ލޯބިވާ
އާ ދުވަހަކަށް މަރުހަބާ ކިޔުމަށް އިރަށް ތަންދެމުން ހަނދު އޭގެ މަގާމަށް ރުޖޫއުވާކަން އެގުނީ އަހަރެންގެ މޫނަށް އިރިރުގެ ދޯދިތަޢް އެޅެން ފެށުމުންނެވެ. ކުޑަދޮރުގެ ފޮތިގަނޑު ކެހިފައި ވީއިރު ކޮޓަރިއަށް އަލިކަން ގެނުވާފައިވާ އިރުގެ ދޯދިތައް ތިބީ އުފަޅުން ނަޝާލަ ނަޝާލަ އެވެ. އަޜާމު ނިންޖެއްގައި އޮތް އަހަންނަށް ހޭލަން މަޖްބޫރުވީ މިހަކު ނިކަން ބާރަށް ކޮޓަރީގެ ދޮރުގައި ޓަކިޖަހައި އަޑަށެވެ. ގައި މަތީގައި އޮތް ރަޖާގަނޑު ދުރު ކުރުމަށް ފަހު ކޮޓަރީގެ ދޮރު ހުޅުވާލިއެރު މަންމަ ހެދުނު ނާސްތާ ހިފައިގެން ހުއްޓެއެވެ. ” ދަރިފުޅާ ކައިރާ ބަލަ އެއޮތް 30 6 ބައިވަނީ މިއަދު ސްކޫލަށް ނުދަންތައް ” މަންމަ އޯގާތެރި ކަމާއެކު ބުނެލިއެވެ. “މޯމް މިދަނީ” އަހަރެން އަވަސް ހިގުމެއްގައި ގޮސް ފަހަނައަށް ވަދެ ފެންވަރައިގެން ނުކުތި އިރު 45 6 ޖެއެވެ. ކުޑަ ގޮތަކަށް ރިތި ވެގެން ނުކުތި އިރު މަލްހާ ސޯފައި ގައި އިނެއެވެ. ދެ މީހުން އެކި ވާހަކައިގައި ގޮސް ސްކޫލް ދެވުނު އިރު ކުދިން ގޮވައިގެން އައިސް ބެލެނިވެރިން ތިއްބެއެވެ. އަހަރެން ސްކޫލަށް ދެވުމާއެކު އަހަރެން މުޅި ސްކޫލް ހޯލަށް ނަޒަރު ހިންގައިލީ އަލާން ފެންނާތޯއެވެ.އެ ރީތި ސޫރަށް ދެކިލަން އަހަރެންގެ ހިތް ދިޔައީ ރޮއި އާދޭސް ކުރަމުން ނެވެ. އަހަރެންނަށް އަލާން ފެންނަ ކޮންމެ އިރަކު ހިތަ ފިނިކަމެއް ލިބިގެންދެއެވެ. ނަމަވެސް އަހަރެން ހިތުގެ ހާލެއް އަހަރެން ނޫން އިތުރު އެކަކަށް ވެސް ނެގޭނެއެވެ. އަލާން އަކީ އަހަރެންގެ ކުޑަ އިރުގެ އެންމެ ގާތް އެކުވެރި އާ ވެފައި އަހަންނަށް އަލާންއަށް ލޯބި ހުށަހަޅައި ބިރު ގަނެއެވެ. އަހަރެން ދެ މީހުންގެ އެކުވެރިކަމަށް ބުޜޫ އަރާފައިނެތީއެވެ.
