ދޫކޮށްނުލާނަމޭ ކަލާ 2 – 3
“އެ ކުއްޖާވެސް އެ އުޅެނީއެއްނު އިސްތަށިގަނޑެއް ނުޖަހާ. އެކުއްޖާގެ ވެސް އެއޮތީ ހަމަ ރެޑް ހެޔާރއެއް. ދެން ކީތްވެ ޔަން ތި އުޅެނީ އިސްތަށިގަނޑު ޖަހައިގެން.” ރުކައިން އެކުއްޖާ ދިޔަ ދިމާއަށް ޢިޝާރާތްކޮށްލުމަށްފަހު ބުންޏެވެ.
“އައި ހޭޓް ވެން ޕީޕަލް ސްޓެއާރސް އެޓް މީ.” ޔަންހާ ތުން ދަމައިލަމުން ބުންޏެވެ.
“ޔޫ ޖަސްޓް ހޭވް ޓު ގެޓް ޔޫޒް ޓު އިޓް ޔަންންން! ޕްލީޒް.. ޖަސްޓް ފޯރ މައި ސޭކް.. ތި އިސްތަށިގަނޑު ނުޖަހާ އުޅެފާނަންތަ؟” ރުކައިން އާދޭހާއިއެކު ބުންޏެވެ.
“އަހަރެން ތިކަމާ ވިސްނާނަން.” ޔަންހާ މިހެން ބުނެ އަނެއް ފަރާތައް މޫނު އަނބުރައިލިއެވެ. ނަމަވެސް ސިހުނީ ފަހަތުން މީހަކު ‘ޔަން’ އޭ ކިޔައި ކަންފަތް ބުޑު ގައި މަޑު މަޑުން ހަޅޭލަވައިގަތުމުންނެވެ.
“ވޯހް! ކިޔާ، ސިއްސައިގެންނޭ އެ ދިޔައީ!” ޔަންހާ މޭ މަތީގައި އަތް އަޅައިލަމުން ބުނެލިއެވެ.
“ހަހަހަ… އެހެންތަ؟” ކިޔާރާ ހިނިގަނޑެއް ޖަހައިލަމުން ބުންޏެވެ.
“ކޮބާތަ އެ ދައިޝް އާ މާއިޝް އާ.” ރުކައިން އެއްސެވެ.
“އާ، އެމީހުންދޯ؟ ވެއްޖެ އެމީހުންވެސް. ވަރަށް ޚާއްސަ ދެ މެހެމާނުން ގޮވައިގެން އެބަ އަންނަމޯ ކިޔައިފަ ދެމީހުންވެސް ސައިކަލުގަ އެ ރައްކާވީ.” ކިޔާރާ ޔަންހާ ކައިރީގައި އިށީންނަމުން ބުނެލިއެވެ.
“ހޫނ! ދެން އެދެމީހުންގެ އިންތިޒާރުގައި ތިބެންވީ ދޯ؟” ޔަންހާ އުޅަނބޮށި މޭޒުގައި ވިއްދައިލަމުން ބުނެލިއެވެ.
އެތިން މީހުން އެހެން ތިއްބައި ފެނުނީ މާއިޝް އާއި ދައިޝް އެމީހުންނާއި ދިމާއަށް އަންނަތަނެވެ.
“އޭތް! ކަލޭމެން ހާދަ ލަސްވީ؟” މާއިޝްމެން އައުމާއިއެކު ރުކައިން ތެދުވެގޮސް ދައިޝްގެ ކޮނޑުގައ ޖަހައިލަމުން އެއްސެވެ.
“އައްދިއްޔޯތް!” ދައިޝް ރުކައިންއަށް ލޯ އަޅައިލިއެވެ.
“މީނަ ބިޓު ފެނިގެންނު ލަސްވީ.” މާއިޝް ދައިޝްގެ އަނެއް ކޮނޑުގައި ޖަހައިލަމުން ބުންޏެވެ.
“އަޅެ ފަހެ ކަލޭމެން ތި އުޅެނީ މަގޭ ކޮނޑު ބިންދައިނުލެވިގެންތަ؟ ސަހާދެއް. ބޮޑު އުނދަގުލެއް ފަދަ ދެމީހުން މިވެސް!” ދައިޝް އެދެމީހުންގެ އަތް ފޮޅޮލައިލަމުން ގޮސް މޭޒު ކައިރީގައިހުރި ގޮނޑިއެއްގައި އިށީންނަމުން ބުނެލިއެވެ.
