ހިތި ނިމުން – 2
ޕާރޓް – 2
ފަތިސް ނަމާދު ބަންގިގެ އަޑަށް އަރާމުކޮށް ނިދާފައި އޮތް ނާޒިމާ އަށް ހޭލެވުނެވެ.އަވަސްއަވަހަށް ދަތް އުނގުޅާ ނަމާދުކޮށްލުމަށް ފަހު އަވަހަށް ދިޔައި ބަދިގެ ފަރާތަށް ބައްޕަ މިސްކިތުން އަންނަން ވާއިރަށް ބައްޕަ ސައިހެދުމުގެ އުންމީދުގައެވެ.
ފަތިސް ނަމާދު ކޮށްގެން ޝަކީލު މިސްރާބު ޖެހީ އެރަށު ކަތީބް ގެ ގެއާ ދިމާއަށެވެ.އެއީ އޭނާގެ ކޮންމެ ދުވަހެއްގެ ވެސް އާދައެވެ.
ޖުނޭދު އޮތީ އަދިވެސް ނިދާފައި.ނަމާދަށް ދާން ނުހޭލާތާ ފަހުން ނަމާދު ކުރަން ވެސް ނުހޭލައެވެ.އޭނާ އަކީ ނަމާދަށް އެއްވެސް ފަރުވާތެރިކަމެއް ދޭ މީހެއް ނޫނެވެ.ފާތުމަ އާއި އަހްމަދު ތި ހެނދުނުގެ ނާސްތާ ކުރާށެވެ.އެދެމީހުންގެ ދެމެދުގައި ވަރަށް ވަރުގަދަ ވާހަކައެށް ދެކެވެމުންދާ ކަން އެމީހުން ގެ މޫނުމަތީގެ ކުލަވަރުން އިނގެއެވެ.
“އަހަރެން މިވިސްނަނީ އެސޮރު އެހެން ކަމެއް ނުކޮށް ހުރިއިރު މާލެއަށް ކޯހަކަށް ފޮނުވަން”. އަހުމަދު ބުންޏެވެ.
“އާނ..ރަނގަޅު ވާހަކައެށް ދެން ކޮންއިރަކުން ތަ އެސޮރު މާލެ ފޮނުވާލަނީ..އަހުމަދު ކިހިނެއް ދެން ލާރިއެއް ހޯދަން ހަދަނީ”.ފާތުމަ ބުންޏެވެ.
“ފާތުމަ ޖެހޭނީ 50 ގޯނި ފަން ވިންނަން ދޯނީގެ މީހުން ބުނީ ލާރި ނުދިނަސް ހެވޭ 50 ގޯނި ފަން ލިބެނިކޮށް”.އަހުމަދު ބުންޏެވެ.
“އަހަރެން އަހަރެންގެ ދަރިފުޅަށްޓަކައި އެކަން ކޮއްދީފާ ނަން 1000 ގޯނި ފަން ވިންނަން ޖެހުނަސް އަހަރެން މިހުރީ ތައްޔާރަށް”.ފާތުމަ ބުންޏެވެ.
ހެނދުނު ގަޑިން 8 ޖެހީ އެވެ.ރަށު އެންމެން ގެ މިސްރާބު ހުރީ ރަށު އޮފީހާ ދިމާއަށެވެ.ޖުނޭދާ ޝަކީލު ގެ މިސްރާބު ވެސް ހުރީ ރަށު އޮފީހާ ދިމާއަށެވެ.މަސައްކަތު ދުވަސް ފެށިއްޖެއެވެ.ޖުނޭދު އޮތީ އެތާ ހުރި ޖޯއްޔެއްގައި އޮވެލައިގެންނެވެ.
“ދެން ބުނެބަލަ ކާކު ދެކެތަ ލޯބިވެގެން ތިއުޅެނީ”. ޝަކީލު އެހެން އަހާލި އިރު އޭނާ ހުރީ ގަހެއްގެ އޮފިތަށް ކަނޑާށެވެ.