” “ގާއީސް އަހަރެން މިއުޅެނީ މާލެއަށް ކިޔަވުން ބަދަލު ވަން އައި ވިލް މިސް ޔޫ ގާއީސް” އަހަރުމެންނާ ހަމައަށް އެރުމަށް ފަހު އަލާން ބުނެލިއެވެ. އަލާން ބުނެލި ކޮންމެ ލަފްޒެއް އަހަރެންގެ ހިތުގެ އެންމެ ކުޑަ ނާރަށް އަސަރު ކުރިކަން ޔަގީނެއެވެ. ވަރަށް ދެރަވިއެވެ. އަލާންގެ އިންތިޒާރުގައި ހުންނާނަމޭ އަހަރެންގެ ހިތް ބުނެމުން ގެންދިޔައެވެ . 1 އަހަރު ފާއިތު ވެގެން ދިޔައީ ނުލާހިކު ބާރު މިނެއްގައި އެވެ. އަލާންގެ ހަބަރެއް ނުވާތާވެސް ގިނަ ދުވަސް ވެދާނެއެވެ.
އަހަރެންގެ އެންމެ ގާތް އެކުވެރިއާގެ އުފަންދުވަސް ފާހަގަ ކުރަން އަހަރުމެން ތިބީ ނައިޝާ މެން ގޭގައެވެ. ނައިޝާ ގޮސް ގެއިން ވަދެގަން އަންނަ އަލާން ގައިގައި ބައްދާގަތެވެ. އަހަންނަށް އެތަން ބަލާކަށް ކެއްނުވުމުން އެތަނުން ނިކުމުގެން ހިގަން އުޅުމުން އަހަރެން އެތާގައި މަޑު ކުރީ މަލްހާގެ އެދުމަށެވެ. 1 އަހަރު ފަހުން އަލާން ފެނުނު އިރުވެސް އެރީތި ކަމަށް ބަދަލެއް ނާދެއެވެ. މުޅި ޕާރޓީ ނިމިގެން ދިޔައިރުވެސް ނައިޝާ އަލާންގެ ފަހަތުން ދޫނުކުރަތެއެވެ. އެ ދެމީހުން އުޅެނީ ރައްޓެހި ވެގެންނޭ މަލްހާ ބުނެލުމާއެކު އަހަރެން ވަރަށް ދެރަވިއެވެ. ނައިޝާ ދެކެ ވަރަށް ބޮޑަށް ނަފަރަތު ކުރެވުނެއެވެ. ނަމަވެސް އަހަރެންގެ ލޯބި އަހަރެންގެ އެންމެ ގާތް އެކުވެރިއާ އައްޓަކައި ހިތުގެ ތެރޭގައި ފަސްލައި ފޮރޮވީމެއެވެ. ލޯބީގެ ގޮތުން ގުލިފައި ވައިވާ ދެމީހުންގެ ދޭތަރެއަށް ވެދުމަކީ އަހަރެންގެ ގޮތެއް ނޫނެއެވެ. އެ ދެމީހުން އެކީގައި އުޅުނަސް އަހަރެން ކޮންމެ ނަމާދަކަށް ފަހު އަލާން އަށް ހެޔޮދުޢާކުރަމެއެވެ. އަހަރެން ހިތުގެ އުދާސްތައް ކޮންމެ ރެއަކު ބޭރު ކޮއްލަމެއެވެ. އެތަށް އިރެއް ވަންދެން ރޯލަމެވެ. ގިނަ ދުވަހު އަހަންނަށް ނިދެގެން ވެއްޓެނީ ރޮއިރޮއި އޮއް ވައެވެ. ކޮންމެ ރެއަކު ރޮއި ރޮއި އޮވެ ނިދުމަކީ މިހާރު އަހަރެންގެ އާދެއެކެވެ. އެކުވެރިންގެ ތެރޭގައި އުޅޭ އިރު އަހަރެން ހުރިހާ ހިތާމައެއް ފޮރުވަމެއެވެ. އެކުވެރިންނާއެކު ސަކަރާތް ޖަހައިލައި އިރު ހިތާމަތަކުން ދުރުވާކަހަލައެވެ’ ނަމަވެސް އަލާން ނައިޝާ އެކީ ފެންނަށް ކޮންމެ އިރަކު އަހަރެން ވަރަށް ދެރަވެއެވެ. .
