ނަމަވެސް އެއް ދުވަހަކު އެލީޝާގެ ކްލާހަށް ވަރަށް ރީތި އަ ފިރިހެން ކުއްޖަކު އެކުލާހަށް އައެވެ . އެ ކުއްޖާ އަށް ކިޔަނީ ޒިޔާން އެވެ.
ގިނަ އަންހެން ކުދިން ހުންނަނީ ޒިޔާން އާ ހެދި މޮޔަ ވެފައި އެކަން ޒިޔާންނަށް އިންގޭ އެކަމަކު ޒިޔާންނަށް އަށް އެ ހުރިހާ ކުދިންގެ ތެރެއިން އެންމެ ކަމުދާ ދިޔައީ އެލީޝާއެވެ. ނަމަވެސް އެލީޝާ އަށް ޒިޔާން ކަހަލަ މަޝްހޫރު ފިރިހެން ކުދިން ކަމަކުނުދެއެވެ.
އެކަން ޒިޔާން އަށް އެނގުނީ އެއްދުވަހަކު އެ ކުލާހުގައި އުޅޭ ކައިލް އެލީޝާ ގާތުގައި ރައްޓެހިވާން އެހުމުން އެކަމަށް އިންކާރު ކުރުމާއި އަދި އިންކާރު ކުރުމުގެ ސަބަބު ބުނުމުން ނެވެ. އެކަމަކު ވެސް ޒިޔާން ހިތްވަރު އެލުވާ ނުލައެވެ.
އެދުވަހު ކުލާހުގެ ބްރޭކް ގަޑީގައި އެންމެން ކޭންޓިންއަށް ދިޔުމުން ޒިޔާން ގޮސް އެލީޝާ ގެ މޭޒު ކައިރީ ހުއްޓުމަށްފަހު ބުނެލި އެވެ. “އެލީޝާ…އަމް…ލެޓްސް ބީ ފްރެންޑްސް ” ޒިޔާން އެހެން ބުނުމަށް ފަހު އެލީޝާ އާ ދިމާއަށް ބަލާލި އެވެ.
އެއިރު އެލީޝާ ވެސް އިނީ ޒިޔާން އަށް ބަލައިގެންނެވެ. އެހެން އިރުކޮޅެއް ވަންދެން ބަލަަން އިނުމަށް ފަހު އެލީޝާ ވާހަކަ ދައްކަން ފެށި އެވެ. “އޯކޭ ” “ރިޔަލީ އަމް އައި މީން އެލީޝާ އެއްވެސް ފިރިހެން ކުއްޖަކާ ވާހަކައެއް ނުދައްކާ… އެކަމް ވެސް ތޭންކްސް ” ޒިޔާން އުފަލުން ހުރެ ބުނެލި އެވެ.
އެލީޝާ އާއި ޒިޔާން ބްރޭކް ގަޑި ނިމެންދެން ވާހަކަ ދައްކަން ތިބެފައި ބްރޭކް ގަޑި ނިމުމުގެ 5 މިނެޓް ކުރިން ޒިޔާން ކުލާހުން ނިކުމެގެން ދިޔައެވެ. އެއީ ކުލާހުގެ އެހެން ކުދިން އަށް ފެނިދާނެތީ އެވެ.
ބްރޭކް ގަޑި ނިންމާފައި އެންމެ ފުރަތަމަ ވެސް އޮތީ ބަޔޯލެޖީ ގަޑިއެވެ. ބަޔޯލެޖީ އަކީ އެލީޝާ އަށް ކިޔަވަން އެންމެ ފަސޭހަ މާއްދާއެވެ. ގަޑި ފެށުނުތަނާހެން މީހަކު މޭޒުމަތީގައި އެއްޗަކުން ތަޅާ އަޑު އިވުމުން އެންމެން އެ އަޑު އަންނަ ދިމާއަށް ބަލާލި އެވެ.
އެންމެން އެ އަޑު އަންނަ ދިމާއަށް ބަލައި ލުމުން އަހަރެން ވެސް އެދިމާއަށް ބަލާލީމެވެ. އެއީ ޒިޔާން އެވެ. ޒިޔާން އިނީ ފަންސޫރަކުން މޭޒުމަތީގައި ތަޅާލަ ތަޅާލައެވެ. ސްކޫލް ގެ ގަޑި ނިމުމާއި އެކު އެލީޝާ ޒިޔާން ނިމެންދެން މަޑު ކުރި އެވެ. އޭނަ އިނީ ބަޔޯލެޖީ ގަޑީގައި ސަކަރާތް ޖެހުމުން އަދަބު ލިބިފައެވެ.