ކިޔާރާ އާއި ޔަންހާގެ ހިނިގަނޑު ވަގުތުން ފަޅައިގެން ދިޔައެވެ. އެއާއިއެކު މާއިޝް އާއި ދައިޝްވެސް ހޭން ފެށިއެވެ.
“ހޫނ! ހޫނ! ދެން ހެވޭ!” ދައިޝްވެސް ހިނިއައިސްފައި ބުނެލިއެވެ.
“ހަހަހަ.. ދެން ބުނެބަލަ ކާކާތަ އަހަރުމެންނާ ސިއްރުން ރައްޓެހިވެގެން މި އުޅެނީ؟” ރުކައިންގޮސް ދައިޝް ކައިރީގައި އިށީންނަމުން އެއްސެވެ.
“އެއީ… ޒީން ކިޔާ ކުއްޖަކާ..” ދައިޝް ބޮލަށް އަތް މަހައިލަމުން އެހެން ބުނިއިރު އޭނާގެ ތުންފަތުގައިވަނީ ރީތި ހިނިތުންވުމެކެވެ.
“ބަލަ، އަހަރެން އެކަންޏެއް ނޫނޭ ކުއްޖަކާ ރައްޓެހިވެގެން މި އުޅެނީކީ. މާއިޝްވެސް އުޅެނީ ކުއްޖަކާ ރައްޓެހިވެގެންނޭ.” ދައިޝް ދެވަނަ ސިކުންތުގައި ހިނިތުންވުން ފޮރުވައިލަމުން ބުންޏެވެ.
“އެ ތެދެއް މާއިޝް؟ ކާކާތަ ރައްޓެހިވެގެންތަ ތި އުޅެނީ؟” ކިޔާރާ މާއިޝް އާއި ދިމާއަށް ބަލައިލަމުން ލާނެތް ހިނިތުންވުމަކާއިއެކު އެއްސެވެ.
“އަހަރެން ދޯ؟ ޔުނާލް ކިޔާ ކުއްޖަކާ ރައްޓެހިވެގެން އުޅެނީ. ވަރަށް ސަޅި ކުއްޖެއް އެއީ. އެއީ ކީތްވެކަން އިނގޭތަ؟ އެ ކުއްޖާގެ ހުންނަނީ ޔަންގެ ހުންނަ ގޮތަށް އަސްލު ރަތް އިސްތަށިގަނޑެއް. އެންޑް ބްލޫ އައިޒް.. އެންޑް އެއީ ޔޫރަޕް ކުއްޖެއް. އެކުއްޖާއަށް ދިވެހިވެސް އިނގޭ!” މާއިޝް ބުނެލިއެވެ.
މާއިޝް މިހެން ބުނެލުމާއިއެކު ޔަންހާއަށް ސިފަވީ ކެފޭ ތެރޭގައި ވެއްޓުނު ކުއްޖާއެވެ. އެކުއްޖާގެވެސް ހުރީ ހަމަ މި ސިފަތަކެވެ. އެކުއްޖާއަށްވެސް ދިވެހި އިނގެއެވެ. އެއީ އަނެއްކާ ހަމަ އެކުއްޖާ ބާވައެވެ؟ ޔަންހާގެ ވިސްނުމަށް މިކަހަލަ އެއްޗެހި އަންނަމުން ދިޔައެވެ. އޭނާ މިހާރު ބޭނުންވެފައިހުރީ އެ ގޮތް ނޭނގޭ ކުއްޖާ އާއި ބައްދަލުކޮށްލައި ވާހަކަ ދައްކައިލާށެވެ. އެއީ ކީތްވެ ކަމެއް ޚުދު އޭނާއަކަށްވެސް ނޭނގުނެވެ.
“ވާވާ! މީނަ ހަމަ އެއްވަނައިގެ ބިޓެއް ދޯ ނަގައިގެން މި އުޅެނީ؟” ރުކައިން އަތް ޖަހައިލަމުން މިހެން ބުނެލިއިރު އޭނާގެ މޫނު މަތިން ފެންނަނީ ލާނެތްކެމެވެ.
