނެވެ. އަދި ކޯތާފަތް މައްޗައް ޖަންބު ކުލަ ވެރިވެގެން ދިޔައެވެ.”‘ މަށައް މި ވަނީ ކީއް..” މޭގައި ޖަހާލަމުން އާނާ ބުނެލިއެވެ.
ޔާނިއު ގޮސް ގެއައް ވަނީރު ތުންފަތް މަތީގައި ނުފިލާ ހިނިތުން ވުމެއް ހުއްޓެވެ. އަދި ދިޔަ ގޮތައް ގޮސް ޓީވީ އައް ގެއްލިފައި އިން ޔަނާގެ އުނގު މައްޗައް ފޮތް އެއްލާލައިފައި ގޮސް ކޮޓަރިއައް ވަދެ ދޮރު ތަޅުލިއެވެ. ޔަނާ ދިޔައީ ސިއްސައިގެނެވެ. ޕިސް ޕިސް ތަޅަމުން އަނެއްކާވެސް ޓީވީ ބެލުމައް ގެއްލުނެވެ. ޔާނއިު ދޮރުގައި ލެގިލައިގެން ހުރީ އަމިއްލަ މޭގައި އަތް އަޅައިގެންނެވެ. ‘ މަށައްމި ވަނީ ކިޔެއް’ ޔާނިއު އައް ހިތހާިތުން ކިޔާލެވުނެވެ.
“ޔަނާ ހޭލަބަލަ.. ” ލީޝާ އާދައިގެ މަތިން މިއަދު ވެސް ޔަނާ އައް ގޮވުމުގައި އުޅުނެވެ. ކުއްލި އަކައް ޔަނާ އެނދުގައި އިއްތާލި ގޮތުން ލީޝާ ދިޔައީ ބުރައިގެންނެވެ.” ނިދާފަކައެއް ނޫންތަ. ؟” ލީޝާ ހައިރާން ވިއެވެ. އެހެން އިނދެފައި ޔަނާ ގޮސް ފާހަނާއައް ވަނެވެ. ލީޝާ ދެ ފަރާތައް ބޯހޫރާލައިފާ ދިޔައީ ޔާނިއު އައް ގޮވަންށެވެ. ޔަނާ ފެންވަރައި ތާޒާ ވެލައިހެން ނިކުމެ ޑްރެސިން ޓޭބަލް ގޮނޑިމަތީ އިއްތާލިއެވެ. އަދި މިއަދު ފެނުނު ހުވަފެނާ މެދު ވިސްނާލިއެވެ.
‘ޔަނާ ދިޔައީ ފަޔައް ލެވުނުހައި ބާރެއް ލައިފައި ދުވަމުންނެވެ. އިރު އިރު ކޮޅަ ފަހަތައް ބަލައި ލައެވެ. ކުއްލިއަކައް ކުރިމައްޗައް އާއިޝްއެރިއެވެ. ޔަނާ އައް ތޫލި އަޑަކުން ހަޅޭއްލވައިގަނެވުނެވެ. އާއިޝް މަޑުމަޑުން ޔަނާގެ ކައިރި އައް އަންނަނީއެވެ. ޔަނާ އައް ދެ ލޯ ތަގުޅި ކޮއްލެވުނެވެ. އާއިޝް އައިސް ޔަނާގެ މޫނައި ޖެހޭނުޖެހޭ ހިސާބުގައި މަުޑކޮއްލިއެވެ. އާއިޝްގެ ހޫނު ނޭވައި ޔަނާގެ މޫނައް އެޅެމުން ދިޔައެވެ. ‘ އެވަގުތު ޔަނާ އައް ހޭލެވުނެވެ.
❤️_ ނުނިމޭ _❤️
One Comment
Comments are closed.


Waiting for next part kon iraku next part?✨