Skip to content
އެސްފިޔަ

ކައިޔޫން – 1

މެދުކެނޑުމެއްނެތި ރިންގުވަމުންދިޔަ ސޯނާގަޑީގެ އެލާރމްގެ އަޑަށް ނިދިން ހޭލަން މަޖުބޫރުވިއެވެ. އޭގެ އެލާރމް އޮފްކޮށްލުމަށްފަހު ތެދުވެ މޯޅިއަކަށް ދެމިލީމެވެ. އެއަށްފަހު، ފޯނު ނަގައި ގަޑި ބަލައިލިއިރު، ފަތިހު ފަހެއް ޖަހައިފިއެވެ.

ފޯނު އޮފްކޮށްލަން އުޅެނިކޮށް ރިމައިންޑަރ އެއް އައިސް އިންތަން ފެނިއްޖެއެވެ. ރިމައިންޑަރ ސޭވްކޮށްފައި އިނީ، ‘ޓްރިޕް ޓު ކޮރެއާ’ އޭ ޖަހައިފައެވެ. އެ ފެނުމާއިއެކު ހަނދާންވީ، މިއަދު މީ ކޮރެއާއަށް ދާ ދުވަސްކަމެވެ. އަދި ފޮށިތަންމަތި ތައްޔާރުނުކުރެވޭ ކަމެވެ.

މަޑުމަޑުން ނިތްކުރީގައި ޖަހައިލަމުން އަހަރެން ހިނގައިގަތީ ފާޚާނާ އަށެވެ. ފާޚަނާއަށްވަދެ ވުޟޫކޮށްލައިގެން ނިކުމެ ނަމާދުކޮށްލީމެވެ. އެއަށްފަހު، އަހަރެން އަވަސްވެގަތީ ފޮށްޓަށް އެއްޗެހި އަޅާށެވެ.

ފޮށްޓަށް އެއްޗެހި އެޅުމަށްފަހު، ފެންވަރައިލަން އަވަސްވެގަތީމެވެ. ފެންވަރައި ތާޒާވެލައިގެން ނިކުމެ ގަޑި ބަލައިލިއިރު، ހަތެއް ޖަހައިފިއެވެ.

ގޭގައި ލައި ކަހަލަ އަތްދިގު ޓީޝާޓަކާއި ޓްރެކްސޫޓެއް ލުމަށްފަހު ވަށް ބުރުގަލެއް އަޅައިގެން ކޮޓަރިން ނިކުތްއިރު، ކާކޮޓަރީގައި ތަށިތައް ހިފައިގެން އުޅުނު މަންމަ ފެނިއްޖެއެވެ.

އަހަރެން ހައިރާންވީ މިވަގުތު އާދައިގެ ހެދުމުގައި މަންމަ ފެނިލީމައެވެ. އަހަރެން ހިތުން މަންމަ މިގަޑީގައި އަދި އުޅޭނީ ޑިއުޓީގައެވެ.މަންމައަކީ ޕޭޝަންޓުންގެ ލޯބިހޯދާފައި ހީވާގި ނަރުހެކެވެ.

ބައްޕަ ފެނުނީ ކާކޮޓަރިތެރެއަށް ވަތް ފަހުންނެވެ. ބައްޕަވެސް އިނީ މަންމަ ފަދައިން އާދައިގެ އެއްޗެހީގައެވެ. ބައްޕަ އަކީވެސް ގައުމީ ދިފާޢީ ބާރުގައި މަސައްކަތްކުރަމުން އަންނަ މީހެކެވެ. މަންމައާއި ބައްޕަ އާން ކުރާވަރުން އަހަރެމެންނަށް މާ ރަނގަޅަށްވެސް ފުދިގެން އުުޅެވޭވަރު ވެއެވެ. އަދި އަހަންނަކީ އެދެމީހުންގެ ހަމައެކަނި ހުރި ލޯބީގެ ނިޝާންކަމުން އަހަރެންދެކެވަނީ އަމަށަކު ލޯތްބެއް ނޫނެވެ.

“މަންމަ އޮފް ދުވަހަކީތަ؟ ބައްޕަވެސް؟ ” އަހަރެން ސުވާލުކޮށްލީމެވެ.

ދެމީހުން ބަލައިލުމަށްފަހު، ހަމައެކަނި ހިނިތުންވެލަމުން އެދުނީ ސައިބޯން އިށީނުމަށެވެ.

ދެކޮނޑު އަރުވާލާފައި އަހަރެން ގޮސް ހުއްޓިލީ ސިންކް ކައިރީގައެވެ. ސިންކުން އަތްދޮވެލައިގެން އައިސް ގޮނޑި ދަމައިލުމަށްފަހު، އިށީނދެ ކާން ފެށީމެވެ.