އަހަރެންގެ ހަޔާތް ތަށް ކަލުވިލާތައް އައިސް ރަސްކަންކުރާކަށް މާކަށް ގިނަ ދުވަސްތަކެއް ނުނަގައެވެ. މަންމަ މި ދުނިޔެ ދޫކޮށް ދެމި އޮތް އާލަމަށް ދަތުރުކުރުމާއެކު އަހަރެން ހަޔާތް މުޅިން އަދިރިވެގެން ދިޔައެވެ. އެއް މީހުންދެކެ އަހަރެން އެންމެ ލޯބި ވާ މީހުން އަހަރެން ދޫކޮށް ދަނީ ބާއެވެ. އަހަރެންގެ އުމުރުން އެންމެ 4 އަހަރުގައި ބައްޕަވަނީ އަހަރެން ނާއި މަންމަ ދޫކޮށް އެހެން މީހަކާ ކައިވެނި ކޮށްގެން ދެކުނުގެ ރަށަކަށް ދިރި އުޅުން ބަދަލު ކޮށްފައެވެ. މަންމަގެ އެންމެ ފަހުގެ ބަސް އަހަރެން ކަންފަތް ދޮށުގައި އަބަދު އިވި އިވި ހުރެތެއެވެ. ” ދަރިފުޅާ ކައިރާ މަންމަ މިދުނިޔޭގައި ނެއް ހިދެއްގައިވެސް ކިޔަވަ މޮޅު ކުއަޖަކަށް ވާށެ. ބަރާބަރަށް ނަމާދު ގާއިމްކުރާށެ” ކިޔަވާ މޮޅު ކުއްޖަކަށް ވެ މުޅި ގައުމު ފަޙުރުވެރިވާ ފަދަ ކުއަޖަކަށް ވުމަކީ އަހރެންގެ މިހާރު އައު އަޒުމެކެވެ. މަންމަ އަށްޓަކައި އަހަރެން ކުރިއަށް ވުރެ ބޮޑަށް ކިޔަވުމަށް އިސްކަން ދޭން ފެށުނެއެވެ. އަހަރެންގެ އެންމެ އެކުވެރިއަކަށް އަހަރެންގެ ޑައިރީ ވެގެން ދިޔައެވެ. އަހަރެންގެ ހިތުގައި އުފެދިފާވާ ހުރީ ޝަކުވާތަކާ ސިއްރުތައް އެ ފޮތުގައި އަހަރެން ލިޔަމެވެ. .
ދުވަސްތައް އެންމެ ހަލުވި މިނެއްގައި ނިމިގެން ދިޔައެވެ. އޯ ލެވެލް އިމްތިހާން ނިމިގެން އަހަރެން ސުކޫލް ދޮރާށިން ނިކުމެގެން ދިޔައީ މަންމަގެ ހުވަފެން އެންމެ ފުރިހަމަ ގޮތުގައި ސީދާކޮށްޅުމަފަހުގައެވެ. މުޅި ރަށާއި ގައުމު ފަޙުރުވެރިވާފަދަ ނަތިއްޖާޔާއެކުގައެވެ. މަންމަ އަހަރެންގެ ގާތުގައި ހުރިނަމައޭ އަބަދުވެސް ހިތަށް އަރައެވެ.