ކުލާހުން އެންމެ ނިކުމެގެން ދިޔުމުން އެލީޝާ ގޮސް ޒިޔާން ކައިރީގައި ހުއްޓުނެވެ. އަދި އަހާލި އެވެ. ” ޒިޔާން… ޒިޔާން އަށް ބަޔޯ އުނދަގު ތަ” އެލީޝާ މަޑުމައިތިރި ކަމާއެކު އަހާލި އެވެ. އެލީޝާ އަށް އަމިއްލަ އަކަށް ފެނިގެން އައިސް ވާހަކަ ދެއްކުމުން ޒިޔާން ހުރީ ހިތްހަމަ ޖެހިފައެވެ.
“އެލީޝާ ކައިރި ބުނަނީ ކީއް ކުރަން” ޒިޔާން ވަރަށް ލާނެތް ރާގަކަށް ބުނެލި އެވެ. ” އޯކޭ ފައިން” އެލީޝާ އެހެން ބުނުމަށް ފަހު ދަބަސް ކޮނޑުގައި އަޅުވައިގެން ހުރެ ކްލާސް އިން ނުކުންނަން ހިގައިގަތެވެ.
އެލީޝާ ކުލާހުން ނިކުންނަން ދިޔަތަން ފެނުމުން ޒިޔާން އަށް ދެލޯ ބޮޑުކޮށްލެވުނެވެ. ޒިޔާން އަވަހަށް ގޮނޑި ން ތެދުވެގެން ގޮސް އެލީޝާގެ އަތުގައި ހިފިއެވެ. “އެލީޝާ…ހާދަ އަވަހަކައްށޭ ށޭ ރުޅި ތިއައީ އެއީ މަޖަލަކަށް ބުނީ އެއްޗެކޭ ” ޒިޔާން އިސްތަށިގަނޑުގައި އަތް ހިންގާލަމުން ބުނެލި އެވެ.
” އިހައް މަޑުކޮށްލާ އަހަރެން ފޮޅުވަތް ލިޔެ ނިމެންދެން” ޒިޔާން އެހެން ބުނެލުމާއެކު އެލީޝާ ޒިޔާން ގެ އަތުތެރޭގައި އޮތް އެލީޝާ ގެ އަތައްބަލާލިއެވެ. އަދި އެއައް ފަހު އެ އަތުން ދޫކޮއްލާށޭ ބުނާ ގޮތުން ޒިޔާން ގެ މޫނަށް ބަލައިލިއެވެ.
” އޮހް ސޮރީ ” ޒިޔާން އެހެން ބުނުމަށް ފަހު އެލީޝާ ގެ އަތުން ދޫ ކުއްލިއެވެ. އަދި އެހެން ބުނުމަށް ފަހު ގޮސް ގޮނޑީގައި އިށިންނުމަށް ފަހު ފޮޅުވަތް ލިޔަން ފެށިއެވެ. ޒިޔާން ފޮޅުވަތް ލިޔަން ފެށުމުން އެލީޝާ ދަބަހުން މިއަދު ލައިބްރެރީ އިން ނެގި ވާހަކަ ފޮތް ކަމަށްވާ ރޫޙާނީ ބާރު ކިޔަން ފެށިއެވެ.
އެލީޝާ އެ ފޮތުގެ 25 ވަނަ ގަނޑާ ހަމައަށް ކިޔުނު ތަނާހެން ޒިޔާން އައިސް އެލީޝާ ގެ އަތުން ފޮތް އަތުލުމަށް ފަހު ކުލާހުން ނިކުމެގެން ދިޔައެވެ. ” ޒިޔާން ގިވް އިޓް ބެކް” އެލީޝާ އެހެން ކިޔަމުން ޒިޔާން ފަހަތުން ދުއްވައިގަތެވެ.
އެލީޝާ ދުވެފައި އަންނަ ތަން ފެނުމުން ޒިޔާން އެއަށްވުރެ ބާރަށް ދުއްވައިގަތެވެ. ދުވަމުން ދުވަމުން ގޮސް ސްޓާފް ރޫމް އާ ހަމައަށް އާ ދެވުމުން ޒިޔާން ދުވެލި މަޑު ޖައްސާލުމަށްފަހު ސްޓާފް ރޫމް އަށް ސަލާމް ގޮވައިފައި އެތެރެއަށް ވަނެވެ.