ކަމުންދިޔައިރު މާހައުލަށް ވެރިވެފައިވީ ހިމޭންކަމެވެ. އެ ހިމޭންކަން ކަނޑުވައިލީ ބައްޕައެވެ.

“ދަރިފުޅާ މަޒްޔޫނާ.. ނުވަގަޑި ފަނަރައިގައި ދޯ ޗެކިންގ ވާން ޖެހެނީ؟ ފޮށި ތައްޔާރު ކޮށްފިންތަ އަނެއްކާ؟” ބައްޕަ އެބުނީ ‘ޓްރިޕް ޓު ކޮރެއާ’ ގެ ވާހަކައެވެ. މި ދަތުރަކީ، އޭލެވެލްގެ ހުރިހާ މާއްދާއަކުން ފާސްވެ ގަދަ ދިހައެއްގައި އެޅުމުން ބައްޕަ އާއި މަންމަ އަހަންނަށް ދިން ‘ހަދިޔާ’ އެކެވެ.

“ލައްބަ ބައްޕާ..” އަހަރެން ބޯޖަހައިލަމުން ބުނީމެވެ.

ކެއިތަށިތައް ހިފައިގެން ގޮސް ސިންކް ކައިރިއަށް ހިނގައިގަތީމެވެ. މަންމަ ތަށި ދޮންނަން އުޅުމުން އެކަން މަނާކުރީމެވެ.

“މަންމާ އަޅުގަނޑު ދޮވެލަފާނަން ތަށިތައް.. މަންމަ ދޭބަ ބައްޕައާއި ދެމީހުން ވެގެން ސްވީޓް ޓޯކެއް ޖައްސައިލަން.” ފަހު ޖުމްލަ އަހަރެން ބުނެލީ ލާނެތްކަމާއި އެކީގައެވެ.

“ހޫނ މީވެސް ލާނެތް ދަރިއެއް ހުވާ..” މަންމަ ހިނިގަނޑެއް ޖަހައިލިއެވެ. “ދަރިފުޅު ތިކަންތައް ކޮށްލާފައި ރީތިވެލަން އިނގެ ދާނީ.”

“އޯކީ، މޮމް.” އަހަރެން ހީނލީމެވެ.

ތަށިތައް ދޮވެ މޭޒުމަތި ސާފުކޮށްލުމަށްފަހު، އަހަރެން ކާކޮޓަރިން ނުކުމެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތީމެވެ.

ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލުމަށްފަހު، އަލަމާރި ކައިރީ ހުއްޓިލީމެވެ. އަލަމާރީގެ ދޮރުފަތް ހުޅުވައިލުމަށްފަހު އަހަރެންގެ ނެގީ، މެރޫންކުލައިގެ ޖަމްޕްސުއިޓަކައި މަޑުމަޑު ޕީޗްކުލައިގެ ޝޯލް އެކެވެ.

އޭގެ ފަނަރަވަރަކަށް މިނެޓްފަހުން އަހަރެން ހުރީ ގާތްގަނޑަކަށް ހަމަ ނިމިފައި އެވެ.އެންމެފަހުކަމެއްގެ ގޮތުން، ތުންފަތުގައި ލިޕްސްޓިކް ހާކައިލަމުން ގަޔަށް ސެންޓް ބުރުވައިލީމެވެ. އަދި އެނދުމަތީގައި އޮތް ގޫޗީ ބްރޭންޑްގެ އަތްދަބަސް ނަގައި ކޮނޑުގައި އެޅުވުމަށްފަހު، އޭގެ ތެރެއަށް ފޯނު ލީމެވެ. އަދި ފޮށީގެ އަތްގަނޑުގައި ހިފައިގެން ކޮޓަރިން ނުކުތީމެވެ.

އަހަރެން ނުކުތްތާ އިރުކޮޅެއްފަހުން މަންމަމެންވެސް ނުކުތެވެ. އެމީހުން ތިބީ ރީތިވެގެންނެވެ. އަހަރެންގެ ދެބުމަ މަޑުމަޑުން ކައިރިވީ އެމީހުން ރީތިވެގެން ތިބީމައެއް ނޫނެވެ. އެދެމީހުންގެ ކޮނޑުގައި އޮތް ދަބަސް ފެނުނީމައެވެ.

“މަންމަމެންވެސް ދަންތަ؟ އެހެންްވެދޯ އޭރުވެސް ބުނީމަ ހަމައެކަނި ސްމައިލްކޮށްލީ.. ވައި ޑިޑިންޓް ޔޫ ގައިސް ޓެލް މީ ދިސް އަރލިޔަރ؟”އަހަރެން ޝަކުވާކުރީ ކުރީ ބައިގައި ނުބުނީމައެވެ.