ހެދުނު ހެދުނާ މީޑިއާ ތަކުގެ ތާޒާ ހަބަރަކަށް އޮތީ ރ މީދޫ އަސްރުމާގެ ކައިރާ ނާޒިރުގެ ކާމިޔާބުގެ ވާހަކަ އެވެ. އަރާމު ނިންޏެއްގައި އޮތް އަހަންނަށް ސިއްސާގެން ހޭލެވުނީ މަލްހާ ގޮވާއަޑަށެވެ.” ކައި ކައި ބަލަށް މިއޮތް ހަބަރަކާ ކައިގެ ކާމިޔާބީއަށް ފަހުރުވެރި ވެއޯ ” އަހަރެން އަވަހަށް އެހަބަރު އެއް ކޮށް ކިޔާ ނިންމާލީމެއެވެ. އަހަރެންގެ ތުންފަތަށް ރަކި ހިނިތުން ވުމެއް ގެނުވުމަށް ފަހު އަހަރެން ވަނީ ފާހަނައަށެވެ. އަހަރެންގެ ޑައިޜީ އެދުމަތީގަށް އޮތް ކަމެއް އަހަރެން ހަދާނެއް ނެތެއެވެ. ” ކައި ޔޫ ލަވް އަލާން ދޮންބެ؟” ފާހަނައިން ނިކުށް ގޮތަށް މަލްހާ ކޮށްލި ސުވާލައިން އަހަރެން ވަރަށް ބޮޑަށް ހައިރާން ވިއެވެ. “ނޯ ހީއިޒް މައި ފްރެންޑް ނޮޓް މޯ ” ވަރަށް ހާސްވެގެން ހުރެ އަހަރެން ބުނީމެވެ، މަލްހާ އަތުގައި އޮތް ފޮތް ފެނިފައި އަހަންނަށް ދުވެފައި ގޮސް އެ ފޮތް މަލްހާގެ އަތުން ނެގީމެއެވެ. ” އެނީވޭސް މަލް ކީއްވެ ނުބުނެ ކައި އެއްޗެއްހީގައި އަތް ލަނީ” ފޫހި ގޮތަކަށް ހުރެ އަހަރެން ބުނީމެއެވެ. އެ ފޮތާއި ބެހޭގޮތުން އިތުރު އެއްޗެއް ނުބުނެއް ދެމީހުން ހިގައި ގަތީ އަތިރިމައްޗަށް ވާ ހިސާބަށެވެ. ދެ މީހުން އެކި ވާހަކައިގައި ތިއްބައި ކުއްލިއަކަށް އަލާން ގޮވާލިއެވެ. އަލާން އާއެކު ހިގައިފައި އަންނަ ނައިޝާ ފެނިފައި ވަރަށް ފޫހި ވިއެވެ. ނައިޝާ ދެކެ ވަރަށް ރުޅި އައެވެ. އެކަމެއް ދައްކާކަށް އަހަރެން ބޭނުން ނުވިއެވެ.
” ކޮންގުރާ ކައި “ދާދި އެއފަހަރާ ނައިޝާ އާއި އަލާން ބުނެލިއެވެ. އަހަރެން ހިނިތުން ވުމަކުން ފުއްދާލީމެއެވެ. އަހަރެންނަށް އަލާން ކުރިމަތީގައި ހުނަނަން އުދަގޫ ވިއެވެ. ގެޔަށް ދަނީކަމަށް ބުނެ އަހަރެން އެތަނުން ހިނގާގަތީމެއެވެ. އަހަންނަށް ހުއްޓުން އެރީ މީހާކު އަހަރެންގެ އަތުގައި ހިފައި އެމީހަކަ ދިމައަށް އަބުރާލުމުން އެވެ. އަލާން އަހަރެންގައިގައި ވަރަށް ބާރަށް ބައްދާލިއެވެ. “އައި އޭމް ސޮރީ ފޯ ލީވިންގް ޔޫ އެލޯން” އަލާންގެ ލޮލުން އޮހިގެން އަންނަ ކަރުނަތިކި ތަށް ފެނި އަހަރެންގެ ލަގޮޑިއަކަށް ކެތެއްނުވިއެވެ. .