ޒިޔާން ސްޓާފް ރޫމް އަށް ވަނުމުން އެލީޝާ ސްޓާފް ރޫމް ބޭރުގައި މަޑުކޮށްގެން ހުއްޓެވެ. ޒިޔާން ސްޓާފް ރޫމް އިން ނިކުންނަ ވަގުތު އެލީޝާ ޒިޔާން ގެ އަތު ގައި އޮތް ވާހަކަ ފޮތް އަތުލިއެވެ.
” ހައް އެލީޝާ ވެސް ކްލެވާ އޭ ދޯ ” ޒިޔާން ބުނެލި އެވެ.
” އޮފްކޯސް އަމް ދަ ބެސްޓް ސްޓޫޑެންޓް ” އެލީޝާ އެހެން ބުނެ ލުމަށް ފަހު ސްކޫލް އިން ނުކުންނަން ހިނގައިގަތެވެ. ޒިޔާން އައިސް އެލީޝާ އާ އަރާ ހަމަ ކުރެއެވެ.” ސޯ އެގެއިން ޒިޔާން އަށް ބަޔޯ އުނދަގު ތަ ” އެލީޝާ އަނެއްކާވެސް އަހާލި އެވެ.” ޔަޕް ” ޒިޔާން ލުއި ހިނިތުން ވުމަކާއެކު ބުނެލި އެވެ.
” އެހެން ވެއްޖިއްޔާ މިއަދު 2:00 ޖަހާއިރު ކަމް ޓު މައި ހައުސް ހ. ސީސައިޑް އަށް ” އެހެން ބުނުމަށް ފަހު އެލީޝާ ޓެކްސީ އެއްހުއްޓު މަށްފަހު ޓެކްސީ އަށް އަރައިގެން ދިޔައެވެ.
އެލީޝާ އެރި ޓެކްސީ ލޮލުކޮޅަށް ގެއްލެންދެން ޒިޔާން ބަލައިގެން ހުރިއެވެ. އަދި އެ ޓެކްސީ އަނެއް މަގަށް އަންބުރާލުމުން ޒިޔާން ތުން ފުމެމުން ރޯޑް ކްރޮސް ކޮއްފައި ދިޔައެވެ.
******************************
އެލީޝާ ޓެކްސީ އިން ފޭބުމަށް ފަހު ޑްރައިވާއަށް ރުފިޔާ ދީފައި ގެއަށް ވަނެވެ. ގެއަށް ވަނުމަށް ފަހު އެލީޝާ ލައިގެން ހުރި ބޫޓު ބޭލުމަށް ފަހު ސިޓިންރޫމް ހުރަސް ދިޔައީ ކޮޓަރި އަށެވެ. ކޮޓަރިއަށް ނަޒަރު ހިންގާލަމުން ހިތައް ފިނިވެގެން ދިޔައެވެ. ވެފައިވާ ވަރުބަލިކަން ފިލުވައިލުމަށްޓަކައި ފާޚާނާ ވަދެ ފެންވަރާ ތާޒާވެލުމަށް ފަހު މެންދުރު ނަމާދު ކުރި އެވެ. ނަމާދު ކޮށް ނިމިގެން ނިކުތީ ބަދިގެ ފަރާތަށެވެ. ބައްޕަ އަންނާންވާ އިރަށް މެންދުރު ގެ ކެއުން ތައްޔާރު ކުރުމަށެވެ.
އެލީޝާގެ ހަނދާންނަށް ވެރިވެގެން ދިޔައީ އޭނާގެ މަންމަގެ ހަނދާންތަކެއެވެ. ލޮލުން ފާދާލި ކަރުނަ ފުހެލުމަށް ފަހު ކެއްކުމަށް ބޭނުން ވާ އެއްޗެއް ފުރިޖުން ނަގާގެން ބަދިގެއަށް ވަނެއެވެ. އެލީޝާ އަކީ ކުޑަ އިރު ފެށިގެން ކެއްކުމަށް ވަރަށް މޮޅު ކުއްޖެކެވެ.