“ހެހެ.. ވީ ވޯންޓެޑް ޓު ގިވް ޔޫ އަ ސަޕްރައިޒް، ދަރިފުޅު. ހިނގާ އަވަހަށް ދަމާ ކާރު އައިސްދާނެ މިހާރު.. ބައްޕަ ޓެކްސީއަކަށް ގުޅައިލިން ވިއްޔަ ދެންމެ.”ބައްޕަގެ ބަހާއިއެކު އެޕާޓްމެެންޓްގެ ބޮޑު ދޮރު ހުޅުވައިލުމަށްފަހު، ނުކުތީމެވެ. ބައްޕަ އެތަން ތަޅުލުމަށްފަހު، ތަޅުދަނޑި ޖީބަށްލިއެވެ.

ލިފްޓްގައި ހޭދަވި ފަސްވަރަކަށް މިނެޓަށްފަހު، އަހަރެމެންް މަގުމައްޗަށް ނުކުތްއިރު، ޓެކްސީ އޮތީ އައިހެވެ. ޓެކްސީއަށް އަރައިގެން ދުއްވައިލިއިރު، ގަޑިން އަށްގަޑި ބައިވަނީއެވެ.

ހުޅުމާލޭގެ ހިތްގައިމު މަގުތަކުން ކާރު ދުއްވާލައިފައި ގޮސް، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކުރިމައްޗަށް ކާރު ހުއްޓައިލިއިރު ގަޑިން ނުވައެއް ޖަހައި ފަހެއް ހިނގައިފިއެވެ.

އަހަރެމެން އަވަސްވެގަތީ ޗެކިންގ ވުމަށެވެ. ޗެކިންގވެގެން އަހަރެމެން ތިބީ އެއަރޕޯޓް ތެރޭގައި އެވެ. އަހަރެން އިނީ ފޯނުން ރައްޓެހިންނާއި ޗެޓް ކުރާށެވެ. ޓްރިޕް ޓު ކޮރެއާ އޭ ކިޔައި ވަރަށް ފޮނި ކެނޑީމެވެ. އެމީހުންގެ  މެސެޖްތައް ކިޔަން އަހަރެން އިނީ ހީނލަ ހީނލައެވެ.

** *** ** *** **

ލަގޭޖް ކައުންޓަރަށް ލަގޭޖްތައް ދޫކޮށްލައިފައި އަހަރެމެން ޑިޕާޓަރ ހޯލަށް ވަތްއިރު ހުރިހައި ގޮނޑިތަކެއް ކަހަލަ ގޮތަކަށް ފުރިފައެވެ. މާގިނަައިރެއްނުވެ ބޯޑިންގ އަށް ގޮވާލިކަން ނަސީބެކެވެ. އެހެންނަމަ އެތައް އިރެއް ވަންދެން ކޮޅަށް ހުންނަން ޖެހުނީސްކަން ޔަގީނެވެ.

ބޯޑިންގ ޕާސް ދެއްކުމަށްފަހު، ފްލައިޓަށް އަރަން ހިނގާގަތްއިރު، އަހަރެން ހުރީ ފިނިވެފައެވެ. އަލަށް ބޭރަށް ދެވޭތީ ވާގޮތެެއް ކަންނޭނގެއެވެ.

ފްލައިޓަށް އެރުމާއެކު، ފްލައިޓްގައި ތިބި ދެ ކެބިންކްރޫއިން ވެދުންކޮށްލީ، ލުއި ހިނިތުންވުމެކެވެ. ބަދަލުގައި އަހަރެމެންވެސް ލުއި ހިނިތުންވުމެއް ރައްދުކޮށްލަމުން ސީޓުތަކުގައި ހަމަޖެހިލީމެވެ.

ފްލައިޓް ރަންވޭއިން ނައްޓައިލުމާއިއެކު، ދަތުރު ދުޢާ ކިޔަން ހަނދާންކޮށްލަދިނެވެ.

ދަތުރަކީ ބާރަ ގަޑިއިރުގެ ދަތުރެއްކަމުން، ވަކި ހިސާބަކުން އަހަންނަށް ނިދުނެވެ. ހޭލެވުނީ ކާން ގޮވައިލީމައެވެ. ކައިގެން އަނެއްކާވެސް ނިދުނީއެވެ.ދެން ހޭލެވުނީ އިރުއޮއްސި ހަތެއް ޖަހައި ބޮޑުވިފަހުންނެވެ. އޭރު ބޯކޮށް ވިއްސާރަވެހޭ އަޑުއިވެއެވެ.