“އަހަރެން ލޯބިވަނީ ނާޒިމާ ދެކެ”.ޖުނޭދު ހުވަފެނީ ގޮތަކަށް ބުންޏެވެ.
“އާހް މަ އަތް……….އާހްްހް”ޝަކީލު ގެ އަތް އެގަޑީ ކަތިވަޅިން ޖެހި ވަރަށް ބޮޑަށް ކަނޑައިގެން ދިޔައެއް.
…………………………………………..
ޖުނޭދު އޮތީ ފޮތެއް ހިފައިގެން އަންހެންކުއްޖެއްގެ ފޮޓޯއަކަށް ބަލަހައްޓައި ގެންނެވެ.އެތަނަށް އައި ޝަކީލު އަށް އެތަން ފެނުމުން ގޮއްސަ އެ ފޮތް އަތުލިއެވެ.
“ޖުނޭދު ކަލޭ ކިތަންމެ ވަރަކަށް ފޮޓޯ އަށް ބެލިއަސް އެ ފޯޓޯގައެއީ ނާޒިމާ އަކަށް ނުވާނެ. އަވަހަށް ބުނަން އުޅޭ ކަލޭ އޭނަ ދެކެ ލޯބިވާ ވާހަކަ އެހެންނޫނީ ތެޔޮ ނާށި ކާޅު ޖަހައިގެން ފާނެ”.ޝަކީލު ހިތް ރޮމުންދާ ހާލު ބުންޏެވެ.
“އަހަރެން ބޭނުން ބުނަން މާދަމާ ތިކަމާ ވިސްނާނަން”. ޖުނޭދު ބުންޏެވެ.
“އަހަރެން މިއައި ކަލޭ ބަލާ ބަށި ކޯޓު ކައިރިއަށް ދާން. ހިންގާ ދާން.”. ޝަކީލު ބުންޏެވެ.
“ހިނގާ”.ޖުނައިދު ބުންޏެވެ.
………………………………………..
ނާޒި…………އަހަންނާ އިންނާނަންތަ؟.ޖުނޭދު ނާޒިމާ ކައިރީ އެހިއެވެ.
އާނ އާނ އަހަރެން ޖުނޭދު އާ އިންނާނަން.އަހަރެން ވަރަށް ވަރަށް ލޯބިވޭ އެހެންބުނެ ނާޒިމާ ކުއްލިއަކަށް ޖުނޭދުގެ ތުންފަތުގައި ބޮސްދިނެވެ.ޖުނޭދު ވެސް ނާޒިމާ ގެ އެ އަމަލުތައް ފުރިހަމައަށް ބައިވެރިވި އެވެ.އެހެންތިއްބާ ކުއްލިއަކަށް ވާރޭ ވެހެން ފެށިއެވެ.ޖުނޭދު ނާޒިމާ އަތުގައި ހިފާ ގެޔާ ދިމާލަށް ދުއްވައިގަތެވެ.
ގެޔަށް ދެވުމުން ނާޒިމާ ޖުނޭދު ކައިރީ ފެންޑާގައި މަޑުކުރުމަށް ބުނުމަށްފަހު ތުވާލި ބަލާ ކޮޓަރިއަށް ދިޔައެވެ.އިރުކޮޅަކުން ބަލާލިއިރު ޖުނޭދު ހުރީ ކޮޓަރީގައެވެ.ޖުނޭދު އައިސް ނާޒިމާ ގެ ތުންފަތުގައި އިނގިލި ޖައްސާލަމުން ބުނެލި އެއްޗަކުން ނާޒިމާ ލަދުން އިސްޖަހާލިއެވެ.އިރުކޮޅަކުން ފެނުނީ އެނދުމަތީގައި ދެމީހުން އޮޅުލަނިކޮންނެވެ.
❤️?ނުނިމޭ?❤️