އެލީޝާ ބަދިގެއަށް ވަނުމަށް ފަހު ފްރައިޑް ރައިސް ތައްޔާރު ކުރަން ފެށިއެވެ. ފްރައިޑް ރައިސް އަކީ އެލީޝާ ވަރަށް މީރު ކާއެއްޗެއް ކެވެ. އެލީޝާ އެންމެ މީރު ކާއެއްޗެއް ސުފުރާ މައްޗައް އެރުވި އެވެ.
އެއްފަހު އަދި ސިޓިން ރޫމް ގައި ހުރި ކަޅު ކުލައިގެ ސޯފާ ގައި އޮށިއްވެލުމަށް ފަހު ފޯނު ނަގާ އިންސްޓާގްރާމް ހުޅުވާލިއެވެ.
އެއިރު އެލީޝާ އިނީ ޒިޔާން ޖަހާފައި އިން އެކައުންޓްއަކުން ފްރެންޑް ރިކުއެސްޓް ފޮނުވާފައި ވެއެވެ. އެލީޝާ އަށް އެއީ ޒިޔާން ކަން އެންގުނެވެ. ދެވަނަ ވިސްނުމަކާ ނުލައި އެލީޝާ ފްރެންޑް ރިކުއެސްޓް އެކްސެޕްޓް ކޮއްލިއެވެ.
އަދި ޒިޔާން ކޮއްފައި ހުރި ޕޯސްޓް ތައް ބަލަން އޮއްވައި އެލީޝާ ގެ ބައްޕަ އައިސް ވަނެވެ. ” ބައްޕާ އާދޭ ކާން” އެލީޝާ އޭނާގެ ބައްޕަ އައުމުން ކާންއައުމަށް ބުނެލި އެވެ. އިރުކޮޅެއްފަހު އެލީޝާ ގެ ބައްޕަ ކޮޓަރިން ނިކުމެގެން އައިސް ކާން އަންނާށޭ ބުނުމުން އެލީޝާ ފޯނު ބޭއްވުމަށްފަހު އޭނާގެ ބައްޕަ އާ އެކު ކާންއެރިއެ. ” ބައްޕާ އަހަރެން ގެ ފްރެންޑްސް އަންނާނެ މިއަދު 2:00 ޖަހާއިރުގަ” އެލީޝާ އޭނާގެ ބައްޕަ ކައިރީ ބުނެލި އެވެ ” އޯކޭ އެކަމް އެހާ އަޑުގަދަ ނުކުރާތި” އެހެން ބުނުމަށް ފަހު އެލީޝާ ގެ ބައްޕަ ބަދިގެއަށް ގޮސް އަތް ދޮވެ ލައިގެން ކޮޓަރިއަށް ވަނެވެ.
އެލީޝާ މޭޒުމަތީގައި ހުރި ކާއެއްޗެހި ނެގުމަށްފަހު ކޮޓަރި އަށްވަދެ ބަޔޯ ފޮތް ހިފައިގެން ކޮޓަރިން ނިކުމެގެން މޭޒާހަމައްށް ނުދެވެނީސް މީހަކު ދޮރުގެ ބެލް އެޅި އަޑަށް ގޮސް ދޮރު ހުޅުވާލިއެވެ. ގޮސް ދޮރު ހުޅުވާލާފައި ބަލާލިއިރު ހުރީ އައިކާ އާއި ހަނާ އެވެ.
އައިކާ އާއި ހަނާ ފެނުމުން އެލީޝާ އެމީހުން ވަންނަން ޖާގަދެއްކިއެވެ. އައިކާ އާއި ހަނާ ވަދެގެން ދިޔުމުން އެލީޝާ ވެސް ގޭ ދޮރުލެއްޕުމަށް ފަހު ގޮސް މޭޒު ކައިރީ ގައި ނީއިށިންދެވިގެން އުޅެނިކޮށް އަނެއްކާވެސް ދޮރުގައި ބެލް އެޅި އަޑު އިވުނެވެ.
” ވެއިޓި އަލް ގެޓް އިޓް” ހަނާ އެހެން ބުނެފައި ގޮސް ދޮރު ހުޅުވި އެވެ. ދޮޅު ހުޅުވާފައި ދޮރު ކުރިމަތީގައި ހުރި މީހާ އަށް ބަލައިލުމާއެކު ހަނާ ގެ ބަސް ހުއްޓުނެވެ.
❤️–ނުނިމޭ –❤️
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.

Thank you for reading my story