“އެންޑް ބައި ދަ ވޭ… ކޮބާތަ ކަލޭމެން ދެމީހުނާއި އެއްކޮށް އައި ދެ މީހުންނަކީ؟” ކިޔާރާ ދައިޝްއަށާއި މާއިޝްއަށް އިޝާރާތްކުރަމުން އެއްސެވެ.
“އެދެމީހުން ހިނގާފަޔޯ އަންނަނީ. އެހެންވެ.. އޭތް! އެއޮތް އަންނަނީ އެދެމީހުން.” ދައިޝް އެމީހުން ކައިރިއަށް އަންނަމުން އައި ދެ ޒުވާނުންނަށް ހަނާ އަޅައިލަމުން ބުންޏެވެ.
މި އަޑަށް ފުން ވިސްނުމެއްގައިހުރި ޔަންހާވެސް އެދިމާއަށް ބަލައިލިއެވެ. އޭނާއަށް އެންމެ ބޮޑަށް ފާހަގަވީ އަޒްލާން އާއި ވައްތަރުކޮށްހުރި ޒުވާނާއެވެ. އޭނާއަށްވެސް ލިބިފައިވަނީ ހަމަ އަޒްލާންގެ ‘އެމްރާލްޑް’ ފެހި ކުލައިގެ ދެލޮލާއި ޔަލީނާގެ ކަޅުކުލައިގެ ރާޅުބާނީ ކަންފަތާއި ހަމައަށް އަންނަ އިސްތަށިކޮޅެވެ. އޭނާ ހިނިތުންވެލިއިރަށް ދެ ކޮލަށް އެޅުނު އަޑިކޮޅުން އަދި ބޮޑަށް އަޒްލާން އާއި ވައްތަރުހެން ހީވެއެވެ. ދެން ހުރި ޒުވާނާހުރީ ހަމަ އާދައިގެ ދިވެއްސެއް ގޮތަށެވެ. ދިގު އިސްކޮޅެއް ލިބިފައިވި މި ޒުވާނާގެ ފަރާތުން އެންމެ ފާހަގަވަނީ އެ ކަޅުކަން ގަދަ ފުން ދެލޮލެވެ. އެދެ ޒުވާނުން އައިސް މަޑުކޮށްލީ ރުކައިން ކައިރީގައެވެ. އަދި ކިޔާރާއަށާއި ޔަންހާއަށް ބީރައްޓެހި ނަޒަރަކުން ބަލައިލިއެވެ. ނަމަވެސް ޔަންހާ ހަމައެކަނި ހިނިތުންވެލީއެވެ.
“ޔަން.. ކިޔާ.. މީ ޔޫކް.” ރުކައިން ފެހި ކުލައިގެ ދެލޯ ހުރި ޒުވާނާއަށް އިޝާރާތްކޮށްލަމުން ބުންޏެވެ.
“ދެން މިއީ އޭނާގެ ބެސްޓް ފްރެންޑް އިޒްޔާން.” ދެން ހުރި ޒުވާނާއަށް އިޝާރާތްކޮށްލަމުން ރުކައިން ބުންޏެވެ.
“އޯހް.. ހެއި ޔޫކް. އައިމް ޔަންހާ. ޔަން ކިޔަސް އޯކޭ. ނައިސް ޓު މީޓް ޔޫ.” ޔަންހާ ހިނިތުންވެލަމުން ޔޫކްއަށް ސަލާމަށް އަތް ދިގުކޮށްލަމުން ބުންޏެވެ.
“ހެއި ޔަން. ނައިސް ޓު މީޓް ޔޫ ޓޫ!” ޔޫކްވެސް ލުއި އެހެނަސް ފިރިހެންވަންތަ ހިނިތުންވުމަކާއިއެކު ޔަންހާގެ އަތުގައި ހިފައިލަމުން ބުންޏެވެ.
“ހައި މިސްޓާރ! ލޯންގް ޓައިމް ނޯ ސީ..” ޔަންހާ ދެން ހުރި ޒުވާނާއަށް ސަލާމަށް އަތް ދިގުކޮށްލަމުން ދެދަތްޕިލަ ޖައްސައި ބާރުކޮށްލުމަށްފަހު ބުންޏެވެ.
“ސޔެސް މިސް ޔަންހާ..” އިޒްޔާންވެސް ދަތްކުނޑި ވިކައިފައި ޔަންހާގެ އަތުގައި ހިފައިލަމުން ބުންޏެވެ.