އޭގެ އިރުކޮޅެއް ފަހުން ޕައިލެޓް އަންގައިލީ، މަންޒިލާއި ފުދޭވަރަކަށް ގާތްވެފައި ވާކަމެވެ. އެކަމަކު ބޯކޮށް ވިއްސާރަވެހޭތީ، ފެނަށް ޖައްސަން ޖެހޭނޭ ކަމަށްވެސް ގޮވައިލިއެވެ. ނިދިފައިތިބި މަންމަމެން ގައިގައި ކޮއްޓައިލައިފައި އެވާހަކަ ބުނެލައިފައި އަވަހަށް ލައިފް ޖެކެޓް ހޯދޭތޯ އުޅުނީމެވެ. އެމީހުންވެސް ލައިފް ޖެކެޓް ލުމައިގެން އަވަސްވެގަތެވެ.

ލައިފް ޖެކެޓް ލައިފައި އޭގެ ޒިބު ދަމައިލި ވަގުތަކީ، ބޯޓު ކުޑަކޮށް އަރިވި ވަގުތެވެ. ކެބިންކްރޫއިން ހާސްކަމާއިއެކު ބޯޓުން ފުންމައިލަން އެދުނެވެ. އަދި ފެނަށް ޖައްސަން އުޅުނު ގަޑީގައި ނުބައި ގޮތަކަށް އަރިވީކަމަށް ބުނެލިއިރު އޭނައަށްވެސް ހުރީ ރޮވިފައިއެވެ.

އަހަންނަށް ފުންމައިލެވުނީ އެންމެން ފުންމައިލި ފަރާތުން ނޫން އަނެއް ފަރާތުންނެވެ. ކަނު އަނދިރިކަމުން އެއްޗެއް އިނގޭ ވަރެއް ނުވިއެވެ. ހިތްވަރުކޮށްލައިފައި ކުރިއަށް ފަތަމުން ދިޔައީމެވެ. އެހެނަސް މީހާ އެއްލިގެން ދިޔަ ކަހަލަ އިހްސާސެއް ކުރެވުނީ، ކުއްލިއަކަށް ބޯޓުން  ބާރު އަޑުފަށްގަނޑެއް ކިޔާފައި އަލިފާން ރޯވާން ފެށީމައެވެ. އޭރު އޭގެ އެއްބައި އޮތީ ފެނުއަޑީގައެވެ.

(ނުނިމޭ)

Comments (11)

  1. magnummm

    Anneyong readers ? Sorry here’s is the first part of my ff stry KAIYOON ❤ I hope u’ll like it and mistakes huriyya point out kohladhehchey ngey ? And yesss feel free to share ur views bout the stry. saranghae ?

    1. magnummm
      magnummm

      So*

  2. ?YEOJA?

    heyyy luwsss
    Masha Allah . hama heekurihen vrh sali mi stry. vrh noice ingeyy
    keep it up magnumm
    Vrh curiouse koh dhw thininmaalee vxx. vrh exited next part kiyan
    waitting ingey. Btw when will u upload 2nd part .
    luws yaa moree
    stay safe and tvgc

    1. ?YEOJA?
      ?YEOJA?

      ooopsss forgeten cover pic vrh noice
      kaiii is so handsome there
      hehehe

  3. Ryyn

    Waaaw magnummyyy ❤ Vrh vrh rythi first prt vexx ? Masha allah.. keep on goin darlin ❤ Purple youu ?

  4. magnummm

    In reply to my luvly reen:
    Thank u sweetie ? that really means a lot to me ? purple u too ?

  5. magnummm

    In reply to yeoja darlin:
    Hey there yeoja lwbikolhuuu ❤awwwn thanks ngey ? glad u liked the stry ?labba keep waitin’ ngey.. hmm school hulhu vefa othyma adhi neyge seedha up vrne dhuheh but mi week nuny next week thereyga i guess ? same to u darlinnnnn ?

  6. Leena

    V nice!!! I like the story… m stry ga evves kpop echeh annaa netha
    Once again love the stry ❤

  7. magnummm

    In reply to Leena darlinn:
    Thank u Leena dear ? that means alot. mm mi stry aku naannaane but MY COLD CRUSH e stry ga annaane ngey ❤ insha allah mi stry nimunyma e stry up kuran fashaanan ? ones again thanks a lot dear

  8. Anuu

    magnumm u bunee Mr. tae kiyaa vaahaka eko nerey ney
    name change koh ley dhw
    anyways the first part was nice when next?

  9. magnummm

    Labba anuu darlin ekam MY COLD CRUSH ge namuga stry ge synopsis genevifa inyma hithah erii dhn egothah baindhan e name.. hehe. dhn e site ah up nuvaathy mi site ah upkuran mi feshy mi stry ? btw thank u vrh bodah ❤ glad u liked it! miss ur talks ?

Comments are closed.