އަހަރެންވެސް އަލާންގައިގައި ބައްދާލީމެއެވެ. އަހަރެންނަށް ހުރެވުނީ ވާނުވައި ނޭގި ހާލުގައެވެ. ” އަސްލު އަލާން ލައިކް ވަނީ ކައި ދެކެ ނައިގެ އުފަންދުވަހު އަލާންއަށް ދިނީ ޑެއާއެއް ޓޫ އެކްޓް އެޒް ނައިގެ ބީއެފް ކަމަށް” ނައިޝާ ވާހަކަ ދެއްކިއެވެ. ” ކައިގެ ހުރިހާ ހަރަކާތެއް އަހަރެން ވަރަށް ކައިރިން ބެލިން. ކޮންމެ ރެއަކު އެތަކެއް ވަގުތެއް ވަންދެން ރޯކަން ވެސް އިނގޭ. ވަރަށް ކައި ކާރިއަށް މާފަށް އެދެން ބޭނުންވި . އައި ވޯސް ސްކެއާޑް ދެޓް ޔޫ ވިލް ގެޓް އެންގްރީ އޮންމީ” އަހަރެންގެ އަތުގައި ބާރަށް ހިފައިލަމުން އަލާން ބުނެލިއެވެ. އެލޮލުގައި ވަނީ މާޔޫސްކަމެވެ. ހިތާމައެވެ. ” އޭ އޯކޭ ވާނެ.އައި ނޯ އެންޑް އިޓްސް މައި ޕާސްޓް ……..އަލާން އަލަން އަލާ ރޮނީތަ. އަލާން ބަލައިބަ ކައިގެ މޫނު” އިސްޖަހައިގެން އިން އަލާންގެ މޫނުގައި ހިފަހައްޓައިގެން ހުރެ އަހަރެން ވާހަކަ ދެއްކީމެވެ.” އައި ލަވް ޔޫ ކައި ވަރަށް ބޮޑަށް ލޯބި ވެއެވެ.” އަލާން މަޑު މައިތިރި ކަމައެކު ބުނެލިއިރު އަހަންނަށް ހުރެވުނީ ހެވިފައެވެ. އަހަރުމެން ދެމީހުންގެ ހަރަކާތް ތަކަށް ބަލައިގެން ތިބި މަލްހާއާއި ނައިޝާ ދެމީހުން ވެސް ތިބީ ފެންކަލިވެފައެވެ. މަގުމަތިން ދާ ކޮންމެ މީހެއްގެ ލޯ އަމާޒުވެފައި ވަނީ އަހަންނާއި އަލާން އަށެވެ. އެތަކެއް އިރެއް ވަންދެން ދެމީހުން ވާހަކަ ދައްކަން ތިބުމަށްފަހު ގެޔަށް ދިޔުމަށް ހިގައި ގަތީމެއެވެ. އުފާވެރިކަން އެބުރި ލިބުނު ހެން ހީވި ކަހަލައެވެ.
4 އަހަރު ފަހެވެ. ދަރުބާރުގެ ތައްޔާރު ކޮއްފައިވަނީ އަހަންނާއި އަލާން އެދުވަހަކަށް އެންމެ އިންތިޒާރު ކުރި ދުވަހަށެވެ. ކައިވެނީގެ ހެނދުމުގައި ހުރި އަހަންނަށް އިހުސާސް ވެގެންދިޔައީ ބަޔާންކުރަންވެސް ނޭގެ ފަދަ އިހުސާސެކެވެ. އަލާން އަނބި ގަބޫލް ކޮފިން އޭ ބުނެލުމާއެކު އަހަރެންގެ ލޯ ކަރުނައިން ފުރުނައެވެ. މަންމަ ދުނިޔޭގައި އަހަންނާއެކު އަހަރެންގެ ކައިވެނީގެ ހަފްލާގައި ބައިވެރިވި ނަމަ އޭ ހިތަށް އެރި އެވެ. އެތަށް ދުވަހެއަގެ އިންތިޒާރަކަށް ފަހު އަލާންގެ ހައްގަކަށް އަހަރެން ވެގެން ދިޔުމުން އަހަރެން ވަރަށް އުފާވިއެވެ. އުފާވެރިކަން އަހަންނަށް ދެއްވި މާތްﷲ އަށް އަބަދުވެސް ޝުކުރުވެރިވަމެވެ. އަޑި ގަޑަކަށް ފަހު އުސް ގަޑޭ އަންނާ ނެއޭ މުސްކުޅި ހަރުބަހެއަގައި ވެއެވެ