“ވެއިޓް.. ވެއިޓް.. ވެއިޓް.. ޔޫ ގާއިޒް ނޯވް އީޗް އަދާރ؟” ޔޫކް ހައިރާންކަމާއިއެކު އެއްފަހަރު ޔަންހާއަށް އަނެއް ފަހަރު އިޒްޔާންއަށް ބަލައިލަމުން އެއްސެވެ.
“ޔެސް!!!” ޔަންހާ އިޒްޔާން އާއި ދިމާއަށް ލޯ އަޅަމުން އަދި އިޒްޔާން ޔަންހާ އާއި ދިމާއަށް ލާނެތް ގޮތަކަށް ބަލައިލަމުން ދެމީހުންނަށް އެހެން ބުނެވުނީ އެއްފަހަރާއެވެ.
“ބަ.. ބަޓް… ހައު؟” ޔޫކް ދެލޯ ބޮޑުކޮށްލަމުން އަހައިލިއެެވެ.
“ހަހަހަ… އިޒްޔާންއަކީ ޔަންގެ ބުލީ.. ހީ ބުލީޒް ހާރ އެވްރީޓައިމް ހީ ސީޒް ހާރ. އެދެމީހުން އުޅެނީ ގްރޭޑް އެކަކުން ފަށައިގެން އަށަކާއި ހަމައަށް އެއް ސްކޫލެއްގަ.” ކިޔާރާ ހީލުމަށްފަހު ބުންޏެވެ.
“އެހެންދޯ؟” ޔޫކްއަށްވެސް ވީގޮތް ރޭކައިލުމުން އޭނާގެ ގާތަށްވެސް ހިނިއައެވެ.
މި މަންޒަރު ބަލަން ތިބި ރުކައިން އާއި ދައިޝް އާއި މާއިޝްގެ ގާތަށްވެސް ތިބީ ހިނިއައިސްފައެވެ. ޔަންހާ ހޭން ތިބި މީހުންނަށް ބަލައިލަމުން ރުޅި މޫނު ހަދައިލުމަށްފަހު އަނެއް ފަރާތަަށް އެނބުރެލަމުން ހަރަމް ބަނެލިއެވެ. މިކަމުން އިޒްޔާންވެސް ހޭން ފެށިއެވެ.
“ހޭނެ ކެމެއް ނެތޭ މިސްޓާރ ބުލީ..” ޔަންހާ ބޯ އަނބުރައިލަމުން އިޒްޔާންއަށް ބަލައިލުމަށްފަހު ބުންޏެވެ.
“އޭތް! ތި ސަކަރާތުގަ ތިބެވޭކަށް ނެތޭ! އިކާމެން އަންނަ ގަޑި ޖެހެނިއްޔޭ!” ޔޫކް ގަޑި ބަލައިލަމުން މިހެން ބުނުމުން ޔަންހާ މަޑުމަޑުން އަމިއްލަ ބޮލުގައި ޖަހައިލިއެވެ.
“ކިހިނެތްވީ ޔަން؟” ދައިޝްއަށް މި މަންޒަރު ފެނުމުން އަހައިލިއެވެ.
“އަދި އެކަން ހަނދާނުން ކައްސާލީ. އެހެންވެ.. އޮހް! އެއޮތް ފަސްގަޑި ތޭވިސްވީ. ހިނގާ ދާން؟” ޔަންހާ ބުނެލިއެވެ.
“އާނ! އަހަރެން ދާނަން ޔޫކް އާއިއެކު ސައިކަލުގަ. އިޒްޔާން ދޭ މާއިޝް އާއިއެކު. ދައިޝްގެ ފަހަތަށް ޔަން އާ ކިޔާގެ ތެރެއިން އަރާނީ ކާކު؟” ރުކައިން ބުންޏެވެ.
“އަހަރެމެން ދެ މީހުން ދާނީ ހިނގާފަ. ދޯ ޔަން؟” ކިޔާރާ ޔަންހާއަށް ބަލައިލުމަށްފަހު ބުންޏެވެ.
“ޔާހް.. ހިނގާ. ކަލޭމެންވެސް ދޭ ދެން.” ޔަންހާ މިހެން ބުނަމުން ކިޔާރާގެ އަތުގައި ހިފައިގެން އެތަނުން ނިކުންނަން ދިޔައެވެ.
– ނުނިމޭ –

